އާދީއްތަ20201122

އާކުރެވުނީ: 08:43:52

Back ކަވާސާ އަދަބާއިޘަޤާފަތް އަދަބާއިޘަޤާފަތުގެ ބައިތައް މަޒްމޫނު ދުނިޔޭގައި މޮށެއުޅޭ ބަސްބަހުން، ދެބައިކުޅަ އެއްބައި، އުވިދާނެކަމުގެ އިންޒާރު ޔުނެސްކޯއިން ދީފި

ދުނިޔޭގައި މޮށެއުޅޭ ބަސްބަހުން، ދެބައިކުޅަ އެއްބައި، އުވިދާނެކަމުގެ އިންޒާރު ޔުނެސްކޯއިން ދީފި

bas_nethi_dhiunދުނިޔޭގައި އިންސާނުން މޮށެއުޅޭ ހަހާސް ބަހުގެ ތެރެއިން ދެބައިކުޅަ އެއްބައި އުވިދާނެކަމުގެ ޑަރު ހީވާކަމުގައި، އދ ގެ ސައިންސާއި ތަރުބިއްޔަތާއި ޘަޤާފަތާ ބެހޭ ގޮފި، ޔުނެސްކޯ އިން ބުނެފިއެވެ.

އަހަރަކު އެއްފަހަރު ފާހަގަކުރެވެމުން އަންނަ، ބައިނަލްއަޤްވާމީ ބަހުގެ ދުވަހުގެ މުނާސަބަތުގައި ވާހަކަދައްކަވަމުން، މިދިޔަ ބުދަ ދުވަހު ޔުނެސްކޯގެ ޢާއްމު ޑިރެކްޓަރު، ކުއިޝީރޯ މަތުސޫރާ ވިދާޅުވިގޮތުގައި، ބަހަކީ ފަރުދެއްގެ ވަންތަކަމާ ހަރުދަނާގޮތެއްގައި ގުޅި ލާމެހިފައިވާ އެއްޗެކެވެ.

އަދި ކޮންމެ ދެހަފްތާއަކުން، ބަހެއް ދުނިޔޭގެ ވުޖޫދުން ދަނީ ފުހެވެމުންނެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުން، އުވިގެންދާ ކޮންމެ ބަހަކާއެކު، ދުނިޔެއާ މެދު ބެލެވޭ ޚާއްޞަ ނަޒަރެއް އުވިގެންދެއެވެ. މިއީ ބައިނަލްއަޤްވާމީ ބަހުގެދުވަސް ފާހަގަކުރެވޭ ހަވަނަ ފަހަރެވެ.

އަނެއްކޮޅުން، އެ މުނައްޡަމާގެ ޢާއްމު އެއްވުންތަކާ ބެހޭ ރައީސް، މޫސާ ބިން ޖަޢްފަރު ބިން ޙަސަން ވިދާޅުވާގޮތުގައި، އެހެން ބަސްބަހުގެ ނުފޫޒުން، މި ބަސްބަސް އުވިގެން ނުވާނެއެވެ. އަދި އެބަސްބަސް ވާންޖެހޭނީ، ބިމުގައި ނުފޫޒުހިންގާ އެހެން ބަސްބަހާ އެކު މުޢާމަލާތުވެވޭ، އެކުގައި އުޅެވޭ ބަސްބަސްކަމުގައެވެ.

ބިން ޙަސަން އެއްބަސްވެވަޑައިގަންނަވާ ގޮތުގައި، ސަފުގެ ކުރިއަށް އިނގިރޭސި ބަސް ލަމުންގެންދާ ބަވަނަކަމުގެ އޮއިވަރާ މުޤާބަލާކުރުމަކީ އުނދަގޫކަމެކެވެ. ޚާއްޞަކޮށް، ފިލްމާއި މިޔުޒިކާ އެކު އިންގްލޮސެކްސޯނިއްޔަ ޘަޤާފަތް ފެތުރޭތީއެވެ.

އޭނާ ވިދާޅުވިގޮތުގައި، ޔުނެސްކޯއިން އެހީ ދީގެން، ހިންގޭ އާޘާރީގެއެއްގެ މަޝްރޫޢު އިޓަލީގައި މިހާރު އެބަ ކުރިއަށްދެއެވެ. ދޮޅުއަހަރު ފަހުން ދުނިޔޭގެ އަލިކަމަށް ފާޅުވާނެކަމުގައި ބެލެވޭ މި ގެއަށް ދެވިފައިވާ ނަމަކީ ''ކަލާމުގެ ސަހަރު'' އެވެ. ބޭނުމަކީ ނުލިޔާ ބަސްބަހުން މޮށެއުޅޭ ދަރިދަރިކޮޅުގެ ހަނދާންތައް ރައްކާތެރިކޮށް. އެބަސްބަސް އުވިދިޔަނުދިމެވެ.

މައްސަލައާ މެދު އެއްޗެއް ވިދާޅުވުމުގެ ގޮތުން، ހެޔޮނިޔަތުގެ ސަފީރާއެއްގެ ގޮތުން މަސައްކަތްކުރައްވާ އައިސްލޭންޑުގެ ކުރީގެ ރައީސާ ފިންބޮގަދޮތީރު ވިދާޅުވިގޮތުގައި، އައިސްލޭންޑުގެ ޓީވީ ޗެނަލްތަކުން ފުޅާދާއިރާއެއްގައި ދައްކާ އިނގިރޭސި ފިލްމުތަކުގެ ސަބަބުން، އައިސްލޭންޑުބަހުގެ ލަފްޒުތަކަށާއި، ގަވައިދަށް ވަނީ އަސަރުކޮށްފައެވެ.

ޔުނެސްކޯއިން ބުނާގޮތުން، އިންޓަރުނެޓުގައި ޝާއިޢުކުރެވޭ ވެބްސައިޓުތަކުގައި ހިމެނޭ ބައިތަކުގެ 72% ހިއްސާކުރަނީ އިނގޭސިބަހެވެ. 7% ހިއްސާކުރާ ޖަރުމަނުބަސް އަންނަނީ ދެވަނައަށެވެ. ދެން ފަރަންސޭސި ބަހާއި، ޖަޕާނު ބަހާއި، އިސްޕޭނު ބަސް ހިމެނެނީ ހަމައެކަނި 3% އެވެ.

އަދި ދުނިޔޭގެ ބަސްބަހުގެ 90% އިންޓަރުނެޓަކު އެއްވެސް ވަރަކަށް ހިއްސާއެއްނުކުރެއެވެ. 20% އަކީ ނުލިޔާ ބަސްބަހެވެ. ބަސްބަހާ ބެހޭ އެފްރިކާ އެކަޑަމީ ގެ ރައީސް ވިދާޅުވާގޮތުގައި، ދުނިޔޭގެ ބަސްބަހުގެ ހަތަރުބައިކުޅަ އެއްބައި އޮތީ އެފްރިކާ ބައްރުގައެވެ. އަދި އޭގެ 80% އަކީ ހަމައެކަނި އަނގަ ބަސްބަހެވެ. މާނައަކީ ނުލިޔާ ބަސްބަހެވެ.

މަޢްލޫމާތު : އަލްޖަޒީރާ . ނެޓް

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.