އަންގާރަ20201013

އާކުރެވުނީ: 08:43:52

Back ކަވާސާ އަދަބާއިޘަޤާފަތް އަދަބާއިޘަޤާފަތުގެ ބައިތައް ފަންނު ''ޣައްޒާގައި މަރު'' މި ފިލްމުގެ އަގަކަށް މަރު !

''ޣައްޒާގައި މަރު'' މި ފިލްމުގެ އަގަކަށް މަރު !

ghazza-ga-maruމިއަހަރު ޖަރުމަންގެ ބާރލިންގައި ބޭއްވެނު 54 ވަނަ ބާރލިން ފިލްމް ފެސްޓިވަލް ހިނގަމުން ދިޔައިރު އިނގިރޭސި ޑޮކިޔުމެންޓްރީއެއް ވެސް އެޅުވުނެވެ. '' ޑެޘް އިން ގާޒާ '' މި ފިލްމު ޚާއްސަވީ އެއްކަމަކީ، މަސައްކަތުގެ އަގެއްކަމުގައި ޑައިރެކްޓަރ އޭނާގެ އަމިއްލަ ފުރާނަ މިކަމަށް ހޭދަކޮށްލަން ޖެހުނު ކަމެވެ

ޑައިރެކްޓަރ ޖޭމްސް މިލަރ، މި ފިލްމުގައި އަލިއަޅުވާލާފައިވަނީ، ޣައްޒާގެ ކުޑަކުދިންގެ ނަޒަރަށް މެދުއިރުމަތީގެ ތަޅާފޮޅުން ފެންނާނެ ގޮތުގެމައްޗަށެވެ.

މި އަސަރުގަދަ ފިލްމުގެ ފުރަތަމަ ދައްކާލުމުގެ ތެރޭގައި ފިލްމު ޑައިރެކްޓުކުރުމުގައި މިލަރ އާއި ބައިވެރިވި އަނެއް ޑައިރެކްޓަރ ސާއިރާ ޝާހް ބުނިގޮތުގައި، '' ފިލްމު ހުށަހަޅައިދޭން އަސްލު އޮތީ އަހަންނެއް ނޫން. 2003 ވަނަ އަހަރުގެ މޭ މަހުގެ ދެވަނަ ދުވަހު، މިލަރ އޭނާގެ އުމުރުން 34 އަހަރުގައި އިޒްރޭލް ސިފައިން އޭނާ މަރާލިއިރު ފިލްމު އޮތީ ދާދި ނިމެން ކައިރިވެފައި ''

ބަޔަކު މީހުންގެ އަމިއްލަ ރަށް އިޒްރޭލު ސިފައިން އިސްތިޢުމާރުކޮށްގެން ތިބެ އެމީހުނަށް ޖައްސާ އުނދަގޫތަކުގެ ސަބަބުން، ރަށުގެ ކުޑަކުދިން ނަށް ދިމާވެފައިވާ ދަތި ޙާލު މިފިލް މުގައި ދައްކުވައިދީފައިވެއެވެ. އެއީ ފިލްމުގެ ޝަޚުސިއްޔަތްތަކަކީ ހުވަފެން ދެކޭ ޢުމުރުގެ ކުޑަކުދިންކަމަށް ވެފައި އެކުދިންނަށް އެޅިފައިވާ ހުުރަސްތަކާއި އެކުގައެވެ.

އޭގެ ތެރެއިން އެއްކުއްޖަކީ އަޙުމަދެވެ. އޭނާއަކީ ފުޓުބޯޅައަށް ފޯރިހުންނަ 12 އަހަރުގެ ކުއްޖެކެވެ. ދީނާއި ވަތަނަށްޓަކައި އޭނާއަކީ ޝަހީދުވާން ތައްޔާރަށް ހުރި ކުއްޖެކެވެ. އަދި އޭނާގެ ރަޙުމަތްތެރިޔާ މުޙައްމަދަކީވެސް ފިލްމުގެ ބަޠަލެކެވެ. މީނާ އިޒްރޭލުސިފައިންނާ ފަލަސްތީނު މީހުންގެ ކުރިމަތުލުންތަކުގެ ތެރެއަށް ވަންނާތީ އެކަން މަނާކުރަން އޭނާގެ މަންމަ ބޭކާރު މަސައްކަތް ކުރެއެވެ. ފިލްމުގައި ނަޖްލާ ކިޔާ 16 އަހަރުގެ އަންހެންކުއްޖެއްވެސް އުޅެއެވެ. މީނާއަކީ ޣައްޒާގެ އެއްކައިރިފަށުގައި ދިރިއުޅޭ ކިޔަވާ ކުއްޖެކެވެ. އެތަން އޮންނަނީ އިޒްރޭލް ސިފައިން، ތަޅާ ސުންނާފަތިކޮށްލާފައެވެ.

ޣައްޒާގައި ދިރިއުޅޭ އަޙުމަދަށާއި މުހައްމަދަށް ދުވަހަކުވެސް އިޒްރޭލްގެ އާދައިގެ މީހަކު ޓީވީއަކުން ނޫނީ ފެނިފައެއް ނުވެއެވެ. ދެންއެހެން ނޫނީ ފެނިފައިވަނީ ބަޑި ހިފައިގެން ޢަސްކަރީ ހެދުމުގައި ތިއްބައެވެ. އެކުދިން އިޒްރޭލް ސިފައިންގެ ޓޭންކަރުތަކަށާއި ބުލްޑޯޒަރުތަކާއި ދިމާއަށް ގާ އުކާއިރު އެއީ ކުޅޭ ކުޅިވަރެއް ކަމުގައި ވެއެވެ. އެ ކުޅިވަރަކީ ''ނަސްރު ލިބޭ މީހުން ޝަހީދުވެގެން ވެއްޓޭ ކުޅިވަރު'' އެވެ.

މައިގަނޑުގޮތެއްގައި ފިލްމުގައި ދައްކައިދެނީ އިޒްރޭލް ސިފައިންގެ ހަމައެއް ލަމައެއް ނެތް ހަރުކަށި ޢަސްކަރީ ޢަމަލުތަކުގެ ސަބަބުން ފަލަސްތީނު ރައްޔިތުން އުޅެންޖެހޭ ދަތި ޙާލެވެ. އަދި އިސްރޭލް ސިފައިންގެ އުންޑައަރައިގެން ވެއްޓި ކުޑަކުދިން މަރުވާވަގުތު އުފެދޭ ރިހުމެވެ. އަދި ޖޭމްސް މިލަރ އަށް ކޮށްފައިވާ އަސަރު މިފިލްމުން ހާމަވެއެވެ. ފިލްމު ނިމުމަކަށް އައި އިރު ޚުދު އޭނާވެސް މަރުވީއެވެ. އެއީ އަމާންކަމުގެ ހުދު ދިދަ ނަގައިގެން ހުއްޓާ އިސްރޭލްގެ ޓޭންކަރަކުން އައި އުންޑައެއް އަރައިގެންނެވެ. އެއިރު އަދި އޭނާގެ އެކުވެރީން ތިބީ އިޒްރޭލް ސިފައިންނަށް އެމީހުންނަކީ އިނގިރޭސި ނޫސްވެރިންކަން ވިސްނައިދިނުމުގެ ގޮތުން އަޑުގެ ކޮޅަށް ހަޅޭ ލަވަލަވާއެވެ.

މިއަދު މިލަރ އަކީ ފަލަސްޠީނުމީހުންގެ ބަޠަލެކެވެ. އެމީހުން ދެކެނީ އޭނާއަކީ އެމީހުންގެ ޝަހީދެއްކަމުގައެވެ. އެ ދިގު ލިސްޓުގައި އޭނާގެ ނަންވެސް ވަނީ ހިމަނާފައެވެ. އޭގެ އިތުރުން ފޮތިގަނޑުތަކުގައި އޭނާގެ ފޮޓޯ ޕްރިންޓްކޮށްގެން އެހެނިހެންވެސް ބަޠަލުންނާމެދު ކަންކުރާފަދައިން އެމީހުން ކަންތައްކުރިއެވެ.

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.