ހުކުރު20201113

އާކުރެވުނީ: 08:43:52

ދީނާއިދުނިޔެ

ޙަލާލްކުރުމާއި ޙަރާމްކުރުމަކީ ހަމައެކަނި ﷲ ގެ ޙައްޤެއް

halaal-haraam-2ދެވަނަ އުޞޫލަކީ: އިސްލާމްދީން ވަނީ ޙަލާލްކުރުމާއި ޙަރާމްކުރުމުގެ ބާރުލިބިފައިވާ ފަރާތް ކަނޑައަޅާ ނިންމާފައެވެ. ދީނީގޮތުން ނުވަތަ ދުނިޔެވީ ގޮތުން ކޮންމެ ދަރަޖައެއްގެ ބައެއް ކަމުގައިވިޔަސް، އިންސާނުންނަށް މި ބާރު ލިބިގެނެއް ނުވެއެވެ. މި ބާރު ލިބިގެންވަނީ ހަމައެކަނި ޢާލަމްތަކުގެ ވެރިރަސްކަލާނގެއަށެވެ. މިހެންވެ ﷲ ގެ އަޅުތަކުންގެ މައްޗަށް ދާއިމީކޮށް އެއްޗެއް ޙަރާމްކުރުމުގެ ބާރުލިބިގެންވާ ޢިލްމުވެރިންނެއް އަދި ރާހިބުންނެއްވެސް އިސްލާމްދީނަކު ނުތިބެއެވެ.

 

 ނިޔަތް ރަނގަޅުވުމަކީ ޙަރާމްކަންތައް ކުރެވޭނެ އުޒުރެއް ނޫން

halaal-haraam-8އެހެނެއްކަމަކު، ކިތަންމެ ނިޔަތް ރަނގަޅުވިޔަސް، ކިތަންމެ މާތް މަޤްޞަދަކު ކުރިއަސް، އަދި ކިތަންމެ މަތިވެރި ލަނޑުދަޑިއެއްގެ ބޭނުމުގައި ކަމަށްވިޔަސް، ޙަރާމްކަންތައް އޮންނާނީ ޙަރާމް ކަމެއް ގޮތުގައެވެ. ރަނގަޅު ކަމެއް ކުރުމުގެ ވަސީލަތަކަށް ޙާރާމްކަމެއް ބޭނުންކުރުމަކީ، އެއީ އިސްލާމްދީން ފަހަރެއްގައިވެސް ހުއްދަކުރާނެ ކަމެއް ނޫނެވެ. ކުރާ ކަމާއި، އެކަން ކުރާ ވަސީލަތްވެސް ރަނގަޅުވެފައި މާތްވާން، އިސްލާމްދީން ބާރުއަޅައެވެ.ކަންކަމާއި އެއްޗެހީގައި އަސްލަކީ ހުއްދަވުން

halaal-haraam-1މާތް ﷲ އުފެއްދެވި އެއްޗެއްސާއި މަންފާތަކުގެ އަސްލަކީ އެ ޙަލާލްވެ ހުއްދަވުމެވެ. އަދި ޙަރާމްކުރުމުގެ ޞައްޙަ ޞަރީޙަ ނައްޞެއް ނެތިއްޔާ އެއްވެސް އެއްޗެއް އަދި ކަމެއްވެސް ޙަރާމެއް ނުވާނެއެވެ. ވީމާ ފެންނަން އޮތް ނައްޞު ޞައްޙަ ނޫންނަމަ -ޟަޢީފް ޙަދީޘް ފަދަ- ނުވަތަ އޮތް ދަލީލު، ޙަރާމްކަމުގެ މައްޗަށް ޞަރީޙަކޮށް ދަލީލުކޮށް ނުދޭނަމަ، އެ ކަމެއް އޮންނާނީ ހުއްދަކަމެއް ގޮތުގައެވެ.ޙަރާމް ކުރުން ގުޅިފައި ވަނީ ނުބައި އެއްޗެއްސާއި ގެއްލުމާ

halaal-haraam-4 ﷲ ސުބުޙާނަހޫ ވަތަޢާލާއަކީ އެންމެހާ މީސްތަކުން ހައްދަވާ، ގުނާއަދަދު ނުކުރެވޭހާ ނިޢުމަތް އެމީހުންނަށް ދެއްވާ ވެރިރަސްކަލާނގެ ކަމަށް ވާހިނދު، އެކަލާނގެ ބޭނުންފުޅުވެވޮޑިގަންނަވާ ކަމެއް ޙަލާލުކުރައްވާ، ޙަރާމްކުރެއްވުމަކީ، އެއީ އެކަލާނގެއަށް ލިބިވޮޑިގެންވާ ކަމެކެވެ. ހަމައެހެންމެ، އެކަލާނގެ ބޭނުންފުޅުވެވޮޑިގަންނަވާ ކަމެއް، އެއީ އަޅުކަމެއްކަމުގައި ލައްވައި، އެކަން ކުރުމަށް އަޅުތަކުންނަށް އަމުރުކުރުމަކީ ވެސް، އެކަލާނގެއަށް ލިބިވޮޑިގެންވާ ކަމެކެވެ.ޙަރާމް ހަމަ އެންމެންނަށް ވެސް ޙަރާމް

halaal-haraam-10އިސްލާމްދީނުގައި ކަމެއް ޙަރާމްކުރެވިއްޖެނަމަ، އެއީ ހަމަ ހުރިހާ އެންމެންނަށް ވެސް ޙަރާމް ކަމެކެވެ. އެއްޗެއް ޙަރާމްވެއްޖެނަމަ، ހަމަ ހުރިހާ އެންމެނަށް ވެސް އެ އެއްޗެއް ޙަރާމްވާނެއެވެ. ވީމާ ޢަޖަމީންނަށް ޙަރާމްވެފައި، ޢަރަބީންނަށް ޙަލާލްވާ އެއްޗެއް ނޯވެއެވެ. ކަޅުމީހުންނަށް މަނާވެފައި، ދޮންމީހުންނަށް ހުއްދަ ކަމެއް ނޯވެއެވެ. ރަސްކަލުންނާއި ބޮޑުންނާއި ދީނީ ޢިލްމުވެރިންނާއި ކާހިނުންނާއި ނުވަތަ އެ ނޫންވެސް ބައެއްގެ ނަމުގައި، އަމިއްލަ އެދުމާ އެއްގޮތަށް، ވަކި ފަންތިއަކަށް ނުވަތަ ވަކި ބަޔަކަށް ހުއްދަކުރެވިފައިވާ ކަންތައްތަކެއް، އެއްޗެހިތަކެއް، އިސްލާމްދީނަކު ނުވެއެވެ.ޙަރާމްކަންތައް ނުކޮށް ފުއްދޭނެ ޙަލާލްކަންތައް އެބަހުރި

halaal-haraam-5މިގޮތަށް ދީނުގެ ހުރިހާ ޙުކުމްތަކަށް ބެލިކަމުގައިވިޔަސް ފެންނާނީ، މާތް ﷲ އެކަލާނގެ އަޅުތަކުންނަށް ކަމެއް މަނާކުރައްވާ ދަތިކުރެއްވިއްޔާ، އޭގެ ބަދަލެއްގެ ގޮތުން އެފަދަ އެހެން އެއްޗެއް ހުއްދަކުރައްވާ ތަނަވަސްކޮށް ދެއްވާފައިވާތަނެވެ. ފަހެ އެކަލާނގެ އަޅުތަކުންނަށް ތުރާކަމެއް، ދަތިކަމެއް، ވަރުބަލިކުރުމެއް، އެކަލާނގެ އިރާދައެއް ނުކުރައްވައެވެ. ކިއެއްތަ، އެކަލާނގެ އަޅުތަކުންނަށް އިރާދަކުރައްވަނީ، ފަސޭހަކަމާއި ހެޔޮގޮތެވެ. ހިދާޔަތާއި ރަޙްމަތެވެ.ޙަރާމްކަމަކަށް މަގުފަހިކޮށްދޭ ކަމަކީވެސް ޙަރާމްކަމެއް

halaal-haraam-6އިސްލާމްދީން ކަނޑައަޅާފައިވާ އުޞޫލުތަކުގެ ތެރޭގައި ހިމެނޭ އަނެއްކަމަކީ، އެއްޗެއް ނުވަތަ ކަމެއް ޙަރާމްކޮށްފިއްޔާ، އެ އެއްޗަކަށް ނުވަތަ ކަމަކަށް މަގުފަހިކޮށްދީ އެކަމަށް ހުށައަޅައިދޭ ކަމަކީވެސް، އެއީ ޙަރާމްކަމެއް ކަމުގައި ބެލުމެވެ. ކަމެއް ޙަރާމް ކުރިއްޔާ، އެ ޙަރާމްކަމަށް ފޯރުކޮށްދޭ މަގުތައްވެސް ބަންދުކުރުމެވެ. މިސާލަކަށް، ޒިނޭ ޙަރާމްކުރުމަށްފަހު، ޒިނޭއާ ހަމައަށް ގެންގޮސްދޭ އޭގެ ފެއްޓުންތަކާއި އޭގެ ސަބަބުތައް ވެސް ޙަރާމްކުރިއެވެ.ޙަރާމްކަމެއް ކުރަން ހީލަތް ހެދުމަކީ ވެސް ޙަރާމްކަމެއް

halaal-haraam-7ޙަރާމްކަންތަކަށް މަގުފަހިކޮށްދޭ، ބޭރުފުށުން ފެންނަ ހުރިހާ ވަސީލަތެއް ޙަރާމްކޮށް އޭގެ މަގު ބަންދުކުރި ގޮތަށް، އިސްލާމްދީން ވަނީ، ބޭރުފުށަށް ނުފެންނަ ވަސީލަތްތަކާއި ޝައިޠާނީ އުކުޅުތަކުގެ އެހީގައި ހީލަތް ހަދައިގެން ޙަރާމްކަންތަކަށް އަރައިގަތުން ވެސް ޙަރާމްކުރައްވާފައެވެ. ﷲ ޙަރާމްކުރައްވާފައިވާ ކަންތައްތައް، ހީލަތުން ހުއްދަކޮށްގެން، ކޮށް އުޅުނުކަމަށްޓަކައި، އިސްލާމްދީން ވަނީ ޔަހޫދީންނަށް ޢައިބު ކިޔާފައެވެ.ޙަރާމްއެއްޗެއްގައި ޖެހިދާނެތީ ޝުބުހާތަކާ ދުރުވެގަންނަންޖެހޭ

halaal-haraam-9އިސްލާމްދީން ދެކެނީ، މިފަދަ ޝުބުހާތައް ނުވަތަ އޮޅުންއަރާ ކަންތައްތަކާ ދުރުވެހުރުމަކީ، ވަރަޢްވެރިކަމުގެ ތެރެއިންވާ ކަމެއްކަމުގައެވެ. އެއީ މިފަދަ ކަންތައްތައް ކުރަމުންގޮސް، ސީދާ ޙަރާމް ކަންތައްތައް ކުރުމާ ހަމައަށް އޭނާއަށް ދެވުނަ ނުދިނުމަށްޓަކައެވެ. މިއީ ކުރިން އަހަރެމެން ވާހަކަދައްކާފައިވާ، ޙަރާމްކަންތަކަށް ދެވޭ މަގު ބަންދުކުރުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަދި މީގެ އިތުރަށް، މިއީ އިންސާނުންގެ ޠަބީޢަތާއި މިޙަޔާތުގެ ޙަޤީޤަތްތައް އެނގި، ކުރިމަގަށްޓަކައި އެކަށައެޅޭ ދުރުވިސްނޭ ތަރުބަވީ ފިޔަވަޅެއްވެސް މެއެވެ.ޟަރޫރަތްތައް މަނާކަންތައް ހުއްދަކުރޭ

halaal-haraam-11އިސްލާމްދީނުގައި ވަނީ ޙަރާމްކަމުގެ ދާއިރާ ވަރަށް ހަނިކޮށްފައެވެ. ހަމަ މިހިނދުގައި، ޙަރާމްކަންކަމާމެދު ދީން ވަރަށް ހަރުކަށިވެސް މެއެވެ. މިގޮތުން، ޙަރާމްކަންތަކަށް ދެވޭ، ފާޅު އަދި ވަންހަނާ، މަގުތައް ވަނީ ބަންދުކޮށްފައެވެ. ޙަރާމްކަމަކަށް މަގުފަހިކޮށްދޭ ކޮންމެ ކަމެއް އަދި ކޮންމެ އެއްޗެއް ޙަރާމެވެ. އަދި ޙަރާމްކަމެއް ކުރުމަށް އެހީތެރިވާ ކޮންމެ ކަމެއް އަދި ކޮންމެ އެއްޗެއްވެސް ޙަރާމެވެ. ޙަރާމްކަމެއް ކުރަން ހީލަތް ހެދުމަކީ ވެސް ޙަރާމްކަމެކެވެ. އަދި މިނޫންވެސް، އަހަރެން ކުރިން ބުނެފައިވާފަދަ އުޞޫލުތަކާއި އިރުޝާދުތައް، ދީނުގައި ވަނީ ކަނޑައަޅާފައެވެ.ވިތުރީގައި ކީދާނެ ޤުނޫތުގެ ދިވެހި ތަރުޖަމާ

duaa-qunootމާނައަކީ : '' އޭ ﷲ ! މިއަޅާއަށް ތެދުމަގު ދައްކަވައި، އިބަރަސްކަލާނގެ ތެދުމަގު ދެއްކެވި މީހުންގެ ތެރޭގައި ލައްވާފާނދޭވެ! އަދި އިބަ ރަސްކަލާނގެ މާފުދެއްވި މީސްތަކުންގެ ތެރޭގައި މިއަޅާއަށްވެސް މާފުދެއްވާނދޭވެ!  {މި މާނަކުރެވޭ އަނެއްގޮތަކީ: އަދި އިބަރަސްކަލާނގެ،ޞިއްޙަތު ސަލާމަތްކަން ދެއްވި މީހުންގެ ތެރޭގައި، މި އަޅާ ލައްވާފާދޭވެ!} އަދި އިބަ ރަސްކަލާނގެ ލޯބިވެވޮޑިގަންނަވާ އަދި އެބައެއްގެ ކަންތަކާ ހަވާލުވެވޮޑިގެންނެވި މީހުންގެ ތެރޭގައި، މިއަޅާ ލައްވާފާނދޭވެ!ރޭޕުކޮށްގެން ލިބޭ ދަރިވެއްޓުން

abortion_and_rapeމިތާ މިގެނެސްދެނީ، ބޮސްނިއާ ހަނގުރާމައިގެ ދުވަސްވަރު، 'ސަރުބުން' ރާވައިގެން ބޮސްނިއާގެ އެތަކެއް ސަތޭކަ މުސްލިމް އަންހެނުން ރޭޕުކޮށްފައިވާތީ، އެކަމާ ބެހޭގޮތުން ޝައިޚް ޔޫސުފުލް ޤަރަޟާވީއަށާއި ޝައިޚް ޖާދުލް ޙައްޤަށް ހުށައެޅުނު ސުވާލަކަށް ދެއްވާފައިވާ ޖަވާބުގެ ޚުލާޞާއެކެވެ. ހަނގުރާމައިގައި ނޫނަސް، އާދައިގެ ހާލަތްތަކުގައިވެސް ރޭޕްކުރެވޭ އަންހެނުންނަށް ލިބޭ ކުދިންނާމެދު ކަންތައްކުރާނެ ގޮތް މީގެ އަލީގައި ދެނެގަނެވިދާނެވެ.ދަރިވެއްޓުމުގެ ޙުކުމާމެދު އޮތް ޢިލްމުވެރިންގެ ބަސް

dharivettun-ilmuveringe-basރޫޙް އެޅުއްވުމުގެކުރިން ދަރިވެއްޓުން:

ފަހުގެ ޖުމްހޫރު ޢިލްމުވެރިންނާއި އަދި ފިޤުހީ މަޖްމަޢްތަކުން ނެރެފައިވާ ފަތުވާއަކީ، ރަޙިމުގައި ދަރިފުޅު އަށަގަތުމަށް ފަހު، މާބަނޑުގެ އެއްވެސް މަރުޙަލާއެއްގައި ދަރިވެއްޓުމުގެ އަސްލު ޙުކުމަކީ ޙަރާމްކަމެކެވެ. މިތާ މިގެނެސްދެނީ ފަހުގެ ބައެއް ޢިލްމުވެރިން މިކަމާ ބެހޭގޮތުން ދައްކާފައިވާ ވާހަކައިގެ ޚުލާޞާކޮޅެކެވެ.

ޝައިޚް ވަހްބާ އައްޒުޙައިލީ:

''ބަނޑަށް ހަތަރުމަސް ވުމަށް ފަހު، މާނައަކީ ސަތޭކަވިހި ދުވަސް ވުމަށް ފަހު، ޝަރުޢީ ގޮތުން މަޤްބޫލު އުޒުރަކާ ނުލާ، ދަރިވެއްޓުމަކީ ޙަރާމްކަމެއްކަމަށް ޢިލްމުވެރިން އިއްތިފާޤުވެއެވެ.ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.