ހޮނިހިރު20171014

އާކުރެވުނީ: 09:46:14

ވާހަކަ

އުފަލާއި ހިތާމައިން މަރު!

Ufalaai hithaamain maru

ޢައިޝާއަކީ ހިތުގެ ބަލިހުރި މީހެއްކަން  ވިސްނުމުގައި ބަހައްޓައިގެން، އޭނާގެ ފިރިމީހާ މަރުވިކަމުގެ ޚަބަރު ވީހާވެސް އޯގާތެރިގޮތެއްގައި ފޯރުކޮށްދިނުމަކީ، ޢައިޝާގެ ކޮއްކޮގެ މިއަދުގެ ޒިންމާއެވެ. ކޮށަކޮށައިގެން އާގަންނަމުން، މުޅިން ފުރިހަމަނުވާ ޖުމްލަތަކެއްގެ އެހީގައި، އެހިތާމަވެރި ޚަބަރު ޢައިޝާއަށް ފޯރުކޮށްދިނުމަށް އޭނާ މަސައްކަތްކުރިއެވެ.

ތަފްޞީލު...



މޮޔަފެނުގެ ކޯރު

moyafenugekoaruބުއްދި ސަހަރުގެ މައި ފެންކޯރުގައި މޮޔަވައިރަސް އަށަގަތެވެ. ނަތީޖާއަކަށްވީ އެކޯރުން ފެންބޯ ހަމަ ކޮންމެ މީހަކުވެސް މޮޔަވުމެވެ. އެކޯރުން ފެންބޮއިގެން މޮޔަވާ އެންމެންވެސް ވާހަކަ ދައްކައި ހަދަނީ ހޭޖެހޭމީހުންގެ ބަހުރުވަޔާއި ތަފާތު ބަހުރުވަޔަކުންނެވެ. ކިޔާނުކިޔާ އެއްޗެއްގެ ލަފްޒީ މާނަތަކެއް ދޭހަވިއަސް ދައްކަނީ އެއްވެސް އޮއްޓަރެއް ނެތް ވާހަކަތަކެވެ.

ވާނީވެސް އެހެންތާއެވެ. މޮޔަވަނީއެވެ. މިބަލި ދުވަހެއް ދުވަހަކަށް ބޮޑުވެ ރޯގާއެއްގެ ސިފަޖެހި މުޅި ސަހަރުގައި ވަރަށް ބާރަށް ފެތުރެމުން ދާންފަށައިފިއެވެ.

ތަފްޞީލު...



މުޖުރިމުކަލޭގެއާއި ފުލުހުންގެ ވެރިޔާ

sifiange_veryiyaއަދި ދެންނެވީމެވެ. މަނިކުފާނު ބޭނުން ގޮތެއް ހައްދަވާށެވެ. އޭނާއަކީ އަނިޔާލިބިފައިވާ މީހަކުކަމުގައި ދެކެވަޑައިގަންނަވާ ނަމަ އޭނާއަކީ އެމީހެއްގެ ކިބައިން އަނިޔާ ދުރުކޮށްދިނުން އެންމެ އައުލާވެގެންވާ މީހާއެވެ. އޭނާއީ މުޖުރިމެއް ކަމުގައި ދެކެވަޑައިގަންނަވާނަމަ އޭނާގެ ކަނދުރާގެ ބަދަލަށް އަހަރެން     ގެ ކަނދުރާ މި އޮތީއެވެ. އަހަރެން ދިރިއުޅެ، އަމީރުލްމުއުމިނީންގެ ރުހުން ލިބި، މަނިކުފާނުގެ ފުލުހުންގެ ވެރިޔާކަމަށް ވުމަށް އަހަރެން ޤަތުލުވިޔަ ނުދީ ސަލާމަތްކޮށްދިނީ އޭނާއެވެ. އަހަރެން އަހަރެންގެ ދަރަނި އަދާކުރަނީއެވެ. އަހަރެން ސަލާމަތްކޮށްދިން ފަދައިން އަހަރެން އޭނާ ސަލާމަތްކޮށްދެނީއެވެ. އަހަރެން މިހުރީ ހުވަނދުލައި ތައްޔާރުވެގެން، ކަފުންވެސް ހިފައިގެން އައިހެވެ. ދަރީންނާއި އަހުލުވެރީންނަށް ވަދާޢުކިޔާފައި މަރާއި ކުރިމަތިލާން އައިހެވެ.

ތަފްޞީލު...



ދަންތުރަ

dhanthuraތަނަކީ މާލޭގެ ލޯކަލް މާރުކޭޓު ސަރަހައްދެވެ. ބަނޑުހައި ހޫނުކަމުގެ ހާންތީގައި ދުވާރުމަތީގައި އޮށޯވެލައިގެން އޮތީ ހިރިލާނެވަރުވެސް ނެތީމައެވެ. ކައިރީގައި ތިބި ކުޑަކުޑަ ތިން ކުދިން ރޮއި ހޭރެނީއެވެ. އެކަމަކު އެއިން ކުއްޖަކާ އަޅާލާނެހާ ހިތްވަރެއްވެސް ނެތެވެ. ވަށައިގެން ކޮޅުކޮޅަށް މީހުން ހިނގައި ބިނގައި ހަރަކާތްތެރި ވަމުން ދެއެވެ. ބައެއްފަހަރާ ގައިގައި އަޅައިގެންފައިވެސް ދެއެވެ. އެކަމަކު ބަލައިވެސް ނުލައެވެ. ކުދިންކޮޅު މަސަލަސް ކުރެވޭތޯ ކާ އެއްޗަކަށް އެދި އަތް ދިއްކޮށްލުމުން ފެންނަކަމަށް ހަދާ މީހަކުވެސްނެތެވެ.

ތަފްޞީލު...



ޑިމީ.. އަލަތު ލޯބި...

demiމަސައްކަތު ބައްދަލުވުމުގެ ދައުރުތަކުގެ ތެރެއިން ދައުރެއް ދެންމެ ހަމަ ނިމުނީއެވެ. މެންދުރު ނަމާދު ވަގުތު ޖެހެން ބާކީ އޮތީ ފަނަރަވަރަކަށް މިނިޓެވެ. ކޮފީއެއް ބޯލަން ދާން، އަހަރެން އޭނާއަށް ޚިޔާލު ހުށައެޅީމެވެ. ލިބިފައިވާ ވަރުބަލިކަމަށް ކުޑަ ލުޔެއް ހޯދާލުމުގެ ގޮތުންނެވެ. އެ ޚިޔާލު އޭނާއަށް ވެސް ކަމުދިޔައެވެ. ހޮޓަލުގައި ހުންނަ ކޮފީޝޮޕާ ދިމާއަށް އަހަރެމެން ހިނގައިގަތީމެވެ.

ކޮފީޝޮޕްގެ ކަނެއްގައި ހުރި މޭޒެއް ކައިރީ އަހަރެމެން އިށީނީމެވެ. މޭޒު ހުރީ ހިމޭން އެކަހެރި ހިސާބެއްގައެވެ.

ތަފްޞީލު...



ޔަތީމު ދެ ބެއިން

yatheemކިޔޭ އެއްޗެއް އަދި ކިޔެނީ ކޯޗެއް ކަމެއް ވެސް މާޖިދަކަށް ނޭނގެއެވެ. ފޮތުގައިވާ އަކުރުތައް ފެނެއެވެ. ނަމަވެސް އެ އަކުރުތަކުގެ މާނަ އޭނާއަކަށް ނުވިސްނެއެވެ. މާޖިދު ވިސްނަމުން ދިޔައީ ފިލާވަޅާ މެދަކު ނޫނެވެ. ވިސްނަމުން ދިޔައީ އެ ނުބައި އަންހެނާ އާ މެދުގައެވެ. އޭނާގެ ޙަޔާތަށް ޒަލްޒަލާއެއް ގެނެސް، އެ ޙަޔާތުން ހުރިހާ ރީތި ކުލައެއް ފޮހެލި އަންހެނާ އާ މެދުގައެވެ. އޭނާއާއި އޭނާގެ އަންހެން ކޮއްކޮގެ ދިރިއުޅުން ނަރަކައަކަށް ބަދަލު ކޮއްލި އަންހެނާއާ މެދުގައެވެ.

ތަފްޞީލު...



ގިޓާކުޅޭ ޒުވާނާ

 guitaristގިޓާކުޅޭ ޒުވާނާއަށް އަދި ކިރިޔާ ހަމަ، ނަވާރަ އަހަރު ފުރުނީއެވެ. އޭނާގެ ވަޒީފާއެއް ނެތެވެ. ވަޒީފާއެއް ނެތީ އޭނާ ވަޒީފާ އަދާކުރަން ބޭނުން ނުވާތީއެވެ. ނިތްކުރިން ދާ އޮހޮރުވަންވީ ކީއްކުރަންހެއްޔެވެ؟ އޭނާގެ ދޮށްޓަކަށްވެސް ހަގަކަށްވެސް ޢާއިލާގައި ކުއްޖަކު ނެތެވެ. އެދޭ ކޮންމެ އެއްޗެއް ލިބުމުގައި ދަތިކަމެއް ނެތެވެ. ބޭނުން ކޮންމެ ކަމެއް ކުރެވެއެވެ.އެކަކުވެސް ހަމަ ހިލާ އޭނާޔާއި، ސުވާލެއް ނުކުރާނެއެވެ. ތެދަށް ބުނާނަމަ، އޭނާޔާއި ސުވާލު ކުރާނޭ މީހަކުނެތެވެ. އޭނާ ވަނީ އެކަންޏެވެ. އޭނާ ހައްދެއްނެތް މިންވަރަށް މިނިވަނެވެ.

ތަފްޞީލު...



މުސްތޮގެ ރިވާޔަތްތައް 4:އަނބުގަސްދޮށު ހިޔާ

abugasދިވެހިރާއްޖޭގެ ވެރިރަށް، މާލޭގައި ޒުވާނުން މުންޑު އަނދެގެން އުޅެދާނެ ހެއްޔެވެ؟ ފަންފުޅައްޔާއި ބޮޑެތި މެދުގޯތިތައް ލާފައި ހުންނަ ގޭގެ ހުރެދާނެ ހެއްޔެވެ؟ ބިޔަ ގަސްގަހާގެހީގެ ހިޔަލުން މަގުތަކަށް އަވިދޭނެ ތަންކޮޅެއް ނުލިބިފައިވެސް އޮވެދާނެ ހެއްޔެވެ؟

އެއިރު ހުރެއެވެ. އެއިރު ޒުވާނުން މުންޑު އަނދެގެންވެސް މާލޭ މަގުތަކުގައި އުޅެވެ. ކުޑަކުދިންގެ ބޮލުގައި ތާކިހާ އަޅާފައި ހުރުމަކީވެސް އާއްމުކޮށް ފެންނަ މަންޒަރެކެވެ. ފަނުން ހަދާފައި ހުންނަ

ތަފްޞީލު...



ހަނދާންތަކެއް

handaan

އަހަރެންގެ ނަމަކީ އާސިޔަތެވެ. ޢުމުރުން މިވީ ނަވާރަ އަހަރެވެ. އަހަރެން މި ކިޔައިދެނީ ކުރުވާހަކައެއް ނޫނެވެ. ހަނދާންތަކެކެވެ. އަހަރެންނަށް ހީވަނީ، އަހަރެން މިހާރު މި ގުނަނީ ޙަޔާތުގެ އެންމެ ފަހު ދުވަސްތައް ހެންނެވެ. ނަމަވެސް މިއީ ހަމަ ހީއެކެވެ. ތަޤްދީރު އެނގޭނީ ކާކަށް ހެއްޔެވެ؟ ..........

އަހަރެންގެ މާމައަކީ، އެހެންމީހުންގެ މާމަމެންނެކޭ އެއްގޮތަށް މުސްކުޅިއެކެވެ.

ތަފްޞީލު...



ވަސީމް

vaseenނޯޓް: މިވާހަކައަކީ ރާއްޖޭގައި ހިގާދިޔަ ހަގީގީ ހާދިސާއެއްގެ މައްޗަށް ބަރޯސާވެ ލިޔެފައިވާ ވާހަކައެކެވެ. ވާހަކައިގައި ބޭނުންކުރެވުނު ނަންތަކާއި، ބައެއް ހާދިސާތަކުގެ އަސްލު ކޮންމެވެސް ވަރަކަށް ބަދަލު ކުރެވިފައިވެއެވެ.

ވަސީމަކީ ތަފާތު މީހެކެވެ. އޭނާ ދިރިއުޅުމެއް ފެށީ މުސްތަގުބަލަށް ފޮނި އުއްމީދުތަކެއް ކުރަމުންނެވެ. ކޮންމެ އިންސާނަކުމެ ހަޔާތުގެ އުއްމީދުތައް ފުރިހަމަކުރުމަށް އެދޭ ފަދައިންނެވެ.އެކަމަކު އެއުއްމީދުތަކުގައި ހަގީގީކުލަ ނުޖެހުނީ ހަމަ އޭނާގެ ދޯދިޔާ ކަމުންނެވެ. ދިރިއުޅުމުގެ ދަތުރުގައި ކޮންމެ މީހަކުމެ ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިއެއް ކަނޑައަޅައެވެ. އަދި އެލަނޑުދަނޑިއަށް ވާސިލްވެވޭތޯ މަސައްކަތް ކުރެއެވެ.

ތަފްޞީލު...



ހިތާމައެއް

hithaama

ލޯބިވާ ދަރިފުޅާއެވެ. މަންމަ އަށް ދަރިފުޅު ލިބުނީ މީގެ ސޯޅަ ނުވަތަ ސަތާރަ އަހަރު ކުރިންނެވެ. އެ ދުވަހު ވެސް މޫސުމް އޮތީ މިއަދު މި އޮތް ކަހަލަ ގޮތަކަށް ހޫނުކޮށެވެ. ފާރިސީ ލިލަކް މަލުގެ ވަސް ހުރީ ހަމަ މިއަދު ހުރި ގޮތަށެވެ. މިހާރު އެ ހަދާހެން މުގޮށި މީދާތައް ގަސް ގަހަށް އަރައި ފުމެ ހަދަމުން ދިޔަ އެވެ. މިއަދު ވައި ޖެހެނީ ހަމަ އެ ދުވަހު ޖެހުނު ގޮތަށެވެ. ހީވަނީ ހިކިފައި އެހެރަ ލަކުޑި ތަކުން ކުރި ފަޅައިފާނޭ ހެންނެވެ. ދަރިފުޅު ވިހެއި ވަގުތު ބައްތީގެ ކަޅު، ރީނދޫ

ތަފްޞީލު...



ޢުމުރަށް އެކީ ....

umura-ekee'' މައިހާ ބޭނުންވަނީ މިނިވަން ވާކަށްނު .... އަހަރެން މައިހާ މިނިވަން ކޮށްފިން '' ފޮއްޓަށް އެއްޗިހި އަޅަމުން ދިޔައިރުވެސް މައިހާގެ ކަންފަތުގައި ހަރުލާފައިވަނީ ނަދީމްގެ އެޖުމްލައެވެ. އޭރުވެސް މައިހާ ހީވަނީ ދެންމެ ދެންމެއަކު ފަޅައިގެން ގޮސްދާނެހެންނެވެ.

އެކަމަކު މައިހާ ރުއިންގަނޑު ހިފަހައްޓައިގެން ހުރެ ފޮއްޓަށް އެއްޗިހި އަޅަމުން ގެންދިޔައެވެ.

ތަފްޞީލު...



އެއީ މާޒީއެވެ.

eimazeeނަދީމަށް އެންމެ ފުރަތަމަ މާޔާ ފެނުނީ އެއޮފީހުގެ ފަރާތުން ބޭއްވި ސަމިނާރއަކުންނެވެ. އެއީ އަޖައިބެއް ކަހަލަ ބައްދަލުވުމެކެވެ. ފުރަތަމަ ފެނިލުމުންވެސް ނަދީމަށް މާޔާ އާއި ދޭތެރޭ އެހެން ގޮތެއް ހީވިއެވެ. މީހުން ބުނެއުޅެއެވެ. ލޯބިވެވޭނީ ތިމާއަށް ރަނގަޅަށް އެނގޭ، ތިމާގެ މިޒާޖާ ގުޅޭ ކަހަލަ މީހަކު ދެކެއެވެ. އެކަމަކު ނަދީމް އާއި މާޔާގެ މިޒާޖުގައި ގުޅޭ އެއްވެސް ކަމެއްނެތެވެ. މާޔާއަކީ އާދައިގެ ސާދާ ދިރިއުޅުމަށް ލޯބިކުރާ ރާއްޖެތެރޭގެ ޢާއިލާއަކަށް އުފަން މަޑުމައިތިރި ކުއްޖެކެވެ.

ތަފްޞީލު...



ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.