ހުކުރު20201113

އާކުރެވުނީ: 08:43:52

ދީނާއިދުނިޔެ

ރިބާ ހިމެނޭ ދަރަންޏެއް ނަގާފައިވާ މިހަކު ތައުބާވާނީ ކިހިނެއް؟

ribaa-dharanin-thaubaa-vunރިބާ ހިމެނޭ ދަރަންޏެއް ނެގިކަމަށްޓަކައި ތިބާ ތައުބާވާން ޖެހޭނެއެވެ. އަދި ރިބާ ހިމެނޭ ތި ޢަޤުދު އަވަހަށް ނިންމާލުމަކީ، ތައުބާވުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެގޮތުން، ބޭންކަށް ދައްކަން ޖެހޭ ބާކީ އޮތް ބައި އެއް ފަހަރާ ވަގުތުން ދައްކައިފިނަމަ، ރިބާ ފައިދާ، އަތު ނުލާ ދޫކޮށްލަން ބޭންކު އެއްބަސް ވޭތޯ ބަލާށެވެ. ތި ހާލަތުގައި އެންމެ ފުރަތަމަ ވެސް ކުރަން ޖެހޭ ކަމަކީ، ކުރެވުނު ފާފައިން ތައުބާވެ އިސްތިޣްފާރު ކުރުމެވެ.ޛިކުރު ކުރުމުގެ ފާއިދާ

dhuaa-faaidhaaދުޢާ ކުރުމުގެ އަދަބުތެރޭގައި އިމާމް އިބްނު އަލްޖައުޒީ، އޭނާގެ ''އައްތަބްޞިރާ ފީ އަލްވަޢްޡި'' ގައި ނަވާރަ އަދަބެއް ބަޔާން ކުރައްވާފައި ވެއެވެ. އެއީ:-

އެކެއް: މާތް ވަގުތުތަކުގައި ދުޢާ ކުރުން.

ދޭއް: މާތް ހާލަތެއްގައި ހުރެ ދުޢާ ކުރުން.

ތިނެއް: ޤިބްލައަށް ކުރިމަތިލައިގެން ހުރެ ދުޢާ ކުރުން.

ހަތަރެއް: ދުޢާ ކުރުމުގައި އަޑު މަޑު ކުރުން.

ފަހެއް: ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ މައްޗަށް ޞަލަވާތް ކިޔުން.

ހައެއް: ދުޢާކުރުމުގެ ކުރިން ﷲ އަށް ޙަމްދާއި ޘަނާ ދެންނެވުން."ޑަވިންޗީ ކޯޑުގެ" ޙަޤީޤަތް ހާމަކުރެވުނީ ހެއްޔެވެ؟ މުސްލިމުންގެ ޖަވާބު ވިދާޅުވެލައްވާށެވެ.

davinciހުރިހާ ދިމާއަކުން ވެސް އިވެނީ، ޑަވިންޗީ ކޯޑާ ބެހޭ ގޮތުން ކުރެވެމުންދާ ޖަދަލުގެ އަޑެވެ. ޑޭން ބްރައުން ލިޔެފައިވާ ފޮތް ދައުވާކުރާ ގޮތުގައި، ޢީސާގެފާނަކީ ރަސޫލެއް އަދި ކަލެއްވެސް ނޫނެވެ. އަދި އަހަރަމެންނަށް އެނގޭފަދައިން، އިންޖީލުވަނީ ބަދަލުކުރެވިފައެވެ. އަދި އެކަލޭގެފާނު ދުނިޔެ ދޫކޮށްވަޑައިގަތުމުން، އިންސާނުން އެކަލޭގެފާނަށް ކަލެއްގެ ދަރަޖަ ދީފައެވެ. މި މިއިން އެއްވެސް ކަމެއް މިއީ ޙަޤީޤަތަކަށް ވެދާނެހެއްޔެވެ؟އަބޫބަކުރުގެފާނު

abubakrފުރިހަމަ ނަންފުޅަކީ ޢަބުދުﷲ ބިން ޢުޘްމާން ބިން ޢާމިރު ބިން ޢަމްރޫ ބިން ކަޢްބު ބިން ތައިމް ބިން މުއްރާ ބިން ކަޢްބު ބިން ލުއައްޔު(އަލްޤުރަޝީ އައްތަމީމީ) އެވެ. އާންމުކޮށް ކިޔާ ނަމަކީ އަބޫބަކުރު އެވެ. ލަގަބަކީ އައްޞިއްދީޤު އެވެ. ބައްޕާފުޅަށް އާންމުކޮށް ކިޔަނީ އަބީ ޤަޙާފާ އެވެ. މަންމާ ފުޅަކީ (އުއްމުލް ޚައިރު) ސަލްމާ ބިންތި ޞަޚްރު ބިން ކަޢްބު ބިން ސަޢުދު(އައްތަމީމިއްޔާ) އެވެ. އެއީ ބައްޕާފުޅު އަބީ ޤަހާފާގެ ބޮޑުބޭބެގެ ދަރިކަނބަލުންނެވެ. އުފަންވެ ވަޑައިގަތީ ކީރިތި ރަސޫލާ އުފަންވެވަޑައިގަތްތާ ދެ އަހަރާ މަސްތަކެއް ފަހުންނެވެ.ކައިވެނި ކުރާއިރު، ފިރިމީހާ އެހެން މީހަކާ ނުއިނުމަށް، އަނބިމީހާއަށް ޝަރުތު ކުރެވިދާނެތަ؟

kaaveni-kurin-sharuthuއެއްވެސް މީހަކަށް އޮޅިވަޑައިގެން ނުވާނޭފަދައިން އިސްލާމްދީން ފައުޅުވުމުގެ ކުރިން ޢާއްމުކޮށް ކަންތައް އޮތް ގޮތަކީ، އަންހެނުންގެ ޙައްޤު ނިގުޅައިގަތުމެވެ. އަންހެނުންނަކީ އަބަދުވެސް މަލާމާތް ރައްދުކުރެވޭ، ދަށުދަރަޖައިގެ ބައެއްގެ ގޮތުގައި ސިއްކަ ޖެހިފާ ވާބައެކެވެ. ޢަރަބީންގެ ތެރޭގައި ޖާހިލިއްޔަ ޒަމާނުގައި މީހަކަށް އަންހެންދަރިއަކު ލިބިއްޖެނަމަ އެއީ އޭނާ އަށް ލިބުނު ބަދުނަސީބު ކަމެއްކަމުގައި ހިތާ، އަންހެން ކުދިން ވަޅުލަމުން ދިޔަ ދުވަސްވަރެއްވެސް އައެވެ. އަދި އަންހެނުންނަކީ މުޖުތަމަޢް ބިނާކޮށް ތަރައްޤީ ކުރުމުގައި ބައިވެރި ނުވެވޭ ގޮތަށް ބާކީ ކޮއްލާފާތިބިބައެކެވެ.ޢުމަރު ބިން އަލްޚައްޠާބު

umarމިއީ މުސްލިމުންގެ ދެވަނަ ޚަލީފާއެވެ. ޢުމަރުގެފާނުގެ ދަރިކަނބަލުން ޙަފްޞާ އާއި ކީރިތި ރަސޫލާ ކައިވެނި ބައްލަވައިގެންފައި ވެއެވެ. ޢުމަރުގފާނާއި ބެހޭގޮތުން ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވަނީ '' އެކިއެކި އުއްމަތްތަކުގައި ދޫހެލޭ ވާހަކަ ދެއްކުންތެރިން ވެއެވެ. ތިމަން ކަލޭގެފާނު ގެ އުއްމަތުގައި އެފަދަ މީހަކުވާނަމަ އެއީ ޢުމަރު އެވެ''.ޢަލީ ބިން އަބީ ޠާލިބު

aliޢަލީގެފާނު އުޅެބޮޑުފުޅުވީ ކީރިތި ރަސޫލާގެ އަރިހުގައެވެ. މިގޮތުން ރަސޫލު ކަމާއިގެން ފޮނުއްވުމުގެ ކުރިން ކީރިތި ރަސޫލާ ނަމާދަށް ހުންނަވަނިކޮށް ޢަލީގެ ފާނުއަށް ފެނިވަޑައިގެންނެވި އެވެ. ޢަލީގެ ފާނު އެކަމާއި ކީރިތި ރަސޫލާ އާއި ސުވާލު ކުރެއްވި އެވެ. އެހިނދު ރަސޫލާ އިސްލާމްދީނާއި ބެހޭ މައުލޫމާތު ދެއްވައި އިސްލާމްވުމަށް ގޮވާލެއްވިއެވެ. އަދި ޢަލީގފާނު އިސްލާމްވެ ވަޑައިގަތުމަށް ފަހު އެކަން ބައްޕާފުޅު އަބީ ޠާލިބު އަށް ސިއްރު ކުރެއްވި އެވެ.ޢުޘްމާން ބިން ޢައްފާން

usmanޢުޘްމާންގެފާނަކީ ކުރީކޮޅު އިސްލާމްދީން ގަބޫލު ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭކަލެކެވެ. އިސްލާމްވެވަޑައިގަތް އިރު ޢުމުރުފުޅަކީ 34 އަހަރެވެ. އިސްލާމްވެ ވަޑައިގަތީ އަބޫބަކުރުގެފާނުގެ އަތްޕުޅުމައްޗަށެވެ. އެއަށްފަހު އަނބިކަނބަލުން ރުޤިއްޔާ އާއި އެކު ޙަބަޝްކަރައަށް ހިޖުރަ ކުރެއްވި އެވެ. އެއަށްފަހު މަދީނާ އަށް ހިޖުރަކުރެއްވި އެވެ. ސުވަރުގެ ވަދެވަޑައިގަންނަވާނެ ކަމުގެ އުފާވެރި ޚަބަރު ރަސޫލާ ދެއްވާފައިވާ ދިހަ ބޭފުޅުންގެ ތެރެއިން އެއް ބޭފުޅެވެ.ރިބާ ހިމެނޭ ދަރަނި އަތުލުމާއި ... ޝަރުޢީ ޟަރޫރަތް

ribaa-dharani-athulun-މުސްލިމެއްގެ ބޮލުގައި ދަރަންޏެއް އެޅިފައި އޮތުން، އެއީ އިސްލާމް ދީން ރުހޭ ކަމެއް ނޫނެވެ. ދީން އެދެނީ މުސްލިމުން އެއްވެސް މީހަކަށް ނު ދަރާ ދިރިއުޅުމެވެ. އެއީ ބޮލުގައި ދަރަންޏެއް އެޅިފައި ހުއްޓާ، ކުއްލި ގޮތަކަށް މަރުވެދާނެ ކަމުގެ ބިރަށްޓަކައެވެ. އަދި އަމިއްލަ ފައިސާއިން ވިޔަސް، ހުއްދަ ކަންތަކުގައި އިސްރާފް ކުރުމަކީ ދީނުގައި މަނާ ކުރެވިފައި ވާ ކަމެކެވެ. ވީ އިރު، ދަރަންޏެއް ނަގައިގެން އިސްރާފު ކުރުން ހުއްދަވާނީ ކިހިނެއްހެއްޔެވެ؟ މިއީ ޝައިޚްގެ ޖަވާބުގެ ޚުލާޞާއެވެ. ތަފްޞީލު ތިރީގައި މި ވަނީއެވެ.ބައެއް މުޢާމަލާތްތަކުގެ ތެރެއަށް ރިބާ ވަދެފައިވާކުންފުންޏާއި ބޭންކުތަކުގެ ހިއްސާގަތުމުގެ ޙުކުމް

ribaa-vadhefaivaa-kunfunee-ge-hissaa-gathunޙަރާމް ކަމެއް ކުރާ ކުންފުންޏެއްގައި ހިއްސާވުމަކީ ޙަރާމް ކަމެއްކަން ވަރަށް ފާޅެވެ. ޙަރާމްކަން އެނގެނީ، ޤުރުއާނާއި ސުންނަތުގައި ރިބާ އާ ބެހޭ ގޮތުން އައިސްފައިވާ ދަލީލުތަކުންނެވެ. އަދި އެނގިހުރެ، ރިބާ މުޢާމަލާތް ހިންގާ ކުންފުންޏެއްގައި ބައިވެރިވުމުގެ މާނައަކީ، ހިއްސާ ގަންނަ މީހާ ސީދާ ގޮތެއްގައި ރިބާ އާ މުޢާމަލާތް ކުރުމެވެ. އެހެނީ ހިއްސާއަކީ، ކުންފުނީގެ ރައުސްމާލުން އެތިކޮޅެކެވެ. އަދި ހިއްސާދާރަކީ ކުންފުނީގައި ވާ ތަކެތީގެ މިލްކިއްޔާތުގައި ވެސް ބައިވެރިވާ މީހެކެވެ.ކުންފުނިތަކުގައި ހިއްސާވުން

kunfuni-thakuga-hissaavunމުދާ ހިފައިގެން ބާޒާރަށް ގޮސް، ގަންނާނެއްބާ ކިޔައިގެން އެއްޗެހި ވިއްކި ޒަމާން މިހާރު ވަނީ ފާއިތުވެ ގޮސްފައެވެ. މި ޒަމާނު، ފިހާރައެއް ހުޅުވާނެ ބިމެއް ނެތިގެން، އެއްޗެހި ގަންނާނެ މީހަކު ރަށުގައި ނެތިގެން، ވިޔަފާރި އެއް ނުފެއްޓި ހުންނާކަށް ނުޖެހެއެވެ. ހެނދުނު އޮފީހަށް ނު ގޮސް، ކުންފުންޏަކުން ފައިދާ ލިބި ލިބި ހުންނާނެ ގޮތެއް ވިސްނިންހެއްޔެވެ؟ ކުންފުންޏެއް ހިންގުމުގެ ތަޖުރިބާ ނެތިގެން ވިޔަފާރި ނުފެއްޓި ހުންނާކަށް، މި އަދު ނުޖެހެއެވެ. މިހާރު މުއްސަނދި ވާން އެންމެ ފަސޭހަ ގޮތަކީ ހިއްސާގެ ވިޔަފާރީގެ ތެރެއަށް ވަނުމެވެ. ނަމަވެސް، މި ގޮތުން ވެސް ފަޤީރަކަށް މުއްސަނދި ނުވެވޭނެއެވެ.ރިބާ ... ޤުރުއާނާއި ޙަދީޘުން

ribaa-quraan-hadeesunއިސްލާމް ދީނުގެ އިޤްތިޞާދީ ނިޒާމް ބިނާވެފައި އޮންނަ އެއް އުސޫލަކީ، ރިބާ އާ ހަނގުރާމަ ކުރުމެވެ. އަދި ރިބާ އަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ، މުޖްތަމާޢާ ފަރުދުންގެ ކިބައިން ބަރަކާތް ކެނޑޭ، ދުނިޔެއާ އާޚިރަތުގެ ބަލާވެރިކަން ކުރިމަތި ވާ، ކަމެކެވެ. މިއީ ޤުރުއާނާއި ސުންނަތުގެ ނައްޞުން ސާބިތުވާ ކަންތަކެކެވެ. އުއްމަތް ވަނީ މިކަމާ މެދު އިޖްމާޢުވެފައެވެ. މިކަން ދެނެގަންނަން، ތިބާ ބަޤަރާ ސޫރަތުގެ މި އާޔަތްތައް ކިޔާލުމުން ފުދޭނެއެވެ.އެއްޗެއް ގަނެފައި، އެ ގަނެދޭން އެދުނު މީހާއަށް، އޭތި ވިއްކުމޭ ބުނެވެނީ ކޮން އެއްޗަކަށް؟

baiaul-muraabahaaމި ޒަމާނުގައި އިސްލާމީ ބޭންކުތަކުން ތި ކަހަލަ މުޢާމަލާތް ހިންގައެވެ. އެއީ، މިސާލަކަށް މީހަކު ވަކި ވައްތަރެއްގެ ނުވަތަ ވަކި މޮޑަލެއްގެ މާސިޑީޒް ކާރެއް ގަންނަން ބޭނުން ވެއްޖެއެވެ. އޭނާ ބޭނުންވަނީ، ބައިބަޔަށް އަގު އަދާކުރާ ގޮތަށް (އިންސްޓޯލްމެންޓަށް) ނުވަތަ ފަހުން އެއްފަހަރާ އަގު އަދާ ކުރާ ގޮތަށެވެ. ދެން އޭނާ އިސްލާމީ ބޭންކަކަށް ގޮސް މި ގޮތަށް ކާރު ގަންނަން ބޭނުންވާކަން ހާމަ ކުރުމުން، އޭނާ ބޭނުންވި ސިފަތައް ހުރި ކާރެއް ބޭންކުން ގަނެއެވެ. ކާރު ފިހާރައިން އެ ކާރު ގަނެ، ބޭންކުން ކާރު އަތުލާ ކާރާ ހަވާލުވެއެވެ.ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.