ތިޔަ ލޯބިވާގެ ލޯތްބަށް އެދިގެންމިހިތް ރޮނީއޭ...
- އަޙްމަދު އަމީން
- 07 ޖޫން 2003
ލޯބިވާއެވެ! އަހަރެންގެ ހިތްއެދި ގޮވަނީ ކަލާއަށެވެ.
ކަލާނޫން އެހެންމީހަކު މިހިތް ޤަބޫލެއްނުކުރިއެވެ.
މީގެ އެތައް އަހަރެއްކުރިން ތިޔަރީތި ސޫރަވަނީ މިހިތުގައި ބިންވަޅުނެގިފައެވެ.
މިހިތްއަބަދުވެސް އެދެނީ ކަލާގެ ޚިޔާލުކުރުމެވެ.
އެކަނިވާ ކޮންމެ ވަގުތަކު ކަލާއަށް ތަޢުރީފުގެ ބަސްތައް ރައްދުކުރުމެވެ.
ކަލާއަށް އުފާވެރިކަމެއް ދިމާވާ ކޮންމެ ފަހަރަކު މަރުހަބާކިޔާ ފުރަތަމަމީހާއަށް ވުމެވެ.
ދެރަކަމެއް ދިމާވާ ކޮންމެ ހިނދަކު ކަލާގެ ހިތާމައިގައި ބައިވެރިވުމެވެ.
ލޯބިވާއެވެ! އަހަރެންގެ މި ނިކަމެތި ހިތަށް އަނިޔާކުރާއިރު މިހިތުގެ ކުށަކީކޮބާހެއްޔެވެ؟
މިހިތުގެ ކުށަކީ ކަލާދެކެ ލޯބިވުންހެއްޔެވެ؟
އެހެންކަމަށް ވާނަމަ އެކުށް ކުރެވިއްޖެއެވެ.
އެކުށުގެ ކައްފާރާއަކީ އަބަދު ހިތާމަކޮށް ރުއިންހެއްޔެވެ؟
އެކައްފާރާ އަދާކުރާހާ ހިއްވަރެއް މިބަލިކަށި ހިތަކުނެތެވެ.
ލޯބިވާއެވެ! ކަލާގެ ރީތިކަމުގެ އުފާ އެހެންމީހަކު ޙާޞިލްކުރަމުންދާކަންއެނގެއެވެ.
އެކަމަކު ކަލާގެ ހަނދާން ނައްތާލާކަށް މި މޮޔަހިތް އެއްބަހެއް ނުވިއެވެ.
އަދިވެސް މިހިތްއެދެނީ ތިޔަ ރީތިނަން ކިއުމެވެ.
އަހަރެންގެ ހުރިހާ ވަގުތެއް ތިޚިޔާލުގައި ދުއްވާލުމެވެ.
ލޯބިވާއެވެ! ކަލާ އަހަރެންދެކެ ނަފްރަތު ކުރާކަންވެސް އެނގެއެވެ.
އެކަމަކު ބުނަންހެއްޔެވެ؟
މިހިތްއެދެނީ ކަލާ ޙާޞިލްކުރުމެވެ.
މިހިތުގެ ހަމަޖެހުމަކީ ކަލާގެ ލޯތްބެވެ.
މިހިތުގައިޖަހާ ކޮންމެވިންދެއް ޖަހަނީ ކަލާގެ ލޯބީގެ ޙައްޤުގައެވެ.
މިހިތް އިންތިޒާރު ކުރަނީ ކަލާގެ އޯގާތެރި ފިރުމުންތަކަށެވެ.
ކަލާއަށް '' ވަފާތެރި ލޯބި '' ވަނީ މިހިތުގެ ތެރޭ ރައްކާކުރެވިފައެވެ.
ކަލާ ނުލިބިއްޖެނަމަ މި މަޢުޞޫމް ހިތް ދީވާނާ ވެދާނެއެވެ.