ހޯމަ20200713

އާކުރެވުނީ: 08:43:52

އަދަބާއިޘަޤާފަތް

ބައެއް ބަސްތައް ދިވެހިވެފައި ވާއިރު.. ހައިރާންކުރަނިވި ޙަޤީޤަތް

bas-dhivehi-vefai-vaairuކޮންމެ ބަހެއްގައި ވެސް ބޭރު ބަސްބަހުގެ ލަފްޒު ކޮންމެސް ވަރަކަށް ހުންނާނެއެވެ. އެގޮތުން އެ ބަހެއްގެ އަމިއްލަ ލަފްޒުތަކުގެ ޚަޒާނާއަށް އިތުރު ލަފްޒުތަކެއް ވަނުމުގެ ސަބަބުން ބަސް އިތުރަށް މުއްސަނދިކޮށްދެއެވެ. އިނގިރޭސި ބަހަށް ''އެޓޯލް'' ވަދެފައި ވަނީ އަޅުގަނޑުމެންގެ ފަޚުރުވެރި ދިވެހިބަހުންނެވެ. ދިވެހި ބަހުގައި އޮންނަ ''އަތޮޅު'' އިންނެވެ. މީގައި ފާހަގަކޮށްލަންޖެހޭ ތަންކޮޅަކީ، ''އަތޮޅު'' އިނގިރޭސިން ބަލައިގެންފައި އެވަނީ އިނގިރޭސި ބަހުގެ ވަޒަން ނުގެއްލޭގޮތަށް، އިނގިރޭސި ދުލަށް ފަހިވާ ގޮތަށް ކަމެވެ. ވުމާއެކު، ''އެޓޯލް'' ވެފައި އެ އޮތީ އިނގިރޭސިވަންތަ އިނގިރޭސި ލަފްޒަކަށެވެ.ދުނިޔޭގައި މޮށެއުޅޭ ބަސްބަހުން، ދެބައިކުޅަ އެއްބައި، އުވިދާނެކަމުގެ އިންޒާރު ޔުނެސްކޯއިން ދީފި

bas_nethi_dhiunދުނިޔޭގައި އިންސާނުން މޮށެއުޅޭ ހަހާސް ބަހުގެ ތެރެއިން ދެބައިކުޅަ އެއްބައި އުވިދާނެކަމުގެ ޑަރު ހީވާކަމުގައި، އދ ގެ ސައިންސާއި ތަރުބިއްޔަތާއި ޘަޤާފަތާ ބެހޭ ގޮފި، ޔުނެސްކޯ އިން ބުނެފިއެވެ.

އަހަރަކު އެއްފަހަރު ފާހަގަކުރެވެމުން އަންނަ، ބައިނަލްއަޤްވާމީ ބަހުގެ ދުވަހުގެ މުނާސަބަތުގައި ވާހަކަދައްކަވަމުން، މިދިޔަ ބުދަ ދުވަހު ޔުނެސްކޯގެ ޢާއްމު ޑިރެކްޓަރު، ކުއިޝީރޯ މަތުސޫރާ ވިދާޅުވިގޮތުގައި، ބަހަކީ ފަރުދެއްގެ ވަންތަކަމާ ހަރުދަނާގޮތެއްގައި ގުޅި ލާމެހިފައިވާ އެއްޗެކެވެ.ޢިރާޤުގައި ތިބި އެމެރިކާ ސިފައިންނާ ބެހޭގޮތުން ކުޅެފައި އޮތް ތުރުކީ ފިލްމަކަށް ޖަރުމަނުވިލާތުގައި ފާޑުކިޔެނީ

thurukee-filmއަލަށް ނުކުތް ތުރުކީ ފިލްމެއް ކަމުގައިވާ ކުރްޓްލާރް ވާދިސީ އިރާޤް، ނުވަތަ ''ޢިރާޤް.. މިނިކާކުއްތާއިންގެ ވާދީ'' ޖަރުމަނު ސިނަމާ ގެތަކުގައި ބާރަށް ހިނގަމުންދަނިކޮށް، އެ ފިލްމާ މެދު އެތާގެ ސިޔާސީ ފަރާތްތަކުން ނުރުހުންފާޅުކުރަން ފަށައިފިއެވެ. އަދި ސިނަމާތަކުން އެ ފިލްމު ނަގަން ވެސް ބައެއް ފަރާތްތަކުން ގޮވާލައިފިއެވެ.

ތުރުކީ މުމައްޘިލުންގެ އިތުރުން، އެމެރިކާ އާއި ޔޫރަޕުގެ ބައެއް މުމައްޘިލުން ހިމަނައިގެން އުފައްދާފައިވާ މި ފިލްމުގައި،ޢުމުރަށް އެކީ ....

umura-ekee'' މައިހާ ބޭނުންވަނީ މިނިވަން ވާކަށްނު .... އަހަރެން މައިހާ މިނިވަން ކޮށްފިން '' ފޮއްޓަށް އެއްޗިހި އަޅަމުން ދިޔައިރުވެސް މައިހާގެ ކަންފަތުގައި ހަރުލާފައިވަނީ ނަދީމްގެ އެޖުމްލައެވެ. އޭރުވެސް މައިހާ ހީވަނީ ދެންމެ ދެންމެއަކު ފަޅައިގެން ގޮސްދާނެހެންނެވެ.

އެކަމަކު މައިހާ ރުއިންގަނޑު ހިފަހައްޓައިގެން ހުރެ ފޮއްޓަށް އެއްޗިހި އަޅަމުން ގެންދިޔައެވެ.ބައްޕަގެ ލޯ ފޫދި ކަރުނަ އާދޭ، ހިތް ދަތިކަން ދުނިޔެ ވަށައިގެންވޭ

bappage-loaއެންމެ ފުރަތަމަ ފެނުނު އިރުވެސް އޮތީ ރީތި ހިނިތުން ވުމެއްގައެވެ.
މިހިތް ދުވަހަކުވެސް ނުވާހާ އުފާ އެދުވަހުވިއެވެ.        
ލޯބިވާ އަނބިމީހާގެ ނިތްކުރީގައި ބޮސްދެމުން '' ޝުކުރިއްޔާ '' އޭ ބުނެވުނީ ބޭއިޚްތިޔާރުގައެވެ.
ވަށައިގެން މީހުން ތިބިކަން ހަނދާން ކުރާކަށް ހިތަށް ނުވެސް އަރައެވެ.

އަހަރެންގެ މުޅި ދިރިއުޅުމަކީ އެލޯބި ލޯބި ހިނިތުންވުމެވެ.
ނިދީގައި ހިނިތުންވެފަ އޮންނަ މަންޒަރު އަހަރެން ވަރަށް ގިނައިން ދެކެމެވެ.
 އެފަދަ ކޮންމެ ވަގުތަކު އަހަރެންގެ ހިތް އުފަލުން ފުރެއެވެ.
ޙަރަކާތް ހުއްޓި ބަލަން ހުރެވެއެވެ.އެއީ މާޒީއެވެ.

eimazeeނަދީމަށް އެންމެ ފުރަތަމަ މާޔާ ފެނުނީ އެއޮފީހުގެ ފަރާތުން ބޭއްވި ސަމިނާރއަކުންނެވެ. އެއީ އަޖައިބެއް ކަހަލަ ބައްދަލުވުމެކެވެ. ފުރަތަމަ ފެނިލުމުންވެސް ނަދީމަށް މާޔާ އާއި ދޭތެރޭ އެހެން ގޮތެއް ހީވިއެވެ. މީހުން ބުނެއުޅެއެވެ. ލޯބިވެވޭނީ ތިމާއަށް ރަނގަޅަށް އެނގޭ، ތިމާގެ މިޒާޖާ ގުޅޭ ކަހަލަ މީހަކު ދެކެއެވެ. އެކަމަކު ނަދީމް އާއި މާޔާގެ މިޒާޖުގައި ގުޅޭ އެއްވެސް ކަމެއްނެތެވެ. މާޔާއަކީ އާދައިގެ ސާދާ ދިރިއުޅުމަށް ލޯބިކުރާ ރާއްޖެތެރޭގެ ޢާއިލާއަކަށް އުފަން މަޑުމައިތިރި ކުއްޖެކެވެ.ސަޢުދިއްޔާ

saudiyaa 316 260އަލީގެ އާދައިގެ މަތިން މި އަދުވެސް ދިޔައީ ޓެކްސީ ކުރާށެވެ. މިޒާޖުގައި ހިތްހެޔޮ ގޮތެއްހުންނަ އަލީ، އެންމެންނާއި މެދުވެސް ވީހާވެސް ހެޔޮކޮށް ކަންތައްކުރުމަކީ އާދައެވެ. ދުވަހަކުވެސް އެއްވެސް މީހަކާއި މެދު ނުބައި ކޮށް ހީނުކުރެއެވެ. ދަތުރެއް ނުލިބި ގިނަ އިރުވީމައި، ކުޑަކޮށް ހިތްހަމަ ނުޖެހޭގޮތެއްވެފައި ހުއްޓާ، މަސްމާރުކޭޓު ފަހަނައަޅާ މާކަ ދުރަށް ނުދެވެނީސް، މީހަކުމުސްތޮގެ ރިވާޔަތްތައް 2: ޙައްޤުވެރިޔާ

musto-hagguveriya

މީގެ އަހަރުތަކެއް ކުރިން އެމް.އެސް.އެލް ގެ ބޯޓަކުން ދަތުރުކުރަން ގޮސް އުޅުނު މީހަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. ހަމަ އެހެންމެ އެދަތުރުގައި އޭނާއާއި އެންމެ އެކުގައި އުޅުނު އޭނާގެ ވަރަށް ގާތް ރައްޓެއްސަކު ވަނީ ދަންޖެހިގެން މަރުވެފައެވެ. ކަމުގެ ޙަޤީޤަތެއް އެއްވެސް މީހަކަށް ނޭނގެއެވެ. އަދި އޭރު ކަންތައްތައް އޮންނަ ގޮތުން މާބޮޑު ތަޙުޤީޤެއްވެސް އެކަމާއި މެދަކު ހިންގިފައެއް ނުވެއެވެ. މީހުން ތަފާތު ވާހަކަ ދައްކާ އުޅުނެވެ.

ނަމަވެސް އެއީ އޭރުއެވެ. މިހާރު އެކަންތައް ހަނދާންހުރި އެކަކުވެސް ހުރިކަމަކަށް ނުވެއެވެ.އެކަނިކޮށްފަ ނުދޭ

ekanikoffaކޮޓަރީ އެނދުމަތީ ހަރަކާތް ހުއްޓިފަ ކަހަލަ ގޮތަކަށްއޮތް ނިހާން ފެނުމާއެކު ކުރިއަށް ވުރެ ބޮޑަށް އޭނަގެ ހިތަށް އަސަރު ކުރިއެވެ. ނިހާން އަބަދުވެސް ކުރާ ޝަކުވާއަކީ ދަރިފުޅުގެ ކަންކަމުގަ ޝަހޫ ފަރުވާ ކުޑަކުރާ ކަމުގެ ޝަކުވާއެވެ. އެކަމަކު ދުވަކުވެސް ޝަހޫއަކަށް އެކަން އިސްލާޙެއް ނުކުރެވެއެވެ. ދެން ނުވެސް ކުރެވޭނެއެވެ. މިހާރު މިއޮތީ މާލަސް ވެފައެވެ. ޝަހޫ މަޑުމަޑުން ނިހާން ގާތު އެނދުގައި އިށީނެވެ. ނިހާންގެ ދެލޮލުން ކަރުނަ ފައިބާ މަންޒަރު ފެނިފައި ޝަހޫއަށް އަނެއްކާވެސް ރޮވެން ފެށުނެވެ. އޭނަ މަޑުމަޑުން ނިހާންގެ އަތުގައި ހިފިއެވެ. ނިހާން ޝަހޫގެ އަތް ދުރުކޮށްލުމަށްފަހު އަނެއް ފަރާތަށް އެނބުރުނެވެ.ހަމައެކަނި ލޯބި

onlylov

އެއީ މިދިޔަ އަހަރުގެ މިދުވަހެވެ. އަހަރެންގެ ލޯބިވެރިޔާއާއިއެކު، މެންދުރުކެއުމަށްފަހު، އަހަރެން އޭނާއަށް ޝަކުވާކުރީމެވެ. '' މީ ލޯބިވެރިންގެ ދުވަސް.. ކީއްވެމިއަދު އަހަންނަށް މަލެއް ނުދިނީ؟'' އޭނާ ބުމަ މައްޗަށް ހިއްލާލާފައި ބުންޏެވެ. '' ކީއްކުރަންދޭ މަލެއް؟ ތީ އަހަރެގެން އެއްވެސް މީހެއްނޫނެއްނު؟'' '' އެހެންވިއްޔާ އެންމެ ކުޑަމިނުން އަހަންނަށް ކާޑެއް ފޮނުވައިދީ..'' އޭނާގެ ރާގުހުރިގޮތުން، ދެރަވެފައި އަހަރެން ބުނީމެވެ. '' އާނ. އާނ. ކައިގެން ގޮސް އަހަރެން އީ-ކާޑެއް ފޮނުވާނަން.'' އޭނާ ބުންޏެވެ.''އާމަގު ފިނިއަށި''

aamagu

އެއީ ދެމަފިރިންނެވެ. އެހެންވީމާ އެކަކު އަނެކަކާ ވާހަކަދައްކައެވެ. އެކަމަކު ރޫޙެއްނެތެވެ. އުޅެނީ އެއްގެއެއްގައެވެ. ނިދަނީ އެއް އެނދެއްގައެވެ. އޮންނަނީ ދެމީހުން ދެފަރާތަށް މޫނު ލައިގެންނެވެ. ޝަރީފު، ބޯދަށަށް އަތްލައިގެން އަތް އައްސިވަންދެން އޮވެދާނެއެވެ. ތަންމަތި އެއީ ސަނާއަށް ހޫނުކަމެއްނެތް ފިނިއަށްޓެވެ. ސަނާ، ވާހަކަ ފޮތުގެ ތެރެއިންލައިފާގޮސް ވަންނާނީ އަރާމުދިނީގެ ތެރެއަށެވެ.

ޝަރީފުގެ ބަތްތަށި ސަނާ މޮޑެދެއެވެ. އަބަދުވެސް މޮޑެދޭގޮތަށެވެ.އުރުދުން ގެ ހޮޓާ ގޮއްވުމުގެ ޙާދިސާގައި މުސްޠަފާ ޢައްޤާދު ޤަތުލުވެއްޖެ

mustafa-akkadބައިނަލްއަޤުވާމީ މަޝްހޫރުކަމެއް ލިބިފައިވާ، ސޫރިޔާއަށް އުފަން، ހޮލީވުޑުގެ އުފެއްދުންތެރިޔާ އަދި ތައްޔާރުކުރުންތެރިޔާ، މުސްޠަފާ ޢައްޤާދު މި ނޮވެންބަރު މަހު އެގާރަވަނަ ދުވަހު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކޮށްފިއެވެ.

އޭނާ ނިޔާވީ، މި މަހު ނުވަ ވަނަ ދުވަހު އުރުދުން ގެ ގްރޭންޑް ޙަޔާތު ހޮޓަލުގައި ދެވުނު ޖާނުމަރާލުމުގެ ބޮމުގެ ޙަމަލާގައި ވަރަށް ބޮޑަށް ޒަޚަމްވުމުގެ ސަބަބުން ފަރުވާދެވެމުން ދަނިކޮށެވެ. މި ޙަމަލާގައި އޭނާގެ އަންހެންދަރިފުޅު ވަނީ ވަގުތުން ނިޔާވެފައެވެ.ބަހަށް އިންތިޒާރުކުރަމުން ދިޔައިރު...

busބަހެއް އާދޭތޯ މަޑުކޮށްގެންހުރުމަކީ ވަގުތުބޭކާރު ކުރުމެވެ. އަހަރެން މިބުނި ބަހުގެ މާނައަކީ އެއީ އެއްވެސް އުފެއްދުންތެރި ހަރަކާތެއްނޫނެވެ. ''މަޑުކޮށްގެންހުރުން'' އެއީ ހަރަކާތެއްކަމަށް ކަލާ ބަލާނަމައެވެ. އެކަމަކު މިގޮތަށް ބަހަށް އިންތިޒާރުކުރާއިރު ވަރަށް ޝައުގުވެރިވާކަހަލަ މީހުންނާ ދިމާވެއެވެ. މިސާލަކަށް އަހަރެން ބަސް ސްޓޮޕްގައި އިންއިރު ލައިގަތް އަންހެންކުއްޖާ ނަގަމާޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.