ބުރާސްފަތި20180920

އާކުރެވުނީ: 08:43:52

އަދަބާއިޘަޤާފަތް

ރައީސްގެ ދިވެހި ތަޤުރީރަށް ފަހު

maumoon-abdul-gayoomއ.ދ ގެ ނިމިގެން ދިޔަ ޖަލްސާގައި ދިވެހި ރާއްޖޭގެ ޖުމުހޫރިއްޔާގެ ރައީސް، އަލްއުސްތާޛު މައުމޫނު ޢަބްދުލް ޤައްޔޫމު ތަޤުރީރުކުރެއްވީ ދިވެހި ބަހުންނެވެ. މިވާހަކަ އަޑު އިވުމުން ވަރަށް އުފާވިއެވެ. އުފާ ނުވާންވީ ކީއްވެތޯއެވެ.

ވަރަށް ކުރިން، ދާދި ކުޑައިރު، ގޭގައި އޮތް ތިލެޔޮ ފުޅިއެއްގައި، ތާނަ އަކުރުން ''ތިލެޔޮ'' ޖަހާފައި އޮތްތަން ފެނުމުން ވެސް އުފާވިއެވެ. އޭގެ ފަހުން ވިސާކާ ސައިބޯންޏެއްގައި ދިވެހި އަކުރުން ލިޔެފައި އޮއްވާ ވެސް ފެނުނެވެ. މިހާރު އ.ދ ގައި ރައީސް ދިވެހި ބަހުން ތަގުރީރުކުރެއްވީއެވެ.



ކީރިތި ރަސޫލާ

maulid-nabawiއެންމެ މާތް ރަޙުމަތުގެ ނޫރު މިދޭހުގައި ބަބުޅައިފިޔޭ
      އެންމެހައި ހިތްތައް ރަބީޢީ ދިރުމަކުން ދިރުވައިފިޔޭ

ޙާލުގައި ބިކަޙާލުގައި ޖެހިފައިއެވާ އިންސާނުނަށް
    ޗާލުފަރި ހިނިތުންވުމެއް މިންވަރުފުޅުން ލިއްބައިފިޔޭ

ތެއްކަމެއް އާރޯކަމެއްނެތް ގަސްތަކާ ހަނަފަސް ބިމަށް
    ވެއްސަވާ ވާރޭ އެބަރަކާތުން ދިރުން ދެއްވައިފިޔޭ



ތާރީޚު ރޮލުންކާ ރަންނަމާރީންގެ ވާހަކަ

rannamaariރާއްޖެ އިސްލާމްވީ ގޮތާ މެދު ކިޔޭ ރަންނަމާރި ވާހަކައަކީ އެންމެން ދަންނަ ވާހަކައެކެވެ. މިއީ ފުލޯކުވާހަކައެއްކަމުގައި ބުއްދިވެރިން ބުނެއެވެ. ތާރީޚް ޢިލްމުވެރިން އެވާހަކަ ހިމަނުއްވާފައި އޮންނަނީ ދިވެހި ޘަޤާފަތުގައި ހިމެނޭ ފޯކްލޯރު ތަކުތެރޭގައެވެ.

މިފަދަ ފުލޯކު ވާހަކަތަކަކީ އެކި އެކި ތަންތާގެ ޤަދީމީ ތާރީޚު ލިޔުއްވާ ޢިލްމުވެރިން އެތަންތާގެ މުސްކުޅިންގެ ދުލުން ނަޤުލުކުރާ އެއްޗެއްސެވެ. އެއީ އެ ވާހަކަތަކަކީ ޙަޤީޤަތެއްކަމުގައި ބުނުމަކަށް ނޫނެވެ. އެފަދަ ވާހަކަތަކުން ވެސް ތާރީޚު ދިރާސާކުރުމުގައި މަގުތަކެއް އަލިވެދާނެކަމަށްޓަކައެވެ. މަޝްހޫރު ޠަރްވާދާ (ޓްރޯއީ) ހަނގުރާމައޭ ކިޔުނު ވާހަކައަކީ ވެސް އެ ފާޑުގެ ފޯކްލޯރެކެވެ. އެއީ އޭގެ ފަހަތުގައި ކޮންމެސް ޙަޤީޤަތްތަކެއް ފޮރުވިފައިވުން ވަރަށްވެސް އެކަށީގެންވާ ޙާދިޘާތަކެކެވެ.



ކުރުވާހަކަ: ކުރު ތަޢާރަފެއް

kuru-vaahaka-thaarafކުރުވާހަކައަކީ މައިގަނޑު އެއް ޙާދިސާގެ މައްޗަށް ބިނާކޮށް، ފެށުމަކާއި މައިގަނޑެއް އަދި ނިމުމެއް އެކުލެވޭގޮތަށް ލިޔާލިޔުމެކެވެ. ކުރުވާހަކަ ހިމެނެނީ އުފެއްދުންތެރި ލިޔުމުގެ ތެރޭގައެވެ. ކުރުވާހަކައިގެ ދިގުމިން ތަފާތު ލިޔުންތެރިން ކަނޑައަޅަނީ ތަފާތުކޮށެވެ. ބައެއް ލިޔުންތެރިންގެ ނަޒަރުގައި ކުރުވާހަކައެއް އެއް ފަހަރުން ކިޔައި ނިންމާލެވެން ޖެހޭނެއެވެ. މަޝްހޫރު އިގިރޭސި ލިޔުން ތެރިޔާ، އެޗް.ޖީ ވެލްސް ގެ ބަހުންނަމަ ބައިގަޑިއިރު ތެރޭ ކުރުވާހަކައެއް ކިޔާ ނިންމާލެވެން ޖެހޭނެއެވެ.



ޝާވޭޒްގެ އިޝްތިހާރަށް ފަހު، ޗޮމްސްކީގެ ފޮތް ބާރަށް ވިކެނީ

noam-chomsky-ge-foiއެމެރިކާގެ މުފައްކިރެއް ކަމުގައިވާ ނައޯމު ޗޮމްސްކީ ލިޔުއްވި ފޮތެއްކަމުގައިވާ: " Hegemony or Survival: America's Quest for Global Dominance" (އަތްގަދަކުރުން ނުވަތަ ފުރާނަ މުއްތިކުރުން: ދުނިޔޭގެ ވެރިކަންހޯދުމަށް އެމެރިކާ އަތްފުނާއެޅުން) މި ފޮތް ކިޔާލުމަށް އެމެރިކާ ރައްޔިތުން ކިބައިން ވެނެޒުވެލާގެ ރައީސް ހޫގޯ ޝާވޭޒް އެދިވަޑައިގެންފިއެވެ.



ތައުބާ

thaubaaހިތާނަފުސަށް އަރާމެއްދޭ މިއީ އަލިގަދަވި ދަންމަރެކޭ
އަތާއަތްޖޯޑުކޮށް ކުރެވޭ ސަލާމުގެ މާތްވި ޖަވްހަރެކޭ

ހަވާ ނަފްސުގެ ނުބައިވި ބަލީން ހިތާ ނަފުސާއި ޠާހިރުކޮށް
ޘަވާބުގެ މީރުކަން ލިބުމަށް އެދޭ މަތިވެރިވި ނިޢުމަތެކޭ

ސިޔާދަތު ދެދުނިޔޭން ލިބިދޭ ފަލާޙާ ނަޞްރުވެސް ލިބިދޭ



އުކާޒުގެ ޘަޤާފަތް ރާއްޖޭގައި ފެތުރެނީބާ؟

ukaaz-saqaafaiބައެއް ފަހަރު މި ދެންނެވި މަރުކަޒީ ރަށްރަށު މީހުން އެހެން ރަށްރަށު މީހުންނާ މުޢާމަލާތުކުރާ ގޮތުން ހީވަނީ ތިމާމެންނަކީ މާ މޮޅުބައެއްވީމާ އެ މޮޅުކަމުގެ ފައިދާނަގަން މާ ނިކަމެތި އެހެން ބަޔަކު އަންނަނީހެންނެވެ. އެހެންނެއް ނޫނެވެ. އެމީހުން އެ އަންނަނީ އެމީހުންގެ އަމިއްލަ ޙައްޤެއް ހޯދަން އެމީހުންގެ އަމިއްލަ ސަރަޙައްދު ގެ މަރުކަޒީ ރަށަށެވެ. ހެންވޭރު މީހަކު ޗާނދަނީ މަގަށް ބާޒާރުކޮށްލަން ދިޔުމުގެ ޙައްޤު އޮންނަ މިންވަރަށް އަތޮޅުގެ އެހެން ރަށެއްގެ މީހަކު މަރުކަޒީ ރަށަށް ބޭނުން އިރަކު ދިޔުމުގެ ޙައްޤު އޮންނާނެއެވެ. ނަސީބު ރަނގަޅުކަމުން މަރުކަޒީ ރަށު މީހުންނަށް ތިބިތާ ތިބެގެން ޚިދުމަތްތަށް ލިބުނަސް، އެއީ ހަމަ އެކަނި މަރުކަޒީ ރަށުގެ މީހުންގެ އަމިއްލަ



މުންޝީ ޕުރޭމް ޗަންދު

premchand''މުންޝީ ޕްރޭމް ޗަންދު''، މިއީ ދަމްޕަތު ރާއީ ސުރިވަސްތަވާ އޭނާގެ ލިޔުންތަކުގައި ބޭނުންކުރި ގަލަމީ ނަމެކެވެ. ފަހުން އަސްލު ނަމަށްވުރެ މިނަން މަޝްހޫރުވީއެވެ. ޕްރޭމްޗަންދުގެ ބައްޕައަކީ ޕޯސްޓު އޮފީހެއްގެ ކާތިބެކެވެ. އުމުރުން ހަތް އަހަރުގައި ޕްރޭމްޗަންދުގެ މަންމަ ނިޔާވެއްޖެއެވެ. އިސްކޫލް ދައުރު ނުނިމެނީސް ބައްޕަ ނިޔާވެ ޔަތީމުވެއްޖެއެވެ. އެއާއެކު ދޮންމަންމަ އާއި ކޮއްކޮމެން ބެލުމުގެ ހުރިހާ ޒިންމާއެއް ޕުރޭމް ޗަންދުގެ ބޮލުގައި އެޅުނެވެ.



ވާހަކަ ތަޢާރަފުކުރުން

vaahaka-thaaaraf-kurunވާހަކައެއްގެ ތަޢާރަފް ނުވަތަ ރިވިއު ލިޔުން އެއީ އެ ވާހަކައެއް ފޮތް ފިހާރަތަކާ ހަމައަށް އައުމުން ނުވަތަ އަންނަން ތައްޔާރުވުމުން ވަރަށް ފޯރިއާއެކު މަޖައްލާތަކުން ކޮށްއުޅޭ ކަމެކެވެ. ބުނެވޭ ގޮތުގައި ތަޢާރަފް ނުވަތަ ރިވިއު ކުރުން އެއީ އަދަބުގެ ވަކިވައްތަރެކެވެ. ވާހަކައަށް އަދަބީގޮތުން ފާޑުކިޔުމަކީ ވާހަކައިގެ ތަޢާރަފް ލިޔުމާއި ތަފާތު ކަމެއްކަމަށް ވީނަމަވެސް، ވާހަކައިގެ ތަޢާރަފުން ފާޑުކިއުމުގެ އަސަރު ފެނެއެވެ. އެހެނީ ވާހަކައާމެދު ތަޢާރަފް ލިޔާލިޔުންތެރިޔާގެ ޚިޔާލު ހާމަކުރަމުންދާއިރު ކުރެވޭނީ ތަޢްރީފު ނުވަތަކިޔޭނީ ފާޑެވެ.

 



ކާމިލްދީދީގެ ''ކަނބުލޮ''

kanbuluދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން، މަލަސްގެ ބާވީސް ވަނަ އަދަދުގެ ގޮތުގައި ނެރުއްވި ''ކަނބުލޮ'' ވާހަކައަކީ ދިވެހި އަދަބިއްޔާތަށް ފަނޑުވުމެއްނެތް ޚިދުމަތްތަކެއްކުރެއްވި އަލްމަރްޙޫމް އަޙްމަދު ކާމިލްދީދީ ލިޔުއްވި ދެވަނަ ވާހަކައެވެ. އެންމެ ފުރަތަމަ ދިވެހިބަހުން ނާވިލެއް (ދިގުވާހަކައެއް) ލިޔުއްވުމުގެ ޝަރަފް ހޯއްދަވާފައިވާ އަދީބު، އަޙްމަދު ކާމިލް ދީދީ މިވާހަކަ 1934 ގައި ލިޔުއްވާފައިވާ ކަމަށް ތާރީޚް ހެކިދިން ކަމަށް ވިޔަސް އަދަބީ ދުނިޔެއަށް މިވާހަކަ ނެރެވިފައިވަނީ ލިޔުނުތާ ފަންސާސް ފަސް އަހަރުފަހުންނެވެ.



ވޯޓް ޑިސްނީ ކޮމްޕެނީ : ކާރޓޫން އުފައްދާ ކުންފުނިތަކުގެ ބޮންތީގައި

walt-disneyމިކީ މައުސް މިނީ މައުސް، ސިންޑްރެއްލާ، ބިއުޓީ އެންޑް ދަ ބީސްޓް ފަދަ އެތައް ގިނަ ގުނަ ކާރޓޫން ކެރެކްޓަސް ތަކެއް ދުނިޔެއަށް ތަޢާރަފް ކުރި ކުންފުންޏަކީ ވޯޓް ޑިސްނީ ކޮމްޕެނީ އެވެ. 1923 ވަނަ އަހަރު ވޯޓް ޑިސްނީ ކޮމްޕެނީ އުފެދުނު އިރު ކޮމްޕެނީގެ ނަމަކީ ވޯޓް ޑިސްނީ ޕްރޮޑަކްޝަންސް އެވެ. ކުންފުނީގެ ނަން ވޯޓް ޑިސްނީ ކޮމްޕެނީ އަށް ބަދަލު ކުރެވުނީ 1986ވަނައަހަރުގެ ތެރޭގައެވެ. ކާރޓޫން އުފެއްދުމުގެ ދާއިރާގައި އެންމެ ފުންނާބު އުސް ކުންފުންޏަކީ ވޯޓްޑިސްނީ ކޮމްޕެނީ ކަމުގައި ދެންނެވުމަކީ ކުށެއްނޫނެވެ.



ބަހަށް ބަދަލު އައުން

baha-badalu-aunނުރުހުމުގެ ލޮލަކުންނެވެ. ގޯސްއެއްޗެއްގެ ގޮތުގައެވެ. ނަމަވެސް ޙަގީގަތަކީ ކޮންމެ ބަދަލެއް އެއީ އޭގެ ޒާތުގައި ގޯސްއެއްޗަކަށްވާން ނުޖެހޭކަމެވެ. ބަދަލަކީ އަންނާނެއެއްޗެކެވެ. ޘަޤާފަތަކަށް ބަދަލު އަޔަނުދޭން މަސައްކަތްކޮށްފިނަމަ، އެ ޘަޤާފަތެއް ނެތި ހިގައިދާނެއެވެ. ބަހަކީ މިދެންނެވި ޘަޤާފަތުގެ ބައެކެވެ. ބަހަށް ބަދަލު އައުމަކީ ބަހުގެ ތަބީޢީ ސިފައެކެވެ. ބަހަށް އަންނަ ހުރިހާ ބަދަލުތަކާ އިދިކޮޅަށް ތެދުވެއްޖެނަމަ އެ ބަހެއް ދިރިއެއް ނޯންނާނެއެވެ.



ހިތާމައެއް

hithaama

ލޯބިވާ ދަރިފުޅާއެވެ. މަންމަ އަށް ދަރިފުޅު ލިބުނީ މީގެ ސޯޅަ ނުވަތަ ސަތާރަ އަހަރު ކުރިންނެވެ. އެ ދުވަހު ވެސް މޫސުމް އޮތީ މިއަދު މި އޮތް ކަހަލަ ގޮތަކަށް ހޫނުކޮށެވެ. ފާރިސީ ލިލަކް މަލުގެ ވަސް ހުރީ ހަމަ މިއަދު ހުރި ގޮތަށެވެ. މިހާރު އެ ހަދާހެން މުގޮށި މީދާތައް ގަސް ގަހަށް އަރައި ފުމެ ހަދަމުން ދިޔަ އެވެ. މިއަދު ވައި ޖެހެނީ ހަމަ އެ ދުވަހު ޖެހުނު ގޮތަށެވެ. ހީވަނީ ހިކިފައި އެހެރަ ލަކުޑި ތަކުން ކުރި ފަޅައިފާނޭ ހެންނެވެ. ދަރިފުޅު ވިހެއި ވަގުތު ބައްތީގެ ކަޅު، ރީނދޫ



ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.