އާދީއްތަ20171217

އާކުރެވުނީ: 09:46:14

Back ކަވާސާ އަދަބާއިޘަޤާފަތް އަދަބާއިޘަޤާފަތުގެ ބައިތައް ޅެން މިނިވަންކަމުގެ މާނަ އޮޅުވާނުލައްވާ

މިނިވަންކަމުގެ މާނަ އޮޅުވާނުލައްވާ

minivankamuge-maana
މިނިވަންކަމުގެ ވީ މާނަފުން އޮޅުވާ ސަފުން ލެވިދާނެތޯ
     އުނިކަން ނެތަމަ ފިކުރީ ގޮތުން ލަފުޒުން އެމާނަ އޮޅޭނެތޯ

ރަނގަޅާ ނުބައި ވަކިވާވަރަށް ފިކުރާއި ޖިސްމުން ބޮޑުވުމުން
     އަގަލާއި ކުލުނާ ޚުލްޤު ފުރިހަމަ ދޫކުރުން ހެޔޮވާނެތޯ

އެނބުރޭ ހަވާނަފުސަށް ތަބާ ވެވިގެން ޙަޔާތް ކުރަމުން ފަނާ
     އަބުރާއި ޝަރަފާ ޢިއްޒަތާ ވެއްޔާ މޮޑެން ހެޔޮވާނެތޯ

 ޝައިޠާނުނާ އެއްބައިވަމުން ޤާނޫނު ހުރިހާ މުގުރުމުން
     ގައިކުލަ ކިތަންމެ ދޮނަސް އެއީ އޮތް ރަނގަޅު ގޮތްކަމުވާނެތޯ
 
އުޅުމާ ގުޅުން ހުޅަނގުގެ ގޮތަށް ކުރުމަށް ބަދަލު ބޭނުންވެގެން
     އުޅުމަށް ޙާރާމްހާ ގޮތްގޮތަށް އުޅެ ކާމިޔާބު ވެދާނެތޯ
 
ޖިންސުގެ ތަފާތެއް ވަކި ނެތަސް ޖިސްމުގެ ވަނާތައް ދެއްކުމަށް
     ޖިންސާއި ކުރު ޓޮޕުކޮޅު ލުމަށް އާބަސް ބުނުން ހެޔޮވާނެތޯ
 
އަނެކާގެ ޙައްޤުތަކަށްއަރައި ސިއްރުން އެމުދަލުން ކައިހަދައި
     މިނެކިރުމުގައި އޮޅުވާލުމަށް މިނިވަންކަމޭ ބުނެވޭނެތޯ
 
ބޭނުން އިރަކު ބޭނުންކަމެއް ކޮށްލާގޮތަށް އުޅެމުން ދިޔަސް
      ބޭނުންވި ބޭނުން ފުދި މިތާ އޭރުން ދެކޮޅުޖެހިދާނެތޯ
 
މިނިވަން ހިތުގެ ހެޔޮ ނިޔަތަކުން މިނިވަން ލޮލުގެ ތެދު ނަޒަރަކުން
     މިނިވަން މި ލަފްޒުގެ މާނަފުން ދެނެނުގަނެ ފަރުޖެހިދާނެތޯ
 


(ނިމުނީ)

ނޯޓް: މިއީ 2006 ވަނަ އަހަރުގެ ޤައުމީ ޅެންހެދުމުގެ މުބާރާތުން 1ވަނަ އަށް ހޮވުނު ޅެމެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.