ބުދަ20200701

އާކުރެވުނީ: 08:43:52

އަދަބާއިޘަޤާފަތް

ފިލްމު ''މުޙައްމަދު: އެންމެ ފަހުގެ ނަބިއްޔާ'' އެމެރިކާގައި އަޅުވަނީ

khaathim-anbiyaaދިރޭރޫ (ރޫ ކުރަހައިގެން އެއަށް ޙަރަކާތާއި ދިރުން ގެންނަ ބާވަތުގެ، ނުވަތަ އެނިމޭޝަން) ފިލްމެއް ކަމުގައިވާ ''މުޙައްމަދު: އެންމެ ފަހުގެ ނަބިއްޔާ'' ނުވަތަ ''މުހައްމަދު: ޛަ ލާސްޓް ޕްރޮފެޓް'' އުފެއްދި ކުންފުނިން، އެ ފިލްމު އެމެރިކާއާއި ކެނެޑާ ސިނަމާތަކުގައި، މި ހިނގާ މަހުގެ މެދުތެރޭގައި (ރޯދަ ކިޔައިގެން) އަޅުވަން ނިންމައިފިއެވެ. މިއީ މި ފިލްމު 2001 ވަނަ އަހަރު ސެޕްޓެމްބަރު 11 ގެ ޙަމަލާއާއި ވިދިގެން ނާޅުވައި ލަސްކުރުމަށްފަހުގައެވެ. މިގޮތުން އެމެރިކާއާއި ކެނެޑާގެ 37 ސަހަރެއްގައި މި ފިލްމު އެޅުވޭނެއެވެ.އަލްފްރީޑް ޖެލިނިކާއެކު...

jelinekއަލްފްރީޑް ޖެލިނިކް އަކީ އަދަބިއްޔާތުގެ ރޮނގުން ދެވޭ ޝަރަފުވެރި އިނާމު، ނޯބެލް ޕްރައިޒް މިއަހަރު ލިބޭ ފަރާތެވެ. އޮސްޓްރިއާގެ ރައްޔިތެއް ކަމަށްވާ ޖެލިނިކް އަކީ ވާހަކައާއި ތަމްސީލު ލިޔުންތެރިއެކެވެ. ޖެލިނިކް ލިޔެފައިވާ އެންމެ މަޝްހޫރު ފޮތަކީ "ދަ ޕިއާނޯ ޓީޗާރ" އެވެ. މިފޮތަށް ބިނާކޮށް މައިކަލް ހެނިކް ވަނީ 2001 ވަނަ އަހަރު ފިލްމެއް ހަދާފައެވެ. އިނާމު ލިބޭތީ އުފަލާއި ހައިރާންކަންމަތީ ހުރި ޖެލިނިކަކީ މި އިނާމު ލިބޭ ދިހަވަނަ އަންހެން ލިޔުންތެރިޔާއެވެ.ވަރަށް ލޯބިވެއެވެ.

vloabiveއޮފީހަށްދާ ފުރަތަމަ ދުވަސްކަމުން ޓެކްސީގައި އިންއިރު ވެސް އަހަރެންގެހިތް ވަނީ ވަރަށް ނުތަނަވަސް ވެފައެވެ. އެކިކަހަލަ ސުވާލު ހިތަށްއަރާ ފައިބަމުން ދިޔައެވެ. އޮފީހުން ދިމާވާނީ ކޮންކަހަލަ ބަޔަކާބާއެވެ؟ އެއިން އެކަކުވެސް އަހަންނާއި ރައްޓެހިކަން ބާއްވާނެބާއެވެ؟ އަހަންނާއި ވާހަކަ ދައްކާނެބާއެވެ؟ ހަމަ ގައިމުވެސް އެކަކު ހުންނާނެއެވެ. މިކަހަލަ ޚިޔާލްތަކެއްގެ ތެރޭގައި އިންދާ އޮފީހަށް އާދެވިއްޖެއެވެ.ނަހުޒާ

nahuzaa

ނަޢީމް އޭނާގެ ބާވެފައިވާ މައުންޓަން ބައިސްކަލުގަޑުގައި، ގެއާ ދިމާލަށް އަންނައިރު ހިތުތެރޭގައިވާ ރުޅިގަނޑު ގަދަވަމުން އާދެއެވެ. މިރޭ ފިހާރައިގެ މަސައްކަތް ނިންމާލީ ބޮޑުސޭޓާ ކޮށްލި ޒުވާބުގަނޑަކުންނެވެ. ފިހާރައިގެ ބޮޑު ސޭޓު ދެކެ އަންނަ ރުޅި ފަޅައިގެން ދިޔައީ، ހުކުރުދުވަހު ހަތަރުދަމު މަސައްކަތް ކުރުވީތީއެވެ. ގެ ހުންނަ ގޯޅިގަނޑަށް އެޅުމާއެކު ނަޢީމުގެ ރުޅިއަށް ފިނިކަމެއް އައިސް، އަންހެނުން ނަހުޒާ މަތިން ހަނދާންވިއެވެ. އެއާއެކު އިޚްތިޔާރަކާ ނުލައި ހިނިތުންވެލެވުނެވެ.ހިތް ނުރޮއްވާ! ކުށަކާނުލާ ހިތް ނުރޮއްވާ!

hih-nurovvaކަލާ އަހަރެންދެކެ ވަރަށް ލޯބިވާކަން އެނގެއެވެ.
މިހާރު އަހަރެންގެ ހިތުގެ ހަމަޖެހުމަކީ ހަމައެކަނި އެއީއެވެ.
އެކަމަކު މިހިތް އަދިވެސް އެދެމުންދަނީ ކަލާ އަހަރެންދެކެ ''ލޯބިވެއޭ'' ބުނާއަޑު އެހުމަށެވެ.
އޭރުން ސިއްރުސިއްރުން ކަލާގެ ކަންފަތްދޮށުގައި ބުނާނަމެވެ.
''އަހަރެން މާ ބޮޑަށް ލޯބިވެއެވެ.'' ''ބުނެދޭން ނޭނގޭ ވަރަށް ލޯބިވެއެވެ.''ވިލިނގިލީ ފަލްސަފާ

viligili-falsafaފަހަކަށް އައިސް އިވެން ފެށި އާބަސް ތަކުގެ ތެރެއިން އެއް ބަހަކީ "ޢުމުރުފުރާއެވެ". ހަމަ ގައިމުވެސް ތަންކޮޅެއް ކުރިން އަޑުއިވުނު ބަހެއް ނޫނެވެ. ރީތި ދިވެހިބަހެކެވެ. ޢުމުރަކީ ކުރިންވެސް އަޅުގަނޑުމެން އަޑުއަހާ ބަހެކެވެ. ފުރައަކީވެސް އަޑުއަހާ ބަހެކެވެ. ދެބަސް އެއްކޮށްލުމަށް ފަހު ޢުމުރުފުރާ ކިޔުމުން '' އޭޖު ގުރޫޕް '' އޭ ނުކިޔާ ފަރުޖެހެއެވެ. ވީމާ އުފާކުރުން ޙައްޤެވެ. ނަމަވެސް "ފުރާ" ގެ މާނަ އަކީ ވެސް ލަފާކުރެވޭ ގޮތުން ހަމަ އޭޖުގުރޫޕެވެ. ދިވެހި ބަސްފޮތުގައި "ފުރާ" ގެ މާނައެއް ކަމަށް އޮންނަނީ އެއީ ޢުމުރުގެ ދައުރެއް ކަމަށެވެ. އަދި ބަސްފޮތުގައި އެހެން ނެތަސް އޭގެ މާނަ އަކީ ހަމަ އެއީ އެވެ.ފަސްކުރަން ހެޔޮވާވަރު ކަމެއްނޫނެވެ.

burugaa

އަހަންނަށް ބަލާލުމުން ކަލެއަށް ފެންނަނީ ކޯޗެއް ހެއްޔެވެ؟

އަޅު އަންހެނެއް ހެއްޔެވެ؟ ފުރިހަމަ މިނިވަނެއް ނޫންހެއްޔެވެ؟

ގިނަމީހުން އަހަންނަށް ބަލާފައި ދެލޯ ބޮޑުކޮށްލައެވެ

އެންމެ ކުޑަވެގެން އަހަރެންގެ ބޮލުން ތަންކޮޅެއްވެސް ނުފެންނާތީއެވެ

އަނެއް ބަޔަކު ނިންމާގޮތުން އަހަންނަކީ އަޅުވެތިކުރެވިފައިވާ ޖާހިލެކެވެ

އެމީހުންނަށް ފެންނަނީ ޙައްޤު ނިގުޅައި ގަނެވި"ކުޑަ" ކުރެވިފައިވާ މީހެކެވެއަހަރެން ނަގާށެވެ.

aharen-nagaasheve

1-އަދަބުވެރިކަމުގައި މާ ގޮތްބޮޑު މީހަކު ހޯދާނެ ކަމެއް ނެތެވެ.
ކަލާގެ ދިރިއުޅުން ފޫހިކޮށްލަފާނެއެވެ.
ނުވަތަ، މާ ލާނެތް، މާ ގޮތްކުޑަ މީހަކާ ގާތް ނުވައްޗެވެ.
ކަލާ ބަދުނާމުވެ ޤަދަރު ހިނގައިދާނެއެވެ.
އަހަރެން ނަގާށެވެ.

އަދަބުވެރިކަމުގައި މެދުމިނެއް ގެންގުޅެމެވެ.
އަދި ކޮންމެސް ވަރެއްގެ ލާނެތްކަމެއް މަގޭ ކިބައިގައި ވެއެވެ.ބަރްސީސާ

barseesaވަރަށް ކުރީގެ ދުވަސްވަރެއްގައި ވަރަށް ޢިލްމުވެރި، އަޅުވެރި މީހަކު އުޅުނެވެ. އެ މީހާގެ ނަމަކީ ބަރްސީސާ އެވެ. އޭނާ އަކީ ބަލި މީހުންނަށް ފަރުވާ ދޭ މީހެކެވެ. ﷲ އޭނާގެ އަތުގައި ލައްވައިފައިވާ ޝިފާގެ ބާރުގެ ސަބަބުން ދުރު ދުރުން މީހުން އޭނާޔާ ބައްދަލު ކުރާން އާދެ އެވެ. އޭނާގެ ފަރުވާއިން ބަލި ފަސޭހަ ވެގެން، ހެޔޮ ދުޢާ ކުރަމުން ދާ މީހުންގެ ޢަދަދު ވަރަށް ގިނަ އެވެ. ބަރްސީސާގެ މި ޢިއްޒަތާއި، ހެޔޮ ނަމުގެ ސަބަބުން ޝައިޠާނާގެ ހިތުގައި ހަސަދަވެރިކަންއުފެދިއްޖެ އެވެ. ވުމާއެކު އޭނާ މަސައްކަތް ފެށީ ބަރްސީސާގެ ރީތި ނަން ހުތުރު ކުރެވޭނޭ ގޮތެއް ހޯދާށެވެ.

 ޝުޢޫރު

shuoorވިއްސާރަދުނީގެ ކުލަތަކުން ދުނިޔެ އުޖާލާވިއެވެ. ކަޅުވިލާތައް ކެހި، ބަހާރެއްގެ ހިތްގައިމުކަން ރަމްޒުވިއެވެ. އުއްމީދީ ކުލަތަކަކުން ޙަޔާތަށް ދިރުން ލިބުނުކަހަލަ އެވެ. ގެތެމުން ދިޔަ ކަމިޔާބީގެ ހާރަށް އުއްމީދުގެ ބޮޅެއް އިތުރުވި އެވެ. ހަށިފުރާ ނޭވާއެއް ލެވުނެވެ. ޙަޔާތުގެ މުހިންމު މަރުޙަލާއެއް ކާމިޔާބާއިއެކު ކަޑައްތު ކުރެވުމުގެ އުފާ ލިބުމުންނެވެ. ވިސްނާލީމެވެ. މާޒީވި ދުވަސްތަކާއި މެދުގައެވެ. ކޮންމެ ކަމެއް ގުޅިފައި ވަނީ މިއަދާއިއެވެ.ހެޔޮޙާލުގާ ކަލާ ތިހެން، ހިނިތުންވެފާ ހުރޭ!

heyohaalugaaއެކީގައި ހޭދަވީ ކިތައް ދުވަސްކަމެއް ބުނެދޭކަށް ނޭނގެއެވެ.

ހިތްހެޔޮކަމާއިއެކީ ތަފާތު ވާހަކަތައް ދެއްކުމުގައެވެ.

އުފާވެރި ކަމާއި މަޖަލުގައެވެ.

އެކަމަކު އެދުވަސްތައް މާޒީއާއި އެކުވެ ދިޔައީއެވެ.ހުވަފެން

huvafenދެކެމުން އައީ ފޮނިފޮނި ހުވަފެންތަކެކެވެ.
އެކަމަކު ޙަޤީޤަތަށްވުރެ މާޗާލެވެ.
މުޅި ހިތާއި ހަށިގަނޑަށް އަލިކުރަމުން ދިޔައިމެވެ.
މިތުންފަތަށް ހިނިތުންވުމެއް ގެނެސްދޭނެކަމުގެ އުންމީދުގައެވެ.

ދައްކައިދިން ރީތި މަންޒަރުން މިހިތް ޝޯޚުވިއެވެ.
އަބަދުވެސް މިލޮލުގައި އެމަންޒަރު ވާނެކަމަށް ހިތީމެވެ.
ހިނދުކޮޅެއްގެ ތެރޭގައި އެމަންޒަރު ލޮލަށް ގެއްލިއްޖެއެވެ.
ހުވަފެނުން ތެދުވެވުނީ އިޚްތިޔާރަކާއި ނުލައެވެ.ކޭން ފެސްޓިވަލުގައި، މައިކަލް މޯރ ، ބުޝްއަށް ވަރުގަދަ ޙަމަލާތަކެއް ދީފި

michel-moore-can-festއެމެރިކާގެ ރައީސް ޖޯޖް ޑަބްލިޔު ބުޝް، ޢިރާޤު މައްސަލައާއި، ދުނިޔޭގެ ނިރުމަޅަވެރީން (ޓެރަރިސްޓުން) ނާ ހަނގުރާމަކުރެއްވުމުގައި ގެންގުޅުއްވި ހަމަތަކާއި ވަރަށް އިދިކޮޅު ޑޮކިޔުމެންޓްރީ ފިލްމެއް ފުރާންސްގައި ހިނގަމުންދާ ކޭން ފެސްޓިވަލުގައި އަޅުވައިފިއެވެ.

މިއީ މިދިޔަ އަހަރުގެ އޮސްކާ އިނާމު ލިބިފައިވާ އެމެރިކާގެ ޑައިރެކްޓަރ މައިކަލް މޯރ އުފެއްދި މި ފިލްމު ''9/11 ފެރަންހައިޓް'' ގައި ބުޝްއަށް ވަރަށް ވަރުގަދަ ޙަމަލާތައް ރައްދުވެފައި ހުރިކަމަށް ވެއެވެ.ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.