އަންގާރަ20181113

އާކުރެވުނީ: 08:43:52

Back ކަވާސާ އަދަބާއިޘަޤާފަތް އަދަބާއިޘަޤާފަތުގެ ބައިތައް ފަންނު ކޭން ފެސްޓިވަލުގައި، މައިކަލް މޯރ ، ބުޝްއަށް ވަރުގަދަ ޙަމަލާތަކެއް ދީފި

ކޭން ފެސްޓިވަލުގައި، މައިކަލް މޯރ ، ބުޝްއަށް ވަރުގަދަ ޙަމަލާތަކެއް ދީފި

michel-moore-can-festއެމެރިކާގެ ރައީސް ޖޯޖް ޑަބްލިޔު ބުޝް، ޢިރާޤު މައްސަލައާއި، ދުނިޔޭގެ ނިރުމަޅަވެރީން (ޓެރަރިސްޓުން) ނާ ހަނގުރާމަކުރެއްވުމުގައި ގެންގުޅުއްވި ހަމަތަކާއި ވަރަށް އިދިކޮޅު ޑޮކިޔުމެންޓްރީ ފިލްމެއް ފުރާންސްގައި ހިނގަމުންދާ ކޭން ފެސްޓިވަލުގައި އަޅުވައިފިއެވެ.

މިއީ މިދިޔަ އަހަރުގެ އޮސްކާ އިނާމު ލިބިފައިވާ އެމެރިކާގެ ޑައިރެކްޓަރ މައިކަލް މޯރ އުފެއްދި މި ފިލްމު ''9/11 ފެރަންހައިޓް'' ގައި ބުޝްއަށް ވަރަށް ވަރުގަދަ ޙަމަލާތައް ރައްދުވެފައި ހުރިކަމަށް ވެއެވެ.

ފިލްމަކީ އެމެރިކާގެ ރިޔާސީ ވޯޓުލުން ބޭއްވޭ އަހަރުގައި އެތާގެ ޢާއްމުރައުޔު ވަކިކޮޅަކަށް ޖަމާކުރާނެ އެއްޗެއްކަމުގައި ބުނެ ވޯލްޓްޑިޒްނީއިން އެކުންފުނީގެ ދަށުން ހިނގާ މިރަމިކްސްއަށް މި ފިލްމު ބެހުން މަނާކުރުމާއި ވިދިގެން، ދުނިޔޭގެ ޚަބަރުފަތުރާ ވަސީލަތްތަކަށް މިކަމުގެ ސަބަބުން ވަނީ ގަދަފަދަ ތޫފާނެއް އައިސްފައެވެ.

ފިލްމުގައި ފާޅުކޮށްފައި ވަނީ ސެޕްޓެންބަރު 11 ގެ ޙަމަލާއާ ވިދިގެން އެމެރިކާ ރައްޔިތުންނާއި އެތާގެ ސަރުކާރު އެކަމަށް އިޖާބަދިންގޮތެވެ. އަދި ބުޝް ޢާއިލާއާއި ސަޢޫދީޢަރަބިއްޔާގެ އިސް މަސްއޫލުވެރިންނާ ދެމެދު އޮތް ގުޅުމަށް ބަލާލާފައި އޮވެއެވެ. އޭގެ ތެރޭގައި އަލްޤާޢިދާގެ ވެރިޔާ އުސާމާ ބިން ލާދިން ގެ ޢާއިލާވެސް ހިމެނެއެވެ.

ފިލްމު ފެށިގެން އަންނަނީ އިސްކިރީނަށް އަންނަ ކަނު އަނދިރިކަމަކާ އެކީގައެވެ. އަދި މަތިންދާބޯޓުތަކުގެ ބޫންއަޑާއި އެކު ނިއުޔޯކުގައި ހުންނަ ބައިނަލްއަޤްވާމީ ވިޔަފާރި މަރުކަޒުގެ ދެ ޓަވަރުގައި ބޯޓު ގޮސް ޖެހޭ މަންޒަރުންނެވެ. ހާދިސާގައި ގެއްލުންލިބުނު މީހުން ދައްކައިދޭ ތަންކޮޅުކޮޅަށްވުރެ ކުރިން، ބުޝްގެ މަންޒަރެއް ފެނެއެވެ. އެ މަންޒަރުގައި ބުޝްގެ މޫނުފުޅުން ހާމަކޮށްދޭގޮތުން އޭނާއަކީ އެފަދަ ދަނޑިވަޅެއްގައި ހިތުގައި ހިނގާނެ ޖަޒުބާތުތައް ނުހިނގާ ޒާތުގެ ޝުޢޫރު ކެނޑިފައި ހުރި ބޭފުޅެއް ކަހަލައެވެ. 

އަނެއް މަންޒަރުތަކެއްގައި ބިންލާދިންގެ ޢާއިލާގެ ބައެއް އަފުރާދުން 11 ސެޕްޓެންބަރުގެ ފަހުން މަތިންދާބޯޓުތަކުގައި އެމެރިކާއިން ނުކުންނަމަންޒަރު ދައްކައެވެ. މިތަނުގައި ހަޖޫގެ ކުލަވަރު ޖެއްސުމަށް، މޯރ ބޭނުންކޮށްފައިވަނީ ޕޮޕް މިޔުޒިކެވެ.

ޕޮޕް މިޔުޒިކުތަރި ބްރިޓްނީ ސްޕިއާރޒް ރައީސަށް ތާއީދުކުރެއްވުމުގެ ގޮތުން ޗުއިންގަމެއް ހަފާލަހަފާލާ އިން މަންޒަރުވެސް ފެނިގެން ދެއެވެ. ޢިރާޤުގައި މަރުވި ދަރިފުޅުގެ މައްޗަށް ހިތާމަވެރިވެ ހިތްފަޅައިން ގޮސްފައި ހުރި އަންހެނަކު ރޮއިގަންނަމުން ތިރިވާމަންޒަރުވެސް ފެނިގެންދެއެވެ.

އަނެއް މަންޒަރެއްގައި އެމެރިކާ ސިފައިން މަރުވެފައިތިބި މީހުންނަށް ފުރައްސާރަކުރާ ގޮތްވެސް ދައްކައެވެ. ޢިރާޤުގެ ޖަލުތަކުގައި މަރުވެގެން ކޮތަޅުކޮތަޅަށް ލައިފައިތިބި މީހުންގެ ކައިރީގައި ކުރެވުނު ކަންތަކުގެ ހަނދާނުގައި ނަގާފައި ހުރި ފޮޓޯތައް ފެނިގެން ދެއެވެ. މިއީ އެ ޖަލުތަކުގައި ހިނގި އިހާނެތި ޢަމަލުތަކާއިމެދު މުޅި ދުނިޔޭގައި ޖަދަލުކުރެވެމުންދާ ވަގުތެއްގައި އެމެރިކާ ސަރުކާރުގެ ކަންކަށިމަތީގައި މޯރ އަޅާލި ވަރުގައަ ތަފާލެކެވެ.

ހަޖޫޖަހާމީހެއްގެ ސަމާސާ

ފިލްމަކީ މަލާމާތުގެ ސަމާސާއިން ފުރިފައި އޮތް އެއްޗެކެވެ. ފިލްމުގައި ތަޙްޤީޤުކުރާ މީހެއްގެ ބައި އަދާކުރާ މޯރ އަށް ބުޝް ''ކަލޭގެ އަމިއްލަ ނަފްސަށް އިޙްތިރާމުކުރާށޭ. އެހެން ނޫނީ ގޮސް ކުރާނެ ޙަޤީޤީ އެހެން ކަމެއް ހޯދާށޭ'' ވިދާޅުވެ ހަޅޭއްފުޅުލަވައިގަންނަވާ މަންޒަރު ފެނިގެންދެއެވެ.

މޯރ، ވޮޝިންޓަނުގައި އޭނާގެ ކޮޅުގަދަކުރުމުގެ މަސައްކަތް ފެށިއެވެ. އަދި ކޮންގުރެސް މެންބަރުންތެރެއިން ބޭކަލެއްގެ ބޭފުޅަކު ޢިރާޤުގައި ހަނގުރާމައަށް ގޮސް އެބަ އުޅުއްވާތޯ ސުވާލުކުރެއެވެ. އަދި އެންމެ ފުރަތަމަ އެބޭކަލުންގެ ބޭފުޅުން ހަނގުރާމައަށް ފޮނުއްވުމަށް އޭނާ ގޮވާލައެވެ.

ދަރިފުޅުގެ މަރުގެ ހިތާމައިގައި އަވަދިވެފައިތިބި ޢާއިލާއެއް ހިމެނޭ ގެއަކުން ދެން މޯރގެ ކެމެރާ އަނބުރާލަނީ ފައިސާގެ ދުނިޔެއަށެވެ. އެތަނުގައި ފެންނަނީ ޢިރާޤުން ކޮންމެސް ޑީލެއް ހޯދުމައިގެން އުޅޭ މަންޒަރުތަކެވެ. 

މި ފިލްމުގެ އެންމެ އަސަރުގަދަ ހިސާބަކީ ޢިރާޤު މަންމައަކު އޭނާގެ މަރުވެގެން ދިޔަ ދަރިފުޅުގެ އެންމެ ފަހުގެ ސިޓީ ކިޔަމުންދިޔަވަގުތެވެ. އެ އަންހެންމީހާގެ އަރުގައި ލަގޮނޑިތާށިވެ އޭނާގެ އަޑަށް އަންނަ ބަދަލުަތަކުންނާއި ކުރަމުން ދިޔަ އަސަރުތައް ފެނިގެން ދިޔަ ވަގުތުގައެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.