އާދީއްތަ20201122

އާކުރެވުނީ: 08:43:52

އަލްފްރީޑް ޖެލިނިކާއެކު...

jelinekއަލްފްރީޑް ޖެލިނިކް އަކީ އަދަބިއްޔާތުގެ ރޮނގުން ދެވޭ ޝަރަފުވެރި އިނާމު، ނޯބެލް ޕްރައިޒް މިއަހަރު ލިބޭ ފަރާތެވެ. އޮސްޓްރިއާގެ ރައްޔިތެއް ކަމަށްވާ ޖެލިނިކް އަކީ ވާހަކައާއި ތަމްސީލު ލިޔުންތެރިއެކެވެ. ޖެލިނިކް ލިޔެފައިވާ އެންމެ މަޝްހޫރު ފޮތަކީ "ދަ ޕިއާނޯ ޓީޗާރ" އެވެ. މިފޮތަށް ބިނާކޮށް މައިކަލް ހެނިކް ވަނީ 2001 ވަނަ އަހަރު ފިލްމެއް ހަދާފައެވެ. އިނާމު ލިބޭތީ އުފަލާއި ހައިރާންކަންމަތީ ހުރި ޖެލިނިކަކީ މި އިނާމު ލިބޭ ދިހަވަނަ އަންހެން ލިޔުންތެރިޔާއެވެ.

ޖެލިނިކް އަކީ ޖަރުމަނުބަހުން ލިޔާ އަންހެން ލިޔުންތެރިންގެ ތެރެއިން އެންމެ މަޝްހޫރު އެކަކެވެ. ޢުމުރުން މިހާރު 57 އަހަރުވެފައިވާ ޖެލިނިކް ބެލެވެނީ އޮސްޓްރިއާގެ އެންމެ ނުފޫޒުގަދަ އެއް ލިޔުންތެރިޔާގެ ގޮތުގައިމެވެ.

 

އޮސްޓްރިއާ އަކީ ޖިނާއީ ދައުލަތެއްކަމަށް 1980 ވަނަ އަހަރު ބުނުމުން، ޖެލިނިކަށް ފާޑުކިޔުންތައް ކުރިމަތިވިއެވެ. އޭނާ މިހެން ބުނީ އެޑޮލްފް ހިޓްލަރ ގެ ދުވަސްވަރު ޖަރުމަނުވިލާތުން ހިންގި ޖަރީމާތަކުގައި އޮސްޓްރިއާ ބައިވެރިވެފައިވާތީ އެކަމަށް އިޝާރާތްކޮށްފައެވެ. 
ޖެލިނިކް ލިޔެފައިވާ "ވޮންޑަފުލް ވޮންޑަފުލް ޓައިމްސް" (މަޖާ މަޖާ ވަގުތަށް) ބިނާކޮށްފައިވަނީ ހިޓްލަރ ގެ ދުވަސްވަރުގެ އަނިޔާކުރުންތަކުގައި އޮސްޓްރިއާ ކުޅެފައިވާ ދައުރުގެ މައްޗަށެވެ.

ދަ ޕިއާނޯ ޓީޗަރ
ދަ ޕިއާނޯ ޓީޗަރ ބިނާކޮށްފައިވަނީ ޢުމުރުން 38 އަހަރުގެ އެރިކާ ކޮހަޓް ކިޔާ ޕިޔާނޯޖަހަން ދަސްކޮށްދޭ އަންހެނެއްގެ ޙަޔާތުގެ މައްޗަށެވެ. މިވާހަކައިގައި އެރިކާ އަކީ "އޭނާގެ މަންމަގެ ކުއްޖެކެވެ" އެރިކާގެ ހުރިހާ ކަމެއް ކޮންޓްރޯލްކޮށް ބައްޓަންކުރަނީ މަންމައެވެ/ ޢުމުރުން 38 އަހަރުވީ އިރުވެހެވެ.

މަންމަ ބޭނުންވަނީ އޭނާގެ ދަރިފުޅު މޮޅު ޕިއާނޯޖެހުންތެރިއަކަށް ވެ، މަޝްހޫރުކަން ހޯދާށެވެ. ނަމަވެސް އެރިކާ މިސްރާބުޖެހީ މަންމަގެ އެ އެދުން ޙާޞިލުކުރާކަށް ނޫނެވެ. ވާހަކަ ކުރިއަށްދިޔަ ވަރަކަށް އެރިކާ އޭނާގެ މަންމަގެ ނުފޫޒުން މިންޖުވާން މަސައްކަތްކުރެއެވެ. ވާހަކައިގެ ކުރީކޮޅު ވަރަށް އާދައިގެ ކަންތައްތައް މަންމަ ބޭނުންވާ ގޮތަށް ނުކޮށް މަންމައާއި ދެކޮޅުވެއެވެ. މިގޮތުން އައު އެޕާޓުމެންޓެއް ހޯދުމަށް ރައްކާކުރި ފައިސާއަށް އެރިކާ ހެދުން ގަނެއެވެ. ފަހުން މަންމަގެ ރުހުމާ ދެކޮޅަށް ކުރާ ކަންތައްތައް ތަފާތުވެއެވެ. އަދި ފާޙިޝް ޢަމަލުކުރާތަން ބެލުމަށް ވިއެންނާގެ ހިސާބުގަނޑަކަށް ދެއެވެ. އަދި މިއީ އޭނާގެ "އަނދިރި ފަރާތް" ކަމުގައިވެއެވެ.

ނާވިލުގެ ކުރީބައިގައި އެރިކާގެ މަންމަ އެރިކާ ކޮންޓްރޯލުކުރި ކަމުގައިވިޔަސް، ވޯލްޓަރ ކުލެމްމަރ ކިޔާ ދަރިވަރަކާއެކު ޖިންސީގޮތުން ހައްދުފަހަނައަޅާފައިވާ "ލޯބީގެ ގުޅުމެއް" އުފައްދައެވެ.

ފަހުން އެރިކާގެ މަންމަގެ މަޤާމާއި ބާރު އޭނާގެ ދަރިފުޅުގެ ޙަޔާތުން ކެނޑިދެއެވެ. އަދި އެރިކާ ވެސް އޭނާގެ ދިރިއުޅުން ކުރިއަށް ގެންދެއެވެ. "ލޯބިވެރިޔާ" ވޯލްޓާރ ކުލެމްމާރ ވެސް އޭނާގެ ގޮތުގައި ދިރިއުޅުމާއިގެން ކުރިއަށް ދެއެވެ.

މި ނާވިލުން، މިނިވަންކަމެއް ނުދީ ދަރިންބަލާ މައިންނަށާއި އެފަދަ މައިންގެ އަނިޔާއަށް ރޯލަރޯލާ ދެކޮޅުނަހަދާ އަންހެންކުދިންނާ ދޭތެރޭ ލިޔުންތެރިޔާގެ ހިތުގައިވާ ނޭއްގާނީ ޝުޢޫރު ފާޅުވާކަމުގައި ބުނެވިދާނެއެވެ. މީގެ އިތުރުން އޮސްޓްރިއާގެ ތަޢުލީމީ ނިޒާމުގެ "މޫނުމަތީގައި" ވަރުގަދަ އެތިފަހަރެއް ޖަހާފައި ވާހެންވެސް ހީވެއެވެ.
މިވާހަކައިން ކޮންމެވެސް ވަރަކަށް ލިޔުންތެރިޔާގެ ޙަޔާތުން ވާހަކަތައް ފާޅުވެއެވެ. ޚުދު ޖެލިނިކަކީ ވެސް މިޔުޒިކީ ފަންނުވެރިއެކެވެ. ލިޔުންތެރިކަމަށް ވުރެ ޖެލިނިކް ދޮށީ މިޔުޒިކަށެވެ. އޭނާ ވަނީ ލިޔުންތެރިޔަކަށް ވުމުގެ ކުރިން ފަންނު ދަސްކޮށްދޭ އިސްކޫލެއްގައި މިޔުޒިކު ކިޔަވައި ޑިޕްލޮމާ ޙާޞިލުކޮށްފައެވެ. 


ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.