ހޮނިހިރު20180922

އާކުރެވުނީ: 08:43:52

Back ކަވާސާ އަދަބާއިޘަޤާފަތް އަދަބާއިޘަޤާފަތުގެ ބައިތައް ފަންނު ''ޛަ ޕޭޝަން އޮފް ޛަ ކްރައިސްޓް'' ޔަހޫދީ - ކިރިސްޓިއަނުންގެ ގެ ޖަދަލަކަށް ވެފައި

''ޛަ ޕޭޝަން އޮފް ޛަ ކްރައިސްޓް'' ޔަހޫދީ - ކިރިސްޓިއަނުންގެ ގެ ޖަދަލަކަށް ވެފައި

passion_christޑައިރެކްޓަރ އަދި ތަމްޘީލްކުޅުންތެރިޔާ މެލް ގިބްސަން އުފެއްދި ފިލްމު ''ޛަ ޕޭޝަން އޮފް ޛަ ކްރައިސްޓް'' އާއި މެދު ފުޅާ ދާއިރާއެއްގައި ބަޙުޘްކުރެވެމުން އެބަދެއެވެ. ޔަހޫދީ ބައެއް ޖަމާޢަތްތަކުން މި ފިލްމަކީ ''ސާމީ ދަރިކޮޅާއި އިދިކޮޅު'' އެއްޗެއްކަމުގައި ބުނަމުންދާއިރު، ކިރިސްޓިޔަން ހަރަކާތްތެރިން ދެކެނީ އެއީ ''ތާރީޚީ މަރުޖިޢެއް'' ކަމަށެވެ. އަދި ''ވަރުގަދަ ފަންނީ މަސައްކަތެއް'' ގެ ގޮތުގައެވެ.

މި ފިލްމުގައި ދައްކުވައިދެނީ ޢީސާގެފާނުންގެ ޙަޔާތްޕުޅުގެ އެންމެ ފަހު 12 ގަޑިއިރެވެ. އެއީ އިންޖީލު މެތިއު ގައި ވާ ގޮތުގެމަތީންނެވެ. އިންޖީލު މެތިއުއަކީ ކިރިސްޓިޔަނުން ޤަބޫލުކުރާ 4 އިންޖީލުގެ ތެރެއިން އެއް ފޮތެވެ. މި ފޮތުގައި ވާގޮތުން މަސީޙު ( ސަލާމްލެއްވި ޢީސާގެ ފާނު ) ޞަލީބަށް އެރުވުމުގެ ޒިއްމާ އުފުލަންޖެހޭ ބަޔަކީ ޔަހޫދީންނެވެ.

އެމެރިކާގެ ( އޭ ބީ ސީ ) ޓީވީއަށް ދިން ބަސްދީގަތުމެއްގައި ގިބްސަން އޭނާއާއި އިދިކޮޅަށް ކުރެވޭ ތުހުމަތުތައް ދޮގުކުރިއެވެދަރިކޮޅާއި އިދިކޮޅު އެއްޗެއް ނޫންކަން ހާމަކުރިއެވެ. އެކަމާއި ބެހޭގޮތުން ކުރި ސުވާލަކަށް ޖަވާބުދެމުން އޭނާ ބުނިގޮތުގައި '' އެއްގޮތަކަށްވެސް އެހެނެއް ނޫން. ހަޤީޤަތަކީ ތިއާއި މުޅިން އިދިކޮޅު. ސާމީ ދަރިކޮޅާއި އިދިކޮޅުވުމަކީ އަހަރެންގެ އީމާނާއި ޢަޤީދާއާއި މުޅިން ޚިލާފުކަމެއް. އަދި ފާފައެއް '' ކަމުގައެވެ. އޭނާގެ ނަޒަރުގައި އޭނާ އެ ފިލްމުގައި ހުށަހަޅައިދީފައި އެވަނީ އިންޖީލުގައި ރިވާވެފައި ވާގޮތަށް، މަސީހުގެ ޙަޔާތުގެ އެންމެ ފަހު 21 ގަޑިއިރެވެ.

މި ފިލްމަށް ވަރަށް ގިނަ ޔަހޫދީ ޖަމާޢަތްތަކުގެ ފާޑުކިޔުންތައް ވަނީ ރައްދުވެފައެވެ. އެމެރިކަން ޖުވިޝް ކޮމިޓީ 21-2-2004 ގައި މި ފިލްމަކީ ސާމީދަރިކޮޅާއި އިދިކޮޅު އެއްޗެއްކަމުގައި ނިންމިއެވެ. އަދި އެއީ ވޭތުވެދިޔަ 40 އަހަރު ތެރޭ ޔަހޫދީންނާއި ކިރިސްޓިޔަނުންނާއި ދެމެދު ކުރިއަރަމުން އައި ގުޅުން ކަންބޮޑުވާވަރަށް ފަހަތަށް ޖައްސާލި ކަމެއް ކަމުގައި ދެކެއެވެ.

މި ކޮމެޓީގެ ރައީސް ޑޭވިޑް އެލްކޮޓް ބުނާގޮތުން ޔަހޫދީންގެ މައްޗަށް ޢާއްމުކޮށްފައި އޮތް ތުހުމަތުތައް މި ފިލްމު އަލުން އަނބުރައި އިޢާދަކޮށްފިއެވެ. މި ކަންތައްތަކަކީ ކެތޮލިކާއި ޕްރޮޓެސްޓެންޓުންގެ ގިނަ ވެރިން އިދިކޮޅު ހަދާފައިވާ ތުހުމަތުތަކެކެވެ. އެމެރިކަން ޖުވިޝް ކޮމިޓީން އެމީހުން ފިލްމާއި މެދު ދެކޭގޮތް ހާމަކުރީ ކަމުގެ ތަޖުރިބާކާރުން ފިލްމުގެ ޚާއްސަ ދައްކާލުމެއް ބެލުމަށްފަހުގައެވެ.

ސާމީ ދަރިކޮޅާއި އިދިކޮޅު ކަންތަކާއި ހަނގުރާމަކުރުމަށް ޚާއްސަ ގުރޫޕެއްކަމުގައިވާ އެންޓި ޑިފެމޭޝަން ލީގުން ފިލްމާއި އިދިކޮޅަށް މީގެ މަހެއްހާދުވަސް ކުރިން ވަނީ ހަމަލާތައް އުކަން ފަށާފައެވެ. ރޮއިޓާސްއިން މި ގުރޫޕުގެ ރައީސާއި ހަވާލާދީ އޭނާ ބުނުއްވިކަމަށް ޚަބަރުދޭގޮތުން މި ފިލްމުގެ އޭނާ ބެއްލެވި ނަކަލުގައި، އިންޖީލު މެތިއުން ނަގާފައިވާ އަރައިރުން އުފެދޭފަދަ ތަންކޮޅެއް ހިމެނެއެވެ. އެއީ ޔަހޫދީން ބުނިކަމަށް އެފޮތުގައި އައިސްފައި އޮންނަ ތަންކޮޅު '' އެކަލޭގެފާނުން(ޢީސާގެފާނު)ގެ ލޭފޮދުގެ ޒިންމާ އަހަރެމެންނާއި އަހަރެމެންގެ ދަރީން އުފުލަމޭ'' އޮތް ތަންކޮޅެވެ.

އެމެރިކާގެ ލޮސްއެންޖަލީސްގައި މަރުކަޒުގެ މައިގޮފި ހުންނަ ޔަހޫދީންގެ މަރުކަޒެއްކަމުގައިވާ ސައިމަން ވީސެންތާލް ގެ ބާނީ ޙާޚާމް މާރވިން ހިއަރ ރޮއިޓާރސްގައި ބުނުއްވިގޮތުގައި '' އަޅުގަނޑަށް ދެންނެވިދާނެ މި ފިލްމުގައި ޔަހޫދީން ސިފަކޮށްފައިވަނީ ވަރަށް ނުބައި ގޮތަކަށް ކަން. އަދި މީގެ ސަބަބުން ޔަހޫދީންނަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެކަންވެސް. އަދި ޔަހޫދީންގެ ހުރިހާ ޢަދާވާތްތެރިން މިކަމާއިމެދު އުފާކުރާނެކަންވެސް. '' އަދި ހިޔަރ އިޝާރާތްކުރެއްވިގޮތުން ސާމީ ދަރިކޮޅާއި އިދިކޮޅު ބާވަތުގެ އެތައް ސަތޭކަ ސިޓީއެއް އޭނާގެ ޖަމިއްޔާއަށް، ފިލްމުގެ އަރާރުންގަނޑު ފެށުނުފަހުން ލިބިފައިވެއެވެ.

މިފަދައަކުން ވާހަކަތައް ދެކެވެމުންދާއިރު، މި ފިލްމަށް ތަޢުރީފުގެ ބަސްތައްވެސް އޮހޭލެއް ވަކި މަދެއް ނޫނެވެ. މިގޮތުން، ބައެއް ފާޑުކިޔުންތެރިންނާއި ކިރިސްޓިޔަން ޖަމާޢަތްތަކުން ވަނީ މި ފިލްމަށް ތާއީދުކުރާކަން ހާމަކޮށްފައެވެ. ރޮއިޓާސް އެޖެންސީ 22-1-2004 ގައި ހާމަކޮސްފައިވާގޮތުން އެމެރިކާގެ ޛަ ނެޝެނަލް އެސޯސިއޭޝަން އޮފް އިވެންޖެލިކަލްސް ގެ ރައީސް ޓެޑް ހެގާރޑް މި ފިލްމަށް ކުރިމަތިވެފައި އޮތް ބޮޑު ފާޑުކިޔުންތަކާއި މެދު އޭނާ ހައިރާންވެލައްވާލެއް ބޮޑުކަން ފާޅުކުރައްވަމުން ބުނުއްވިގޮތުގައި، އެއީ ''ވަރުގަދަ ފައްނީ މަސައްކަތެއް'' އެވެ. އަދި އިތުރަށް އޭނާ ބުނުއްވީ ''ފިލްމެއްގައި މަސީހުގެ ފާނުގެ ޙަޔާތްޕުޅު މިހާ ތެދުވެރި ގޮތަކަށް ދެއްކިކަމުގެ އިޙްސާސް އަޅުގަނޑަށް އަދި ކިރިޔާ ފުރަތަމަ ފަހަރަށް ކުރެވިއްޖެ'' އެވެ.

ކެތޮލިކް މަޖައްލާއެއް ކަމުގައިވާ ކްރައިސިސް ގެ މުޙައްރިރު ޑީލް ހުޑްސަން ދެކެލައްވާގޮތުން '' މަސީހުގެ ރިހުންކޮޅު ތަކާއި ބެހޭގޮތުން އޮތް އެންމެ ބިޔަ ފިލްމު ބަލަން ބޭނުންވާ މީހުންނަށް މިއީ މަރުޖިޢެއް'' އެވެ.

ނަމަވެސް ވެޓިކަނުން އަދި ފިލްމާއިމެދު އެމީހުން ދެކޭގޮތް ސަރީހަކޮށް ހާމައެއް ނުކުރެއެވެ. ނަމަވެސް ވެޓިކަންގެ ޕޯޕް އިތުރު އެއްޗެއް ފިލްމާއި ދޭތެރޭ ރަސްމީ ސިފައެއްގައި ވިދާޅުނުވިޔަސް މި ފިލްމު ބެއްލެވިކަމަށްވެއެވެ.

މީގެ ކުރިން 18-12-2003 ގައި ރޮއިޓާސް އިން ގެނެސްދިން ޚަބަރެއްގައި ވާގޮތުން ޕޯޕް ފިލްމު ބެއްލެވުމަށްފަހު އޭނާގެ ސެކެއްޓެރީއަށް ވިދާޅުވިކަމަށްވަނީ ''ހަމަ ސީދާ އެކަން ހިނގާދިޔަގޮތަށް އެއޮތީ'' އެވެ. މާނައަކީ ޕޯޕް ދެކެވަޑައިގަންނަވާގޮތުން ފިލްމުގެ މަންޒަރުތައް ނަގާފައި އެވަނީ ވަރަށް އަމާނާތްތެރިކަމާއެކު އިންޖީލުގައި ވާރިދުވެފައި އޮތްގޮތަށެވެ.

މުސްލިމުން ގަބޫލުކުރާގޮތުގައި ސަލާމްލެއްވި ޢީސާގެފާނަކީ ﷲ ގެ ނަބީއެކެވެ. އަދި ރަސޫލެކެވެ. އަދި އެކަލޭގެފާނު ހިމެނިވަޑައިގަންނަވަނީ އުލިލްޢަޒުމުގެ ފަސް ބޭކަލުންގެ ތެރޭގައެވެ. އެކަލޭގެފާނު ޞަލީބަށް އެރުވުން ކަމަށް ދެކެވޭ ވާހަކަތަކާއި މެދު ޤުރުއާނުގައި ﷲ ވަޙީކުރައްވާފައިވަނީ: وَمَا قَتَلُوهُ وَمَا صَلَبُوهُ وَلَكِن شُبِّهَ لَهُمْ

"... އެބައިމީހުން އެކަލޭގެފާނު ޤަތުލެއް ނުކުރެއެވެ. އަދި ޞަލީބުވެސް ނުކުރެއެވެ. ނަމަވެސް އެކަން އެގޮތަށް ކުރެވުނު ކަމަށް ތިޔަބައިމީހުންނަށް އެއްފަދަވާގޮތެއްގައި ފެނުނެވެ."

މި ފިލްމު ''ޛަ ޕޭޝަން އޮފް އޮފް ޛަ ކްރައިސްޓް'' ގައި މަސީޙުގެ ދައުރު އަދާކޮށްފައި ވަނީ ޖޭމްސް ކެވީޒެލް އެވެ. އަދި މަރިޔަމްގެފާނުން ގެ ބައި އަދާކޮށްފައިވަނީ މާއިއާ މޯރގަންސްޓާރން އެވެ. ފިލްމުގައި ހުރިހާ ވާހަކަތަކެއް ދެކެވެނީ ލެޓިން ބަހުންނާއި ޢިބުރީ ބަހުންނާއި އާރާމީ ބަހުންނެވެ. ފިލްމު ސިނަމާތަކުގައި އަޅުވަން ހަމަޖެހިފައި އޮތީ 25-2-2004 ގައެވެ.

 

 

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.