ބުދަ20170816

އާކުރެވުނީ: 09:46:14

ޢާއިލާ

ތަރުބަވީ ޘަޤާފަތް 1: ގަރުބަތުމުގެ ކުރިން!

Tharubavee sagaafaiއަޅުގަނޑުމެން ކުރެ މީހަކުޒަމާނީ އާ އާލަތެއް ގަނެއްޖެނަމަ، އެއާލާތް ބޭނުންކުރާނެ ގޮތް ބަލައި ދަސްކުރަނީ އެއާލަތާއެކީ ލިބޭ ލުއި ފޮތުންނެވެ. ނުވަތަ ކެޓަލޮގުންނެވެ. ނުވަތަ ކުރިން އެއާލާތް ބޭނުންކޮށްފައިވާ ފަރާތްތަކާ ވާހަކަދައްކައިގެން އެއާލާތް ބޭނުންކުރާނެގޮތް އޮޅުންފިލުވަމެވެ. އެކަށީގެންވާ މިންވަރަށް އެއާލާތް ބޭނުންކުރުމާ ގުޅޭ މަޢުލޫމާތު ނުލިބި އެއާލާތް ބޭނުންނުކުރުމަށް އާލާތް އުފެއްދި ފަރާތުން ވަރަށް ގިނަފަހަރު އެދިފައި ހުރެއެވެ.



ތިބާގެ ހިތާ، ޚިޠުބާގެ ކުރިމަތީ ކާވެނި!

khithubaaޒުވާން ކުދިން ޚިޠުބާގެ ގުޅުމުގެ އިމުގެ ތެރޭގައި ދުވަސްތަކެއް ހޭދަކުރުމަށްފަހުގައި ކާވެނި ފުރިހަމަކުރުމަށް ޖެހިލުންވެއެވެ. ސަބަބަކަށްވަނީ ޚިޠުބާގެ ދުވަސްވަރުގައި ދެފަރާތަށްމެ މައްސަލަތަކެއް މެދުވެރިވުމެވެ. ނުވަތަ ބައިވެރިޔާއާމެދު ފުރިހަމަ ފިކުރާއެއް ނުލިބުމާއި މުސްތަޤުބަލާ މެދު ފުރިހަމަ ތަޞައްވުރެއް ނުލިބިގެނެވެ.



ދަރިފުޅުގެ ފުރަތަމަ ރޯދަމަސް

furatama-roadaދަރިންނަކީ އަޅުގަޑުމެންގެ ދެލޮލުގެ ފިނިކަމެވެ. އެކުދިން ދުނިޔެއަށް އުފަންވަނީ އެއްވެސް ކުށެއް، ފާފައެއްނެތް ޙާލުގައެވެ. އެއްވެސް ކަމެއް ކުރަން ނޭނގޭ ޙާލުގައިވެސް މެއެވެ. ހަމައެކަނި ކުރަން އެނގޭހާވެސް ކަމަކީ ރުއިމެވެ. މި ދަންނަވާލީ ދަރިފުޅުގެ ޙަޔާތުގެ އެންމެ ފުރަތަމަ ވަގުތުކޮޅުގެ ވާހަކައެވެ.

ދުވަސްތައް މަޑުމަޑުން ފާއިތުވަމުން އަންނަ ވަރަކަށް ތުއްތު ތުއްތު ދަރިފުޅު ބޮޑުވަމުން އާދެއެވެ. ދުވަހެއް ދުވަހަކަށް ދަސްކުރާ ކަންތައްތައްވެސް އިތުރުވެއެވެ. ދަރިފުޅު ބޮޑުވަމުން އަންނަ މާޙައުލުގެ ކަންތައްތައް ވަރަށް އަވަހަށް ނަގައިގަނެ ދަސްކުރެއެވެ. ރަނގަޅު ކަންތަކާއި ރަނގަޅުނޫން ކަންތަކެވެ. ފެންނަ މަންޒަރުތަކާއި އިވޭ އަޑުތަކުގެ ތެރެއިންނެވެ.



ޚިޠުބާގައި އަންހެނާއަށް ބެލުން

khithubaa

ޚިޠުބާގެ މާނައަކީ ކަނޑައެޅިގެންވަކި އަންހެނަކާ ކާވެނިކުރުމުގެ އެދުން ފާޅުކުރުމާއި، އެކަން އަންހެނާގެ ވަލީވެރިއާއަށް ނުވަތަ އަންހެނާއަށް އެންގުމެވެ. މިކަން ޚިޠުބާއަށް އެދޭ ފިރިހެނާއަށް ސީދާކުރެވިދާނެއެވެ. ނުވަތަ އޭނާގެ އަހުލުވެރިން މެދުވެރިކޮށް ކުރެވިދާނެއެވެ. އަދި އަންހެންމީހާ ނުވަތަ އޭނާގެ ވަލީވެރިޔާ އެދެމީހުން ކާވެނިކުރުވުމަށް އެއްބަސްވެއްޖެނަމަ، އެހިސާބުން ޚިޠުބާ ފުރިހަމަވީއެވެ. ކާވެނީގެ ކުރިން ޚިޠުބާ އުވައިލުމުގެ އިޚުތިޔާރު ދެފަރާތުންކުރެ ކޮންމެ ފަރާތަކަށްވެސް ލިބިގެންވެއެވެ.[3]

އެހެން ބައެއް ޢިލްމުވެރިން އެއީ ހަމައެކަނި އަންހެނާގެ ކާވެންޏަށް، މީސްތަކުންގެ މެދުގައި މަޝްހޫރުވެފައިވާ ވަސީލަތްތައް މެދުވެރިކޮށް އެދުންކަމުގައި މާނަކުރައްވައެވެ.[4] އެކަމަކު އިސްވެދިޔަ ތަޢުރީފަކީ ތަފްޞީލު ތަޢުރީފެކެވެ.

 



ކުޑަކުދީންނަށް ފޮތްކިޔައިދިނުމަށް އެހީގެ އަތެއް

kudhinna-foi-kiyaidhinun-eheege-atheiކުޑަކުދިންނަށް ފޮތްކިޔައިދިނުމަކީ، އެކުދިންނަށް އެކުދިންގެ ވަށައިގެންވާ ދުނިޔޭގެ މައުލޫމާތު އިތުރުވެ، ބަސްކޮށާރު މުއްސަނދިވާނެކަމެކެވެ. ފޮތްކިޔައިދޭނަމަ، ކިޔުމަށް ކުދިން ޝައުޤުވެރިވާނެއެވެ. ތަކުރާރުކޮށް ކިޔައިދިނުމުން، ކިޔުމަކީ މަޖާ، ކަމަކަށް ކުދިންނަށްވެއެވެ. ފޮތްކިޔައިދިނުމުގެ ތެރެއިން، ފޮތުގައިވާ، ތަސްވީރުތަކުން ވާހަކަ ދޭހަކުރުމަށް އެހީތެރިވުމާއި ވާހަކައިގައި ފެށުމަކާއި ނިމުމެއް، އޮންނަކަން ކުއްޖާއަށް ދެނެގަނެވެއެވެ.



ކުޑަދަރިފުޅަށް ފޮތްކިޔައިދިނުމާއި ނާނާކިޔައިދިނުން

kuda-dhaifulha-foi-kiyai-dhinunދަރިފުޅާއިއެކު ފޮތްކިޔުމަށް ހަމަހިމޭން ތަނެއް ހޯދާށެވެ. ޓީވީ ނޫނީ ރޭޑިޔޯ ހުޅުވާފައިހުރިނަމަ އަވަހަށް ނިވާލާށެވެ. ފޮތްކިޔައިދެމުންދާއިރު، ފޮތުގައިވާ ތަސްވީރުތަކާއި ބެހޭގޮތުންވެސް ވާހަކަ ދައްކާށެވެ. މިސާލަކަށް، ފޮތުގައިވާ ތަސްވީރުގައި ދޫންޏެއް ކުރަހާފައި އިންނަމަ، ދޫންޏަކާއި ބެހޭގޮތުން ވާހަކަދެއްކިދާނެއެވެ. އަދި ދައްކަމުންދާ ވާހަކަތަކަށް ޖަވާބުދޭނެ ފުރުސަތު ދަރިފުޅަށް ދޭށެވެ. ފޮތުގައިވާ ތަސްވީރުތަކުން ފެންނަތަކެތީގެ ނަންބުނުމަށް ދަރިފުޅަށް މާބޮޑަށް ބާރުނާޅާށެވެ. ނަމަވެސް ކިޔައިދިން ބަސް، ދަރިފުޅު ތަކުރާރުކޮށްފިނަމަ، އެކަން ފާހަގަކޮށް ހިތްވަރުދޭށެވެ.



ކުޑަކުދީންގެ ހުވަފެންތަކާއިމެދު ޢަމަލުކުރާނީ ކިހިނެއް؟

kudakudhin huvafenނިދަން އޮވެފައި، ކުއްލިއަކަށް ސިހުމާއި ބިރުވެރިކަމާއިއެކު، ރޭގަނޑުގެ ދަންގަޑިތަކުގައި، ކުޑަކުދިން ހޭލާތަން އަޅުގަނޑުމެންނާ ވަރަށް ގިނައިން ދިމާވެއެވެ. ބައެއް ފަހަރު މިބިރުވެރިކަމުގެ ސަބަބަކީ، ހެދުން އަލަމާރީގައި ހުންނަ ފުރޭތައެކެވެ. ނުވަތަ ވަރަށް އުސްތަނަކުން ވެއްޓޭ ވެއްޓުމެވެ. ނުވަތަ ޖަންގައްޔެއްގެ ތެރެއަށް ގެއްލޭ ގެއްލުމެވެ. މައިންބަފައިންނަށް، އެއީ، ހަމައެކަނި، ހުވަފެނެއްކަމާއި ޙަޤީޤަތެއް ނޫންކަން އެނގުނުނަމަވެސް، ކަމުގެ ޙަޤީޤަތް ކުޑަކުދިންނަށް ނުވިސްނިދާނެއެވެ.



މުދައްރިސްގެ ފަރާތުން ބެލެނިވެރިޔާއަށް

mudharris_beleniveriyaaމިއަހަރުގެ ފުރަތަމަ ޓާމްގެ އިމްތިޙާނު މިހާރު މިއޮތީ ބޯމަތިވެފައެވެ. އިމްތިޙާނު އެއީ ތަފާތުކޮށް ކުދިންނަށް އަސަރުކުރުވާ އެއްޗެކެވެ. ބައެއް ކުދިން މާބޮޑު ހާސްކަމެއްނެތި އިމްތިހާނު ރަގަޅަށް ހަދާ ނިންމާލައެވެ. އަނެއްބައި ކުދިންނަށް އިމްތިޙާނު އެއީ ބިރަކަށް ވެދެއެވެ. ހަމަ މިގޮތަށް ބައެއް ބެލެނިވެރިންނަށް ވެސް އިމްތިޙާނު އެއީ ހާސްކަމާއި ކަންބޮޑުވުން އުފައްދާ އެއްޗަކަށް ނޫނީ ނުވެއެވެ. ދަރިފުޅު ލައްވާ ރަގަޅަށް އިމްތިޙާނު ހެއްދެވުމަށް ފަސޭހަކުރުމުގެ ގޮތުން ޢަމަލުކުރެވިދާނެ ސާދަ ނުކުތާއެއް ތިޔަ ބެލެނިވެރިޔާއަށް ހުށަހަޅާލަމެވެ. މިނޫނަސް މި ކަމުގައި ކުރެވިދާނެ އިތުރު ކަންތައްތައް ހުންނާނެ ކަން ޔަގީނެވެ.



ރީތީގެ ރާނީއަކާ ކައިވެނި ނުކުރާތީ!

reethee-ge-raanee-akaa-kaiveniއަހަރެންގެ ދުވަސްވީ ރަހުމަތްތެރިއަކާ ދިމާވިއެވެ. އޭރު އޭނާ ކޮންމެވެސް ކަމަކާ ހާސްވެފައި ހުރިކަން ދެނެގަންނަން އެއްވެސް މީހަކަށް އުނދަގުލެއް ނުވާނެއެވެ. އޭނާގެ ހިތުގައި ކޮންމެވެސް ކަމެއް އުޅޭހެންވެސް ހީވިއެވެ. އެހެންވެ، ވެގެން އުޅޭގޮތެއް ކިޔައި ދިނުމަށް އެދުނީމެވެ. ޖަވާބުގައި ބުނީ އެއްވެސް ކަމެއް ނުވާކަމަށެވެ. ދެން ބުނީ ބުނަން ޖެހިލުންވާ ކަމަށެވެ.

ބުނަން ފަސްޖެހުމަށް ފަހު އެންމެފަހުން ބުންޏެވެ. ''ތީ އަހަރެންގެ އިތުބާރު ހުރި ގާތް ރަޙްމަތްތެރިއަކަށް ވާތީ މި ބުނަނީ... އަދި ކަލޭގެ މަޝްވަރާއަކީ މިކަހަލަ ކަންތަކުގައި ރަނގަޅު



ޒުވާނުންނޭވެ...!

zuveenun-neveހުރިހާ ޖަނަވާރެއްގެ ތެރޭގައި ވެސް، ފިރިހެން ޖިންސުގައި، އޭގެ އަންހެންޖިންސާ މެދު ވަރަށް މަތިވެރި ޣީރަތްތެރިކަމެއް ލައްވާފައި ވާކަމުގައި ވެއެވެ. ނަމަވެސް އޫރަކީ މިއިން އިސްތިސްނާވާ ޖަނަވާރެއްކަމުގައި ބުނާތީ އަޑުއިވެއެވެ. ކޮންމެއަކަސް، ފިރިހެނުންގެ ހިތުގައި އަންހެނުންނާ މެދު އެ އޮންނަ

ޣީރަތަކީ، އެއީ ފިތުރީ ޠަބީޢީ ކަމެކެވެ. އެކަން ތަހުޒީބު ހުދޫދެއްގެ ތެރޭ ވާނަމައެވެ.

ޒުވާން ފިރިހެންކުދިން ހިމެނޭ އެކި ގުރޫޕުތަކުގެ މެދުގައި އެތައް ފަހަރަކު، ތަޅާފޮޅުމާއި، ލޭއޮހޮރުވުމުގެ



ދަރިންގެ ހިތުގައި ނަމާދުކުރާ ހިތްޖެއްސުން

kudakudhin-namaadhu-kurunދަރިން ތަރުބިއްޔަތުކޮށް ދީންވެރި ކުދިންތަކެއްގެ ގޮތުގައި ބޮޑު ކުރުމަކީ މައިންބަފައިންގެ ކޮނޑުގައި އެޅިފައިވާ ވަރަށް ބޮޑު މަސްއޫލިއްޔަތެކެވެ. އަދި ޤިޔާމަތް ދުވަހު އެކަމާމެދު ސުވާލު ކުރެވޭނެކަމެއްވެސް މެއެވެ. ކަން މިހެން އޮތް އިރު ކުއްޖަކު ތަރުބިއްޔަތު ކުރުމާއެކު ދީނަށް ލޯބި ކުރާ ކުއްޖަކަށް ހެދުމަށްޓަކައި އެންމެ ބޮޑު އަހައްމިއްޔަތު ކަމެއް ދޭންވީ ކަމަކީ، ނަމާދު ކުރުމުގެ އާދަ ކުދިންގެ ކިބައިގައި އަށަގެނެނެވުމެވެ. ތިރީގައި މި ބަލާލަނީ ކުދިންގެކިބައިގައި ނަމާދު ކުރުމުގެ ޝައުޤުވެރިކަން އުފެއްދިދާނެ ބައެއް ކަންތަކަށެވެ.



ދަރިފުޅު މަދަރުސާއަށްދާ ފުރަތަމަ ދުވަސް

furathama_dhuvas-dhivehiތުއްތުކުދިންގެ ޕްރީ ސުކޫލަކުން ވަރަށް ބާރަށް ކުދީން ރޯ އަޑު އިވެމުން ދިޔައެވެ. ހަނދާންވަނީ އެއީ މިއަހަރުގެ ޖެނުއަރީ މަހު ފަހުކޮޅުގެ ދުވަހެއް ކަމަށެވެ. އެއީ ސުނާމީގައި ގެއްލުން ލިބުނު އެ ސުކޫލްގެ ކިޔެވުން ފެށުނުދުވަހެވެ. ބައެއް ބެލެނިވެރިން ގެއަށް ދާންނުކެރިފައި ސުކޫލްގެ ގޭޓްކައިރީ، ކުލާސްރޫމް ފެންނަ ހިސާބުގައި ތިއްބެވެ! ދަރިފުޅު ރޯތީއެވެ. ނަމަވެސް މިއީ މަދަރުސާގެ ފުރަތަމަ ދުވަހަށް ދަރިފުޅު ދުރާލާ ތައްޔާރުކުރުވަނިކޮށް ހައްލުކުރެވިދާނެކަމެކެވެ.



ނަހަލާލަށް ލިބިފައިވާ ކުއްޖަކާ ކައިވެނި ކުރުމަކީ ހުއްދަ ކަމެއްތަ؟

ސުވާލު: ބައްޕަ ނެތް (ނަހަލާލަށް ލިބިފައިވާ) ކުއްޖަކާއި ކައިވެނީގެ ގޮތުން ގުޅުމަކީ، ދީނުގައި ހުއްދަ ކަމެއްހެއްޔެވެ؟ މިއީ މަނާ ކަމެއް ކަމުގައި ކީރިތި ރަސޫލާ އަންގަވާފައި ވޭ ހެއްޔެވެ؟

ނަހަލާލަށް ލިބިފައިވާ ކުއްޖަކާ ކައިވެނި ކުރުމަކީ ޙަރާމް ކަމެއް ކަމުގައި، ކީރިތި ރަސޫލާ ކަނޑައަޅުއްވާފައި ނެތެވެ. އެހެނީ ނަހަލާލަށް ލިބިފައިވާ ކުއްޖަކާ އަކީ އޭނާއަށް އަދަބެއް ދޭން ޖެހޭފަދަ، އެއްވެސް ކުށެއް ކުރި ކުއްޖެއް ނޫނެވެ. ކުށް ކުރީ އޭނާގެ މަންމައާއި އެހެން ފިރިހެނެކެވެ. މާތް ﷲ ވަޙީ ކުރައްވަނީ: كُلُّ نَفْسٍ بِمَا كَسَبَتْ رَهِينَةٌ



ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.