ހޯމަ20201019

އާކުރެވުނީ: 08:43:52

Back ކަވާސާ އަދަބާއިޘަޤާފަތް އަދަބާއިޘަޤާފަތުގެ ބައިތައް ފަންނު އެކަޑަމީ އެވޯރޑްސް:ފިލްމީ ދުނިޔޭގައި ދެވޭ އެއްމެ ފާހަގަކޮށްލެވޭ އިނާމު

އެކަޑަމީ އެވޯރޑްސް:ފިލްމީ ދުނިޔޭގައި ދެވޭ އެއްމެ ފާހަގަކޮށްލެވޭ އިނާމު

oscarފިލްމީދުނިޔޭގައި އެއްމެ ފާހަގަކޮށްލެވޭ އެއް އެވޯރޑްކަމުގައިވާ، އެކަޑަމީ އެވޯރޑްސް އަކީ، 1927މ. ވަނަ އަހަރުގައި، އެމެރިކާގެ އެކަޑަމީ އޮފް މޯޝަން ޕިކްޗަރ އާރޓްސް އެންޑް ސައިންސަސް އިން، ފިލްމީ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކުންކުރާ ތަފާތު ޚިދްމަތްތަކުގެ ފެންވަރުބަލައި، ހިތްވަރު ދިނުމުގެ މަޤްޞަދުގައި ތަޢާރަފުކުރި އިނާމެކެވެ.

ކޮންމެ އަހަރަކު އެއްފަހަރު ދެވޭ މިއިނާމަށް ކިޔާ އުޅޭ އެހެން ނަންތަކުގެ ތެރޭގައި އޮސްކަރ އާއި، ގޯލްޑެން ޓްރޮފީއާއި، ސްޓެޗޫ އޮފް މެރިޓް ހިމެނެއެވެ.

މިޓްރޮފީއަށް ނުވަތަ މީހެއްގެ ސިފައިގައި ތައްޔާރުކުރެވިފައިވާ ބުދަށް އޮސްކަރގެން ރަސްމީކޮށް ކިޔަންފެށުނީ 1939މ.ގައެވެ. މިނަން އުފެދުނުގޮތް ޔަޤީންކޮށް ނޭނގުނުކަމުގައިވިޔަސް، މިކަމާއިބެހޭގޮތުން ގިނަމީހުން ދައްކާވާހަކައިގައި، މިބުދަށް އެއްމެފުރަތަމަ އެނަންދިނީ، އެކަޑަމީގެ ލައިބްރޭރިއަންކަމުގެ މަޤާމުގައިހުރި މާރގަރެޓް ހެރިކްއެވެ. މިކަމުގެ ސަބަބަކަށްވަނީ، އޭނާގެ ބޮޑުބޭބެ އޮސްކަރ އާއި ބުދު މާބޮޑަށް ވައްތަރުވުމެވެ.

އެއްމެ ފުރަތަމަ އެކަޑަމީ އެވޯރޑްސް ދިނުމަށް ހަމަޖެހުނު ތާރީޚުގެ 3 މަސްކުރިން، އިނާމުލިބޭ ފަރާތްތައް އިޢްލާނުކޮށްފައިވުމުގެ ސަބަބުން، މިކަމުގައި މާބޮޑު ސަސްޕެންސެއް ނެތްކަން ފާހަގަވެގެންދިޔައެވެ.

ހޮލީވުޑް ރޫސްވެލްޓްގައި މިކަމަށް ބޭއްވުނު ޙަފުލާއަށް ޙާޟިރުވީ އެއްމެ 250 މީހުންނެވެ. އޭރު އޮންނަގޮތުން، ޙަފުލާގައި ޢާއްމުންނަށް ޓިކެޓްގަނެގެން ބައިވެރިވެވެއެވެ. ނަމަވެސް މިހާރު މިރަސްމިއްޔާތުގައި ބައިވެރިވެވޭނީ ހަމައެކަނި ދަޢްވަތު އެރުވޭ ފަރާތްތަކަށެވެ.

އޮސްކަރ ގެ ފުރަތަމަޙަފްލާ ފިޔަވައި އެހެންހުރިހާ ޙަފްލާތަކެއް ހިންގަމުންދިޔަގޮތް ކޮންމެވެސް ސިފައެއްގައި ބްރޯޑްކާސްޓް ކޮށްފައިވެއެވެ.

މުޅި އެމެރިކާއަށް ރޭޑިއޯމެދުވެރިކޮށް ފުރަތަމަ ފަހަރަށް އޮސްކަރ އެވޯރޑްސް ހިނގަމުންދާގޮތް ގެނެސްދެވިފައިވަނީ 1932މ. ގައެވެ.

1940މ. ވަނައަހަރާއިޖެހެންދެން، ޢާއްމުކޮށް ނަތީޖާފާޅުކުރުމުގެ ކުރިން، ވަނަވަނައަށް އަންނަ ފަރާތްތަކުގެ ނަންތައް، އެވޯރޑް އިންތިޒާމުކުރާ ފަރާތުން ނޫސްތަކަށް ދެމުންގެންދިޔައެވެ. ނަމަވެސް، 1940މ. ވަނައަހަރު، ރަސްމީކޮށް ނަތީޖާފާޅުކުރުމުގެ ކުރިން، އިނާމުލިބޭ ފަރާތްތައް، ދަ ލޮސްއެންޖްލްސް ޓައިމްސްގައި ލިޔުމާއިވިދިގެން، މިނިޒާމުބަދަލުކޮށް، ނަތީޖާތައް ސިއްރުކުރެވުނެވެ.

އޮސްކަރ އެވޯރޑްސް އެއްމެފުރަތަމަފަހަރަށް ތިއޭޓަރެއްގައި ބޭއްވުނީ 1942މ. ގައެވެ. އެއީ މިކަމުގައި ބައިވެރިވާ މީހުންގެ ޢަދަދު އިތުރުވަމުންދިއުމާއި ގުޅިގެންނެވެ.

1943މ.ގައި ނެޓްވޯރކް ރޭޑިއޯއިން ބްރޯޑްކާސްޓުކޮށް، ފުަރަތަމަ ފަހަރަށް އެހެންގައުމުތަކަށް، އޮސްކަރ އެވޯރޑުދިނުން ހިނގަމުންދާގޮތް ގެނެސްދެވުނެވެ. ޓީ.ވީމެދުވެރިކޮށް، ބޭރުދުނިޔެއަށް، އެއްމެ ފުރަތަމަ ފަހަރަށް ވަގުތުން ޓެލެކާސްޓްކުރެވުނީ 1953މ.ގައި 25 ވަނަ އެކަޑަމީ އެވޯރޑްސް ދިނުމުގެ ރަސްމިއްޔާތެވެ. މިކަންކުރީ އެން.ބީ.ސީ ޓީވީ- ރޭޑިއޯ ސްޓޭޝަނުންނެވެ.

މިއަދު ގާތްގަނޑަކަށް ސަތޭކައަށްވުރެ ގިނަ ގައުމުން، އެތައްސަތޭކަމިލިއަން ބައެއް، ކޮންމެ އަހަރަކުވެސް، ވަގުތުން މިމަންޒަރު ބަލައެވެ.

އެކަޑަމީ އެވޯރޑްސްދެވޭ ދާއިރާތައް

- އެއްމެ މޮޅު އެކްޓަރ ( ދެޖިންސް ވަކިން )

- އެއްމެމޮޅު ސަޕޯރޓިންގ އެކްޓަރ ( ދެޖިންސް ވަކިން )

- އެއްމެމޮޅު ސަޕޯރޓިންގ އެކްޓަރ ( ދެޖިންސް ވަކިން )

- އެއްމެމޮޅު ފިލްމު ފިލްމް

- އެއްމެމޮޅު އެނިމޭޓެޑް ފީޗަރ ފިލްމް

- އެއްމެމޮޅު އާރޓް ޑައިރެކްޝަން

- އެއްމެމޮޅު އެނިމޭޓެޑް ފީޗަރ ފިލްމް

- އެއްމެމޮޅު ސިނަމަޓޯގްރަފީ

- އެއްމެމޮޅު އެނިމޭޓެޑް ފީޗަރ ފިލްމް

- އެއްމެމޮޅު، ހެދުން ފަރުމާކުރުން (ކޮސްޓިއުމް ޑިޒައިން)

- އެއްމެމޮޅު ޑައިރެކްޓަރ

- އެއްމެމޮޅު ޑޮކިއުމެންޓަރީ ފީޗަރ

- އެއްމެމޮޅު ކުރު ޑޮކިއުމެންޓަރީ

- އެއްމެމޮޅު އެޑިޓްކުރުން

- އެއްމެމޮޅު ބޭރު ފިލްމް

- އެއްމެމޮޅު މޭކްއަޕް

- އެއްމެމޮޅު މިއުޒިކް ( ސްކޯރ)

- އެއްމެމޮޅު މިއުޒިކް ( ލަވަ)

- އެއްމެމޮޅު އެނިމޭޓެޑް ކުރު ފިލްމް

- އެއްމެމޮޅު އެނިމޭޓެޑް ކުރު ފިލްމް

- އެއްމެމޮޅު ކުރު ފިލްމް ( ލައިވް އެކްޝަން )

- އެއްމެމޮޅު އަޑު

- އެއްމެމޮޅު އަޑު އެޑިޓްކުރުން

- އެއްމެމޮޅު ވިޒުއަލް އިފެކްޓްސް

- އެއްމެމޮޅު ވާހަކަ ( ފިލްމާއި ގުޅޭގޮތަށް ބަދަލުކުރެވިފައިވާ )

- އެއްމެމޮޅު ވާހަކަ ( އަޞްލު )

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.