ހޮނިހިރު20201121

އާކުރެވުނީ: 08:43:52

ކައިވެނީގެ ފުރަތަމަ ރޭ

furathama_reyފޮނިއުންމީދުތަކަކަށް މިރޭ ނިމުމެއް އަންނަނީއެވެ. ހަޔާތުގެ ބައިވެރިޔާ އާއިއެކު އާ ހަޔާތެއް ފެއްޓޭތީ އަންހެންކުއްޖާއާއި ފިރިހެން ކުއްޖާވެސް ކައިވެނީގެ ފުރަތަމަ ރޭ ތިބޭނީ ވަރަށް އުފަލުންކަން ޔަޤީނެވެ. އެކަމަކު މިރޭ ދެމީހުންވެސް ވާނީ ހަމައެކަނި އުފަލޭ ބުނުމުން ކުޑަކޮށް ނަމަވެސް ޙަޤީޤަތުން އެއްކިބާވެއެވެ. އެއީ އަލަށް ކައިވެނި ކުރާ ދެ ޒުވާނުން، އަދި ކުރިން ތަޖުރިބާއެއް ކޮށްފައި ނުވާނަމަ، ދެ މުސްކުޅިންނަށް ވިޔަސް، އަލަތު ކައިވެނީގެ ރޭގައި ފާޑެއްގެ ބިރުވެރި ކަމަކާއި ޖެހިލުމެއް، އަދި ލަދުގަންނަ ގޮތްވެސް ދިމާވާނެކަން އެއީ

އެގި ހާމަ ވާ ކަމެކެވެ. ދެމަފިރިންގެ ދެމެދުގައި އޮންނާނެ ''ގުޅުމުގެ'' ކަންތައް ވަރަށް އެގޭކަމަށް ހެދިގެން އުޅޭމީހުންނަށްވެސް ގިނަފަހަރަށް އޮންނަނީ، ޙަޤީޤީ ދުނިޔޭގައި މިރެއާއި ކުރިމަތިލާންޖެހުމުން ނިއްކުރިން އޮށް ދާހިއްލާގޮތް ވެފައެވެ. ބިރުގަންނަނީ ފުރަތަމަރޭވެސް ''ގަދަކަން'' ދައްކައި ނުދެވިދާނެތީއެވެ. ނުވަތަ ކަންތައްތައް ގެންދަންޖެހޭ ގޮތަށް ނުގެންދެވިދާނެތީއެވެ.

މި ލިއުމުގައި އަލި އަޅުވާލަން ގަސްތު ކުރަނީ ކައިވެނީގެ ފުރަތަމަރޭގައި ، ދެ ޒުވާނުންގެ ހިތަށް ހިތްހަމަ ޖެހުމެއް ގެނެސްދޭނީ ކިހިނެއް ޢަމަލުތައް ބަހައްޓައިގެންތޯއެވެ. އުފާވެރި އަލަތު ކައިވެނީގެ ރެއެއް ، ހޭދަކޮށްލާނީ ކިހިނެއްތޯއެވެ؟

ހަމަ އާދައިގެ ރެއެއް

އެންމެ ފުރަތަމައިނުންވެސް، އަންހެން ކުއްޖާއާއި ފިރިހެން ކުއްޖާ، ހަނދާން ބަހައްޓަންވީ މިރޭ ޤާޟީ ކައިވެނި ކޮށްދިނަސް، މިއީ ހަމަ އާދައިގެ ރެއެއްކަމެވެ. އިއްޔެ އެކޭ މިރެއެކޭ މާކަބޮޑު ތަފާތުތަކެއް ހުރިކަމުގައި ނުދެކޭށެވެ. ގައިން އޮށްދާ ހިއްލަންޖެހޭ އެންމެ ބޮޑު ސަބަބަކީ، މިރޭ މީ މާބޮޑު ރެއަކަށް ހަދައިގެން، ކުރިއަށް އޮތް ދިގު ޒަވާޖީ ޙަޔާތުގެ ދިރި އޮތުމާއި މަރުވުން، މިރޭގަ މައްޗަށް ބިނާކުރަން ވިސްނީމައެވެ. މިރޭ އިތުރު ކަމަކަށް ވީހައިވެސް ކަމަކީ ދެމީހުން ކޮޓަރީގައި ތަންޑު އަޅުވައިގެން ތިބިކަމެވެ. މާ ބޮޑު އެހެން ކަމެއް ވެއްޖެ ކަމަށް ނުދެކޭށެވެ. ކުރިމަތީގައި ތިހިރި ފިރިހެން ކުއްޖާ ކުއްލިއަކަށް މިރޭ، ލޭ ބޯ ފުރޭތައަކަށް ބަދަލެއް ނުވެއެވެ. ހަމަ އެހެން ކުރިމަތީގައި ތިހިރި އަންހެން ކުއްޖާ ، ބައިވެރިއާގެ ފަރާތުން މާބޮޑު ފަހުލަވާނީ ހަރަކާތްތަކެއް ފެންނާނެ ކަމަކަށްވެސް އިންތިޒާރެއް ނުކުރާނެއެވެ. ވީމައި ދެމީހުންވެސް ހާސްނުވެ ހަމަޖެހޭށެވެ. މިރޭ ކޮންމެހެން ހަގުރާމައެއްކޮށް ދެމީހުން ނަސްރު ހޯދުން ލާޒިމެއް ނޫނެވެ. މުހިންމީ ހަމަޖެހިގެން ، ލޯބިން ، ދެމީހުން ވާހަކަދައްކައިގެން ، އަލަތު ރޭ ކުރިއަށް ގެންދިއުމެވެ.

ތަދު އެއީ ނެތް އެއްޗެއް

ބައެއް އަންހެންކުދިންނަށް ތަސައްވުރު ކުރެވިފައި އޮންނަނީ، ކައިވެނީގެ އަލަތު ރެއަކީ ގައިން ވަރަށް ގިނަ ލޭ ފައިބައި ، ވަރަށް ވޭނާއި ތަދު އިހުސާސް ކުރަން ޖެހޭނެ ރެއެއް ކަމަށެވެ. ތިމަންނަ ކަތިލައި ލޭ އޮހޮރުވާލަނީއޭ ހިތަށް އަރާ ކަހަލައެވެ. ނަމަވެސް މިއީ މުޅިން ކުށް ހީކުރުން ތަކެކެވެ. އަންހެނަކު ފުރަތަމަ ފަހަރަށް ޖިންސީ ގުޅުމެއް ހިންގާ ކަމުގައިވަނީނަމަ، އޭނާގެ ބިކުރު ކެޑޭނެ ކަމަށް ބަލަންޖެހެއެވެ. މިއިން އެކަހެރިވާ ފަހަރުތަކެއްވެސް ހުރެއެވެ. އެއީ އޭނާގެ ބިކުރުގެ ފަށަލައިގެ ތަބީއަތުންނެވެ. ނަމަވެސް އާއްމު ހާލަތްތަކަކީ ބިކުރު ކަޑައިގެން ދިއުމެވެ. ނަމަވެސް މިއީ އެތައް ލީޓަރެއްގެ ލޭ ފައިބަން ޖެހޭ ކަމެއް ނޫނެވެ. ބިކުރަކީ ކޮބައިކަމާއި، ބިކުރު ކެޑެނީ ކިހިނެއްކަން އެއީ މީހަކާއި އިންނަން ތައްޔާރުވަމުންދާ ދެ ، ޒުވާނުންނަށްވެސް އެގެންޖެހޭނެ ކަންތައްތަކެވެ. ކުރިންދެންނެވި ބިރުވެރިކަން ހިތަށް ވަންނަނީ މިފަދަ މަޢުލޫމާތު އެގިފައި ނުތިބޭތީއެވެ. ބިކުރުގެ ފަށަލަ ފަޅައިގެންދާއިރު އޭގައި ހުންނަ ވަރަށް ކުދިކުދި ހިމަ ލޭނާރުތަކެއްވެސް ފަޅައިގެން ދަނީއެވެ. ލޭފައިބަންޖެހެނީ މިހެންވެއެވެ. ނަމަވެސް އާދައިގެ ގޮތަށް ދާ ނަމަ ، ފައިބާނީ ދެތިން ތިކި ލެއެވެ.

ސީދާ ޖިންސީ ގުޅުން ހިންގަންޖެހޭނީ، އެކަމަށް ރަނގަޅަށް ތައްޔާރުވީމައެވެ. އަންހެންމީހާ ފުރަތަމަ ފަހަރު މިފަދަ ގުޅުމެއް ހިންގާއިރު، އެކަށިގެންވާވަރަށް ފަރުޖުގެ ތެއްކަން ނެތްނަމަ ތަދުވާނެއެވެ. އަދި އެއީ އަނިޔާއެއްވެސް ލިބިދާނެ ކަމެކެވެ. ހަމަ އެހެންމެ ވިސްނާލަންޖެހާ ތަންކޮޅަކީ ފުރަތަމަ ފަހަރަށްވީމައި، ފަރުޖުގެ އެތެރޭގަ މަސްތައް އެކަމަށް ތައްޔާރުވާނީ ލަހުންކަމެވެ. މިކަންތައްތައް ރަނގަޅަށް ކުރުމާއިއެކުވެސް އާދަޔާއި ޚިލާފަށް ތަދުވާނަމަ އެއީ ކޮންމެވެސް ބައްޔަކުން ވާކަމެއްކަމަށް ބަލައި ޑޮކްޓަރެއްގެ ލަފާ ހޯދާށެވެ.

ހުށައެޅުން

ފިރިހެން ކުއްޖާ ހަނދާންކުރަންވީ މުހިންމު އެއްކަމަކީ، އަވަސްއަރުވައި ނުގަތުމެވެ. ފުރުސަތުއް ލިބުނީމައި ތެޅިނުގަންނާށެވެ މިހުރިހާދުވަހު ކެއްކުރި ގޮތަށް އަދި ދެތިން ދުވަސް ނުވަތަ އެއަށްވުރެ ގިނަދުވަސް ބޭނުންވާނަމަވެސް ކެއްކޮލުމަކުން ހުރިގެއްލުމެއް ނެތެވެ. އޮތިއްޔާ އޮތީ ފައިދާއެވެ. ފަހަރެއްގައި އަންހެން ކުއްޖަކު ފުރަތަމަ ރޭގައި، ކަންތައްތައް މާ ކުރިއަށް ގެންދަން ޖެހިލުންވެދާނެއެވެ. ވީމައި އޭނާއަށް ނަފްސީގޮތުން ތައްޔާރުވާން ވަގުތު ލިބުނަދިނުން ވަރަށް މުހިންމެވެ. އެއކ ތިމަންނަގެ އަނބިމީހާއޭ ކިޔާފައި، އަންހެނުން އެކަމަށް ތައްޔާރުނުވެ ހުއްޓާ ކުރުން އެއީ، ތިމާގެ އަންހެނުންނަށް ކުރެވޭ އިހާނަތެކެވެ. އަނެއްކުޅުން އޭނާގެ ކުރިމަތީގައި ތިމާއާއިމެދު ނަފްރަތެއް އުފެދިވެސްދާނެއެވެ. ވީމައި ސިންގާއަކަށް ފުއްލާއެއް ލިބުނީމައި އުޅޭހެން ނުއުޅޭށެވެ.

ކައިވެނީގެ ފުރަތަމަ ރޭ ނާކާމިޔާބު ރެޔަކަށް ވަނީ، އަބަދުވެސް ކެއްތެރިކަން ކުޑަވެ، ދެމީހުންގެ ދެމެދުގައި ވާހަކަދެއްކުން ނެތުމުގެ ސަބަބަބުންނެވެ. ބައެއް ފިރިހެނުން ޝިކާރަކޮށްގަންނަ ވިސްނުން ހުންނައިރު، ބައެއް އަންހެން ކުދިންނަށް ހީވެފައި އޮންނަނީ ތިމަންނަ، ފިރިމީހާ ބޭނުންހާ ކަމެއްކުރަން ހުށައެޅެން ޖެހޭނެކަމަށެވެ. އެއީ ތިމާ ތައްޔާރީ ނޫންނަމަވެސް ވެހެވެ. ވީމައި ދެބައި މީހުންގެ ބޮލުންވެސް މިކަހަލަ ވިސްނުން ނެރެ އެއްލައިލަން އެބަޖެހެއެވެ.

ކުރިންވެސް ދެންނެވިހެން، ވާހަކަ ދެއްކުން އެއީ ދެމީހުންގެ ޒަވާޖީ ޙަޔާތުގެ ހުރިހާ ގޮފިތަކަކަށްވެސް ކާމިޔާބު ކަމާއިއެކު ވާސިލްވުމަށްޓަކައި ވަރަށް މުހިންމު އެއްޗެކެވެ. ފުރަތަމަރޭގައި ޖިންސީ ގުޅުމެއް ހިންގުމުގެ ކުރިންވެސް، އަލަތު އަނބިމީހާގެ މިޒާޖު ހުރީ ކިހިނެއްތޯ ބަލައި، އޭނޭ ހިތްހަމަ ޖައްސައިދީ، ލޯބީގެ ބަސްތައް ބުނެ ހެދުން ވަރަށް މުހިންމެވެ. ރަސޫލާގެ ޙަދީޘުފުޅެއްގެ މާނައިގައިވެސް އޮންނަނީ ތިޔަބައިމީހުން، ތިޔަބައިމީހުންގެ އަނބީންގެ ގާތަށްވަންނައިރު، ޖަނަވާރުތައް ކަންތައްކުރާ އުސޫލުން ކަންތައް ނުކުރުމަށެވެ. އަދި ދެމީހުންގެ ދެމެދުގައި ދޮންދިނުން ބޭއްވުމަށެވެ. ހަމަ އެހެންމެ ފިރިހެނުންގެ ހުންނަ ނުކުޅެދޭ ކަންތައްތަކުގެ ތެރޭގައި، އޭނާގެ އަނބިމީހާ ހިތް އުފާކޮށް ނުދެވެނީސް ، އަމިއްލަ ހިތްއުފާކޮށްގެން ދިއުންވެސް ހިމެނޭކަމަށް އަންގަވާފައިވެއެވެ.

މިއިން އަޅުގަނޑުމެންނަށް އެގޭ ކަމަކީ، އަވަސް އަރައިގަނެ، ކުރިން ކުރަންޖެހޭ ކަންތައްތައް ނުކޮށް އެއްދާން ކުރުމާއި ، އަނބިމީހާ ހިތްހަމަޖައްސައި ނުދެވެނީސް ދުރަށް ދިއުމަކީ ކޮށްގެންވާނެ ކަންތައްތަކެއް ނޫންކަމެވެ.

ވާހަކަދެއްކުން

 ވާހަކަދައްކައި، ހިތުތެރޭގައި އުފެދޭ ޝުޢޫރުތައް ކިޔައި ނުދެނީސް، އަނެކަކަށް އެކަން އެގޭނެ އެއްވެސް ގޮތެއް ނޯނާނެއެވެ. އެގޮތުން އަނެއް ބައިވެރިއާ ހިތްހަމަޖެހޭ ކަންތައްތަކަކީ ކޮބައިތޯ އަހައި، އުފާވާނެ ބަސްތައް ބުނެ ހެދުމަކީ އިންތިހާއަށް މުހިންމު ކަމެކެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.