އާދީއްތަ20180909

އާކުރެވުނީ: 08:43:52

Back ކަވާސާ އަދަބާއިޘަޤާފަތް އަދަބާއިޘަޤާފަތުގެ ބައިތައް ޅެން އަދު ވަކިވެގެން ތިދިޔައީ ކީއްވެގެން ހެއްޔެވެ ؟

އަދު ވަކިވެގެން ތިދިޔައީ ކީއްވެގެން ހެއްޔެވެ ؟

adhu-vakivegen-dhaneeޅަ ދުވަހުއްސުރެ ގުޅިގެން އެކީގައި އުޅެފައި
ހަނދުވަރުގެ ރިހިއަލީގައި ނިދިގެއްލުވާލާފައި
ހުދު ދޮންވެލި ތުނޑިތަކުގައި ބައްދަލުކޮށް ހަދާފައި
އަދު ވަކިވެގެން ތިދިޔައީ ކީއްވެގެން ހެއްޔެވެ؟

ވަކި ނުވާނެކަމަށްބުނެ ވައުދާއި އަހުދު ކޮށްފައި
އެކު އުޅޭނެ ކަމަށްބުނެ  ހުވާކޮށްފައި
ކަލާދެކެ އިންތިހާއަށްވީ ލޯބި އުވާލާފައި
އަދު ވަކިވެގެން ތިދިޔައީ ކީއްވެގެން ހެއްޔެވެ؟

ޒަމާން ތަކަކަށް މިހިތުގައި ރަނިކަންކޮށްފައި
ދިލާސާކަން މިހަޔާތަށް ގެނުވާފައި
މިހިތުގައި ކަލާގެ ނަން ބިންވަޅު ކަނޑައި ނަގުވާފައި
އަދު ވަކިވެގެން ތިދިޔައީ ކީއްވެގެން ހެއްޔެވެ؟

އުއްބައްތީގެ "ފަނޑު'' ރަން އަލީގައި ކާމިޔާބު ހޯދާފައި
ރޭގަނޑުގެ ފިނިވައިރޯޅިޔާއެކު އެއްނޭވާއެއް ޙިއްސާކޮށްފައި
ފިންޏާއި ހޫނުގައި އަތާއި،އަތް ގުޅުވާފައި
އަދު ވަކިވެގެން ތިދިޔައީ ކީއްވެގެން ހެއްޔެވެ؟

ކަލާދެކެ ތެދުވެރި ލޯބިވި މިހިތް ކުދިކުދިކޮށްފައި
ކަލާގެ އުފަލަށް ގުރުބާންކުރި މި، ދެލޯ ކަރުނުން ތެންމާފައި
ކަނުމީހަކަށްވުމުން އެކަނިވެރިކޮށް ބާކީކޮށްލާފައި
އަދު ވަކިވެގެން ތިދިޔައީ ކީއްވެގެން ހެއްޔެވެ؟

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.