ހުކުރު20201127

އާކުރެވުނީ: 08:43:52

ފާޅުކުރަން ނުކުޅެދުނަސް.....!

faalhukuran

 

1- ދުނިޔެ ފެނިގެން ޝޯޚުވެވިފައި އޭގެފަހަތުން ނުދުވުމަށް
ފުނިޖަހާ މުދަލާ ތަކެތި އެއްކޮށް ޖަމާކޮށް ނޫޅުމަށް
އުނިކަމާ މަދު މިންވަރަށް ދުނިޔޭގެ ހަމަ އީމާން ވުމަށް
ދުނިޔެ ދެކެނީ ކީއްވެހޭ މީ ބައި ކުޅަނދު މަދުވީ ކަމަށް

2- ހަމަހިމޭންކަން ބޭރުފުށުގައި ހުއްޓަކަސް އަދިހަމަ މިހެން
ނަމަވިޔަސް ދުރުގައި ބަލަން ހުރި މީހަކަށް ވުމަކުން އެހެން
އަމަށަކުން ފާހަގަ ވެވޭފަދަ މީހަކަށް ނުވިޔަސް ސަފުން
ހަމަ ހިލާ އެ ނުވާނެ ނޫންހޭ ހިއްސުތައް އުނިވީކަމަށް

3- ރާޅު ނުޖަހާ އޮއިވަރެއްނެތް ފެންގަނޑެއްހެން މިގޮތުގައި
ފާޅުނުވިޔަސް އޭގެ އަޑި މާކިލަނބުވެވިފައި އެތަނުގައި
ކާޅުވެސް ނުބަލާ ދިޔަސް އަދި މާ މަތިން ހަމަ އެގޮތުގައި
ހަމަހިލާ އެ ނުވާނެ ނޫންހޭ ފެން އެތަނުގައި ނެތްކަމަށް

4- ކަރުނު ލޮލުގައި ނުހިލުނަސް އަދި މޫނުގައި އަސަރެއްނެތަސް
ތުންފަތުން ހިނިތުންވުމެއް އަދި ފާޅުވާކަށް ނުމެ ނެތަސް
ހިތުތެރޭ އުފެދޭ އުދާސްތައް ބޭރުގައި ފެންނަން ނެތަސް
ހަމަ ހިލާ އެ ނުވާނެ ނޫންހޭ ވިންދު ހިތުގައި ނެތްކަމަށް

5- ޖިސްމުގައި ޒަޚަމެއް ލުމުންވެސް އައްދިޔޯއޭ ނުގޮވިޔަސް
ފިސްވެ މޭ ޗިސްޗިސް ވުމުންވެސް އާހު އިއްވާ ނެހެދިޔަސް
ގިސްލަމުން ރޮއެ ހޭރެމުން އަދި ކަރުނަ ބާލާ ނެހެދިޔަސް
ހަމަހިލާ އެ ނުވާނެ ނޫންހޭ ތަދު އެތާގައި ނެތްކަމަށް

6- މިޔުޒިކާ ލަވަޔާ ބެރާ އިވުމުން ވަޖިދުވާން ނޭނގުނަސް
މިޔުޒިކަށް ފައި ހަމަ ކުރަން ފައިގައި ގުނގުރު ބަނދެ ނޫޅުނަސް
މިޔުޒިކާ ލަވަ އަޑުއަހަން އަދި މާ ހިމޭނުން ހުއްޓަކަސް
ހަމަ ހިލާ އެ ނުވާނެ ނޫންހޭ މަސްތު ހިތުގައި ނެތްކަމަށް

7- އޮއްސެމުންދާ އިރުގެ މަންޒަރު ކޮންމެ ދުވަހަކު ނުބެލިޔަސް
ހަނދުވަރީ ރޭރޭ އެ މަންޒަރު ގަލަމަކުން ސިފަ ނުކުރިޔަސް
ޝާޢިރެއްކަމުގައި ވެގެން އަދި ބަސްތަކެއް ނޭމުނިޔަކަސް
ހަމަހިލާ އެ ނުވާނެ ނޫން ޖަޒުބާތު ހިތުގައި ނެތްކަމަށް

8- މާމެލާމެލި ފަރިވެ ފޮޅިފައި ވާ ބަގީޗާތަކު ތެރޭ
މާތަކުގެ ނާޒުކުކަމާ މެދު ރަހުމު އޮވެގެން ހިތުތެރޭ
މާބުރެއްހެން ފޮނިބޮމުން ނުއުދުހުނަކަސް މާތަކު ތެރޭ
ހަމަހިލާ އެ ނުވާނެ ނޫންހޭ ޝައުޤު ހިތުގައި ނެތްކަމަށް

9- ޢިޝްޤަކީ އެންމެންގެ ޙައްޤެއް ކަން އެމީހުން ނުދަތުމީ
ޢިޝްޤުގައި މަޖްނޫނު ހެދިގެން އަދި މަ އެގޮތަށް ނޫޅުމީ
ޢިޝްޤުގައި އަހަރެން އަނދާއިރުގައި ކަލާއަށް ނޭނގުމީ
ހަމަ ހިލާ އެ ނުވާނެ ނޫންހޭ ޢިޝްޤު ހިތުގައި ނެތްކަމަށް

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.