ހުކުރު20201120

އާކުރެވުނީ: 08:43:52

ޝ - ش

އ   ބ   ތ   ޘ   ޖ   ޙ   ޚ   ދ   ޛ   ރ   ޒ   ސ   ޝ   ޞ   ޟ   ޠ   ޡ   ޢ   ޣ   ފ   ޤ   ކ   ލ   މ   ނ   ހ   ވ   ޔ

ޝާދިން : ބޮޑުވަމުން އަންނަ ކުޑަ ފިރިހެން ފުއްލާ

ޝާދީ : ރީތި ނަލަ އަޑެއްގެ ވެރިއާ / ލަވަކިޔާ މީހާ

ޝާދާން : އުފާވެ ހިތްހަމަޖެހިފައިވާ މީހާ (ފާރިސީ)

ޝާޠިރް : ވިސްނުންތޫނު މީހާ

ޝާފިޢް : ޝަފާޢަތްދޭ މީހާ / މެދުވެރިވެ ކަމެއްކޮށްދޭ މީހާ

ޝާޢިރް : ޅެންވެރިޔާ / ކަމެއް ޝުޢޫރުވާ މީހާ

ޝާފީ : ފަރުވާދޭ އެތި ( މިސާލަކަށް ބޭސް )

ޝާކިރް : ޝުކުރުކުރާ މީހާ

ޝާމިޚް : އުސް / މަތި / ޤަދަރުވެރި / ޢިއްޒަތުއްނަފްސުގައި ހިފަހައްޓާ މީހާ

ޝާމިލް  : ރީތި ރަނގަޅު ސިފަތަކެއް ހިމެނޭ މީހާ / ހުރިހާ އެއްޗެއް އެކުލެވިގެންވާ

ޝާހިބް : ނުރަޖަހާފައިވާ މީހާ

ޝާހިދް : ދެކޭމީހާ / ހެކިވެރިޔާ

ޝާހިރް : ކަނޑި އުފުލައިގަންނަ މީހާ / ފާޅުކުރާ މީހާ

ޝާހިޤް : އުސް ، މަތި

ޝާހީން : ބާޒު ޖިންސުގެ ވަރުގަދަ ދޫންޏެއް  /  ތިލަފަތުގެ ކަށި (ފާރިސީ )

ޝާހީ : ކަމަކަށް ދަހިވެތިވާ މީހާ / ކަމަކަށް އެދުން ބޮނޑު

ޝާހް : ރަސްގެފާނު (ފާރިސީ )

ޝާއިޢު : ޢާއްމު، ފެތުރިފައިވާ

ޝާއިފް : ބަލާ މީހާ

ޝާބިލް : ތަނަވަސް ކަމުގައި ބޮޑުވާ ކުއްޖާ

ޝާން : ޢިއްޒަތާއި ޤަދަރު

ޝަބާބް : ޝުވާން

ޝިބާމް : ފިނި / ބުރުގާގައި ބޮލުގައި އައްސަން ހުންނަ ދެފަށް

ޝަބްޢާން : ބަނޑު ބޮޑުވާ ވަރަށް ކައިގެން ހުންނަ މީހާ

ޝިބްލު : ކުޑަ ސިންގާ / ހިތްވަރުގަދަ ޒުވާން ކުއްޖާގެ ނަމުގައިވެސް ބޭނުން ކުރެވޭ

ޝިބާލް : ޝިބްލުގެ ގިނަ ގޮތް

ޝިދާދް : ޝަދީދުގެ ގިނަގޮތް، މާނައަކީ ވަރުގަދަ، ބާރުގަދަ، ގަދަފަދަ މީހުން

ޝަބީބް : : ޒުވާންކަން / ޒުވާން ކުއްޖާ

ޝަބީން : ފެންއެރި ބޮޑުވެފައިވާ ޅަނދޮޅު ކުއްޖާ

ޝަބީރް : ރީތި / ޙުސައިނުގެފާނުގެ ލަޤަބެއް. (ފާރިސީ)

ޝަޖީޢް : ހިތްވަރުގަދަ / ޖެހިލުންކުޑަ

ޝުޖާޢް : ހިތްވަރުގަދަ / ޖެހިލުންކުޑަ

ޝުޖާޢަތު : ހިތްވަރުގަދަ / ޖެހިލުންކުޑަ  (ފާރިސީ / ތުރުކީ)

ޝަމްޝާދް : އިސްކޮޅުން ދިގު (ފާރިސީ)

ޝުޖައިޢް : ޝުޖާޢްގެ ކުޑަގޮތް

ޝައްދާދް : ވަރުގަދަ / ހަރު

ޝަދްހާން : ހައިރާންވެފައިވާ މީހާ / ކަމަކާއި - މަޝްޢޫލު ވެފައިވާ މީހާ

ޝަދީދް : ވަރުގަދަ / ހަރު

ޝިޣާފް : ބެލެވެނީ މިއީ ޝަޣާފް މި ބަހުގެ ފިލިބަދަލުކޮށްގެން ދިވެހިން ކިޔައި އުޅޭ ގޮތެއް ކަމަށް، ޝަޣާފް ގެ މާނައަކީ: ހިތުގެ ދުލިފަށް / ލޯބީގެ އެންމެ މަތީ ދަރަޖަ

ޝަޣްފާން : ލޯބީގެ އެންމެ މަތީ ދަރަޖައިން ލޯބިވާ މީހާ

ޝަދްވާން : މުއްސަނދި

ޝަރަފް : ޝަރަފު / މަތިވެރިކަން / ހަސަބު ރަނގަޅު

ޝަރީފް : ރަށުގައި ނުވަތަ މުޖްތަމަޢު ގައި ދަރަޖަ މަތީ މީހާ

ޝަރްފާން : އުސް، މަތި / ދަރަޖަމަތިވެރި

ޝަރޫފް : އުސް، މަތި / ދަރަޖަމަތިވެރި

ޝުޢާޢް : އަލި ދޯދި

ޝަޢްބާން : ޝަޢުބާން މަސް

ޝަޢްލޫލް : އަލިފާނުުގެ ހުޅުގަނޑު

ޝަޢްލާން : އަލިފާންގަނޑު

ޝުޢުލާ : ހުޅުގަނޑު

ޝުޢައިބް : ނަބީބޭކަލެއްގެ ނަންފުޅު

ޝަޣޫފް : ލޯބީގެ އެންމެ މަތީދަރަޖައިން މީހަކުދެކެ

ލޯބިވާ މީހާ ( ޢިޝްޤީ ލޯބި ނޫނަސް )

ޝަފީޢް : ޝަފާޢަތް ދޭ މީހާ ( ޝަފާޢަތަކީ، އެހެންމީހެއްގެ އެހީ  މެދުވެރިކޮށް ކަމެއް ޙާސިލް ކުރުން )

ޝަފީޤް : އޯގާތެރިޔާ / ރަޙުމް ބަހައްޓާ، ކުލުނު ހުންނަ

ޝިހާބް : އަލިފާން ހުޅުކޮޅު / ވިދާ ތަރި

ޝަހްދް : ހަތާއިން ވަކިނުކޮށް ހުންނަ މާމުއި

ޝިހާދް : ހަތާއިން ވަކިނުކޮށް ހުންނަ މާމުއިތައް

ޝަހްދާން : ހައްޤަށް ހެކިވެރިވާމީހާ / ދެ ޝަހްދު

ޝަހްރޫރް : ޝަހްރުގެ ކުޑަ ގޮތް

ޝަހްރް : މަސް ( ކަލަންޑަރުގެ މަސް )

ޝަހްރާން : ދެމަސް ( ކަލަންޑަރުގެ މަސް )

ޝަހީދް : ޝަހީދު

ޝަހީރު : މަޝްހޫރު

ޝަހީމް : ބުއްދިވެރި

ޝިހާމް : ބުއްދިވެރި

ޝައުޤީ : ޝައުޤަށް ނިސްބަތްކޮށް

ޝައުކަތު : ގަދަކަން / ބާރު

ޝުވައިލް : މަސައްކަތުގައި، ކަންކަމުގައި ލުއިޙަރަކާތެއްގެ ވެރި

ޝުބައިލް : ޝިބްލު ގެ ކުޑަ ގޮތް

ޝީބާން : ހުދު / ސުނޯ ފައިބާފައި ހުންނަ ދުވަސްތައް

ޝިފްނީން : ދޫންޏެއްގެ ނަން

ޝިޔާމް : ރަނގަޅު ސިފަތަކުވެ ވެރިޔާ / ޚުލުޤު ރަނގަޅު މީހާ /

ޝަޤްރާން : ރަތް އިސްތަށިގަނޑެއްގެވެރިޔާ

ޝަޤީޤް : އެއްބަނޑު އެއްބަފާ މީހާ

ޝުކްރާން : ޝުކުރުވެރިވާ މީހާ

ޝުކްރީ : ޝުކުރުވެރިވާ މީހާ / އަގުވަޒަންކުރާ މީހާ

ޝަކޫރް : ގިނައިން ޝުކުރުވެރިވާ މީހާ

ޝަކީބް : ދީލަތި ، ދޭމީހާ (އަރަބި) / ކެތްތެރި ސާބިތު މީހާ (ފާރިސީ)

ޝަކީލް : ސޫރަ ރީތި މީހާ

ޝަކީމް : ޢިއްޒަތުއްނަފްސު

ޝައްމާޚް : އުސް / މަތި / ޤަދަރުވެރި

ޝަލްޝަލް : ތިއްކަކަށްފަހު ތިއްކެއް އަންނަ ދިޔާ އެއްޗެށް ހިތްރަނގަޅުމީހާ

ޝަމްސް : އިރު

ޝިމްރާން : ކުރާކަމެއްގައި ސަމާސާއެއްނެތި ކުރިއަށްދާމީހާ / ދީލަތި

ޝައްމާޢް : އުށް ވިއްކާ ، ހަދާ މީހާ

ޝަމަޢްދާން : ސަމޭދާން

ޝައިމަލް : އުތުރުންޖެހޭވައި

ޝަމްޢޫން : މިއީ ޢިބްރީ ނަމެއް، މާނައަކީ އަޑުއަހައި ކިޔަމަންވުން (ޝައްމޫނު އޭ ދިވެހިން ކިޔަނީ މި ނަން ބަދަލުކޮށްގެން)

ޝަމްޝީރް : ކަނޑި (ފާރިސީ)

ޝިމާލް : އުތުރުފަރާތް / ވާތްފަރާތް

ޝަމީލް  : ރީތި ރަނގަޅު ސިފަތަކެއް ހިމެނޭ މީހާ / ހުރިހާ އެއްޗެއް އެކުލެވިގެންވާ

ޝަމީމް : އުސް / މީރު ވަސް

ޝުނާން : ފިނި ފެން

ޝަމްހާން : ޢިއްޒަތުއްނަފްސު / މަތި

ޝަނާން : ހަމުން ހަދާފައިވާ ކަންވާރު

ޝިމްލާލް : އަވަސް ، ހަލުއި

ޝިމްލީލް : އަވަސް ، ހަލުއި

ޝިޔަމް : ރަނގަޅު ސިފަތައް / ޚުލުޤު ރަނގަޅު (ގިނަ ގޮތް)

 

 

 

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.