ހޮނިހިރު20201114

އާކުރެވުނީ: 08:43:52

Back ކަވާސާ އަދަބާއިޘަޤާފަތް އަދަބާއިޘަޤާފަތުގެ ބައިތައް ދުނިޔޭގެ އަދަބިއްޔާތު ކީރިތިރަސޫލާގެ އަބުރުފުޅާ ބެހި، ނެރެފައިވާ ފޮތަކާއި އިދިކޮޅަށް އެތައް ހާސް މުސްލިމުންނެއް.

ކީރިތިރަސޫލާގެ އަބުރުފުޅާ ބެހި، ނެރެފައިވާ ފޮތަކާއި އިދިކޮޅަށް އެތައް ހާސް މުސްލިމުންނެއް.

rasoolage-aburufulhaa-behunue-foiއެމެރިކާގެ ފޮތް ޝާއިޢުކުރާ ފަރާތެއް ކަމުގައިވާ''އެމޭޒަން.ކޮމް" އިން އިޝްތިހާރުކޮށް، ވިއްކައި، ފަތުރަމުންގެންދާ ފޮތެއް ކަމުގައިވާ "ޕްރޮފެޓް އޮފް ޑޫމް" ނުވަތަ "ހަލާކުގެ ނަބިއްޔާ" އާ އިދިކޮޅަށް ގާތްގަނޑަކަށް، 811 ހާސް މުސްލިމުން، ވަރަށް ވަރުގަދަ ޙަމަލާއެއް، އިންޓަނެޓުގައި ފަށައިފިއެވެ. ކްރައިގް ޥިން ނަމަކަށް ކިޔާ މީހަކު ލިޔުނު މި ފޮތުގައި، މުސްލިމުންގެ އެންމެ ފަހުގެ ނަބިއްޔާގެ ޠާހިރު ސީރަތުފުޅަށް އަރައިގަނެ، އެކަލޭގެފާނަކީ "ޣައިރު މުސްލިމުން މެރުމުގެ ޘަޤާފަތު ފަތުރުއްވައި، ނިރުމަޅަ (ޓެރަރިޒަމް) އަށް ހިތްވަރުދެއްވާ ބޭކަލެއް" ކަމުގައި ތުހުމަތުކޮށްފައިވެއެވެ.

އިންޓަނެޓުގައި ޙަރަކާތްތެރިވާ އެތައް ހާސް މުސްލިމުންނެއް، ޖަނަވަރީމަސް ފެށުނީއްސުރެ އަންނަނީ "އެމޭޒަން.ކޮމް" އަށް އިލެކްޓުރޯނީ ސިޓީތައް (އީމެއިލް) ފޮނުވަމުންނެވެ. އެ ފޮތް ކީރިތި ރަސޫލާ އަށާއި، އިސްލާމް ދިނަށާއި، ބިލިޔަނަށް ވުރެ ގިނަ މުސްލިމުންނަށް އިހާނެތިކުރާ ކަމުގައި ސިޓީތައް ކަށަވަރުކޮށްދެއެވެ. އަދި އިސްލާމް ދީނާ މެދު ދޮގު ވާހަކަތައް ދައްކާފައިވާ ފޮތް ވިއްކުން ވަގުތުން ހުއްޓާލުމަށް ގޮވާލާފައިވެއެވެ. ހަމަ އެހެންމެ މި ބޮޑު އިހާނާތާ މެދު މަޢާފަށް އެދުމަށްވެސް ސިޓީތައް ގޮވާލާފައިވެއެވެ.

ދަތިކުރުމުގެ ފިޔަވަޅު

އެމޭޒަން ޗާޕްޚާނާ އަށް ދަތިކުރުމުގެ ފިޔަވަޅު އަޅަންޖެހިދާނެކަމުގައި ސިޓީ ފޮނުވާ ފަރާތްތަކުން ދަނީ އިންޒާރުދެމުންނެވެ. އޭގެ އިތުރުން އިންޓަނެޓުގައި ޙަރަކާތްތެރިވާ މި ފަރާތްތަކުން ވަނީ އެމޭޒަން އަށާއި އެހެން ޗާޕުޚާނާތަކަށް ރައްދުވާ ސިޓީއެއް ހިމެނޭގޮތަށް، އިންޓަނެޓުގައި ގެވަޅެއް (ސައިޓެއް) އަޅާފައެވެ. އެ ސިޓީގައި ވާ ގޮތުގައި، އަޅުގަނޑުމެން -ތިރީގައި ސޮއިކޮށްފައިވާ މީހުން- އަލްފާޟިލް ކުރެއިގު އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާ އާ ބެހޭގޮތުން ނުބައި، އަދި މުޑުދާރު ވާހަކަތަކެއް ހިމަނައިގެން ލިޔުއްވި ފޮތާމެދު މިތިބީ ކުއްލި ޙައިރާންކަމެއް ލިބި، ސިހުންވެފައެވެ. އެ ނަބިއްޔާ އަކީ ދުނިޔޭގެ ވިހި އިންސައްތަ މީހުން އީމާންވާ ނަބިއްޔެކެވެ. އަދި މުސްލިމުން އީމާންވާ ގޮތުގައި، އެކަލޭގެފާނަކީ ޢާލަމްތަކަށް ރަޙުމަތެއް ކަމުގައި ފޮނުއްވުނު އެންމެ ފަހުގެ ނަބިއްޔާއެވެ.

ބުނެވޭ ގޮތުގައި، "ހަލާކުގެ ނަބިއްޔާ" މި ފޮތުގައި ކީރިތި ރަސޫލާ ސަލާމާއި ޞަލަވާތް ލެއްވި ކައުއިތުރު މުޙައްމަދުގެފާނަށާއި ކީރިތި ޤުރުއާނަށް ވަރަށް ނުބައި ބަސްތަކުން ހުށަހޮޅިގެންފައިވެއެވެ. އެ ފޮތް ސިފަކުރާގޮތުން ނަމަ އެކަލޭގެ ފާނަކީ "ޣައިރު މުސްލިމުން މަރަން ހިތްވަރުދެއްވި ނިރުމަޅަވެރިއެކެވެ." އެމެރިކާގެ އެ ލިޔުންތެރިޔާ ވަނީ އިތުރު އެކަލޭގެފާނުންގެ އަބުރުފުޅާ ބެހޭގޮތުން އެކަށީގެންނުވާ އެތައް ސިފަތަކެއް ފޮތުގައި ހިމަނާފައެވެ.

އިންޓަނެޓު ޙަރަކާތްތެރިން ޔަޤީންކޮށްދޭގޮތުން، މި ފޮތުގެ ލިޔުންތެރިޔާއަކަށް، 11 ސެޕްޓެންބަރު ޙަމަލާގެ ކުރިން އިސްލާމްދީނާ ބެހޭގޮތުން އެއްވެސް ކަމެއް ނޭނގެއެވެ. ސިޓީގައި އެމީހުން ބަޔާންކޮށްފައިވާ ގޮތުން، "އެމޭޒަން . ކޮމް އިން ބުނާ ގޮތުންނަމަ، ވިޔަފާރިވެރިޔާ، އަލްފާޟިލް ޥިން އަކަށް 11 ސެޕްޓެންބަރު 1002 ގެ ކުރިއަކުން އިސްލާމްދީނާ ބެހޭގޮތުން އެއްވެސް އެއްޗެއް އެނގިއެއް ނުލައްވައެވެ. އަދި ޙަޤީޤީ އިސްލާމްދީނާ ބެހޭގޮތުން އޭނާގެ ކިބައިގައި މަޢުލޫމާތު ނެތްވަރު، އެމެރިކާގައި އޮންނަ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އަރައިރުންވާ، ޙަޤީޤަތާ ޚިލާފު މި ފޮތުން ދޭހަވެއެވެ. އޭގެ އިތުރުން މި ފޮތަކީ އިސްލާމްދީނުގެ ސޫރަ ހުތުރުކޮށް

މީގައި ހިމެނޭ ވާހަކަތަކުގެ ސަބަބުން ޣައިރު މުސްލިމުންގެ ހިތުގައި މުސްލިމުންނާ މެދު ނަފުރަތު އުފައްދައި، މުސްލިމުންނާ އިދިކޮޅަށް ނުކުތުމަށް ބާރުދޭ ފޮތެކެވެ. އަދި ޘަޤާފަތްތަކުގެ ގިނަތަފާތު ޤަބޫލުކުރާ އުސޫލަށް ގެއްލުންވެ، ދުނިޔޭގެ އާބާދީގެ ބޮޑު ބަޔަކަށް މީގެ ސަބަބުން ގޯސް ރައްދުވެއެވެ."

އޭގެ އިތުރުން ހުޅަނގުގެ މުސްތަޝްރިޤުންނާއި، އިރުމަތީގެ މުފައްކިރުން އިސްލާމްދީނާއި މެދު ބުނެފައިވާ އިންސާފުވެރި ބުނުންތައް ސިޓީގައި ހިމަނާފައިވެއެވެ. އޭގެ ތެރޭގައި ލިޔުންތެރިޔާ މޮންޓިގަމްރީ އާއި މަހާތުމާ ގާނދީ އާއި "ޛަ ހަންޑްރެޑް" ލިޔުނު މިޝޭލް ހާރޓް އެ މީސް މީހުންގެ ފޮތް ފޮތުގައި ރަސޫލާއާ ބެހޭގޮތުން ދައްކާފައި ހުރި އިންސާފުވެރި ވާހަކަތައް ހިމަނާފައިވެއެވެ.

"ހަލާކުގެ ނަބިއްޔާ" އަށް އިޙުތިޖާޖުކޮށް ވޯޓު ލީ މީހުންގެ ޢަދަދު މިހާތަނަށް ގާތްގަނޑަކަށް 811 ހާހަށް އަރައެވެ. މި ޢަދަދަކީ ދުނިޔޭގެ މުސްލިމް އާބާދީއާ އަޅާ ބަލާއިރު ވަރަށް ކުޑަ ޢަދަދެއް ކަމުގައި ވިޔަސް މަދު ޢަދަދެއް ނޫނެވެ. މި ޢަދަދު އަންނަނީވެސް ހައްތާ އިތުރުވަމުންނެވެ.

ހުޅަނގުގެ ލިޔުންތެރިންނަށް ދަޢުވަތުދިނުން

އިންޓަނެޓް މުސްލިމު ޙަރަކާތްތެރިންގެ އެތައް ބަޔަކު ވަނީ އިސްލާމް ދީނާ މެދު އިންސާފުން ދެކޭ ހުޅަނގުގެ އެތައް ލިޔުންތެރިންނަކަށާއި ޙަރަކާތްތެރިންނަކަށް ފޮތާ އިދިކޮޅުހެދުމުގެ ޙަމަލާގައި މުސްލިމުންނާ އެއްބައިވުމަށް ގޮވާލާފައެވެ.

ދެކުނު މިޞްރުން ފަލާޙު މިޞްރީ ގެ ނަމުގައި ސޮއިކޮށްފައިވާ މީހަކު ބުނެފައިވެއެވެ. "ކަމާ ބެހޭ ކޮންމެ މީހަކަށް ލިޔަމެވެ. ޢަރަބި - އިސްރާއިލުގެ ގުޅުމާ ބެހޭގޮތުން މީހަކު ފޮތެއް ލިޔެފި ނަމަ، އަދި އެ ފޮތުގައި ދަލީލާ އެކު، އެމެރިކާ މީހުންނާއި އިސްރާއިލު މީހުންނަކީ ނިރުމަޅަވެރިން ކަމުގައި ސިފަކޮށްފައި އޮވެއްޖެ ނަމަ، އެމީހުންނަށް އެ ފޮތް ނެރެން ކެރޭނެބާއެވެ؟"

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.