ހޮނިހިރު20201121

އާކުރެވުނީ: 08:43:52

ޞ - ص

އ   ބ   ތ   ޘ   ޖ   ޙ   ޚ   ދ   ޛ   ރ   ޒ   ސ   ޝ   ޞ   ޟ   ޠ   ޡ   ޢ   ޣ   ފ   ޤ   ކ   ލ   މ   ނ   ހ   ވ   ޔ

ޞާއިބް : އެއްވެސްކަމެއް ނުބައިކޮށް ނުކޮށް، ރަނގަޅަށް ކުރާމީހާ

ޞާއިމް : ރޯދަވެރިޔާ / އެއްޗަކުން ނުވަތަ ކަމަކުން ދުރުވެ ރައްކާތެރިވެގެން ހުންނަ މީހާ

ޞާއިން : މުދަލާއި، ޝަރަފަށް ރައްކާތެރިވާ މީހާ

ޞާބިރް : ކެތްތެރިޔާ

ޞާޙިބް : ބައިވެރިޔާ ، އެކުވެރިޔާ

ޞާޙީ : ހޭލާ ހުންނަމީހާ / ފަރުވާތެރިވެ ހުުންނަ މީހާ

ޞާދިޙް : ލަވަކިޔާމީހާ / އަޑުރީތިމީހާ

ޞާދިޢް : މީހުންގެ މެދުގައި މައްސަލަތައް ނިންމާ މީހާ

ޞާދިޤް : ތެދުވެރިޔާ

ޞާޢިދް : މަތިވަމުން އަރަމުން އަންނަ / ކާމިޔާބު

ޞާރިމް : ހިތްވަރުގަދަ / ސިންގާ / ހަރުކަށި / ތޫނު ކަނޑި

ޞާފީ : ސާފު ، ފާޅު / ކިލަނބު ނޫން

ޞާލިޙް : ޞާލިހު ، ފައިދާކުރާ / ރަނގަޅު

ޞާމިތު : ހިމޭނުން ހުންނަ މީހާ / ރަންރިހި

ޞާމިދް : ނުގުޑާ ސާބިތުވެ ހުންނަމީހާ / ހަރު

ޞިޔާމް : ރޯދަ

ޞިބާ : ޅަފުރާ / ޝައުޤު

ޞަބާ : އިރުން ޖެހޭ ވައި

ޞަބާޙް : ހެނދުން

ޞަބްޙާން : ހެނދުނު އަވަހަށް ނާސްތާކުރާ މީހާ

ޞުބާޙް : ފާނޫޒުގެ ހުޅުކޮޅު / މޫނު ރީތި އުޖާލާ

ޞުބްޙީ: މޫނު އުޖާލާ

ޞުހައިބް : ރަތްކުލައަކަށް ދާ ރީނދޫ ދޮންކަމެއް ހުންނަ މީހާ  / ސިންގާ

ޞަބީޙް : ރީތި ، ނަލަ / މޫނު އުޖާލާ

ޞައްބާރް : ވަރަށް ކެތްތެރި

ޞަބޫރް : ވަރަށް ކެތްތެރި

ޞަބްރު :  ކެތްތެރިކަން

ޞަބީރް : ކެތްތެރި / ބައެއްގެ ކަންތައް ބަލަހައްޓާމީހާ

ޞައްދާމް : ގިނަގިނައިން އެއްޗެއް ނުވަތަ ކަމެއްގައި މުޑިއަރާ ޖެހޭ މީހާ / ވަރުގަދަ

ޞިދްޤީ : ތެދުވެރިކަމަށް ނިސްބަތްކޮށް

ޞަދޫޤް : އެއްގޮތަކަށްވެސް ދޮގުނުހަދާ ތެދުވެރި

ޞަދީޤް : ރަޙްމަތްތެރިޔާ ، އެކުވެރިޔާ

ޞަރީޙް : ސަރީހަ / ފާޅު

ޞަރީފް : އަސްލު ރިހި

ޞައްޙާފް : ގަނޑެއް ނުބައިކޮށް ކިޔާ މީހާ

ޞަފާ : ސާފު / ކިލަނބު ނޫން

ޞަފިއްޔު : ކިލަނބުކަމެއް ނެތް / އެއްޗަކުން ހޮވާލެވޭ އެންމެމޮޅު ބައި

ޞަފިއްޔުއްދީން : ދީނުގެ ރީތި ސިފަތައް ހިމެނިގެންވާ މީހާ /  ދީނުގައި އަރާހުރި މޮޅު މީހާ

ޞަފްވާން : ކިލަނބުކަމެއް ނެތް / އޮމާން ހިލަ

ޞަފްވަތު : އެއްޗެއްގެ ކިލަނބުކަމެއްނެތް ސާފު ބައި / ހޮވާލެވޭ ބައި

ޞަރްފާން : ލޮއި

ޞުމޫދު : އުނދަގު ތަހައްމަލް ކުރާ / ސާބިތުވެ ހުންނަ / ނުގުޑަ

ޞަރީމް : ވަކިވެފައިވާ / ހެނދުނު

ޞަރޫމް : ތޫނު ކަނޑި

ޞަޢީދް : އުސްބިން / ފަސް ( ބިމުގެ )

ޞާލިޙް : ރަނގަޅު

ޞަލާޙް : ރަނގަޅުކަން / ހެޔޮލަފާކަން

ޞައްޔާދް : ޝިކާރަވެރިޔާ / ސިންގާ

 

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.