އަންގާރަ20201117

އާކުރެވުނީ: 08:43:52

Back ކަވާސާ ޢާއިލާ ޢާއިލާގެ ބައިތައް ދެމަފިރިން ރާއްޖެއިން އެންމެ ވަރި މަދީ ކޮން އަތޮޅެއްގައި ބާ؟

ރާއްޖެއިން އެންމެ ވަރި މަދީ ކޮން އަތޮޅެއްގައި ބާ؟

raajje-in-enme-vari-madhee-kon-atholheigaiސުރުޚީގައި އޮތް އެއްޗަކާއިމެދު ނުވިސްނާ އިހަށް މިވާހަކަ އަޑުއަހާބަލާށެވެ.

ޙަޔާތުގެ ބައިވެރިޔާ އާއި އެކު އުފާވެރި ދިރިއުޅުމެއް ވޭތިކުރުމަށްޓަކައި އޭނާގެ ކިބައިގައި ހުންނަން ޖެހެނީ ކޮންކަހަލަ ސިފަތަކެއް ބާވައެވެ؟ މީ ވަރަށް ތަފާތު ޚިޔާލުތައް އެ މައުޟޫއަކާއި މެދު ފާޅު ކުރެވެމުން އަންނަ މައުޟޫއެކެވެ.

ތަފާތު އެކި މުޖުތަމަޢުތަކުގައި އެކި މީސް މީހުން ދެކޭގޮތް ތަފާތު ކަމުގައިވިޔަސް، އެންމެންވެސް އެއްގޮތްވާ ކަންތައްތަކެއް އޮވެއެވެ. އެއީ ފިރިހެނުން އެމީހުންގެ ޙަޔާތުގެ ބައިވެރިއަކަށް ބޭނުންވަނީ އަންހެނެއްކަމެވެ.

އެގޮތުން އެ އަންހެނެއްގައި އަންހެން ސިފަތަކެއް ހުންނަން ޖެހެއެވެ. ހަމަ އެކަނި ނަމުގެ ކުރިއަށް '' އަން '' އޮތަކަސް ފަރަކު ނުޖެހެއެވެ. އެއީ އަންހެނުންވެސް އެކަނބަލުންގެ ޙަޔާތުގެ ބައިވެރިޔަކަށް ފިރިހެން ސިފަތަކެއް ހުރި ފިރިހެނެއް ބޭނުން ވާފަދައިންނެވެ. ތިރީގައި މި ބަޔާންކޮށްލަނީ އެމެރިކާގައި ކުރެވުނު ދިރާސާއަކުން، މުސްތަޤުބަލްގެ އަނބިމީހާ ހޮވުމުގައި ފިރިހެނުން އެންމެ ބޭނުންވާ ސިފަތަކެއް ލިބިގެންވާ އަންބެއްގައި ހުންނަންޖެހޭނެކަމަށް ފާހަގަކުރެވުނު ސިފަތަކެވެ.

 - އެންމެ އެދެވޭ ސިފަތަކެއްގެ ވެރި އަންހެނާ މާޔޫސްވާކަށް ނުދަންނާނެއެވެ.

- ދެމަފިރިންގެ މާއްދީ އަދި އިޖްތިމާޢީ ޙާލަތު ރަނގަޅު ކުރުމަކީ، ލަނޑުދަނޑިކަމުގައި ހަދައިގެން އުޅޭ އަންހެނެއް ކަމުގައި ވެގެންނުވާނެއެވެ.

- ފިރިމީހާ އެމީހެއްގެ މައްޗަށް ބަރޯސާވެވޭކަހަލަ ރަނގަޅު ރަޙުމަތްތެރިއެއް ކަމުގައި ވާން ވާނެއެވެ.

- ދިރިއުޅުމުގެ ދަތިއުނދަގޫތަކާއި ކުރިމަތިލުމުގައި ފިރިމީހާއަށް އެހީތެރި އަންބެއް ކަމުގައި ވާންޖެހޭނެއެވެ.

- ތަންމަތީގައި ''ޖެހިލުންކުޑަ'' އަންހެނަކަށް ވާން ޖެހޭނެއެވެ.

- ފިރިމީހާ އަތުގައި ހުރިނަމަ ހުރިހާ މުދަލެއް އަމިއްލަ ބޭނުމުގައި ހޭދަކުރާ މީހަކަށް ވެގެން ނުވާނެއެވެ.

- މަޢުލޫމާތު ތަނަވަސް ތަހުޒީބު، ހުނަރުވެރި އަންބަކަށް ވާން ޖެހޭނެއެވެ. އަދި އެއަށްވުރެވެސް ބޮޑަށް ފިރިމީހާދެކެ އިންތިހާއަށް ލޯބިވުން މުހިއްމެވެ.

- ފިރިމީހާގެ އެދުންތަކާއި ބޭނުންތައް އޭނާ ނުބުންޏަސް ދެނެގަންނާނެ ކުޅަދާނަކަން ހުރުން

- ފިރިމީހާ ދައްކާ މަޖާ ވާހަކަތަކަށް ހުނުން، އެއީ ކިތައްމެ ތާކުން ތާކު ނުޖެހޭ ވާހަކައެއް ކަމުގައި ވިޔަސްވެހެވެ.

- އަނބިމީހާއަކީ ފިރިމީހާއަށް ބޭނުންޖެހިފައިވާ އަންބެއް ކަން އޭނާއަށް އިޙްސާސްކޮށްދިނުން، އަދި އޭނާގެ ކިބައިން ނާޖާއިޒު ފައިދާގަނޑެއް ނުނެގުން.

- ފިރިމީހާ ޢަމަލުތައް ގެންގުޅޭ އުސްލޫބު ބަދަލުކުރަން މަސައްކަތް ނުކުރުން

- އޭނާގެ ފިރިހެންވަންތަކަމާއި މެދު ފަޚްރުވެރިވާނެ ފަދަ ގޮތަކަށް، މަދުވެގެން ދުވާލަކު އެއްފަހަރު، ޚުޝާމަދުކޮށްލުން.

އިސްވެ ދިޔަ ނުކުތާ ތަކުން ފާހަގަވާގޮތުން، ދިރިއުޅުމުގައި ފިރިހެނުން އެނބުރެނީ އޭގެ މާއްދީ ބަޔާއި މަސައްކަތާއި ޖިސްމާނީ އަރާމުގެ ނާރެހުގައެވެ. އެޔާ ޚިލާފަށް އަންހެނުން އުޅެނީ ޙަޔާތުގެ މަޢުނަވީ ބައި ނަގައިގެންނެވެ. އޭގެ ތެރޭގައި ޙިމާޔަތާއި އަމާންކަން އިޙްސާސްވުމާއި ލޯތްބާއި އިޙްތިރާމް އެއީ އެކަނބަލުންނަށް އެންމެ މުހިއްމު ކަންތައްތަކެވެ.

އަންހެނުންގެ އާދައަކީ ކުދިކުދި ގިނަ ކަންތައްތަކެއް ކުރުންކަމުގައި ބުނެވެއެވެ. އެޔާ ޚިލާފަށް ފިރިހެނުން ކުރަނީ ބޮޑު އެންމެ ކަމެކެވެ. މާނައަކީ އަންހެނުން، އެމީހުންގެ ލޯބި ފާޅުކުރުމުގައި ވަކި ވަކި އެއްވަރެއްގެ ކުދި ކަންތައްތަކެއް ކުރެއެވެ. އެއީ ފިރިހެނުން ކުރާ ބޮޑު އެއްކަމާއި އެއްވަރު ވާފަދައިންނެވެ. ނަމަވެސް ފިރިހެނުންނަށް ހީވެފައި އޮންނަނީ ކޮށްލާ ބޮޑު އެންމެ ކަމަކުން ފުދުނީ ކަމުގައެވެ. ފިރިހެނުންވެސް ކުދި ކުދި ގިނަ ކަންތައްތަކެއް އަބަދުވެސް ކުރާނަމަ ލޯބި އާލާކުރުމުގައި ބޮޑު އެންމެ ކަމެއް ކުރާކަށް ނުޖެހޭނެއެވެ.

ފިރިހެނުންނަށް ދޭން އޮތް ނަސޭހަތަކީ، ކަލާގެ އަންހެނުންދެކެ ކަލާ ލޯބިވާކަން އޭނާއަށް އެނގޭފަދައަކުން އަމަލުތައް ބަހައްޓާށޭއެވެ. އަދި ކަލާގެ ކިބައިގައި އެކަށީގެންވާ މިންވަރަކަށް ރޮމޭންސީ ސިފަތައް ހުރިކަން ސާބިތުކޮށްދޭށެވެ. އޭނާ ކަލާގެ ކިބައިން ބޭނުންވާހައިވެސް ކަމަކީ ކަލާ އޭނާދެކެ ވާ ލޯބީގެ ފުންކަން އޭނާއަށް ޢަމަލީގޮތުން ސާބިތުކޮށްދިނުމެވެ. އަދި އެއީ މާބޮޑު އުނދަގުލެއް ނޫފުލައި ވެވެން އޮތް ކަމެކެވެ.

އެމެރިކާގެ ލިޔުންތެރިއެއް ކަމަށްވާ ގްރެގަރީ ގޮޑެކް އޭނާގެ '' ތައުޒަން ވޭޒް ޓު ބީ ރޮމޭންޓިކް '' މިފޮތުގައި އޭނާ ފިރިހެނުންނަށް ގޮވާލާފައިވަނީ ވީހާވެސް ބޮޑަކަށް ރޮމޭންސީ ވާށެވެ.

އޭނާ ބުނާގޮތުން ޓެކްނޮލޮޖީގެ ބަދަލުވަމުން އަންނަ ހަލުވި އޮއިވަރުގެ ސަބަބުން ދިރިއުޅުން މިއަދު ވަނީ ވަރަށް އުނދަގޫކަމަކަށް ވެފައެވެ. ވީމާ ޓެކްނޮލޮޖީގެ މި ޙަޔާތުގައި އެކިއެކި އާލާތްތަކާއި މެޝިން ތަކާ މުޢާމަލާތު ކޮށްކޮށް އަހަރެމެންގެ ޝުޢޫރުތަކުން ތެތްކަން ނުފިލަނީސް، އަހަރެމެންނަކީ ހިތުގައި ޝުޢޫރުތަކަކާއި ޖަޒުބާތުތަކެއް ހިނގަ ހިނގާތިބި އިންސާނުންތަކެއް ކަން ހަނދާން ނައްތާލައިގެން ނުވާނެއެވެ. ވީމާ ދިރިއުޅުމުގެ ހަލަބޮލިކަމުގެ ތެރެއަށް ގެއްލި ބީވެފައިވާ ރޮމޭންސްގެ ހިތްގައިމުކަން އަނބުރާ ޙަޔާތަށް ގެނައުމަކީ ވަރަށް މުހިއްމުކަމެކެވެ.

މިގޮތުން މި ލިޔުންތެރިޔާ ބައެއް ނަސޭހަތްތައް ޙަޔާތުގެ ފިރިހެން ބައިވެރިޔާއަށް ދެމުން ބުނެފައި ވެއެވެ.

- ކާލާގެ ބައިވެރިޔާއަށް ވަކި މުނާސަބަތަކާއި ނުލައި މާބޮނޑިއެއް ފޮނުވާށެވެ. އެ މާބޮނޑި އިޚްތިޔާރުކުރާއިރު ބައިވެރިޔާއަށް އެންމެ ކަމުދާނެ ކުލައަކާއި ވައްތަރެއް އިޚްތިޔާރުކުރާށެވެ. ރަނގަޅު ވައްތަރެއް އިޚްތިޔާރުކުރަން ނޭނގިއްޖެ ނަމަ މާވިއްކާ މީހާ ކުރެން އެންމެ ރަނގަޅު ވައްތަރެއް އޮޅުންފިލުވާށެވެ.

- ތަފާތުކޮށްލުމުގެ ގޮތުން ރޮމޭންސީ މާހައުލެއްގައި ހެނދުނުގެ ނާސްތާކޮށްލާށެވެ.

- ބައިވެރިޔާގެ ހެދުން އަލަމާރި ތެރެއަށް ރަތް ފުއްޕާހަންތަކެއް އަޅާފައި އޭނާއަށް އުފާވެރި ސިހުމެއް ދޭށެވެ. މިކަންތަކުން ރަމްޒުކޮށްދެނީ ކަލާގެ ހުންނަ ލާނެތް ކަމެވެ. އަދި ރަތްކުލައިން ލޯބި ރަމްޒުކޮށްދެއެވެ. ވީމާ މިއީ މަޖާ ކުލައެއް ޖައްސާލެވިފައިވާ ލޯބީގެ ހަރަކާތެކެވެ.

- ދުވާލުގެ ކޮންމެސް ވަގުތެއްގައި ކަލާ އޭނާއަށް ފޯނުން ގުޅާލާށެވެ. ކިތައްމެ ކުޑަ ވަގުތުކޮޅަކަށް ނަމަވެހެވެ. ކަލާގެ ސިކުނޑީގައި އަބަދުވެސް އޭނާގެ ޚިޔާލު އެނބުރޭކަން އެއިން ދޭހަކޮށްދޭނެއެވެ.

- މަހަކު އެއްފަހަރު ދެމީހުން އެކުގައި ދުވަހެއް ހޭދަކޮށްލާށެވެ. ކުރު ޕިކުނިކެއް ނޫނީ ޕާކަކަށް ހިނގާލަން ދިއުން ކަހަލަ ކަމެއް ކޮށްލާށެވެ.

- އޭނާއަށް ކުޑަކުޑަ ހަދިޔާއެއް ގަނެފައި ދޭށެވެ. މާ އަގުބޮޑު އެއްޗަކަށް ވާކަށް ނުޖެހެއެވެ. ބޭނުންވަނީ ކަލާ އަބަދުވެސް އޭނާއާއި ދޭތެރޭ ވިސްނާވަރު ހާމަކޮށްދިނުމެވެ.

- ކޮންމެސް މުނާސަބަތަކާއި ލައިގެން ލޯބީގެ ސިޓީއެއް ލިޔެލާށެވެ. އެސިޓީ މާ ބަލާޣާތްތެރި ޝާޢިރީ އެއްޗަކަށް ވުމަކީ ޝަރުތެއް ނޫނެވެ. މުހިއްމީ ކަލާގެ ހިތުގެ ޝުޢޫރުތައް ތެދުވެރިކަމާއިއެކު ބަޔާންކުރުމެވެ.

ނިންމާލަމުން ބުނެލަން ބޭނުން ވާހަކައެއް އެބަ އޮތެވެ. އެއީ ވީހާވެސް ބޮޑަކަށް އަޅުގަނޑުމެންގެ ދިވެހި މުޖުތަމަޢުން ވަރި މަދުކުރެވޭތޯ އެންމެން އެއްބާރުލައިގެން މަސައްކަތްކުރަން ވެއްޖެކަމެވެ. އަދި އާބާދީ ކޮންޓްރޯލްކުރުމުގައި އެއްވަނައަށްދާ ރަށަކަށް އައްޑަނައެއް ދިނުމަށްވުރެ، އެންމެ ވަރި މަދު އަތޮޅަކަށް ހަނދާނީ ފިލައެއް ދިނުމުގެ މުހިއްމުކަންވެސް ވަކި ކުޑައެއް ނޫންކަމެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.