ބުރާސްފަތި20201119

އާކުރެވުނީ: 08:43:52

ނ - ن

އ   ބ   ތ   ޘ   ޖ   ޙ   ޚ   ދ   ޛ   ރ   ޒ   ސ   ޝ   ޞ   ޟ   ޠ   ޡ   ޢ   ޣ   ފ   ޤ   ކ   ލ   މ   ނ   ހ   ވ   ޔ

 

ނާއިބް : ނާއިބު

ނާއިފް / ނާޔިފް : އުސް / މަތި

ނާއިލް : އެއްޗެއް ، ކަމެއް ޙާޞިލް ކުރާމީހާ

ނާބިޣް: ވިސްނުންތޫނު / ޢިލްމެއްގައި ، ފަންނެއްގައި ފާހަގަ ކުރެވޭހާ މޮޅު

ނާބިހް :  ޝަރަފްވެރި / ވިސްނުންތޫނު / އެންމެން ދަންނަ މީހާ

ނާބިލް : ދުނިހެވިކަމުގެ ހުރިހާކަމެއް ކުރާމީހާ / ދުނި އުކަން މޮޅު މީހާ

ނާޖިބް : އެހެން މީހުންނަށްވުރެ މޮޅު / ދީލަތި މީހާ / ވިސްނުންތޫނު މީހާ / ނަސަބު ރަނގަޅު

ނާޖިޙް : ކާމިޔާބުވާމީހާ / ކާމިޔާބުލިބޭމީހާ /  ކާމިޔާބުކުރާ މީހާ

ނާޖިދް : އެނގި ފާޅުވާކަން / އުފުލިފައިވާތަން / ހިތްވަރުގަދަ މީހާ

ނާޖިމް : އަރާއެތި ( މިސާލަކަށް އިރު ، ހަނދު )

ނާޖިލް : ރނގަޅު ނަސްލެއްގެ މީހާ

ނާޖީ :  ގެއްލުމާއި ނުރައްކަލުން ސަލާމަތްވި ނުވަތަ ވާމީހާ

ނާދިރް : ނާދިރު

ނާސިބް : މުނާސިބް / ގުޅޭ

ނާސިޢު : ދިގުކަރެއްގެ ވެރި

ނާސިކް : އަޅުވެރިއާ / ޒާހިދު މީހާ

ނާސިލް : އަވަސްކުރާ މީހަ

ނަސީފް :  އަސަރު / ސިއްރު / ފޮރުވިފައިވާ

ނައިސަމް : ރޫޙު / މަޑުވައި / ސީދާ މަގު

ނާޝިއު : ޅަ އުމުރު ފަހަނަޅާ ޒުވާން ވަމުން އަންނަކުއްޖާ / ބޮޑުވަމުން އަންނަ / އުފެދެމުން އަންނަ

ނާޝިދް : ބޮޑަށް  އެދިގޮވާ މީހާ (ކަމެއް ކަމަކަށް ނުވަތަ އެއްޗަކަށް)

ނާޝިޠް : ހަރަކާތްތެރި ، ހީވާގި މުރާލި

ނާޞިޙް : ނަސޭހަތްތެރި ވާ މީހާ / ސާފު (މިސާލަކަށް ސާފު މާމުއި)

ނާޞިރް : ނަސްރު ދޭ މީހޭ / އެހެންމީހެއްގެ އަނިޔާއިން ދުރުކޮށް ހިމާޔަތް ކޮށްދޭމީހާ / ތަނަކަށް ފެންލިބޭ

ފެންއާރު

ނާޞިރުއްދީން : ދީނަށް ނަސްރު ދޭ މީހާ

ނާޞިފް : އެއްޗެއް ހަމަހަމައަށް ބަހައިދޭ މީހާ / އިންސާފުވެރިޔާ / ޚާދިމް

ނާޟިޖް : ބުއްދި، ހަށިގަނޑު  ބޮޑުވެ ފުރިހަމަވެފައިވާމީހާ / ކާވަރަށް ތާޒާވެފައިވާ / ރޯފިލާފައިވާ

ނާޟިޙް : ވާރޭ

ނާޟިރް : ރީތި އަލި މޫނެއް ލިބިފާއިވާމީހާ / ރީތި / އޮމާން / ރޯކަން ގަދަ ފެހި ގަސް

ނުޟާރް : ސާފު ރަން

ނާޠިޤް : ވާހަކަ ދެއްކޭ މީހޭ ، މަންމަން ނޫން / ވާހަކަ ދައްކާ މީހާ

ނާޡިރް : ބަލާ މީހާ / ލޯ / ލޮލުގެ ކަޅީގައިވާ ކަޅު ތަންކޮޅު

ނާޡިމް : ޅެން ހަދާ މީހާ / އެއްކޮށް  ޖަމާ ކުރާ މީހާ / އެއްޗެއް ގަތާ މީހާ

ނާޢިމް :  އޮމާން / ހިމުން

ނާޣީ : މީހަކު ލޮއްސަން ، ލޯބިކުރަން ވާހަކަ ދައްކާމީހާ

ނާފިދް : ކާމިޔާބާ ހަމަ އަށް ވާސިލްވާ މީހާ / ޖަދަލު ކޮށްފައި މޮޅުވާމީހާ

ނާފިޛް : ކަމެއް ނުވަތަ އެއްޗެއްގައި އެއްވެސް ހުރަހެއްނެތި ކުރިއަށް ދާ މީހާ، ނުވަތަ އެތި ފޫއަޅުވާލާ / ތަންފީޒު ކުރެވޭ

ނާފިޢް : އެހެން މީހުންނަށް މަންފާ ، ފައިދާ ކުރާ މީހާ

ނާޤިދް : ފާޑު ކިޔާ މީހާ / މޮޅާއި ދެރަ  ވަކިކުރާމީހާ

ނާމިޤް : ރީތިކޮށް ތަރުތީބުކޮށް  ލިޔާ މީހާ

ނާމީ : އިތުރުވަމުން ގިނަވަމުންދާ / ސަލާމަތްވާ މީހާ

ނާހިދް :  އުރަމަތި ފުރިހަމަވަމުން އަންނަ އަންހެން ކުއްޖާ /ސިންގާ / ޅަފުރައިގެ ފިރިހެން ކުއްޖާ

ނުހާޒް / ނިހާޒް :  ކައިރިވުން / މިންވަރު (މިސާލު: ލާރި ހުންނަ މިންވަރު)

ނާހިޒް :  ބައެއްގެ ބޮޑު މީހާ

ނާހިރް : ހުދު މޭބިސްކަދުރު

ނާހިޟް : ތެދުވާ މީހާ / ކަމަކާއިގެން ތެދުވާ މީހާ / އުދުއްސައިގަނެވޭވަރު ވެފައިވާ ޅަ ދޫނި

ނާހިލް : ކަރުހިއްކުން ފިލުވަން  ފެން ބޯ މީހާ

ނާހީ : ހުތުރު ކަންތައްތައް މަނާ ކުރާ މީހާ / ކަރުހިއްކުން ފިލާފައިވާ މީހާ / ފުދޭ މީހާ

ނާވީ : ސަމާސާއެއް ނެތި ކަމަކަށް އެދުން / ކަމަކަށް ނިޔަތް ގަންނަ މީހާ

ނާއިރް : އަލިގަދަ ، ދިއްލިފައިވާ

ނައްބާލް : ދުނިހެވިކަމުގެ ހުރިހާކަމެއް ކުރާ، ދަންނަ މީހާ

ނަބާހް :  ޝަރަފްވެރި / ވިސްނުންތޫނު / އެންމެން ދަންނަ މީހާ

ނިބްރާސް:  ބައްތި / ސިންގާ / ދުނީގެ ތުނޑު

ނަބްހާން :  ޝަރަފްވެރި / ވިސްނުންތޫނު / އެންމެން ދަންނަ މީހާ

ނަބީޣް : ޝާން ޝައުކަތު ހުރިމީހާ/ ކަމެއްގައި އަރާހުރި މީހާ

ނަބީލް :  މަތީ ފަންތީގެ މާތް މީހާ / ޝަރަފުވެރި ޤަދަރުވެރިއާ / ބުއްދިވެރިއާ

ނަބީހް : ޝަރަފްވެރި / ވިސްނުންތޫނު / ހެޔޮގޮތުގައި މީހުން ދަންނަ މީހާ

ނަޖާ(އ):  ދިންނެވުން، ސަލާމަތްވުން/ ގޮފި/ ދަނޑިކޮޅު

ނަޖާޙް : ކާމިޔާބު

ނިޖާދް : ކަނޑީގެ އުރަ / އިސްކޮޅު

ނިޔާފް : ދިގު އުސް / ރީތި ޗާލު އިސްކޮޅެއްގެ ވެރި

ނިޔާޒް:  ދުޢާ އެކުވެރިއާ/ ބޭނުން / އެދުން  (ފާރިސީ)

ނަޖްދް : ހިތްވަރުގަދަ، ދަތި އުނދަގޫ ތަހައްމަލްކުރާ މީހާ / އަވަސް ޖަވާބުދޭން ކުޅަދާނަ  މީހާ / ފާޅުކަން ބޮޑު މަގު / އުސް ބިން

ނަޖްދާން : (ނަޖްދް) މިސިފަ ބޮޑަށް ހުންނަ މީހާ

ނަޖްދީ : (ނަޖްދް) އަށް ނިސްބަތް ކޮށް

ނަޖްމު : ތަރި / ދަނޑިގަނޑު ނުހުންނަ ޒާތުގެ ގަސް

ނަޖްމުއްދީން : ދީނުގެ ތަރި

ނަޖިއްޔު : ސިއްރު/ ސިއްރު ބުނާ މީހާ

ނަޖީބް :  އެހެން މީހުންނަށްވުރެ މޮޅު / ދީލަތި މީހާ / ވިސްނުންތޫނު މީހާ / ނަސަބު ރަނގަޅު

ނަޖީޙް : ފެންނަ ރަނގަޅު ގޮތް / ކެތްތެރިޔާ

ނަޖީދް : ހިތްވަރުގަދަ ކެރޭ މީހާ / ސިންގާ

ނަޖީމް : ޅަ ކުރި

ނަޙްމަދުﷲ : އަޅަމެން މާތްﷲ އަށް ޙަމްދުކުރަމުއެވެ.

ނަޙްމިއްދީން : އަހަރެމެން ދީން ހިމާޔަތް ކުރަމުއެވެ.

ނަދްޔާން : ތެއް

ނިދާ(އު) : ކަމަކަށް އެދި ގޮވާ ގޮވެލި / ދުޢާ

ނިބާލް : ތީރުތައް / ވިސްނުން ތޫނު މީހުންތައް

ނަދީދް : އެއްވައްތަރު، އެއްގޮތް، އެއްފަދަ

ނަދީމް :  އެކުވެރި ބައިވެރިއާ / ވާހަކަ ދެއްކުމާއި ކެއުންބުއިމުގައި ބައިވެރިވާ އެކުވެރިޔާ

ނަޛީރް : އިންޒާރު / އިންޒާރު ދޭ މީހާ / ރަސޫލު / ނުރަ

ނުޛައިރް : ނަޛީޜް ގެ ކުޑަގޮތް

ނަޒީރް : މަދު / ނާދިރު

ނިޒާރް : މަދު / ނާދިރު

ނަޒާން : ދީލަތި / އަޑުލައްވާ ފުއްލާ

ނަޒީހް : އުނި ސިފައެއް ނެތް މީހާ / ވިޔާނުދާހާ ކަމަކުން އެއްކިބާވެގެންވާ މީހާ / ޢިތްފަތްތެރިޔާ / ޖައްވު

ނުސާފުކަމެއް ނެތް ދުރު ތަންތަން

ނަސީބް : ނަސަބުވެރި / ޝަރަފްވެރި / ކައިރި / އެކަށީގެންވާ

ނައިސަބް : ފާޅުކަން ބޮޑު ސީދާ މަގު / ހިނި ހިނގާ މަގު

ނަސީމް : މަޑުމަޑުރީތި ވައިރޯޅި / ރޫޙު

ނިސާމް : ނަސީމްގެ ގިނަގޮތް

ނަޝްއަތު/ނަޝްއާ : އުފެދުން

ނަޝްވާން : މަސްތުވެފައިވާ މީހާ

ނަޝްމާ : ވައްތަރެއްގެ ގަހެއް

ނަޝީދް : ލަވަކިއުން / ލަވަ

ނައްޞާރް : އަނިޔާ އާއި ބޭއިންސާފު ލިބިފައިވާ މީހުނަށް އެހީތެރިވެ ދިފާޢުކުރާމީހާ

ނަޞްރު : އެހީތެރިވެ ތާއީދު ކުރުން/ ކާމިޔާބު

ނަޞްރަތު : ނަސްރެއް، ކާމިޔާބެއް

ނަޞޫޙް : ގިނައިން ނަސޭހަތްތެރިވެ އިރުޝާދު ދޭމީހާ / ތެދުވެރި، އިޚްލާސްތެރި

ނަޞީބް : ނަސީބު /އެއްޗެއް ބަހައިގެން ޖެހޭ ބައި

ނަޞީޙް : އިތުރު ގަޑުބަޑެއް ނެތް އެންމެ ސާފުވައްތަރު

ނަޞީޙް : ނަސޭހަތްތެރި ވާ މީހާ / ފަހާމީހާ

ނަޞީރް :  ގިނައިން ނަސްރު ދޭ މީހޭ / އެހެންމީހެއްގެ އަނިޔާއިން ދުރުކޮށް ހިމާޔަތް ކޮށްދޭމީހާ

ނަޞީފް : އެއްޗެއްގެ ދެބައިކުޅަ އެއްބައި / ޚާދިމް / ބޯ ނިވާ ކުރާ ކޮންމެ އެއްޗެއް

ނިޟާލް :  ޙިމާޔަތްކޮށް ދިފާޢުކުރާ މީހާ / މޮޅު ދުނި އުކުންތެރިޔާ

ނަޟްރު : މޫނުގައިވާ އުޖާލާ ކަން / ރީތި / އޮމާން

ނަޟީރް : މޫނު އުޖާލާ މީހާ / އޮމާން / ރީތި މީހާ / ރަނާ ރިހި /ރޯކަން ގަދަ ފެހި ގަސް

ނިޡާމް : ތަރުތީބު ، ކަމައް އާދަކޮށް ހިގަމުންދާ ގޮތް / މުތް ކަހަލަ އެއްޗެހި އަމުނާފައިވާ ފަށް

ނަޡީރް :  އެއްގޮތް ، އެއްފަދަ

ނަޡީފް : ސާފު / އިއްފަތްތެރި / އަޚުލާޤު ރަނގަޅު މީހާ

ނުޢްމާން : ލޭ

ނަޢީމް : ނިޢްމަތުގައިވާ މީހާ

ނަފްޙާ : މީރުވަސް / ދީފައި ހުރި އެއްޗެހި / ކޮށްދީފައި ހުރި ކަންތައްތައް / ހަދިޔާ

ނަފީސް : އަގުބޮޑު / އެއްޗެއްގެ އެންމެ މޮޅުވައްތަރު

ނަފީލް : ޣަނީމާ / ހަދިޔާ

ނިފާލް :( ނަފަލް ގެ ގިނަ ގޮތް ) މާނައަކީ ހަދިޔާ ނުވަތަ ހިބައިން ދެވޭ އެއްޗެއް / ޢަނީމާ

ނަމިރް : މިނިކާވަގު

ނުމައިރް : ނަމިރް ގެ ކުޑަ ގޮތް

ނަމްޝާން :  ގައިގާ ލައްޖަހާފަ ހުންނަ މީހާ

ނަމީރް : ދެމޭ މީރު ފެން އާރު /  ކިލަނބުކަމެއް ނެތް ސާފު

ނަމީޤް : ޒީނަތްތެރި ކުރެވިފައިވާ

ނަވީލް : ދީލަތިކަން ބޮޑު / ބޭނުންވާ އެއްޗެއް އަބަދުވެސް ހޯދާ ލިބޭ މީހާ

ނަވީން : އާކަން (ފާރިސީ)

ނުހާދް : އުސްތަންތަން / މިންވަރު (މިސާލު: ލާރި ހުންނަ މިންވަރު)

ނަހާރް : ދުވާލު

ނިހާލް : ނާހިލް ގެ ގިނަގޮތް (ނާހިލް ގެ މާނަ ބައްލަވާ )

ނިހާދް : އުސް، މަތި

ނަހްދާން : ބަންޑުންދާން ކައިރިވާ ވަރަށް ފުރިފައިވާ އެއްޗެއް / ފުރިފައވާ އުރަމަތި

ނަހްޒާން : ޖަމާޢަތުގެ ވެރިމީހާ ( ދެ ނާހިޒް )

ނަހްލާން :  ކަރުހިއްކުން ފިލާވަރަށް ފެންބޯމީހާ

ނަހްވާން : ބުއްދީގެ އިންތިހާ

ނުހައިރް : ކުޑަކުޑަ ކޯރެއް

ނުހައިލް : ނަހްލް ގެ  ކުޑަގޮތް (ނާހިލް ގެ މާނަ ބައްލަވާ )

ނަހީސް : ގައިގާ މަސްމަދު މީހާ

ނަހީލް : ނަހްލް ގެ ގިނަ ގޮތް (ނާހިލް ގެ މާނަ ބައްލަވާ )

ނުހައިކް: ހިތްވަރުގަދަ މީހާގެ ކުޑަ ގޮތް

ނަހީކް :ހިތްވަރުގަދަ މީހާ

ނައްވާރް :އަލިގަދަ / ދިއްލިފައިވާ

ނުއްވާރް :ހުދުކުލައިގެ ރީތި މަލެއް

ނައްވާފް: އުސް، ދިގު، މަތިވެރި/ މޮޅު

ނައްވާޙް : ގުމްރީ ފަދަ ދޫންޏެއް

ނޫޙް : ނަބީ ބޭކަލެއް

ނޫރް : އަލި، ނޫރު

ނޫރުއްދީން : ދީނުގެ ނޫރު، އަލި

ނޫރުﷲ : ﷲގެ ނޫރުފުޅު

ނޫރާން : އަލިކަން ގަދަ / ދެ އަލި، ދެ ނޫރު

ނޫރްޖަހާން : ( މިއީ ނޫރް، އާއި ޖަހާން، މިދެކަލިމަ އެކުވެގެން އުފެދިފަިއވާ ނަމެކެވެ. ޖަހާން އަކީ ފާރިސީ

ކަލިމައެކެވެ. މާނައަކީ ދުނިޔެ، ވީމާ ނޫރްޖަހާންގެ މާނައަކީ ދުނިޔޭގެ އަލިކަމެވެ.)

ނައުރަސް : ކުރެނގި ފާޑަށް މަސްކައިގެން ދިރިއުޅޭ ދޫންޏެއް

ނޫރީ : އައްޔަށް ނިސްވެގެންވާ ނުވަތަ އަލިން އުފެދިގެންވާ

ނައުފް : މަތި ، އުސް

ނައުފާން : މަތި، އުސް

ނައުފަލް : ދީލަތި މީހާ / ކަނޑު / ރީތި ޗާލު ޒުވާނާ

ނައުހާން : ގަދަރުވެރި

ނައުޝާދް : އުފާ (ފާރިސީ)

ނުވައިރާން : ނޫރާން ގެ ކުޑަ ގޮތް

ނައްޔާރް : އަލިގަދަ ، ވިދާ ބަބުޅާ

ނައިރޫޒް / ނީރޫޒް : ފާރިސީކަލަންޑަރުގެ ފުރަތަމަ ދުވަސް / އުފާކުރާދުވަސް / ރަބީޢު

 

 

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.