އަދަބާއިޘަޤާފަތް
މައުލިދުއްނަބަވީ އައުމުން ...!
- އާދަމް ފަޔާޒު މުޙައްމަދު
- 14 މޭ 2004
އައި ރަބީޢުގެ މޫސުމާއެކު އައި ނުހަނު މަތިވެރި ދުވަސް
ވައިގެ ނަލަނަލަ ރޯޅިތަކުގައި ހުވަނދު ލެވެމުން އައި ދުވަސް
މާމެލާމެލި ފަރިވެ ފޮޅިފައި ވާ ރަބީޢުގެ ގުލްޝަނަށް
ލޭކޮކާލާ ބަޅިނދުތައް ގޮސް ހާއުފާވެރި ވާ ދުވަސް
ހެއު ދުޢާ ޞަލަވާތް ސަލާމުގެ ހާރުތައް ގަތަމުން އަލުން
މާތް އިތުރު ކީރިތިވި ކަނދުރާފުޅުގަ އަޅުވާ މީ ދުވަސް
ލިޔުންތެރިންނަކީ ކޮން ބައެއް؟ ރަނގަޅު ވާހަކަ ލިޔުންތެރިއަކަށް ވުމަކީ އެކަށީގެންވާ ކަމެއް ހެއްޔެވެ؟
- ޢަބްދު ﷲ ނަޢީމު އިބްރާހީމް
- 24 އެޕްރީލް 2004
ވާހަކަ ލިޔަން ބޭނުން ބައެއް މީހުން ކުރާ ސުވާލެއް އޮވެ އެވެ. އެއީ ރަނގަޅު ވާހަކައެއް ލިޔާނީ ކހިނެއް ހެއްޔެވެ؟ މިއީ ޖަވާބެއް ދިނުން ފަސޭހަ ސުވާލެއް ނޫނެވެ. ޖަވާބު ދިނުން އުނދަގޫ އެއް ސަބަބަކީ ރަނގަޅު ވާހަކަ ލިޔަން ދަސް ކޮށް ދިނުން އުނދަގޫ ކަމެވެ.
ވާހަކަ ލިޔުންތެރި އަކަށް ވަނީ ހަމަ އެކަނި ވާހަކަ ލިޔަން އެނގުނީމައެއް ނޫނެވެ. ދުނިޔެ އެކި ދުވަހު ދައްކަމުންދާ ކުލަވަރު ބަލައި، ދަސްކޮށް، އޭގެ މާނަ އެކި ގޮތް ގޮތަށް ނެރެން އެނގުނީމަ އެވެ. މިއީ މީހަކަށް ދަސް ކޮށް ދެވިދާނޭ ކަމެއް ހެއްޔެވެ؟
މުސްތޮގެ ރިވާޔަތްތައް 3: ކަރުނައިގެ ދެ ރަހަ
- އާދަމް ފަޔާޒު މުޙައްމަދު
- 17 އެޕްރީލް 2004
މީހަކު ދެކެ ލޯބިވާއިރު އަހަރެމެންނަށް އެއީ ލޯބިވާން އެކަށީގެންވާ މީހެއްތޯ ބަލާލެވޭބާއެވެ. ތެދެކެވެ ލޯތްބަކީ ވެވޭ އެއްޗެކެވެ. ބައެއް ބޭރު ބަސްބަހުން، ލޯބި ވެވިއްޖެޔޭ ބުނާ ޖުމްލައިގެ ލަފްޒީ މާނައަށް ބަލާއިރު އޮންނަނީ ''ލޯބީގެ ތެރެއަށް ވެއްޓު'' މެވެ. މާނަ އަކީ އެއީ މީހަކު ނުދެނެހުއްޓާ އަނދަވަޅަކަށް ވެއްޓޭ އުސޫލުން ވެއްޓޭ އެއްޗެކެވެ.
އެއްވެސް އިޚްތިޔާރަކާ ނުލައި އޭގައި ޖެހެނީއެވެ. ލޯތްބަށް ވެއްޓުނީއޭ ދިވެހި ބަހުން ނުބުނުން އެކަށީގެންވެއެވެ. އެކަމަކު ލޯބީގައި ޖެހުނީއޭ ބައެއް މީހުން ބުނެއެވެ. ނަމަވެސް އެއިރުން ވެސް އެ ވަނީ ހަމަ ވެއްޓުމާ އެއްފަދަ ކަމަކަށެވެ. ދަންތުރައެއް ނޫނީ ދަލެއް ކަހަލަ އެއްޗެއްގައި ޖެހޭ ބީދައިންނެވެ.
އީމެއިލް...
- ޙުސައިން ޝަހީދު
- 14 އެޕްރީލް 2004
ކަލާ، ފުރަތަމަ ފެނުނުދުވަސް މިއަދުވެސް ހަނދާންވެއެވެ.
ފިނިފެންމަލެއްފަދަ ތިރީތިކަމަށް ހިތާހިތުން ތަޢުރީފު ކުރީމެވެ.
އެދުވަހަށް އެއްމަސްވިއެވެ. އެކަމަކު ހިތާމައެއް ނުކުރަމެވެ.
ކަލާޔާ ބައްދަލުކޮށް ވާހަކަ ދައްކާލެވޭނެކަމަށް އުއްމީދު ކުރެވުނީމައެވެ.
ކަލާޔާ ފުރަތަމަ ވާހަކަދެއްކި ދުވަސް މިހާރުވެސް ޚިޔާލުކުރެވެއެވެ.
ފަރި ހިނިތުންވުމާއި، ހިތްއުފާކޮށްދިން ބަސްތަކަށް ޝުކުރުވެރިވީމެވެ.
އެދުވަހަށް އެއްމަސްވިއެވެ. އެކަމަކު ހިތާމައެއް ނުކުރަމެވެ.
ކަލާޔަށް މިހިތުގެ އަޑު އިއްވާދެވޭނެ ކަމުގެ ޔަގީންކަންއޮތީމައެވެ.
ހިތް ރޮއްވާފައި......
- އަޙްމަދު އަމީން
- 14 އެޕްރީލް 2004
ހުޅަނގު މޫސުމުގެ ދުވަހެއްކަމުން ކަނޑު އާދައިގެ ވަރަކަށް ގަދައެވެ. ކަނޑުގެ ކޮންމެ ރާޅެއްވެސް އަނެއް ރާޅާ ތޮޅެމުންދެއެވެ. ކޮންމެ ރާޅެއްވެސް ކަނޑުގެ ވެރިކަން ބޭނުން ވެގެން އުޅޭކަހަލައެވެ. ނަދާ އާއި ނިހާން ތިބީ ހުޅުމާލެ ފެރީތައް ކައިރީ، މާލޭ ފަޅުގެ ބޭރުތޮށިގަނޑުމަތީގައެވެ. އެއީ ކޮންމެވެސް ވަރަކަށް ހަލަބޮލި ސަރަހައްދެކެވެ. އެކަމަކު ވަރަށް ގިނަފަހަރަށް މިދެލޯބިވެރިންގެ ބައްދަލުވުން ބޭއްވޭތަނެކެވެ. ފެރީތަކުގެ އިންޖީނުގެ އަޑާއި،
އަދު ވަކިވެގެން ތިދިޔައީ ކީއްވެގެން ހެއްޔެވެ ؟
- މަދުސަލް
- 11 އެޕްރީލް 2004
ޅަ ދުވަހުއްސުރެ ގުޅިގެން އެކީގައި އުޅެފައި
ހަނދުވަރުގެ ރިހިއަލީގައި ނިދިގެއްލުވާލާފައި
ހުދު ދޮންވެލި ތުނޑިތަކުގައި ބައްދަލުކޮށް ހަދާފައި
އަދު ވަކިވެގެން ތިދިޔައީ ކީއްވެގެން ހެއްޔެވެ؟
ވަކި ނުވާނެކަމަށްބުނެ ވައުދާއި އަހުދު ކޮށްފައި
އެކު އުޅޭނެ ކަމަށްބުނެ ހުވާކޮށްފައި
ކަލާދެކެ އިންތިހާއަށްވީ ލޯބި އުވާލާފައި
އަދު ވަކިވެގެން ތިދިޔައީ ކީއްވެގެން ހެއްޔެވެ؟
''ޛަ ޕޭޝަން އޮފް ޛަ ކްރައިސްޓް'' ޔަހޫދީ - ކިރިސްޓިއަނުންގެ ގެ ޖަދަލަކަށް ވެފައި
- އާދަމް ފަޔާޒު މުޙައްމަދު
- 06 އެޕްރީލް 2004
ޑައިރެކްޓަރ އަދި ތަމްޘީލްކުޅުންތެރިޔާ މެލް ގިބްސަން އުފެއްދި ފިލްމު ''ޛަ ޕޭޝަން އޮފް ޛަ ކްރައިސްޓް'' އާއި މެދު ފުޅާ ދާއިރާއެއްގައި ބަޙުޘްކުރެވެމުން އެބަދެއެވެ. ޔަހޫދީ ބައެއް ޖަމާޢަތްތަކުން މި ފިލްމަކީ ''ސާމީ ދަރިކޮޅާއި އިދިކޮޅު'' އެއްޗެއްކަމުގައި ބުނަމުންދާއިރު، ކިރިސްޓިޔަން ހަރަކާތްތެރިން ދެކެނީ އެއީ ''ތާރީޚީ މަރުޖިޢެއް'' ކަމަށެވެ. އަދި ''ވަރުގަދަ ފަންނީ މަސައްކަތެއް'' ގެ ގޮތުގައެވެ.
ސަޤާފަތް މަތަކުރެވޭނީ ސަޤާފަތުންނެވެ.
- އާދަމް ފަޔާޒު މުޙައްމަދު
- 31 މާރިޗު 2004
ސިނަމާއަށް ތަންޤީދުކޮށް ފާޑުކިޔުމަކީ ޙަޤީޤަތުގައި، އެކަމުގެ ޢިލްމު އެނގިފައި ހުންނަ މީހަކަށް ވާނެކަމެކެވެ. އެ އުފެއްދޭނީވެސް ކަމުގެ ހުނަރާއި ތަޖުރިބާގެ އިތުރުން ޢިލްމުވެސް ކޮންމެސްވަރަކަށް ލިބިގެންކަމުގައި ވާތީއެވެ. އަޅުގަނޑަކީ ސިނަމާ ފާޑުކިޔުންތެރިއެއް ނޫނެވެ. ކަމުގެ ޢިލްމާއި ހުނަރު ލިބި ހުރި މީހެއްވެސް ނުމެ ނޫންމެއެވެ. ނަމަވެސް ފިލްމު ބެލުމަކީ ކަށީގައި ހިފާފައި ހުންނަ ކަމެކެވެ. މުނިފޫހި ފިލުވުމުގެ ގޮތުން އެންމެ ކުރާހިތްވާ އެއްކަމެވެ.
ނެޓަށް ދެވިހިފުން
- ޢަލީ އަޙްމަދު
- 21 މާރިޗު 2004
ފަތިހު ފަތިހާ ޖޯޝްލާފައި ފޯރިނަގަމުން ތެދުވަނީ
ހެނދުނު ހެނދުނާ ހިތްވަރާއެކު ޗެޓްގެ ދާނަށް ވަދެލަނީ
ނެޓްގެ ބޭނުން ކޮށްލުމަށް ހުރިހާ ވަގުތު ހުސްކޮށްލަނީ
ހިތްވަރާ އަދި ފޯރިނަގަމުން މަސްތުގައި ޖެހި ނިމިދަނީ
މެންދުރާ ޢަޞްރާ ހަވީރުގެ ވަގުތުތަށް މިގޮތަށް ދަނީ
މެންދަމާ ފަތިހާ އިރާކޮޅު ހަމަ މިފޯރީގައި ދަނީ
ގެއްލުމާ ވޭނާ ހަލާކުގެ ދާނަކަށް މީހާ ދަނީ
އިސްވެދެންނެވި ދާނުގައި މީހާ ޣަރަޤުވެވި ނިމިދަނީ
ތިޔަރީތި މޫނު ލޯބިން، އެދިއެދި ހޯދީމޭ.......
- އަޙްމަދު އަމީން
- 17 މާރިޗު 2004
ދިގުއިންތިޒާރުގެ ފޮނިކަން އިޙްސާސް ކުރެވެން ފަށައިފިއެވެ.
ކުލަނެތް ހުވަފެންތަކުގެ ޒަމާން ފާއިތުވެ ހިނގައްޖެއެވެ.
ހިތުގައިވާ އުދާސްކަން މުޅިން ފިލައިފިއެވެ.
ކަލާގެ އެންމެ ޖުމްލައެއްގެ ސަބަބުންނެވެ.
ޙަޔާތުގައި އާޞަފްޙާއެއް ފެށުނީއެވެ.
ހިތްއެދޭ މަންޒިލަށް ވާސިލްވެވުނީއެވެ.
ހިތަށް އަރައެވެ. ކަލާ ހާދަ ރަނގަޅެވެ.
ތިހިތްހެޔޮ ކަމާއިއެކު އަބަދުވެސް ވާނަން ދޯއެވެ؟
ފާޅުކުރަން ނުކުޅެދުނަސް.....!
- އާދަމް ފަޔާޒް މުޙައްމަދު
- 01 މާރިޗު 2004
1- ދުނިޔެ ފެނިގެން ޝޯޚުވެވިފައި އޭގެފަހަތުން ނުދުވުމަށް
ފުނިޖަހާ މުދަލާ ތަކެތި އެއްކޮށް ޖަމާކޮށް ނޫޅުމަށް
އުނިކަމާ މަދު މިންވަރަށް ދުނިޔޭގެ ހަމަ އީމާން ވުމަށް
ދުނިޔެ ދެކެނީ ކީއްވެހޭ މީ ބައި ކުޅަނދު މަދުވީ ކަމަށް
2- ހަމަހިމޭންކަން ބޭރުފުށުގައި ހުއްޓަކަސް އަދިހަމަ މިހެން
ނަމަވިޔަސް ދުރުގައި ބަލަން ހުރި މީހަކަށް ވުމަކުން އެހެން
އަމަށަކުން ފާހަގަ ވެވޭފަދަ މީހަކަށް ނުވިޔަސް ސަފުން
ހަމަ ހިލާ އެ ނުވާނެ ނޫންހޭ ހިއްސުތައް އުނިވީކަމަށް
ހުވަފެން
- ޢަބްދުލް ޢަޒީޒް
- 26 ފެބްރުއަރީ 2004
އިރާކޮޅުއްސުރެ ވިހެމުން ދިޔަ ވާރޭ އަދިވެސް ހުއްޓާކަން ނޫޅެއެވެ. އެއްފަހަރު ބޯކޮށް ވެހިލައެވެ. އަނެއްބައި ފަހަރު ތުނިތުނި ތިކިތަކެއްގެ ސިފައިގައި ވިލާގަނޑުގެ އަސަރު ފާޅުވެއެވެ. ނިދޭތޯ އަހަރެން މަސައްކަތް ކުރީމެވެ.
ވާރޭއާއި އެކު ކޮޓަރީގެމާހައުލުގައި ހިއްޕާލާފައިވާ ފިންޏާއި، ޖެހެމުންދިޔަ ލަވައިން އިއްވާދޭ މަޑުމައިތިރި މިއުޒިކްގެ ސަބަބުން އަހަރެންގެ ލޯ ނިދީގެ ކޯރަކަށް ފަސޭހަ ކަމާއި އެކު
''ޣައްޒާގައި މަރު'' މި ފިލްމުގެ އަގަކަށް މަރު !
- އާދަމް ފަޔާޒް މުޙައްމަދު
- 17 ފެބްރުއަރީ 2004
މިއަހަރު ޖަރުމަންގެ ބާރލިންގައި ބޭއްވެނު 54 ވަނަ ބާރލިން ފިލްމް ފެސްޓިވަލް ހިނގަމުން ދިޔައިރު އިނގިރޭސި ޑޮކިޔުމެންޓްރީއެއް ވެސް އެޅުވުނެވެ. '' ޑެޘް އިން ގާޒާ '' މި ފިލްމު ޚާއްސަވީ އެއްކަމަކީ، މަސައްކަތުގެ އަގެއްކަމުގައި ޑައިރެކްޓަރ އޭނާގެ އަމިއްލަ ފުރާނަ މިކަމަށް ހޭދަކޮށްލަން ޖެހުނު ކަމެވެ
ޑައިރެކްޓަރ ޖޭމްސް މިލަރ، މި ފިލްމުގައި އަލިއަޅުވާލާފައިވަނީ، ޣައްޒާގެ ކުޑަކުދިންގެ ނަޒަރަށް މެދުއިރުމަތީގެ ތަޅާފޮޅުން ފެންނާނެ ގޮތުގެމައްޗަށެވެ.