ބުދަ20180912

އާކުރެވުނީ: 08:43:52

Back ކަވާސާ އަދަބާއިޘަޤާފަތް އަދަބާއިޘަޤާފަތުގެ ބައިތައް ދުނިޔޭގެ އަދަބިއްޔާތު ހެރީޕޮޓަރ ސިލްސިލާގެ އާ ބޮޅެއް، އަނެއްކާވެސް މުޅިދުނިޔެއަށް ޖާދޫދައްކަނީ!

ހެރީޕޮޓަރ ސިލްސިލާގެ އާ ބޮޅެއް، އަނެއްކާވެސް މުޅިދުނިޔެއަށް ޖާދޫދައްކަނީ!

harry_potterމިފަހަކަށް އައިސް ދުނިޔޭގައި އެންމެ ގިނަ ޢަދަދަކަށް ވިކޭ ފޮތް ކަމުގައިވާ ހެރީޕޮޓަރ ގެ އާ އަދަދެއް އަނެއްކާވެސް ބާޒާރަށް ނުކުމެއްޖެއެވެ. '' ހެރީޕޮޓަރ އެންޑްދި އޯޑާ އޮފް ދަ ފީނިކްސް '' އޭ ކިޔާ މި އާ އަދަދު ގަތުމަށް ސިޑްނީން ފެށިގެން ނިއުޔޯރްކުގައި މި ފޮތް ވިއްކާހުރިހާ ތަނަކަށް އެތައް ބަޔަކު އެއްވި ކަމުގައިވެއެވެ.

ދިވެހިރާއްޖޭގެ އެންމެ މަޝްހޫރު އެއް ނޫސް ކަމުގައިވާ ހަވީރު ނޫހުގައި ބަޔާންކޮށްފައިވާގޮތުން، ރާއްޖޭގައި މި ފޮތް ވިއްކާ އެސްޓާސް ބުކްޝޮޕް ދޮށަށް ވެސް 200 ވަރަކަށް މީހުން ފަތިހުގެ ވަގުތެއްގައި އެއްވެ ކިޔޫ ހެދިކަމަށް ވެއެވެ.

އިނގިރޭސި ލިޔުންތެރިއެއް ކަމުގައިވާ ޖުވާން ކެތަލީން ރޯލިންގ، އޭނާގެ އަމިއްލަ ޚިޔާލަށް ލިޔަމުންގެންދާ މި ސިލްސިލާގައި އުޅެނީ ފުރާވަރަށްދާ ޖާދޫގަރެކެވެ. މީގެ ކޮންމެ އަދަދެއްގައިވެސް އެ ކުޑަކުޑަ ޖާދޫގަރަށް ދިމާވާ އަޖައިބުން ފުރިގެންވާ ޙާދިސާތަކާއި ނުބައި ސިހުރުވެރިންގެ ނުރައްކާތެރިކަމުން ދުނިޔެ މިންޖުކުރުމަށް އޭނާ ކުރާ ހަނގުރާމަތައް ވަރަށް ޝައުޤުކުރުވަނިވި ގޮތަކަށް ގެނެސްދީފައިވެއެވެ. ޖާދޫގަރެއްގެ ގޮތުގައި ދުނިޔެއަށް އުފަންވި ހެރީއަށް އޭނާއަކީ ޖާދޫގަރެއްކަން އެނގޭ ހިސާބުން ޖާދޫގަރުންގެ ދުނިޔެއެއްގައި ހުންނަ ޖާދޫ ކިޔަވައިދޭ މަދަރުސާއަކަށް އޭނާ ދާ ގޮތާއި އެތަނުގައި ދިމާވާ ބޮޑެތި އަޖައިބުތައް މީގެ ފުރަތަމަ އަދަދުގައި ގެނެސްދީފައިވެއެވެ.

 

މަޢުލޫމާތުގެ ވިޔުގަ ( އިންޓަރނެޓް ) މެދުވެރިކޮށް ފޮތްވިއްކާ އެމެރިކާ ގުރޫޕެއްކަމުގައިވާ އެމޭޒަން ޑޮޓް ކޮމް އިން ހާމަކުރިގޮތުގައި އެ ތަނުން އެންމެ ގިނަ އަދަދަކަށް ވިކުނު ފޮތުގެ ގޮތުގައި ހެރީ ޕޮޓަރ ގެ 5 ވަނަ ޢަދަދު ވަނީ ހިމެނިފައެވެ. ފޮތް ނުކުތުމުގެ ކުރިން ބައި މިލިޔަން ކޮޕީ ވިކުނު ކަމަށް ވެއެވެ.

މީގެ އިތުރުން މި ވާހަކައިގެ މައްޗަށް ބިނާކޮށް ހޮލީވުޑް ގައި މިހާތަނަށް ދެ ފިލްމެއްވެސް ވަނީ އުފައްދާފައެވެ. މީގެ ފުރަތަމަ ފިލްމުންވެސް 180.9މިލިޔަން ޑޮލަރު ލިބުނުކަމަށް ވެއެވެ.

ހެރީ ޕޮޓަރ އަކީ ދުނިޔޭގެ ސާޅީސް ބަހަކުން 200 އަށް ވުރެ ގިނަ ޤައުމުގައި ނުކުންނަ ފޮތެކެވެ. މީގެ ތެރޭގައި ދިވެހިބަހެއް އަދި ނުހިމެނެއެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.