ހޯމަ20181008

އާކުރެވުނީ: 08:43:52

ރަބިންދްރަނާތު ޓޭގޯރް

tagoreރަބިންދްރަނާތު ޓޭގޯރް އަކީ ދުނިޔޭގެ އެންމެ މޮޅެތި ޅެންވެރިންގެ ތެރޭގައި ހިމެނޭ ޅެންވެރިއެކެވެ. އޭނާ އަކީ އަދަބިއްޔާތުގެ ރޮނގުން ނޯބެލް އިނާމު އެންމެ ފުރަތަމަ ޙާޞިލްކުރެއްވި އޭޝިޔާ ބައްރަށް ނިސްބަތްވާ ޅެންވެރިޔާވެސް މެއެވެ. މި އިނާމް އޭނާއަށް ލިބިލެއްވީ އޭނާގެ ޅެންފޮތް ''ގީތަންޖަލީ'' އަށް 1913 ވަނަ އަހަރުއެވެ. އިންޑިޔާގެ ބެންގޯލް އަށް އުފަން ޓޯގޯރަކީ، ޅެންވެރިއެއްގެ އިތުރުން ނާވިލު ލިޔުންތެރިއެކެވެ. އަދި ތަޢުލީމީ ދާއިރާގެ ތަޖުރިބާކާރެއްވެސް މެއެވެ. ރަބިންދުރަނާތު ޓޭގޯރަކީ އިންޑިޔާ އާއި ބަނގުލާދޭޝްގެ ޤައުމީ ސަލާމް ހެއްދެވި ޅެންވެރިޔާވެސް މެއެވެ. ޓޭގޯރްގެ މޮޅެތި ލިޔުއްވުންތައް ހުރީ ބެންގާލީ ބަހުންނެވެ.

އޭނާގެ ލިޔުންވުންތައް ރަނގަޅަށް ތަރުޖަމާކުރުން އެއީ ވަރަށް އުނދަގޫ މަސައްކަތެއްކަމަށް ވެއެވެ.

ރަބިންދުރަނާތު ޓޭގޯރް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ އިންޑިޔާގެ ކަލްކަތާގެ މުއްސަނދި ޢާއިލާއަކަށް 1867 ވަނަ އަހަރުގެ މޭ މަހު 7 ވަނަ ދުވަހުއެވެ. އިނގިރޭސިން ޓޭގޯރަށް ނައިޓްހޫޑްގެ ޝަރަފް 1915 ވަނަ އަހަރު އެރުވިއެވެ. ނަމަވެސް އިސްތިޢުމާރީ އިނގިރޭސީން ހިންގި މަޝްހޫރު 'އަމްރިތުސަރުގެ ޤަތުލްޢާއްމު' އާއި ދެކޮޅުހެއްދެވުމުގެ ގޮތުން އޭނާއަށް އެރުވުނު މި ޝަރަފް، 1919 ވަނަ އަހަރު ދޫކޮށްލެއްވިއެވެ. ޓޭގޯރް ދުނިޔެ ދޫކުރެއްވީ 1941 ވަނަ އަހަރުއެވެ.

ވަދާޢު

އަލްވަދާޢު، އަހަރެންގެ ރަޙްމަތްތެރިންނަށް އަލްވަދާޢެވެ.
އަހަރެން ހިނިތުންވަމުން ތިބާއަށް ވަދާޢުކުރަމެވެ.
ނޫނެކެވެ. ކަރުނަ ނާޅާށެވެ. އަހަރެން އެ ބޭނުމެއް ނޫނެވެ.
އަހަރެން ބޭނުންހައިވެސް އެއްޗަކީ ތިބާގެ ހިނިތުންވުމެވެ.

ތިބާ މޮޅިވާ ހިނދު އަހަރެން މަތިން ހަނދާންކޮށްލާށެވެ.
އަހަރެން ރުހެނީ އެގޮތާއެވެ.
ހަނދާންކުރާށެވެ. ތިބާ ލޯބިވާ މީހުންގެ ހިތުގައި ތިބާ ދިރިހުރިނަމަ،
ދުވަހަކުވެސް ތިބާ މަރެއް ނުވާނެއެވެ.

* މިއީ ޅެމުގެ އެންމެ ފަހ ދެ ސްޓެންޒާގެ އަވަސް ތަރުޖަމާއެކެވެ.

 ރޭގަނޑު އަހަރެން ގިނިކަންޏާ ދާއިރު...

ގިނިކަންޏާ ލޯބިވެރިޔާގެ އަރިހަށް އަހަރެން ރޭގަނޑު ދާއިރު،
ދޫނިތައް ލަވައެއް ނުކިޔައެވެ. ވައިރޯޅިއެއް ނާދެއެވެ. މަގުގެ ދެފަރާތުގައިވާ ގެތަކުގައި ވަނީ ހިމޭންކަމެވެ. އަޅާ ކޮންމެ ފިޔަވަޅަކާއި އެކު ގަދަވަމުންދަނީ އަހަރެންގެ ފައިގައި އޮތް ގިގުނީގެ އަޑެވެ. އަހަރެން ލަދުގަނެއެވެ.

އަހަރެންގެ ބެލްކަނީގައި، ލޯބިވެރިޔާގެ ފިޔަވަޅުގެ އަޑު އަހަން އިންނަ އިރު،
ގަހުގެ ފަތްތައް ނުހެލެއެވެ. ނިދާފާ އޮތް ހަނގުރާމަވެރިއެއްގެ އުނގުގައި އޮތް ކަނޑިއެއް ފަދައިން، ކޯރުގެ ފެންގަނޑު އޮންނަނީ ހިމޭންކޮށެވެ. މޮޔަވެ، ބާރަށް ވިންދުޖަހަމުންދަނީ އަހަރެންގެ ހިތެވެ. އެ ހިތް މަސަލަސްކުރާނެ ގޮތެއް އަހަރެންނަކަށް ނޭނގެއެވެ.

އަހަރެންގެ ލޯބިވެރިޔާ އައިސް އަހަރެންގެ މަގަތުގައި އިންނަ އިރު،
އަހަރެންގެ ޖިސްމު ރޫރޫއަޅައެވެ. ލޯ މެރެމުން ދެއެވެ. ރޭގަނޑަށް އަނދިރިކަން ވެރިވަމުން ދެއެވެ. ބައްތީގެ ހުޅުކޮޅު ވައިރޯޅިން ނިއްވާލައެވެ. އަދި ވިލާތަކުން ތަރިތައް ފަރުދާކުރެއެވެ. އެވަގުތު އަލިކުރަމުން ބަބުޅަނީ އަހަރެންގެ މޭގައިވާ ޖަވާހިރެވެ. އެ ޖަވާހިރު ފޮރުވާނެ ގޮތެއް އަހަރެންނަކަށް ނޭނގެއެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.