ހޯމަ20200921

އާކުރެވުނީ: 08:43:52

Back ކަވާސާ އަދަބާއިޘަޤާފަތް އަދަބާއިޘަޤާފަތުގެ ބައިތައް ޅެން ފަސްކުރަން ހެޔޮވާވަރު ކަމެއްނޫނެވެ.

ފަސްކުރަން ހެޔޮވާވަރު ކަމެއްނޫނެވެ.

burugaa

އަހަންނަށް ބަލާލުމުން ކަލެއަށް ފެންނަނީ ކޯޗެއް ހެއްޔެވެ؟

އަޅު އަންހެނެއް ހެއްޔެވެ؟ ފުރިހަމަ މިނިވަނެއް ނޫންހެއްޔެވެ؟

ގިނަމީހުން އަހަންނަށް ބަލާފައި ދެލޯ ބޮޑުކޮށްލައެވެ

އެންމެ ކުޑަވެގެން އަހަރެންގެ ބޮލުން ތަންކޮޅެއްވެސް ނުފެންނާތީއެވެ

އަނެއް ބަޔަކު ނިންމާގޮތުން އަހަންނަކީ އަޅުވެތިކުރެވިފައިވާ ޖާހިލެކެވެ

އެމީހުންނަށް ފެންނަނީ ޙައްޤު ނިގުޅައި ގަނެވި"ކުޑަ" ކުރެވިފައިވާ މީހެކެވެ

 

ތިމާއަކީ އަހަރެންކަމުގައި ނުވީތީ ބައެއްމީހުން ހިތާހިތުން ޝުކުރުކުރެއެވެ

މިނިވަނުންގެ ގޮތުގައި ތިބެން ބޭނުންވާތީ އެވެ

ޙަޤީޤީ މިނިވަންކަމަކީ ކޮބައިކަން އެމީހުންނަށް އެގޭހެއްޔެވެ

ނުހަމަ "ބޭނުންކުރެވި" އަނދަވަޅެއްގައި ތިބޭނީ މިނިވަނުންނެއް ނޫނެވެ

އެމީހުން ދެކޭގޮތުގައި މިއީ ޚިޔާލުފާޅުނުކުރެވޭ، މުޖުތަމަޢުގަ އަގެއްނެތް މީހެކެވެ

ހީވެގެން އެއުޅެނީ އަހަރެން ހަށިނިވާކުރަނީ އިޚްތިޔާރަކު ނޫންހެންނެވެ

 

"ނިވާކަން" މިވަނީ އަހަރެން ކޮށްޓެއްގައި ބަންދުކޮށްފައޭ ވެސްކިޔައެވެ

ފިރިމީހާ ނުވަތަ ބައްޕަ ޒަމާނަށް ނުފެތޭތީ މަޖުބޫރުވެގެން ނޯލައެވެ

ހަމައެކަނި އެމީހުންނަށް ކުރެވޭކަމަކީ ބިރުންތިބެ އަހަންނަށް ބެލުމެވެ

އެފަދަ ކޮންމެވަގުތަކު އަހަރެންގެ ދެލޯ ކަރުނުން ތެމެއެވެ

ބޮޑެތި ލޯތަކެއްގެ ނުވަތަ ހަޖޫތަކެއްގެ އަމާޒަކަށް ވުމަކުން ނޫނެވެ

އެކަމަކު މަތީފަރާތެއް ވާކަން ގިނަމީހުން ހަދާންނައްތާލާތީއެވެ

 

މާދަމާ ހިސާބުބެއްލެވޭއިރު އެއީ ގެއްލެނިވެފައިވާ ބައެކެވެ

ހަވާނަފްސުގެ މައްޗަށް ދީން އިސްކުރަން ލަދުގަތް ބަޔަކަށްވީތީއެވެ

ފިރިހެނުންގެ ހިތްތަކުގެ ވަގުތީ ފިނިކަމަކަށް އަހަރެން ނުވެދާނެއެވެ

ނަމަވެސް އަހަރެންގެ އެތެރެހަށިވަނީ އިސްލާމީ ޒީނަތުން ފުރިފައެވެ

ބަލާށެވެ! އަހަރެން މިހިރީ ފިރިހެނުންގެ ކުޅޭއެއްޗަކަށްނުވެ ފިލައިގެންނެވެ

ނާޖާއިޒު ފައިދާއެއް ނެގުމުގެ ފުރުޞަތަކަށް މަރުޙަބާ ނުކިޔައެވެ

 

ނިވާވެގެންތިބޭ ކުދިންނަކީ ދީންދެމެހެއްޓުމުގައި އެހީވާބައެކެވެ

އަހަރެމެން މިއަދާކުރާ ވާޖިބަށް ހެޔޮޖަޒާ މިންވަރު ކުރައްވާށިއެވެ

ޙަޤީޤީފިރިހެނުން އަހަރެންގެ އަގުވަޒަންކުރަން ދަންނާނެއެވެ

އަހަރެންގެ މާޒީގައި ހޯދާބަލާނެ އެއްޗެއް ނޯންނާނެއެވެ

އަހަރެން "ދެނެގަނެވޭނީ" އަހަރެންގެ ހުނަރާއި ތޫނުފިލިކަމުންނެވެ

އަދި އަހަރެންގެފަރާތުން މީހުނަށްލިބޭ އެހީއާއި ތެދުމަގުގެ ސަބަބުންނެވެ

ފާޑުވެރިމީހުން އަހަރެން ފާހަގަކުރާނީ އަހަރެންގެ މަޑުމޮޅިކަމުންނެވެ

ހިތުގެއަޑިން، އެމީހުންނަކީ އަހަރެން ނަމައޭ ބުނާނެއެވެ

ތެދުމަގު ކަމުގައި ގަބޫލުކުރެވޭ ގޮތުގައި ޘާބިތުވުމުގެ ހިއްވަރު އެބަހުއްޓެވެ

އެކަމަށް ޢުމުރުދުވަހުގެ ހަގުރާމަޔަކާ ކުރިމަތިލާންވެސް ފަހެއްނުޖެހޭނަމެވެ

ބަލާށެވެ! އަހަރެންނަކީ ކުރު ސްކާޓްތަކާއި ބާރުޓީޝާޓްގެ އަޅަކީމެއްނޫނެވެ

އަހަރެންގެ ވަނާތަކުން ފިތުނައެއް ނުއުފެދޭނެއެވެ، އަބަދު ލިބެނީ އިޙްތިރާމެވެ

 

އަހަރެންގެ މުލައްދަޑި އާއި ފަލަމަސްގަޑު ހިލޭމީހުނަށް ނުދައްކަމެވެ

ލޯއެޅިޔަސް ކަރުވަޅާއި މޭގެ ވަނާތަކެއް ނުފެންނާނެއެވެ

ވިސްނާށެވެ! ޙައްޤުތައް ލިބިފައިވާ ފުރިހަމަ މިނިވަނުންނަކީއަހަރެމެންނެވެ

"ލޯތަކުގެޒިނޭ" ގައި ނޭގިނަމަވެސް ބައިވެރިވެވެނީ އަހަރެމެންނަކަށް ނޫނެވެ

އަހަރެމެން މިވަނީ "ތާހިރު" ކަމާއި ފުރިހަމަ މިނިވަންކަން މަތީގައެވެ

ފަރުވާއެއްނެތް ޖިންސީބަލިތަކާ ދުރުވެ ރައްކާތެރިވެގެންނެވެ

 

ބޭނުން މީހަކު ބަލަން ހާމަކުރާވަރަށްވުރެ އަހަރެމެންގެހަށި އަގުބޮޑެވެ

ﷲއަށް ކިޔަމަންވެވުމުން ހިތްމިވަނީ ފިނިކަންލިބި އުފަލުންފޮޅިފައެވެ

އަވަހަށް ވިސްނާލާފަ ހޭއަރާށެވެ، ވަގުތު ކުޑަތަން ވެއްޖެއެވެ

މާދަމާ ބުރުގާ އަޅަން ހުއްޓާ، މާދަމާ ނައުންވެސް ދުރެއް ނޫނެވެ

ދީނުގައި އަންގަވާފައިވާ ވަރަށް ނިވާވުމާމެދު ސުވާލުކުރެވިއްޖެނަމަ

ފަސްނުޖެހި މިހުރިހާކަމެއް އެއްކޮށްލާފައި ހަރުއަޑުން ބުނާށެވެ

ކޮއްކޯ! މިއީނުކޮށް ފަސްކުރަން ހެޔޮވާވަރު ކަމެއްނޫނެވެ

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.