ހުކުރު20201113

އާކުރެވުނީ: 08:43:52

ދީނާއިދުނިޔެ

އިސްލާމްދީނުގެ ޢާއްމު ތަޢާރަފެއް: ބަސްތަކެއްގެ ތަޢާރަފެއް

aamu-thaaraf-2-bastakuge-thaarafއަހަރެންގެ ހިއްސުތަކުން އެނގޭ ކަންތައްތައް އެއީ އަހަރެން ޝައްކު ކުރާނެ ކަންތަކެއް ނޫނެވެ. މިއީ އެންމެން ވެސް ޤަބޫލު ކުރާ، ބުއްދީގެ ބަދީހީ ޙަޤީޤަތެކެވެ. ނަމަވެސް ދުވާލު މެންދުރު، އަހަރެން ސަހަރާއެއްގައި ހިނގަމުން ދަނިކޮށް، ދުރުން ފެންގަނޑެއް ފެނިގެން އެ އޮތް ހިސާބާ އަރާހަމަ ކުރީމާ އެއީ އަވާމެންދުރެއްކަން އެނގެއެވެ. އަދި ސީދަލަށް އޮތް ގަލަމެއް ފެން ތައްޓަކަށް ލީމާ، އަހަންނަށް ފެންނަނީ ގަލަން ބިނދިފައި އޮންނަ ތަނެވެ. ރޭގަނޑު، ހަންޑިއާ ފުރޭތައިގެ ވާހަކަ ދައްކާފައި، އަނދިރި ފަޅު މަގަކުން ގެއަށް ދަނިކޮށް، ފަސޭހައިން ބިރު ގަންނަ މީހެއް ނަމަ، ކުރިމަތިން ހަންޑިއެއް ނުވަތަ ފުރޭތައެއް ވެސް ފެނިދާނެއެވެ.އިސްލާމްދީނުގެ ޢާއްމު ތަޢާރަފެއް: އެއްކައުވަންތަކަން

aamu-thaaraf-4-ekkauvanthakanއަޅުކަމުގައި، ރޫޙަކާއި އަދި ހަށިގަނޑެއް ވެއެވެ. އޭގެ ރޫޙަކީ، އޭނާ ލައްވާ އެކަން ކުރުވާ ޢަޤީދާއާއި، އަޅުކަންކުރި ބޭނުމެވެ. އޭގެ ހަށިގަނޑަކީ، ދުލުން ކިޔާ ލަފުޒުތަކާއި، ގުނަވަންތަކުން ކުރާ ހަރަކާތްތަކެވެ. މިސާލަކަށް ނަމާދަކީ، ހަރަކާތްތަކަކާއި ލަފްޒުތަކެކެވެ. ކޮޅަށް ހުރުމާއި އިށީނދެ އިނުމާއި ރުކޫޢާއި ސަޖިދައާއި ޤުރުއާން ކިޔެވުމާއި ޛިކުރުކުރުމާއި ތަސްބީޙަ ކިޔުމެވެ. މި ހުރިހާ ކަންތަކަކީ ވެސް ނަމާދުގެ ހަށިގަނޑު ކަމުގައި ބެލެވޭ ކަންތަކެވެ. ވީމާ އޭނާ ނަމާދުކުރުމުގެ ފަހަތުގައިވަނީ، ޞައްޙަ އެއްކައުވަންތަކަމަކާއި، ސާފު ޢަޤީދާއެއް ކަމުގައި ނުވަންޏާ، އަދި ނަމާދުކުރުމުގެ ބޭނުމަކީ ﷲ ގެ އަމުރުފުޅަށް ބޯލަނބައި އެ ކަލާނގެ ރުއްސެވުން ހޯދުން ކަމަށް ނުވަންޏާ، އެ ނަމާދަކީ ރޫޙެއް ނެތް މަރުވެފައިވާ ހަށިގަނޑެކެވެ.އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: މުހިއްމު ބޭނުމެއްނެތި ކުއްތާ ގެންގުޅުން

halaal-haraam-kutta-gengulhunމުހިއްމު ބޭނުމެއްނެތި ގޭގައި ކުއްތާގެންގުޅުން، ނަބިއްޔާ –ޞައްލަﷲ ޢަލައިހި ވަސައްލަމަ- ވަނީ މަނާކުރައްވާފައެވެ. ބައެއް މުއްސަނދިން އެމީހުން ގެންގުޅޭ ކުއްތާއަށް ނިކަން ދީލަތިކޮށް ޚަރަދުކޮށްފައި، އެހެންނަމަވެސް އިންސާނަކަށް އެ ޚަރަދުކުރަންޖެހުނީމާ ދަހިވާތަން އަހަރެމެން ދެކެމެވެ. އަދި ބައެއްފަހަރު  ކުއްތާއަށް ހޭދަކުރެވޭ ފައިސާއިން ނުފުދިގެން، ހުރިހާ ލޯތްބަކާއި ކުލުނެއް ވެސް ދެނީ ކުއްތާއަށެވެ. އެކަމަކު އޭނާގެ ތިމާގެ މީހުންނާ ޖެހުނީމާ، ލޯތްބެއް ކުލުނެއް ނުހުރެއެވެ.އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ (ފޮޓޯ)

halaal-haraam-foto

އޮޅުމެއް ނެތްގޮތުގައި، މި ފޮތުގައި މީގެ ކުރިން 'ޞޫރަ' 'ޞޫރަހެދުން' މި ލަފްޒު ބޭނުންކުރެވިފައިވާ މާނައަކީ، ބުދު، އަދި ކޮށައި މަށައި ބުދުހެދުން، ނުވަތަ ތަންތަނާއި އެއްޗެހީގައި ކުރެހުމެވެ. މިކިޔާ ފޮޓޯގްރަފީ ޞޫރަ (ފޮޓޯ) މީގެ ތެރެއަކު ނުހިމެނެއެވެ.

ކެމެރާއެއް ބޭނުންކޮށްގެން ނަގާ ފޮޓޯގްރަފީ ޞޫރައަކީ، ކީރިތި ރަސޫލާގެ ޒަމާނުގައިވެސް އަދި މުސްލިމުންގެ ކުރީގެ ޢިލްމުވެރިންގެ ދުވަސްވަރުވެސް ނެތް، މިޒަމާނުގައި އަލަށް އުފެދިފައިވާ އެއްޗެކެވެ. ކަންމިހެން އޮތްއިރު، ޞޫރައާއި ޞޫރަހަދާ މީހުންނާ ބެހޭގޮތުން އައިސްފައިވާ ޙަދީޘްތަކުގައި އައިސްފައިވާ ޙުކުމް، މި ޒަމާނުގައި މިކިޔާ ފޮޓޯގްރަފީ ޞޫރައަށް ވެސް ދެވިދާނެހެއްޔެވެ؟އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ހެދުންއެޅުމާއި ޒީނަތުގައި

halaal-haraam-hedhun-elhumaai-zeenahފެންނަފެނުމަށް ރީތިކޮށް ހުރުމާއި، ރީއްޗަށް ހެދުންލުމާއި، ކަރާމާތް ލިބިގެންވާފަދަ ގޮތަކަށް ހުރުމާއި، އަދި ﷲ ދެއްވާފައިވާ ހެދުމާއި ޒީނަތްތެރި ފޭރާމުގެ ބޭނުންހިފުމަކީ، އިސްލާމްދީން ހުއްދަކޮށްފައިވާ ކަމެކެވެ. ކިއެއްތަ، މިއީ އޭނާގެ ކިބައިން އިސްލާމްދީން އެދޭކަމެކެވެ.

އިސްލާމްދީނުގެ ނަޒަރުގައި ހެދުންއެޅުމުގެ އޮތީ ދެ ބޭނުމެކެވެ. އެއީ ޢައުރަ ނިވާކުރުމާއި ޒީނަތްތެރިވުމެވެ. މިހެންވެ މާތް ﷲ އާދަމުގެ ދަރީންނަށް ދެއްވާފައިވާ ނިޢުމަތްތައް ގުނުއްވަމުން، އޭގެ ތެރޭގައި ހެދުމާއި ޒީނަތްތެރި ފޭރާންވެސް ހިމަނުއްވާފައިވެއެވެ. މިގޮތުން ވަޙީކުރައްވާފައިވަނީ: يَا بَنِي آدَمَ قَدْ أَنزَلْنَا عَلَيْكُمْ لِبَاساً يُوَارِي سَوْآتِكُمْ وَرِيشاًއިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ރާ

halaal-haraam-raaރާއާ ބެހޭގޮތުން މާތް ނަބިއްޔާ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އެންމެ ފުރަތަމަ އިޢުލާންކުރެއްވީ، ރާ އުފައްދާފައިވަނީ ކޮންއެއްޗަކުންތޯ ނުބަލާ، ރަލުގެ އަސަރަށް ބެލުމަށެވެ. އެ އަސަރަކީ މަސްތުވުމެވެ. ވީމާ މަސްތުކުރުމުގެ ބާރު ހުންނަ ކޮންމެ އެއްޗަކީ ރާ ކަމުގައި އެކަލޭގެފާނު ކަނޑައެޅުއްވިއެވެ. މީހުން އަދި ކޮންމެ ނަމެއް ކީ ކަމުގައިވިޔަސް، އަދި ކޮންމެ އެއްޗަކުން ހެދިފައިވީކަމުގައި ވިޔަސް، މަސްތުކުރުވާ އެއްޗެއްވިޔާ އެއީ ރާއެވެ. މިގޮތުން މިޒަމާނު މީހުން މިކިޔާ ބިޔަރާއި އަދި މިފަދަ ހުރިހާ ބުއިމަކީވެސް ބުއިން ޙަރާމް ރާއެވެ.އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: މަސްތުވާތަކެތި

halaal-haraam-masthuvaa-thakethi

"ރާއަކީ ބުއްދީގެ މައްޗަށް ފަރުދާއެޅޭ ކޮންމެ އެއްޗެކެވެ." ޞަލަވާތާއި ސަލާމްލެއްވި މާތް ނަބިއްޔާގެ މިންބަރުފުޅުމަތިން، ޢުމަރުގެފާނު ވިދާޅުވެފައިވާ ބުއްދިވެރި މިބަސްފުޅުން، ރާގެ މަފްހޫމަކީ ކޮބައިކަން ވަނީ ކަނޑައަޅުއްވާފައެވެ. އެހެން ވިދާޅުވީ ސުވާލުކުރާ މީހުންގެ ސުވާލުތަކާއި އޮޅުންއަރާ މީހުންގެ އޮޅުންތައް ގިނަވިޔަ ނުދެއްވުމަށްޓަކައެވެ. ބުއްދިއަށް އަސަރުފޯރުވައި، ހެޔޮނުބައި ވަކިކުރުމާއި ކަންކަން ދެނެގަތުންފަދަ ސިކުނޑީގެ ޠަބީޢީ މަސައްކަތަށް ހުރަސްއަޅައި، އޭގެ މައްޗަށް ފަރުދާއެއް އަޅާ ކޮންމެ އެއްޗަކީ ޙަރާމްކުރެވިފައިވާ ރާއެވެ. މާތް ﷲ އާއި އަދި އެކަލާނގެ ރަސޫލާ، ޤިޔާމަތާ ޖެހެންދެން ވަނީ އެ ޙަރާމްކުރައްވާފައެވެ.

 އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ގޭތެރޭގައި

halaal-haraam-geythereygaiރަނާއި ރިހީގެ ކަންވާރު ޙަރާމްވުމުން، މުސްލިމު މީހާގެ ގޭތެރެ ޒީނަތްތެރިކުރުމަށާއި ހިފައިގެންގުޅުމަށް ބޭނުންކުރެވޭ ތަކެއްޗަށް، ދަތިތަކާއި ހުރަސްތަކެއް ހުރިކަމަށް ނަމަނަމަ ހީނުކުރާށެވެ. އެހެނީ މިކަންކަމަށް ބޭނުންކުރެވިދާނެ ޙަލާލު ތަކެތި ވަރަށް ގިނަވެފައި ދާއިރާ ނިކަން ފުޅަލެވެ. ބިއްލޫރި، މުށި، ލޮއި، އަދި މި ނޫނަސް ތަފާތު ބާވަތް ބާވަތުގެ މަޢްދަންތަކުން ހަދާފައި ހުންނަ ކަންވާރާއި ހިފައިގެންގުޅޭ ސާމާނާއި ޒިނަތްތެރި ކުރުމަށް ބޭނުންކުރާ ކިތަންމެހާވެސް ރީތި އެއްޗެހި ހުރެއެވެ! ކޮޓަނާއި ކިއްތާނުފަދަ އެކި ކަހަލަ ފޮތިން ހަދާފައި ހުންނަ ނުހަނު ރީތި ބާލީހާއި  އެނދު ސޯފާ ހުރެއެވެ!އިސްލާމްދީނުގެ ޢާއްމު ތަޢާރަފެއް: ފެށުން

aamu-thaaraf-1-feshunމިއީ އައްޝައިޚް ޢަލީ އައްޠަންޠާވީ (ރަޙިމަހުﷲ) ލިޔުއްވާފައިވާ "އިސްލާމްދީނުގެ ޢާއްމު ތަޢާރަފެއް" މިފޮތުގެ ދިވެހި ތަރުޖަމާއެވެ. ފުރަތަމަ މިވަނީ "ފޮތުގެ ވާހަކަ" އަދި "ފޮތުގެ ފެށުން" އަދި "އިސްލާމްދީން" މި ތިން ބާބެވެ. ދެން އަންނަންހުރި ބާބުތަކަކީ ޢަޤީދާއާ ބެހޭ ބާބުތަކެކެވެ. ވަގުތު ނެތް ކިޔުންތެރިއަކު "ފޮތުގެ ވާހަކަ" ދޫކޮށްލިޔަސް ގެއްލޭނެ އެއްޗެއް ނޯންނާނެއެވެ. އެއީ އެބައިގައި ވަނީ ޝައިޚް މިފޮތް ލިޔުއްވަންޖެހިވަޑައިގަތް ގޮތުގެ ވާހަކައެވެ. މިފޮތުގައިވާ ބައެއް ޢާއްމު ނޫން ބަސްތަކުގެ މާނަ ތިރީގައި ވާނެއެވެ.އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ކެއިންބުއިމުގައި

halaal-haraam-keun-buimugaކައިބޮއި އުޅޭ އެއްޗެއްސާއި، އޭގެތެރެއިން ހުއްދައީ ކޯޗެއްތޯއާއި އަދި މަނައީ ކޯޗެއްތޯ، ވަރަށް އިހުޒަމާނުއްސުރެވެސް މީހުންގެ މެދުގައިވަނީ ޚިލާފުއުފެދިފައެވެ. ވަކިން ޚާއްޞަކޮށް ކެއުމަށް ބޭނުންކުރެވޭ ދިރޭތަކެތީގެ ބާވަތްތަކުގައެވެ. ގަހުން އުފެދޭ ކާނާއާއި ބުއިމަށް ބަލާއިރު، މީގައި މާބޮޑު ޚިލާފުތަކެއް މީހުންގެ މެދުގައި އުފެދިފައި ނެތެވެ. މިބާވަތުގެ ތެރެއިން އިސްލާމްދީނުގައި ޙަރާމްކޮށްފައިވަނީ، ރާއަށް ބަދަލުވެފައިވާ ތަކެތި އެކަންޏެވެ. މޭބިސްކަދުރުން، ކަދުރުން، ނުވަތަ ހިމަގޮދަނުން ނެގުނު އެއްޗެއްކަމުގައި ވިޔަސް، ރާއަށް ބަދަލުވެއްޖެނަމަ އެވާނީ ޙަރާމް އެއްޗަކަށެވެ.އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ޝިކާރަކުރުން

halaal-haraam-shikaara-kurunޝިކާރަކުރެވޭ އެތީގައި ހުންނަންޖެހޭ ޝަރުޠަކީ، އެއީ ކަރުން ކަތިލުމަށްޓަކައި އިންސާނާގެ ބާރުދަށަށް ނުގެނެވޭފަދަ ޖަނަވާރަކަށްވުމެވެ. ކަތިލާންވާގޮތަށް ކަރުން ކަތިލެވޭނަމަ ކަތިލާންޖެހޭނީ އެގޮތަށެވެ. އެހެން ގޮތަކަށް ކަތިލައިގެން ނުވާނެއެވެ. އެހެނީ އަސްލަކީ ކަރުން ކަތިލުމެވެ. ހަމައެހެންމެ ތީރުޖަހައިގެން ނުވަތަ ޝިކާރަވެރިކުއްތާ ފޮނުވައިގެން ޝިކާރަކުރެވޭ ޖަނަވާރު ރަނގަޅަށް ދިރިއޮއްވާ އަތުލެވިއްޖެނަމަ، އެ ޙަލާލުކުރުމަށްޓަކައި ހަމަ އާދައިގައިވެސް ކަތިލާގޮތަށް ކަރުން ކަތިލާންޖެހޭނެއެވެ. އޭތި ދިރިއޮތީ ކިރިޔަ ކިރިޔާނަމަ، ކަތިލުމަކީ ރަނގަޅުކަމެކެވެ.އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ޝަރުޢީ ކަތިލުން

halaal-haraam-sharuee-kathilun1"ކަލޭގެފާނު ވިދާޅުވާށެވެ! ކާ މީހަކަށް ކެއުން ޙަރާމް ކުރައްވާފައިވާ، ނަޢަމްސޫފީގެ ތެރެއިން ޙަރާމޭ ކަލޭމެން ތިޔަބުނާފަދަ އެއްޗެއް، ތިމަންކަލޭގެފާނަށް އިއްވެވި ވަޙީގެ ތެރޭގައިވާތީ ދެކެވަޑައެއް ނުގުންނަވަމެވެ. އެ އެއްޗަކީ ކަތިލުމަކާ ނުލާ މަރުވެފައިވާ އެއްޗެއް ކަމުގައި، ނުވަތަ އޮހޮރޭ ލޭ ކަމުގައި، ނުވަތަ އޫރުމަސްކަމުގައި ވެއްޖެ އެއްޗެއް މެނުވީއެވެ. ހަމަކަށަވަރުން، އެއީ ނަޖިސް ހަޑިމުޑުދާރު ތަކެއްޗެވެ. ނުވަތަ ﷲ އަށް ވާންޖެހޭ ކިޔަމަންތެރިކަމުން އެއްކިބާވެ، ﷲ ފިޔަވާ އެހެން ފަރާތެއްގެ ނަންގަނެ ކަތިލާފައިވާ އެއްޗެއްކަމުގައި ވެއްޖެ އެއްޗެއް މެނުވީއެވެ. ޙަރާމްވެގެން ވަނީ މިހަތަރު ބާވަތެވެ."ޙަލާލްކަންތައް ޙަރާމްކޮށް އަދި ޙަރާމްކަންތައް ޙަލާލް ކުރުމަކީ، ﷲ އާ ޝިރުކުކުރުންފަދަ ކަމެއް

halaal-haraam-3ޝަރުޢީ ޞައްޙަ ދަލީލެއް ނެތި އަމިއްލަ އަމިއްލައަށް ކަންކަން ނުވަތަ އެއްޗެހި ޙަރާމްކުރާ މީހުންނާއި، ޙަލާލްކުރާ މީހުންނަކީ، އެ މީހުންގެ މައްޗަށް ދީނުގައި ޢައިބުކިއިފައިވާ ބައެކެވެ. ހިތުހުރިގޮތަކަށް ޙަރާމްކުރާ މީހުންނަކީ އަދި ވަކިން ނުބައިކަން ބޮޑު ބައެއް ކަމުގައި އިސްލާމްދީން ދެކެއެވެ. މިހެންވެ ޚާއްޞަކޮށް މިފަދަ މީހުންގެ މައްޗަށް ދީނުގައި ދީފައިވާ ހަމަލާ ވަރުގަދައެވެ.ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.