Back ކަވާސާ އަދަބާއިޘަޤާފަތް އަދަބާއިޘަޤާފަތުގެ ބައިތައް ޅެން ދިރިއުޅުން

ދިރިއުޅުން

dhiriulhun

ހިތަށް އެހާ ތަދުވަނީ ފަހެ ކީއްވެބާއެވެ؟
މަޑު ބީހިލުމަކުން ކަލާ ފަނާވެ ދަނީ ފަހެ ކީއްވެބާއެވެ؟
ޙައްޤުގައި ހުރީ ކަލާކަން އެނގޭއިރުވެސް،
ޖަދަލުގައި ކަލާ ނާކާމިޔާބުވަނީ ދެން ކީއްވެބާއެވެ؟

ކަންކަން ދާންޖެހޭ މަގުން ކަސިޔާރުވާކަން ފާހަގަކުރެވުނު ހެއްޔެވެ؟
ސީދާ ސަރާސަރު މަގެއް ކަފިވެގެން ދާން ފަށަނީ، ކީއްވެހެއްޔެވެ؟
ދުނިޔޭގެ ސެނބުރުން ބާރުވެ، ކަލާއަށް މަޑުޖައްސާ ނުލާ،
ކަލާއަށް އެނގުމުގެ ކުރިން، އެއް ފުރުޞަތު ދެއަކަށް ވެދެއެވެ.

އެއްޗެއް ލިބުމުގެ ކުރިން އެ އެއެއްޗެއް ބީވެދެއެވެ.
އަދި ކޮންމެވެސް މީހަކު، ކޮންމެވެސް ތަނެއްގައި، ކަލާއަށް ވާ ތަދު
އިޙްސާސްކޮށްފާނެއެވެ.

ދުނިޔޭގައި އެކަކުވެސް ވަނީ ހިލެޔަކު ނޫނެވެ.
ކަލާޔަށް އެމީހުންގެ މޫނު ނުފެންނަކަމަށް ވިޔަސްވެހެވެ.

އެންމެން ހަމަހަމަ ކަމަށް ވިސްނާށެވެ.
އަދި ހަމަ އެންމެން، މި ތޫނު ފިޔޮހިން ކެފިދެއެވެ.
އެހެންވީމާ، މި ވޭނީ އުދާހުގެ ކުޅިވަރަށް އަހަރެމެން
ދިރިއުޅުމޭ ކިޔަމުއެވެ.

 

* މިއީ އިނގިރޭސި ޅެމެއްގެ ތަރުޖަމާއެކެވެ.
ލިޔުނީ:ނަމްރަތާ ރޯއީ ޗައުދަރީ
ތަރުޖަމާ : ޢަލީ އިސްމާޢީލް

Comments