Back ކަވާސާ އަދަބާއިޘަޤާފަތް އަދަބާއިޘަޤާފަތުގެ ބައިތައް ޅެން މައުލިދުއްނަބަވީ އައުމުން ...!

މައުލިދުއްނަބަވީ އައުމުން ...!

maulid-nabawi
އައި ރަބީޢުގެ މޫސުމާއެކު އައި ނުހަނު މަތިވެރި ދުވަސް
    ވައިގެ ނަލަނަލަ ރޯޅިތަކުގައި ހުވަނދު ލެވެމުން އައި ދުވަސް

މާމެލާމެލި ފަރިވެ ފޮޅިފައި ވާ ރަބީޢުގެ ގުލްޝަނަށް
    ލޭކޮކާލާ ބަޅިނދުތައް ގޮސް ހާއުފާވެރި ވާ ދުވަސް

ހެއު ދުޢާ ޞަލަވާތް ސަލާމުގެ ހާރުތައް ގަތަމުން އަލުން
    މާތް އިތުރު ކީރިތިވި ކަނދުރާފުޅުގަ އަޅުވާ މީ ދުވަސް

ސާފު ޠާހިރު ސީރަތުން ލިބިގަންނަމުން ގިނަ ދަރުސުތައް
    އެއްވެގެން އެންމެން އެކީ ޛިކުރާކުރާން ވީ މީދުވަސް

ހާލުގައި ޖެހިފައިވި އަޚްނާ އުޚުތުނާ ހޯދާ ބަލާ
     ޙާލަތުން މިންޖެއް ވެވޭތޯ ގަދައަޅަންވީ މީ ދުވަސް

އިހުޒަމާނުގެ މުސްލިމުން ކުރިހޯދިގޮތްތައް ވިސްނަމުން
  ރަންޒަމާން އަނބުރާ އިޢާދަކުރާން އުޅޭންވީ މީދުވަސް

ހޭލަމުން ޣާފިލުކަމުގެ ތަންމަތި ނަގާ އެއްކައިރިކޮށް
     ހޭ އަރައި ތިބެގެން މަގުން ކުރިއަށް ހިނގާންވީ މީ ދުވަސް

އެކި ވަޔަށް ވިހުރޭ މި ދިދަތައް އެއް ވަޔަށް ވިހުރާލަމުން
     އެއް ބެރެއް ޖަހަމުން ނަށާ ލަވަވެސް ކިޔާންވީ މީދުވަސް

އުއްމަތުގެ ފަރުދެއްގެ ކުޑަނަމަވެސް ހުމޫމުގެ ކަންފުޅެއް
     އެންމެހައި ފަރުދުން އެކީ ޙިއްސާވެލާން އައި މީ ދުވަސް

ކެހިވެރީން ރާވާ ނުބައި ރޭވުންތަކަށް ވިސްނައި ތިބޭން
    ހިތްވަރާ ޢަޒުމާ އެކީގައި އަތުގުޅާލަން ވީ ދުވަސް

Comments