އީމެއިލް...
- ޙުސައިން ޝަހީދު
- 14 އެޕްރީލް 2004
ކަލާ، ފުރަތަމަ ފެނުނުދުވަސް މިއަދުވެސް ހަނދާންވެއެވެ.
ފިނިފެންމަލެއްފަދަ ތިރީތިކަމަށް ހިތާހިތުން ތަޢުރީފު ކުރީމެވެ.
އެދުވަހަށް އެއްމަސްވިއެވެ. އެކަމަކު ހިތާމައެއް ނުކުރަމެވެ.
ކަލާޔާ ބައްދަލުކޮށް ވާހަކަ ދައްކާލެވޭނެކަމަށް އުއްމީދު ކުރެވުނީމައެވެ.
ކަލާޔާ ފުރަތަމަ ވާހަކަދެއްކި ދުވަސް މިހާރުވެސް ޚިޔާލުކުރެވެއެވެ.
ފަރި ހިނިތުންވުމާއި، ހިތްއުފާކޮށްދިން ބަސްތަކަށް ޝުކުރުވެރިވީމެވެ.
އެދުވަހަށް އެއްމަސްވިއެވެ. އެކަމަކު ހިތާމައެއް ނުކުރަމެވެ.
ކަލާޔަށް މިހިތުގެ އަޑު އިއްވާދެވޭނެ ކަމުގެ ޔަގީންކަންއޮތީމައެވެ.

ކަލާޔަށް މިހިތުގެ ގޮވުންތަކުގެ އަޑު އިއްވިދުވަސް މިހާރުވެސް ސިފަކުރެވެއެވެ.
މިހިތުގެ އަޑުއަހަން ކަލާނޫން އެހެން މަލެއް މިބިމުން ބޭނުން ނުވާކަމަށް ބުނީމެވެ.
އެދުވަހަށް އެއްމަސްވިއެވެ. އެކަމަކު ހިތާމައެއް ނުކުރަމެވެ.
ކަލާޔަށްޓަކައި މިހިތުގައިދެވިފައިވާ މަގާމް ގަބޫލުކުރާނެކަމަށް ޔަގީންކުރެވުނީމައެވެ.
އެ މަގާމުބޭނުން ނުވާކަން ހާމަކުރިދުވަސް މިހާރުވެސް ވަނީ ލިޔެވިފައެވެ.
ތެދުވެރިކަމުގައި ތިފަދަ ދެވަނައެއް ނުދެކޭކަމުގައި ބުނީމެވެ.
އެދުވަހަށް އެއްމަސްވިއެވެ. އެކަމަކު ހިތާމައެއް ނުކުރަމެވެ.
ކަލާޔަކީ އެކުވެރިއެއްކަމުގައި ދުށުމަށް އެދި ރަޙުމަތްތެރި ކަމުގެ އަތެއް ދިއްކޮއްލީމައެވެ.
ކަލާ ހިތްއެދޭ މަންޒިލަށް ވާޞިލުވެވުނު ދުވަސް މިހާރުވެސް ހަނދާންވެއެވެ.
ތި ޙަޔާތަކީ އުފާވެރި، ފާގަތި ޙަޔާތަކަށް ވުމަށްއެދި ދުޢާ ކުރީމެވެ.
އެދުވަހަށްވެސް އެއްމަސްވިއެވެ. އެކަމަކު ގިސްލަ ގިސްލާ ރުއީމެވެ.
ކަލާ އަބަދަށްޓަކައި މިހަޔާތުން ވަކިވިކަން އެންގި މެއިލް ލިބުނީމައެވެ.