އާދީއްތަ20200712

އާކުރެވުނީ: 08:43:52

ޙަޔާތުން އެއްފަހަރު.....

hayaathun-1faharu

އިއްޔެ ސަމީހު އަހަންނަށް ފޯނު ކޮށްފައި، މިއަދު އޮފީހަށްއަންނާނެ ވާހަކަ ބުނީއްސުރެ އަހަރެން އިންތިޒާރު ކުރަމުން ދިޔަ ވަގުތަކީ މިއީއެވެ.ސަމީހުއޮފީހަށް ވަދެގެން އައި އިރު އހަހަންނަށް އިނދެވުނީ ޙަރަކާތް ހުއްޓިފައެވެ.ޖެހިބުދެއްހެން ބަލަހައްޓައިގެން އިނދެވުނީއެވެ.ކުރިއަށްވުރެ އޭނާ މިހާރުމާ ރީއްޗެވެ. މާހިތްގައިމެވެ. ފެންނަނީވަރަށް ތާޒާކޮންނެވެ. ސަމީހު އަށް އަހަރެން ފެނުމުން، ހިނިތުން ވެލައިގެންހުރެ އަހަރެންގެ ގާތަށް އައެވެ.

'ފަޒޫ...' ސަލާން ކޮށްލަން އަތް ދިށްކޮށްލަމުން ސަމީހު ގޮވާލިއެވެ.ފިނިވެފައިވާއަހަރެންގެއަތުން ސަމީހު އާއި ސަލާން ކޮށްލީމެވެ.އަހަރެންގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ.

' ކިހިނެއް؟' އަހަރެންގެ ދޫ ހަރަކާތް ކުރީ ވަރަށް އުނދަގުލުންނެވެ.

'ރަގަޅު!......ކޮބާ ނާޒިމް؟' ދެކޮޅު ހޯދާލަމުން ސަމީހު ސުވާލު ކުރިއެވެ.ނާޒިމްއަކީ ސަމީހުގެ ރައްޓެއްސެކެވެ.އޭނާ މި އޮފީހާއި ގުޅުނުތާ ދުވަސްކޮޅެއްވެޖެއެވެ.އަހަންނާއިސަމީހު އާއި ދެމެދު އޮތް ގުޅުން އެނގޭ ހަމަ އެކަނި ފަރާތަކީވެސް އެއީއެވެ.

'އިއްޔެ ބުންޏޭ އަހަރެން އަންނަންވާއިރަށް އިންތިޒާރުގަ ހުންނާނަމޭ' ސަމީހުބުނެލިއެވެ.

އަހަންނަށް ހުރެވުނީ ކަޅި ޖަހާނުލާ ސަމީހު އަށް ބަލާށެވެ. އެ ހިތްގައިމުއަޑާއި ވާހަކަ ދައްކާ ރާގުން އަހަރެންގެ ހިތުގެ ތެޅުން އަވަސް ކޮށްލިއެވެ

'ކޮންކަހަލަ ތަނެއް މީ؟' ސަމީހު އަހަންނާއި ސުވާލުކުރި އެވެ.

'އަނ...އަހަންނަށް ވަރަށް ކަމުދޭ. ހީވަނީ ސަމީހު އަށް ވެސް ރަގަޅު ވާނެހެން.'

'އެއޮށް އަންނަނީ ނާޒިމް!' އަހަރެން ސަމީހު އަށް ނާޒިމް ދައްކާލީމެވ.ެ

އާ ވަޒީފާ އަށް މަރުޙަބާ!' ސަމީހު އާއި ސަލާމް ކޮށްލަމުން ނާޒިމް ބުންޏެވެ.ދެމީހުން ވާހަކަ ދައްކަމުން ހިނގައިގަތީއެވެ.އަހަންނަށް ބަލަހައްޓައިގެންހުރެވުނީއެވެ.އެ ޖާދޫގައި ރަގަޅަށް ޖެހެވިފައެވެ.ހާދަހާ ފުރިހަމަ އެވެ.

'އޭތް! ހަމަ ބިމަށް ފައިބަބަލަ!' އަހަރެންގެ މޫނާއި ދިމާއަށް އަތް ދިއްކޮށްލަމުންނިހާ ބުނި އެއްޗެއް ވިސްނުނީ ތަންކޮޅެއް ފަހުންނެވެ.އަހަރެން ހީލީމެވެ.

'ކާކު އެއީ؟އަނެއްކާ.......' ނިހާ ޖުމްލަ ފުރިހަމަ ނުކޮށް ކަރު ކެހެލިއެވެ.އަދި ހޭން ފެށިއެވެ.

'ސާބަސް! ރައްޓެއްސެއް އެއީ.' އަހަރެންވެސް ހީލަމުން ބުނީމެވެ.

'ހާދަ ލޯބި އިސްތަށި ކޮޅެއް.ހީވަނީ ޕީޓަރ އެންޑްރޫ ހެން! ކޮން ނަމެއްތަކިޔަނީ؟' އެއީ ތެދެކެވެ.އަހަންނަށްވެސް ސަމީހުގެ ހެއަރސްޓައިލް ވަރަށް ހިތްގައިމެވެ.

'ސަމީހު' އަހަރެން ބުނީމެވެ.އެވަގުތު ނާޝިދާ ނިހާ އަށް ގޮވާލިއެވެ.ނިހާދިއުމުން އަހަރެން ގޮނޑީގައި ހަމަ ޖެހިލައިގެން އިނދެ ވިސްނާލީމެވެ.

ހަޤީޤަތުގައި މިއީ 6 އަހަރު ދުވަސް ވަންދެން އަހަރެން އިންތިޒާރު ކުރިދުވަހެވެ.ސަމީހު އެނބުރި އަންނާނެ ދުވަހަކަށް އަހަރެން އިންތިޒާރު ކުރަމުންދިޔައީ ޝަކުވާ އެއް ނެތިއެވެ.އަހަންނަށް ލޯބި ވެވުނު ހަމަ އެކަނި މީހަކީ އެއީއެވެ.ސަމީހު އާއި ރައްޓެހިވިރު އަހަންނަށް ވާނީ 14 އަހަރެވެ.ކިޔެވުމުގެ ދައުރުގައިލޯބީގެ ގުޅުމެއް ހިންގުމަކީ ރަގަޅު ކަމެއް ނޫނޭ ބުނެ އަހަރެންގެ މައިންބަފައިންއަހަރެން ސަމީހު އާއި ވަކިވުމަށް މަޖުބޫރު ކުރުވީއެވެ.

'ފަޒީ! މިނޫން ގޮތެއް ދެން ނެތެއްނު. ފަޒީ ކިޔަވައި ނިމެންދެން އަހަރެންއިންތިޒާރު ކުރާނަން !' އަހަރެމެން އެދުވަހު ބައްދަލު ކުރީ ފޯނުންނެވެ.

'' އަހަރެންވެސް އިންތިޒާރު ކުރާނަން.... ސަމީހުދެކެ ވަރަށް ލޯބިވޭ ''ވަރަށް އަވަސް އަވަހަށް އަހަރެންބުނީމެވެ. އަދި ފޯނު ބާއްވީމެވެ. އެދުވަހުއަހަރެން ރުއީމެވެ. ލޯތްބެއް ނާކާމިޔާބުވުމުން މީހަކަށް ކުރާނެ އެންމެ ހިތިއަސަރުތައް އެ ދުވަހު އަހަންނަށް ކުރިއެވެ. އެހެނަސް އަހަރެން ހިއްވަރު ކުރީމެވެ.އިންތިޒާރުގެ ދުވަސްތައް ގުނަންފެށީމެވެ. އޭގެ ފަހުން އަހަރެމެން ދެމީހުންބައްދަލެއް ނުވެއެވެ. އަހަރެން ކިޔަވާ ނިމުނު އިރު ސަމީހު ކޯހެއްގައި އޮސްޓްރޭލިޔާއަށްފުރައިފިއެވެ. ފަހުންވެސް ސަމީހުގެ އެއްވެސް ޚަބަރެއް ނުވިއެވެ. އަހަރެންމާޔޫސްވަމުން ދިޔައެވެ. އެހެނަސް އެހެން ލޯތްބެއް އުފެއްދުމަކަށް މިހިތުންޖާގައެއް ނުދެވުނެވެ.

މިއަދަކީ 6 އަހަރުދުވަހު ތެރޭ އަހަރެމެން ބައްދަލުވި ފުރަތަމަދުވަހެވެ. އަހަރެންގެ ހިތުގައި ފޮރުވިފައި އޮތް ލޯބި އަނެއްކާވެސް ހޭލައިފިއެވެ.އެހެނަސް ސަމީހު މިހާރު އަހަންނާއި މެދު ދެކޭނީ ކިހިނެއްކަމެސް ނޭނގެއެވެ.އޭނަގެ ޙަޔާތުގައި އެހެން މީހަކު ހުރުމަކީވެސް އެކަށީގެންވާ ކަމެކެވެ. ފާއިތުވިދުވަސްތަކާއި އެކު އަހަރެންގެ ހަނދާންތައްވެސް އޭނަގެ ހިތުން ފޮހެލީކަންނޭނގެއެވެ.އެހެނަސް އަހަރެންގެ އުއްމީދަކީ އަހަންނެކޭ އެއްފަދައިން ސަމީހުވެސް އަހަރެންދެކެލޯބި ވުމެވެ.

އެދުވަހު އޮފީހުން ގެޔަށްދިޔަ މަގުމަތީގައި އަހަރެން ނާޒިމުގެ ގެއަށް ވަދެލީމެވެ.އޭނަގެ އަތުގައި އޮތް އަހަރެންގެ ފައިލެއް ހޯދުމަށެވެ. އަހަރެން ދިޔައިރުސަމީހުވެސް ސިޓިންގ ރޫމުގައި އިނެވެ. މިއީ ކޮންކަހަލަ އިއްތިފާގެއްބާއެވެ.

'' އަހަނ! ފަޒީ. އާދޭ އިށީންނަން! ކަމަކުތަ؟ '' ނާޒިމު ސުވާލުކުރިއެވެ.

'' އެއްކަލަ ފައިލުބަލާ '' އަހަރެން ބުނީމެވެ.

'' އާނ! އެބަ އަންނަން ހިފައިގެން '' ނާޒިމު އެތެރެއަށް ހިނގައިގަންނަމުންބުންޏެވެ. އަހަންނާއި ސަމީހު އެކަނިވީއެވެ. އަހަރެންގެ ހިތް އަވަސްވަމުންދިޔައެވެ.

'' ފަޒީ ކިހިނެއްތަ ކަންތައްތައް؟' ކޮން ކަންތައްތަކެއް ބާއޭ އަހަރެންގެހިތަށް އެރިއެވެ.

"ރަގަޅު" ވަރަށް އާދައިގެ ގޮތަކަށް އަހަރެން ބުނެލީމެވެ.ކެސެޓުންއިވެމުން ދިޔަ ލަވަ އާއި މެދު އަހަންނަށް ވިސްނާލެވުނީ އެވަގުތެވެ. އެއީ ޝަނާޔާޓްވައިން ގެ މަޝްހޫރު ވެގެން ދިޔަ "ޔުއަރ ސްޓިލް ދަވަން އައި ލަވް." މިލަވައެވެ." އަހަރެން ލޯބިވާ މީހަކީ އަދިވެސް ތިއީ އެވެ." އަހަރެން ސަމީހު އާއި ދިމާއަށްސިއްރުން ބަލައިލީމެވެ.ސަމީހު ވެސް ބަލައިލިއެވެ. އަދި ހިނިތުން ވެލިއެވެ.އެހިނިތުންވުން މާނަ ކުރާކަށް އަހަންނަކަށް ނޭނގުނެވެ.

" ފަޒީ. މިހާރު ކުއްޖަކާ ރައްޓެހިވެގެންތަ އުޅެނީ؟" ސަމީހުގެ ސުވާލުންއަހަރެންގެ ހިތް ހުއްޓުނު ކަހަލައެވެ. އަހަރެން އަދިވެސް މިހިރީ ސަމީހުގެއިންތިޒާރުގައި ކަން ސަމީހު އަށް ނޭނގުނީބާއެވެ.

" އުނހު...ސަމީހުއޯ؟؟" އަހަރެންވެސް ސުވާލު ކޮށްލީމެވެ.

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.