ބުރާސްފަތި20201119

އާކުރެވުނީ: 08:43:52

Back ކަވާސާ އަދަބާއިޘަޤާފަތް އަދަބާއިޘަޤާފަތުގެ ބައިތައް މަޒްމޫނު ބަސް އިސްތިޢުމާރު ކުރުމަކީ އެބައެއްގެ ދީނާއި ޘަޤާފަތު އިސްތިޢުމާރު ކުރުން.

ބަސް އިސްތިޢުމާރު ކުރުމަކީ އެބައެއްގެ ދީނާއި ޘަޤާފަތު އިސްތިޢުމާރު ކުރުން.

bas-isthumaar-kurunޔުނިވަރސިޓީގެ ލެކްޗަރާއެއް ކަމުގައިވާ އަލްއުސްތާޛުއްދަކްތޫރު ޢަބްދުލްމުންޢިމު އަޙްމަދު ޔޫނުސް، 01 މާރޗް 2007 ގައި ދެއްވާފައިވާ ލެކްޗަރެއްގެ ޚުލާޞާ އެކެވެ. މިލެކްޗަރ އޭނާ ދެއްވާފައިވަނީ އަޒްހަރުގައި ކުރިޔަށްގެންދާ އިސްލާމީ ޤައުމުތަކުގެ އިމާމުންނާއި، ވާޢިޡުންނާއި، ޚަޠީބުން ތާޒާކުރުމުގެ ގޮތުން ބާއްވަމުން ގެންދާ ކޯހުގެ 76 ވަނަ ބުރުގެ ބައިވެރިންނަށް ދެއްވެވި ލެކްޗަރެކެވެ. އޭނާއަކީ ޢަރަބިބަހުގެ ޢިލްމުވެރިއެކެވެ.

އަދި އޭނާއަކީ އަޒްހަރުގެ އުސްތާޛެއްގެ އިތުރުން، މިޞްރުގެ ދީނީ ޢިލްމުވެރިންގެ ތެރޭގައި މަޝްހޫރު ބޭފުޅެކެވެ. މިލިޔުމުގައި ބްރެކެޓް ކުރެވިފައި ވަނީ ލިޔުންތެރިޔާގެ ލިޔުންތަކެވެ.

އިސްތިޢުމާރު ކުރުމަކީ މީގެ އެތައް އަހަރުތަކެއްގެ ކުރިން ހިނގާފައިވާ، އަދި މިހާރުވެސް ހިނގަމުން އަންނަކަމެކެވެ. އިސްތިޢުމާރީން އެތަނެއް އިސްތިޢުމާރު (އަޅުވެތި) ކުރުމަށްފަހު އެތަނެއްގެ މީހުންގެ ޘަޤާފަތާއި، ދީނާއި، އެހެނިހެން ކަންތައް ބަދަލުކުރުމަށް ވަރަށްގިނަ މަސައްކަތްތަކެއް ކުރެއެވެ. މީގެތެރޭގައި އެމީހުން ވާހަކަދައްކާ ބަސް ބަދަލުކުރުމާއި، ތަޢްލީމީ ނިޡާމު ބަދަލުކުރުން އެއީ ވަރަށް އަހައްމިއްޔަތުކަން ދޭކަމަކަވެ. ކިޔަވައިދޭ މުޤައްރަރު ބަދަލުކުރުމަކީ އެބައެއްގެ ޘަޤާފަތާއި، ދީން ބަދަލުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.

މިފިޔަވަޅު އެޅުމުން އެތަނެއްގެ ބަޔަކު ވިސްނަމުން ގެންދާނީ އިސްތިޢުމާރު (އަޅުވެތި) ކޮށްގެން އުޅޭބައެއްގެ ވިސްނުމުން އަދި ބަހަކުންނެވެ. ވިސްނުން މިގޮތަށް ބަދަލުވުމުން އެމީހެއްގެ ހުރިހާކަމެއް މަޑުމަޑުން ނުވަތަ ލަސްލަހުން ނަމަވެސް ބަދަލުވަމުން ދާނީ އިސްތިޢުމާރު (އަޅުވެތި) ކޮށްގެން އުޅޭބަޔެއްގެ ވިސްނުމާއި، ދީނާއި، ޘަޤާފަތާ އެއްގޮތަށެވެ. މިސާލަކަށް އިނގިރޭސި ވިލާތުން އިސްތިޢުމާރު (އަޅުވެތި) ކޮށްގެންތިބި ޤައުމުތަކުގައި ފެތުރިފައި ވަނީ އިނގިރޭސިބަހާއި، އިނގިރޭސީންގެ އާދަކާދައެވެ. ފަރަންސޭސިވިލާތުން އަޅުވެތިކޮށްގެންތިބި ޤައުމުތަކުގައި އޮތީ، ފަރަންސޭސީންގެ ޘަޤާފަތާއި، ގޮތްތަކެވެ. މިކަންތައް ޚާއްޞަކޮށް އެފްރިކާގެ ޤައުމުތަކުން ފެންނަން އެބަހުއްޓެވެ.

މިހެންވުމުން އެބައިމީހުންގެ ދީނާއި ޘަޤާފަތާއި، ބަސްވަނީ ނެތިގޮސްފައެވެ. ނުވަތަ ނެތި ދިޔުމުގެ މަގުމަތީގައެވެ. މިހެން ދެންނެވި ކަމުގައިވި ނަމަވެސް މަދު ޤައުމަކުން އެބައިމީހުންގެ ކަންތައްތައް ދިރުވާ އާލާކޮށްފައި ވެއެވެ. މިފުރުޞަތުގައި އަލްޖަޒާއިރު ފާހަގަ ކޮށްލަމެވެ. އެއީ 130 އަހަރުވަންދެން އެޤައުމު އަޅުވެތިކޮށްގެން ފަރަންސޭސީން ތިބުމަށްފަހު ދިޔައިރު އެބައިމީހުންގެ ގޮތްގަނޑާއި، ބަހާއި، ދީން ފެތުރުމުގައި ކާމިޔާބުތަކެއް ހޯދިއެވެ. އެހެންނަމަވެސް "ﷲ އަށް ޙަމްދު ހުއްޓެވެ." ޢަބްދުލް ޙަމީދް ބްނު ބަާދީސް ފަދަ ޖަޒާއިރުގެ ދީނީ ޢިލްމުވެރިންނާއި، އަދިވެސް އިތުރުބަޔަކު ދީނާއި، ޢަރަބިބަސް ޙިމާޔަތް ކުރެއްވިއެވެ. ޚާއްޞަކޮށް ޢަރަބިބަސް ދިފާކުރެއްވިއެވެ. އެބަހަކީ އިސްލާމް ދީން ބާވައިލައްވާފައިވާ ބަސްކަމަށް ވެފައި ޖަޒާއިރުގެ މީހުން ކުރިން ވާހަކަ ދައްކަމުން ގެންދިޔައީ ޢަރަބި ބަހުން ކަމުގައި ވާތީއެވެ. މިއާ އިދިކޮޅަށް ތުރުކީވިލާތުގައި ކަންތައްވަނީ ހިނގާފައެވެ. މުޞްޠަފާ އަތާތުރުކް ވަނީ އެޤައުމުގެ ބަސް ލެޓިން އަކުރުން ލިޔުމަށް ބަދަލުކޮށްފައެވެ. މިއަދު އެބައިމީހުންގެ ޙާލަތުވަނީ އެފުށް މިފުށަށް ޖެހިފައެވެ. މިކަމުގައި ޢަރަބިންގެވެސް އިހުމާލާއި ޒިއްމާ ވާކަމުގައި އަޅުގަނޑުވެސް ޤަބޫލުކުރަމެވެ.

ޢަރަބިބަހަކީ އިސްލާމްދީނުގެ އަޞްލުތައް އައިސްފައިވާ ބަސްކަމުގައިވާތީ އެބަސް ނައްތާލުމަށް ނުވަތަ އެބަހުން ވާހަކަ ދައްކާމީހުން ނުވަތަ އެބަސް ބޭނުންކުރާ މީހުން މަދުކުރުމުގެ ޕްރޮގްރާމެއް ސިއްރާއި ފާޅުގައިވެސް އިސްތިޢްމާރުން ކުރިއަށް ގެންދެއެވެ. ދައުލަތްތައް އިސްތިޢުމާރު ކުރުން ޢަމަލީގޮތުން ކޮންމެވެސް ވަރަކަށް މަދުވެފައިވީނަމަވެސް މިކަމަކީ މިހާރުވެސް ހިނގަމުންދާ ކަމެކެވެ. ތަފާތުގޮތްގޮތަށެވެ. ހިލޭ އެހީ ދިނުމުގެ ނަމުގައެވެ. ދަރަނި ދިނުމުގެ ނަމުގައެވެ. ކިޔަވައި ދިނުމުގެ ނަމުގައެވެ. މިހާރު ޢިރާޤުގައިވެސް ހިނގަމުން އެދަނީ މިފަދަ ކަންކަމެވަ.

ކޮންމެއަކަސް ދުނިޔޭގައި ބަސް އިސްތިޢުމާރުކުރުން ކުރިއަށްދާކަމުގެ ސާބިތު ހެކިތައް ދުވާލުގެ އަލިކަން ފަދައިން ފެންނަން އެބަހުއްޓެވެ. ޚާއްޞަކޮށް އިސްލާމުން އެބައިމީހުންގެ ދީން ބާވައިލައްވާފައިވާ ބަހާ ދުރުހެލިކުރުމަށް ކުރަމުންގެންދާ މަސައްކަތުގައި ޢަރަބި ނޫން ޤައުމުތަކުގައި ޢަރަބި ބަހާދުރުކުރުވުމަށް ބޮޑެތި ޚަރަދުތަކާއި، މަސައްކަތްތައް ކުރަމުންގެންދެއެވެ. މިކަމުގައި ޣައިރު މުސްލިމުންނާއި، މުސިލިމުންގެ ގޮތުގައި ތިބޭ މީހުން ހިމެނެއެވެ.

(ދިވެހިބަހުގެ އަހުލުވެރިންނަށްވެސް މިފަދަ އިންޤިލާބަކާ ނުވަތަ އިސްތިޢުމާރަކާ މިހާރުވަނީ ކުރިމަތިވެފައެވެ. ދިވެހި އަކުރުތަކުގެ ތެރޭގައިވާ ތިކިޖެހިތާނަ ބޭނުންކުރުމަކީ ބައެއް މީހުންނަށް އުނދަގޫކަމަކަށް ވުމުން އެ އަކުރުތައް ބޭނުންކުރުމަކީ ކުރަން ނުޖެހޭކަމަކަށްވަނީ ވެފައެވެ. އެއީ ޢަރަބި އަކުރުތައް ލިޔުމަށްބޭނުންކުރެވޭ އަކުރުތައް ކަމުގައި ވުން އެކަށިގެން ވެއެވެ. މިހެން މިދެންނެވީ އިނގިރޭސި ލަފްޒެއް ލިޔާނަމަ އޭގައި ތިކިޖެހި ތާނަ އަކުރު ބޭނުން ކުރެވެއެވެ. މިހެން ވުމުން މިއީ ދިވެހިބަސް ފުހެލުމަށް ކުރާމަސައްކަތަކަށް ވާފަދައިން މުސްލިމުންގެ މުސްލިމް ވަންތަކަން ނިގުޅައިގަތުމުގެ އަޅުވެތިކަމައް ނޫންބާވައެވެ.؟)

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.