ބުރާސްފަތި20200702

އާކުރެވުނީ: 08:43:52

ބޮޑުރާޅު ސުނާމީ

tsunamiޙާލުގައިޖެހި ޤައުމުގައި ނިކަމެތިކަމާ ކުރިމަތިވުމަށް
މާލުމުދަލާ ޢާއިލާނެތިގޮސް ކަތުން ބާކީވުމަށް
ފާލަމުން ކަސިޔާރުވެވި ރާސްތާ މިތާ އޮޅިގެއްލުމަށް
ރާޅުބޮޑު އެސުނާމިއޭ ސަބަބެއްކަމަށް މެދުވެރިމިވީ

އިންޑިއާ ކަނޑުގައިމިވާ ކުދިރަށްތަކަށް ގެއްލުންވުމަށް
މިންނަތުން އާރާސްތުކުރި މުޅިދިރިއުޅުން ބިންމަތިވުމަށް
 ހިންދަމާ ނުލެވޭވަރުގެ ބުރަކަން މިތާ ކުރިމަތިވުމަށް
ރާޅުބޮޑު އެސުނާމިއޭ ސަބަބެއްކަމަށް މެދުވެރިމިވީ

ކުޑަވަގުތުކޮޅަކަށް މިބިން ލޮނުގަނޑުތެރޭގައި ކަނޑުވުމަށް
ކުޑަކުދިންނާ، މުސްކުޅިން، ޅަފުރާޒުވާނުން މަރުވުމަށް
ކުޑަކަމެއް ކަމުގައިނުވާ ބޮޑުކާރިޘާ ކުރިމަތިވުމަށް
ރާޅުބޮޑު އެސުނާމިއޭ ސަބަބެއްކަމަށް މެދުވެރިމިވީ

ލޯބިކޮށްއުޅެމުން އެއައި ރަށް ދޫކުރަން މަޖުބޫރުކޮށް
ލޯބިވެތި ފަސްގަނޑު ތިމާ އުޅެބޮޑުވި ނެތި އަދު ގެއްލުމަށް
ލޯބިވާ ރަޙުމަތްތެރިންނާ، ރައްޓެހިންނާ ވަކިވުމަށް
 ރާޅުބޮޑު އެސުނާމިއޭ ސަބަބެއްކަމަށް މެދުވެރިމިވީ

ކާނެފަދައެއްނެތި މިތާ އެތަކެއް އަޚުންނެއް ބިކަވުމަށް
ލާނެއަންނައުނާ، މުދާކޮޅުގެއްލި އަދު ބަރުބާދުކޮށް
 ދާނެ މިސްރާބެއްމިތާ ނެތިގެން އަޚުންތައް ގަބުވުމަށް
 ރާޅުބޮޑު އެސުނާމިއޭ ސަބަބެއްކަމަށް މެދުވެރިމިވީ

 އޭރުއުޅެމުންއައި ފުދުންތެރިކަން ހަނދާންނައްތާލުމަށް
ބޭރުދައުލަތްތައް އެހީ ދީލަތިކަމުން ދިއްކޮށްލުމަށް
މޭރުމުން މިންނެތް މަސައްކަތްކޮށް މިތާ އަޑުއުފުލުމަށް
ރާޅުބޮޑު އެސުނާމިއޭ ސަބަބެއްކަމަށް މެދުވެރިމިވީ 

ދިރިއުޅުން އާބާދުކޮށް ކުރިއަށް އަލުން ނެގެހެއްޓުމަށް
ދިރި ދިވެހިފަސްގަނޑު މިތާ ބާއްވަން އެކީ ހިތްވަރުލުމަށް
 ފަރި ރަބީޢީ ދައުރު އަދު ހޯދަން މިތާ އެއްބައިވުމަށް
ދަރިއެކޭމީ އަދުގޮވާލާ ދިވެހި އަޚުނަށް އެކުވުމަށް

ސުވަރުގޭން ނިޢުމަތް ލިބުން އެދިގެން މިތާ އަތްއުފުލުމަށް
ދުވަހު ފަސްއިރު ކޮށްދުޢާ ވަކިވީ އަޚުންނާ އުޚުތުނަށް
ދިވެހިލޭހުރި ކޮންމެދަރިއެއް ހެޔޮހިތުން ޝާމިލްވުމަށް
 ދިވެހި އަޚުނަށް އަދު ގޮވާލަން މިކަމުގައި ސާބިތުވުމަށް

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.