ހުކުރު20201120

އާކުރެވުނީ: 08:43:52

ނ - ن

އ   ބ   ތ   ޘ   ޖ   ޙ   ޚ   ދ   ޛ   ރ   ޒ   ސ   ޝ   ޞ   ޟ   ޠ   ޡ   ޢ   ޣ   ފ   ޤ   ކ   ލ   މ   ނ   ހ   ވ   ޔ

ނާއިލާ : ލިބި ޙާޞިލުވާ އެއްޗެއް

ނާޖިޙާ : ކާމިޔާބުވާ މީހާ

ނާދިރާ : ނާދިރު

ނާދިޔާ : ދީލަތި / ގޮވާލުން/ އެއްޗެއްގެ އެއްމެފުރަތަމަ

ނާޝިއާ : އުފެދިބޮޑުވަމުންއަންނަ

ނާޝާ : އާރާމީބަހުން ޢަރަބިނަމަށް ވަދެފައިވާ ނަމެއް، މާނައަކީ: އިންސާނާ

ނާޝިދާ : އެދޭމީހާ

ނާޞިޙާ : ނަސޭހަތްތެރި ވާ މީހާ / ސާފު (މިސާލަކަށް ސާފު މާމުއި)

ނާޞިރާ : ނަޞްރުދޭމީހާ / އެހީދޭމީހާ

ނާޞިފާ : އެއްޗެއް ހަމަހަމައަށް ބަހައިދޭ މީހާ

ނާޟިރާ : މޫނު އުޖާލާ މީހާ

ނާޡިމާ : ޅެން ހަދާ މީހާ / އެއްކޮށް  ޖަމާ ކުރާ މީހާ / އެއްޗެއް ގަތާ މީހާ

ނާޢިމާ : އޮމާން / މަޑު

ނާފިޢާ : ފައިދާހުރި، ލާބަހުރި

ނާފިލާ : ހަދިޔާ / އިތުރު / ކަމެއްފުރިހަމަ ކުރުމަށްފަހުވެސް އިތުރަށް ކުރާ ކަންތައް / ޢަނީމާ

ނާމިޔާ : އުފެދި ބޮޑުވަމުންއަންނަ / އިތުރުވަމުންއަންނަ

ނާހިދް :  (މިއީ ދެ ޖިންސަށް ވެސް މީހުން ކިޔާ ނަމެއް) އުރަމަތި ފުރިހަމަވަމުން އަންނަ އަންހެން ކުއްޖާ /ސިންގާ / ޅަފުރައިގެ ފިރިހެން ކުއްޖާ

ނާހިދާ :  އުރަމަތި ފުރިހަމަވަމުން އަންނަ އަންހެން ކުއްޖާ /ސިންގާ / ޅަފުރައިގެ ފިރިހެން ކުއްޖާ

ނާހިލް : ކަރުހިއްކުން ފިލުވަން  ފެން ބޯ މީހާ

ނާހިލާ : ނާހިލް ގެ މާނަ

ނާޔިފާ : އުސް / މަތި

ނާއިފާ :މަތި، އުސް

ނާލާ : ގޭތެރޭގައި އޮންނަ ހުސްތަން

ނާޒް : ފަޚްރު / ފަރި ހަރަކާތް (ފާރިސ)

ނާޒިއާ : ފަޚުރުވެރި އަންހެންކުއްޖާ (ފާރިސ)

ނާޒްނީން : ރީތި، ފަރި ހަރަކާތެއްގެ އަންހެން ކުއްޖާ (ފާރިސ)

ނާޒްލީ : އޮމާންކަމާއި ނާޒުކުކަން (ފާރިސ)

ނައުފް :މަތި، އުސް

ނައުފާ :މަތި، އުސް

ނިބާލް : ތީރުތައް / ބުއްދިވެރިން

ނަބާހަތު : ވިސްނުންތޫނު / ޝަރަފްވެރި

ނަބާހާ : ވިސްނުންތޫނު / ޝަރަފްވެރި

ނިބްލާ : ތީރު / ބުއްދިވެރިއާ / ޤަދަރުވެރިއާ

ނަބްލާ : ތީރު / ބުއްދިވެރިއާ / ޤަދަރުވެރިއާ

ނަބާލާ : ވިސްނުންތޫނުކަން / ޝަރަފްވެރިކަން / މޮޅުކަން

ނަބީލާ : މަތީ ފަންތީގެ މާތް މީހާ / ޝަރަފުވެރި ޤަދަރުވެރިއާ / ބުއްދިވެރިއާ

ނަބީހާ : ޝަރަފްވެރި / ވިސްނުންތޫނު / ހެޔޮގޮތުގައި މީހުން ދަންނަ މީހާ

ނަޖާޙް : ކާމިޔާބު

ނަޖާ : ސަލާމަތްވެއްޖެ

ނަޖާތު : ސަލާމަތްކަން / ސަލާމަތްވުން

ނަޖާބަތު : އެއްޗެއްގެ މޮޅުކަން، މަތިވެރިކަން / ދީލަތިކަން / ހަސަބު މޮޅުކަން

ނަޖްލާ(އ) : ރީތި ބޮޑު ދެލޮލެއްގެ ވެރި އަންހެނާ

ނަޖްމާ : ތަރި / ދަނޑިގަނޑު ނުހުންނަ ޒާތުގެ ގަސް

ނަޖްވާ(ޔ) : ސިއްރުން ދެކެވޭ ވާހަކަ

ނަޖްވާ(ތ) : ސަލާމަތްވުން / ބިމުން އުސްތަން

ނަޖްދާ : ހިތްވަރުގަދަކަން / އެހީވުމުގައި ނުވަތަ ސަލާމަތްކުރުމުގައި އަވަސްކަން

ނަޖީބާ : ދީލަތި / ބުއްދިވެރި

ނަޖޫދް : ޤަދަރާއި ޝަރަފް މަތިވެރި އަންހެނާ / ބުއްދިވެރި އަންހެނާ

ނަރޫމް : މިއީ ކަމަކުން ހެދިފައިވާ ނަމެއް. ނަރޫމް އަކީ ކަމެއް. މާނައަކީ އަހަރެމެން އެދެނީ ނުވަތަ އަހަރެމެން އިންތިޒާރުކޮށް ބަލަނީ.

ނަޚްވާ : ޖޯޝް / ހިތްވަރު / ފަޚްރުވެރިކަން

ނަޙްލާ : މާމުއި ކުޅަނދުރެއް

ނަދާ : ދީލަތިކަން / ޝަބްނަމްތިކި / ހެޔޮކަން  / ތެއްކަން

ނިދާ : ގޮވާ ގޮވުން

ނަދީމާ : އެކުވެރި ބައިވެރިއާ / ވާހަކަ ދެއްކުމާއި ކެއުންބުއިމުގައި ބައިވެރިވާ އެކުވެރިޔާ

ނަދިއްޔާ : ވަރަށް ދީލަތި

ނަވީން : އާކަން (ފާރިސީ)

ނަރްމީން :  އޮމާން ކަން ލިބިފައިވާ ރީތި ކުއްޖާ

ނިރްމީން : ނަރްމީނުގެ ފިލި ބަދަލުވެގެން ކިޔޭ ގޮތެއް

ނަރްގިސް : މަލަކަށް ކިޔާ ނަމެއް

ނުޒްހާ : ހިތްހަމަޖައްސާލަން ހިނގާލާ ހިނގާލުން / ބަގީޗާގައި ހިނގާލުން

ނުހްޒާ : ފުރުޞަތު

ނަޒީހާ : ހުތުރުކަންތައްތަކުން ދުރުހެލިވާ މީހާ

ނަޒާހާ(ތ) ހުތުރުކަންތައްތަކުން ދުރުހެލިވުން

ނަޒާހަތު : ޢައިބެއް އުނިކަމެއް ނުވާ / ހަޑިހުތުރު އަމަލު ތަކުން ދުރުހެލި ވުން

ނިސްރީން : މީރުވަސްދުވާ ހުދުމަލެއް

ނިޔާފް : ދިގު އުސް / ރީތި ޗާލު އިސްކޮޅެއްގެ ވެރި

ނަސްމާ : މަޑު ރީތި ވައި

ނަސީލާ : މާމުއި / ގިނައިން ވިހާ މީހާ

ނަސީމާ : މަޑުމަޑުރީތި ވައިރޯޅި / ރޫޙު

ނަޝްވާ : ބޮޑު އުފާ / މަސްތު

ނަޞީޙާ : ނަޞޭޙަތް

ނުޞްރާ : އެހީ

ނުބްލާ(ތ) : ވެދުން ، އިނާމު، ހެޔޮ ޖަޒާ

ނަޞީރާ : ގިނައިން ނަސްރު ދޭ މީހޭ / އެހެންމީހެއްގެ އަނިޔާއިން ދުރުކޮށް ހިމާޔަތް ކޮށްދޭމީހާ

ނަޟީރާ : މޫނު އުޖާލާ މީހާ / އޮމާން / ރީތި މީހާ / ރަނާ ރިހި /ރޯކަން ގަދަ ފެހި ގަސް

ނަޢްމާ(ތ) : ތަނަވަސްކަމާއި ނިޢުމަތުގެ އުފާ

ނަޢްމާ(އު) : ތަނަވަސްކަން ، ފާގަތިކަން / ފައިސާއާއި މުދާ

ނަޢޫމް : އޮމާން

ނިޢްމާ : ނިޢުމަތް

ނަޢީމާ : ނިޢްމަތުގައިވާ މީހާ

ނަފްޙާ : އެއެއްޗެއް ލިބުމުން ތިމާ ހިތްހަމަޖެހޭ ކޮންމެއެއްޗެއް / މީރު ވަސް / ހަދިޔާ / ހޭދަ

ނަފީސާ : އަގުބޮޑު / ބޭނުންތެރި

ނަމީރާ : ދެމޭ މީރު ފެން އާރު /  ކިލަނބުކަމެއް ނެތް ސާފު

ނަޤިއްޔާ : ސާފު/ ޠާހިރު / ކިލަނބުނޫން

ނުހާ(ޔ) : ބުއްދި / އެއްޗެއްގެ ނިމުން، އޭގެ ލަނޑުދަނޑި

ނުހާ(އ) : ބިއްލޫރި / ސަންގުމަރުމަރު ފާޑުގެ ހިލައެއް

ނިހާ(އ) : އެއްޗެއްގެ ނިމުން ، އޭގެ ލަނޑުދަނޑި / މިންވަރު

ނަހްލާ(ތ) : ކަރުހިއްކުން ފިލުވަން ބޯ ފުރަތަމަ ފެންކޯވަރު

ނަހްލާން : ކަރުހިއްކުން ފިލާފައިވާ މީހާ

ނިހާލް : (ނާހިލް ގެ ގިނަ ގޮތް) ކަރުހިއްކުން ފިލާފައިވާ މީހާ / ފެންބޯތަނަށް ގިނަގިނައިން ދާ މީހާ

ނަހްދާ : އުސް، މަތި

ނިހާދް : : އުސް، މަތި

ނައްވާރް : އަލިގަދަ / ދިއްލިފައިވާ

ނުވައިރާން : އުޖާލާވެ އަލިވެފައިވާ

ނުއްވާރް : ހުދުކުލައިގެ ރީތި މަލެއް

ނަވާލް : ލިބޭ އެއްޗެއް / ހަދިޔާ / ބަހާފައި ލިބޭ އެއްޗެއް

ނޫރް : އަލި

ނޫރާ : ޢަލާމާތް

ނޫރަލީ : އަލިކަން (ތުރުކީ)

ނޫރްޖަހާން : ދުނިޔޭގެ އަލި

ނޫރާ(ތ) : ނޫރުގެ އަންހެން ގޮތް / ފާހަނގަ ކޮށްދޭ އަލާމާތް / ވައްތަރެއްގެ ހިލައެއް

ނައުރާ(ތ) : ހުދު ކުލައިގެ މަލެއް

ނައުރާ(އ) : ރީތި އުޖާލާ މޫނެއްގެ ވެރި

ނުވައިރާ : ހުދު ކުލައިގެ މަލެއް (ކުޑަގޮތް)

ނޫރާން : އަލިކަމާއި އުޖާލާކަން ގަދަ

ނައިރޫޒް/ ނީރޫޒް : ފާރިސީކަލަންޑަރުގެ ފުރަތަމަ ދުވަސް / އުފާކުރާދުވަސް / ރަބީޢު

ނީލަމް : ނޫކުލައިގެ އަގުބޮޑު ޖަވާހިރެއް (ފާރިސީ)

ނީމް : ފުރިހަމަ ނިޢުމަތް /  ގަހަކަށް ކިޔާ ނަމެއް

 

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.