Back ކަވާސާ އަދަބާއިޘަޤާފަތް އަދަބާއިޘަޤާފަތުގެ ބައިތައް ޅެން ކާމިޔާބު ލިބޭ ހިސާބު

ކާމިޔާބު ލިބޭ ހިސާބު

kaamiyaabu

މަގު އިޚްތިޔާރުކުރާ ހިސާބުން..
ފަހަތަށް ބަލަހައްޓައިގެންނުހުރެ ކުރިމަތީ ތަނަވަސްވެފައިވާ ރާސްތާއަށް ބަލާށެވެ.
ފަހަތަށް ކަރުއަނބުރައިގެން ހުރެ ހިނގަނިކޮށް ގަލެއްގައިއަޅައިގަނެދާނެއެވެ.
ނޫނީ ކުރިމަތީ އޮތް ރަންގަނޑަކަށް ފައިންއަރައިފައިވެސް ދެވިދާނެއެވެ.
އެހެނީ، ވަގުތުގެ މަގުގައި ފަހަތަށް އެންމެ ފިޔަވަޅެއްވެސް ނޭޅެއެވެ.
މާޒީގައި އެލިގަނެގެން ނޯންނާށެވެ. މުސްތަޤްބަލް ދިއްކޮށްލާ ފުރުސަތުގެ އަތުގައި ނުހިފިދާނެއެވެ.

މަގުދެކަފިވާ ހިސާބުން..
ނާކާމިޔާބީއެއްނެތެވެ. އެހެންޏާ ކާމިޔާބެކެވެ. އެހެންޏާ އިތުރު ތަޖުރިބާއެކެވެ.
އަލުން އެފިޔަވަޅުތައް އެހެންގޮތަކަށް އަޅަން ލިބޭނެކަމުގެ އުންމީދަށް ހިތުގައި ބޭކާރު ޖާގަ ހުސްނުކުރާށެވެ.
މިއަދުގެ ވަގުތުު، އެ ފުރުސަތުދިނަސް، އިއްޔެ އެފެންއާރުން ފެންހިފައިގެން އަންނާކަށް ނޭނގޭނެއެވެ. ދަތުރަށް ބަރުވެދާނެތޯއްޗެކެވެ!
އެހެނީ، އިއްޔެ ތިބާއަކަށް މިއަދު ތިހުރި ހަނަފަސް ސަހަރާއިންލައިފައި ހިނގަންޖެހޭނެކަމެއް ނޭނގޭނެއެވެ.
ތިބާއަބަދުވެސް ގޮތްނިންމަނީ އޭރަކު ވެވެންއޮތް، އެނގިހުރި އެންމެ މޮޅުގޮތަށެވެ.

މަގުގައި ކާމިޔާބުލިބޭ ހިސާބުން..
ތިބާހުންނާނީ ހިއްމަތްކޮށްކޮށެވެ. ކާމިޔާބީ ހާސިލްވެ ދަތުރުނިމުން އެއީ އަދި އެހެންކަމެކެވެ.
އެހެނީ، ހަގީގީ ނާކާމިޔާބަކީ، މި، މަގުހިނގުމުގައި ކުރަންޖެހޭ ހިއްމަތްކުރުމުގައި ތިބާ ނާކާމިޔާބުވުމެވެ.
ކަލާނގެ ބައްލަވާވޮޑިގެންވަނީ އަހަރެމެންގެ ނަތީޖާއަކަށް ނޫނެވެ. ތިބާ ކުރި ހިއްމަތަށެވެ.
އެކަލާނގެ ވަޙީކުރެއްވިއެވެ. "وَمَا تُقَدِّمُوا لأَنْفُسِكُمْ مِنْ خَيْرٍ تَجِدُوهُ عِنْدَ اللَّهِ إِنَّ اللَّهَ بِمَا تَعْمَلُونَ بَصِيرٌ "
މާނައީ: "ހެޔޮކަމުގެ ތެރެއިން ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތަކަށްޓަކައި ތިޔަބައިމީހުން އިސްކުޅަ ކޮންމެ
ކަމެއްގެ ޘަވާބު ﷲ ގެ ޙަޟްރަތުގައި ތިޔަބައިމީހުންނަށް ފެންނަހުށްޓެވެ. ހަމަކަށަވަރުން، ﷲ އީ، ތިޔަބައިމީހުން ކުރާކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.."
(އަލްބަޤަރާ : 110)

 

Comments