Back ކަވާސާ އަދަބާއިޘަޤާފަތް އަދަބާއިޘަޤާފަތުގެ ބައިތައް ޅެން ........ކީއްވެހޭ؟

........ކީއްވެހޭ؟

keeveheyއެއްމެ ކަތި ފުން ނަޒަރަކުން އަޅުދާސް މިހިތްވީ ކީއްވެހޭ؟
    ފެންނަފަށުގައި މުޅި ޢުމުރު ހުރުމަށް އެދެވެނީ ކީއްވެހޭ؟

ރޭގަނޑުގެ ރާނީ ހަނދާ ތަރިތައް ތިބާ ފެނި މަޑުމަޑުން
    ރޭގަނޑަށް ޒީނަތްވުމަށް ފަސްޖެހި ލަދުންވީ ކީއްވެހޭ؟

ރުހި ނުކިޔަމަން ރޯޅިވައި ކިޔަމަންވެ މަޑުމައިތިރިވެގެން
    ރުހި ވަކިން އިސްތަށިގަނޑާ އެކުގައި ނަށާނީ ކީއްވެހޭ؟

ޖައްވު އެއްވަސްކުރުވައޭ ލެވިގެން ހުވަނދު މިތުރާ ކިބައިން
    ޙައްޤުކަން އެނގި ބިން އުޑާ އާޝޯޚު ވާންވީ ކީއްވެހޭ؟

އިއްތިފާޤެއްހޭ މިއީ ގެނުވާ ޚިޔާލީ އޮއިވަރުން
    ޙިއްސުތައް ހަށިގަނޑުގެ ހުރިހާ ހޭލަނީ ފަހެ ކީއްވެހޭ؟

ޤުދުރަތުގެ މަތިވެރިކަމާ ﷲ ކުޅަދުންވަންތަކަން
    ހަނދުމަކުރުވާ ބާރަކަށް ތަސްވީރު ތިޔަވީ ކީއްވެހޭ؟

އިޙްތިރާމާއެކު އަބަދު ތަސްބީޙައެއް ފަދައިން ތިނަން
    އިޚްތިޔާރެއްނެތި ދުލުން ފާޅުވެދަނީ ފަހެ ކީއްވެހޭ؟
ހުވަފެނެއްގައި ހޭދަވާ ހިނދުކޮޅުތަކެއްބާއޭ މިއީ
    ސުވަރުގޭގައިވާކަމަށް އިޙްސާސްކުރެވެނީ ކީއްވެހޭ؟

ހައިވިޔަސް ކެއުމުގެ ބަދަލުގައި ފެނިލުމުން ފަތްމިނި ތިބާ
    ހައިކަމާ ލޮޑުކަން ފިލާދާ ސަބަބަކަށްވީ ކީއްވެހޭ؟

ނިދި ލިބޭތޯ ހާސްފަހަރު އެކިގޮތްގޮތަށް އުޅުނަސް ނިދަން
    ނިދި ލޮލާ ދުރުހެލިވަނީ ތިހިޚާލުގައި ދެން ކީއްވެހޭ؟

Comments