ހުކުރު20200918

އާކުރެވުނީ: 08:43:52

Back ކަވާސާ އަދަބާއިޘަޤާފަތް އަދަބާއިޘަޤާފަތުގެ ބައިތައް ޅެން ހިތް ނުރޮއްވާ! ކުށަކާނުލާ ހިތް ނުރޮއްވާ!

ހިތް ނުރޮއްވާ! ކުށަކާނުލާ ހިތް ނުރޮއްވާ!

hih-nurovva
މާޒީ ހަނދާންވާ ކޮންމެ ފަހަރަކު މިހިތަށް ތަދު ކޮށްލައެވެ.
އެއީ ކިހާއުފާވެރި ދުވަސްތަކެއް ހެއްޔެވެ؟
ހިތަށް އަރައެވެ! ތަޤުދީރު ބަދަލު ކޮށްލެވޭނެ ނަމައެވެ.
އަހަރެމެންގެ ޙަޔާތުން ހިތާމަތައް ފޮހެލުމަށްޓަކައެވެ.
އޭރުން މުޅިޢުމުރު ހޭދަކޮށްލީހީ ''ހިތާމަ'' ނުވެސްއެނގި ތިބެއެވެ.

ކަލާގާތުގައި ބުނަންބޭނުން ވަރަށްގިނަ ވާހަކަ އެބަހުއްޓެވެ.
އެކަމަކު އެއިން އެންމެ ލަފްޒެއްވެސް މިވަގުތު ބޭރުކޮށްލާހިތެއްނެތެވެ.
އެވާހަކަތައް ޙިއްސާކޮށްލާ ހިތްއޮތީ ކަލާގާތުގައި ހުރެވުނު ދުވަހަކުންނެވެ.
އެދުވަހަކުން ކަލާގެ އުނގުގައި ބޯއަޅާލައިގެންއޮވެ ހިތްފުރެންދެން ރޯލާނަމެވެ.
އޭރުން ކަލާގެ ތިމަޑުމަޑު ދެއަތުން އަހަރެންގެ ކަރުނަތައް ފޮހެލަދޭނަންދޯއެވެ!

ކަލާ އަހަރެންދެކެ ވަރަށް ލޯބިވާކަން އެނގެއެވެ.
މިހާރު އަހަރެންގެ ހިތުގެ ހަމަޖެހުމަކީ ހަމައެކަނި އެއީއެވެ.
އެކަމަކު މިހިތް އަދިވެސް އެދެމުންދަނީ ކަލާ އަހަރެންދެކެ ''ލޯބިވެއޭ'' ބުނާއަޑު އެހުމަށެވެ.
އޭރުން ސިއްރުސިއްރުން ކަލާގެ ކަންފަތްދޮށުގައި ބުނާނަމެވެ.
''އަހަރެން މާ ބޮޑަށް ލޯބިވެއެވެ.'' ''ބުނެދޭން ނޭނގޭ ވަރަށް ލޯބިވެއެވެ.''

ކޮންމެރެއެއްގެ ނިދި އަހަރެންނާއި ރުޅިވަނީ ކީއްވެކަން ކަލާއަށް އެނގޭހެއްޔެވެ؟
އަހަންނަށް ކަލާގެ ޚިޔާލު ކުރެވޭތީއެވެ.
ކަލާގެ ޙާލަކީވެސް ހަމަ މިއީކަން ޔަޤީނެވެ.
ހިތަށް އަރައެވެ! ކަލާގާތުގައި ހުރެވޭނެ ނަމައެވެ.
އޭރުން އަހަރެންގެ ތަޢުރީފުގެ ބަސްތަކަށް ކަލާގެ ކަންފަތް އާދަކުރުވާނަމެވެ.
އަހަރެނގެ އޯގާތެރި ފިރުމުންތަކުން ކަލާގެ ހިތްފުރާލަދޭނަމެވެ.

ކަލާ އަހަރެންދެކެ އެހާބޮޑަށް ލޯބިވީ ކީއްވެހެއްޔެވެ؟
ކަލާގެ ލޯބީގައި އަހަރެން ދީވާނާކޮށްލީ ކީއްވެހެއްޔެވެ؟
ހިތަށް އަރައެވެ! ކަލާ އަހަރެން އިމްތިޙާނު ކޮށްލަނީބާއެވެ؟
އެހެންކަމަށްވާނަމަ އަހަރެން ފާސްވާނެ ދުވަހަކަށް ކަލާވެސް އިންތިޒާރު ކުރާނެއެވެ.
އެދުވަހަކުން ދެމީހުންގެ ލޮލުންވެސް އުފާވެރިކަމުގެ ކަރުނަ ހިލޭނެތީއެވެ.

ޙަޤީގީ ލޯތްބަކީ ކޮބައިކަން އަހަންނަށް ދަސްކޮށްދިނީ ކަލާއެވެ.
ކަލާއަށްޓަކައި މުޅިޢުމުރު އިންތިޒާރު ކުރަން ޖެހުނަސް ފަރުވާލެއްނެތެވެ.
އެކަމަކު ކެތްތެރިކަން ކޮޅުންލިޔަ ނުދެއްޗެވެ.
އެދުވަހަކުން މިހިތުގައި ވޭނީ ޒަޚަމެއް އުފެދޭނެއެވެ.
ހިތުގައި އަޅާވޭނަށް ކެތްނުކުރެވިގެން ''ހިތް'' އާދޭސް ކުރާނެއެވެ.
''ކުށަކާނުލާ ހިތްނުރޮއްވާށޭ'' ބުނެއެވެ. ހިތްއުފާކޮށްދިނުމަށް އެދިއެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.