ހުކުރު20181116

އާކުރެވުނީ:

Error
  • MySQL server has gone away SQL=SELECT * FROM sre1m_banners WHERE '2018-11-16 18:03:26' >= `reset` AND `reset` != '0000-00-00 00:00:00' AND `reset`!=NULL AND (`checked_out` = 0 OR `checked_out` = 0)
  • MySQL server has gone away SQL=SELECT * FROM sre1m_banners WHERE '2018-11-16 18:03:26' >= `reset` AND `reset` != '0000-00-00 00:00:00' AND `reset`!=NULL AND (`checked_out` = 0 OR `checked_out` = 0)
  • MySQL server has gone away SQL=SELECT * FROM sre1m_banners WHERE '2018-11-16 18:03:26' >= `reset` AND `reset` != '0000-00-00 00:00:00' AND `reset`!=NULL AND (`checked_out` = 0 OR `checked_out` = 0)
  • MySQL server has gone away SQL=SELECT * FROM sre1m_banners WHERE '2018-11-16 18:03:26' >= `reset` AND `reset` != '0000-00-00 00:00:00' AND `reset`!=NULL AND (`checked_out` = 0 OR `checked_out` = 0)
Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ޢަޤީދާ ވަޞީލަތްތައް މަދުކަމާއެކު، އިންސާނާގެ ކިބާގައި ނިމުމެއްނުވާ ބޭނުންތަކެއް ލައްވާފައިވަނީ ކީއްވެ ހެއްޔެވެ؟

ވަޞީލަތްތައް މަދުކަމާއެކު، އިންސާނާގެ ކިބާގައި ނިމުމެއްނުވާ ބޭނުންތަކެއް ލައްވާފައިވަނީ ކީއްވެ ހެއްޔެވެ؟

nimumei-nuvaa-edhunއިޤްތިޞާދީ ޢިލްމް ބުނާގޮތުން، އިންސާނުންގެ އެންމެ އަސާސީ ނުވަތަ ޟަރޫރީ ބޭނުންތައް ފިޔަވާ ދެންހުންނަ ބޭނުންތަކަށް (ނުވަތަ އެދުންތަކަށް) ހައްދެއް ނުވެއެވެ. ނިމުމެއް ނުވެއެވެ. މިއީ ތެދެއްކަން އަޅުގަނޑުމެން ކޮންމެ މީހަކުމެ އަމިއްލަ ނަފްސާއިމެދު ވިސްނާލުމުން އެނގޭނެއެވެ. ތިމާމެންގެ އެއް ބޭނުމެއް ފުދޭއިރު، އަނެއް ބޭނުމެއް އޮންނަނީ ފެންމަތި ވެފައެވެ. އަދި، އެއް ފަހަރާ ފުއްދަންޖެހޭ ބޭނުންތައް ވެސް ބައިވަރުމެއެވެ.

ނަމަވެސް، މިބޭނުންތައް ފުއްދުމަށް ވާ ވަޞީލަތްތައް ބޭނުންތަކާއި އަޅާބަލާއިރު، ނިސްބަތުން ވަރަށް މަދެވެ. މި 'ވަޞީލަތުގެ މަދުކަން' ތަޙައްމަލު ކުރަން ނުޖެހޭ މުޖުތަމަޢެއް ނޯވެއެވެ. އިޤްތިޞާދު ކުރަން ޖެހެނީ ވެސް މިސަބަބާއި ހުރެއެވެ.

ކޮންމެއަކަސް، ސުވާލަކީ، ވަޞީލަތްތައް އެހާ މަދުން މިދުނިޔޭގައި ލައްވާފައިވާ އިރު، މިފަދަ، ދުވަހަކު ވެސް އެއަށް ނިމުމެއް ނާންނާނެ ބޭނުންތަކެއް އިންސާނާގެ ކިބާގައި ލައްވާފައި މިވަނީ ކީއްވެ ހެއްޔެވެ؟ އިންސާނާ އުފެއްދެވި ފަރާތަކީ، މިހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ފަރާތަކަށް ވާއިރު، މިކަން މިހެން އޮންނާނީ، ކޮންމެވެސް މަތިވެރި ޙިކްމަތަކަށްޓަކައެވެ. އެއީ، އަދި އަޅަމެން ކިތަންމެ ވިސްނިކަމުގައި ވީ ނަމަވެސް، ފުރިހަމަ އަށް ހޯދައި ނުގަނެވޭނެ ޙިކްމަތަކަށް ވެސް ވެދާނެއެވެ. ނަމަވެސް، އަޅުގަނޑުގެ ނަޒަރުގައި، މިކަން މިހެން އޮތުމަށް  ސަބަބެއް އެބައޮތެވެ. އެއީ:

1- މިދުނިޔެއަކީ، އިމްތިޙާން މާލަމެއް ކަމުން، އިންސާނާ އިމްތިޙާން ކުރުމަށްޓަކައި، އޭނާއަށް އިޚްތިޔާރުތަކެއް ލިބިދޭން ޖެހެއެވެ.

މިގޮތުން، ހައްދެއް ނުވާ ބޭނުންތަކެއް ލައްވާފައި އެވަނީ، އިންސާނާއަށް އޭގެ ތެރެއިން އޭނާ ފުއްދަން ބޭނުމީ ކޮން ބޭނުންތަކެއް، ކިހާ މިންވަރަކަށް، ކޮން ބީދައަކުންތޯ ނިންމުމުގެ އިޚްތިޔާރު ދިނުމަށްޓަކައެވެ. އިޤްތިޞާދީ ޢިލްމްގައި މިގޮތަށް، ވަކި ޙާލަތަކަށް ނިސްބަތްކޮށް، ލިބިފައިހުރި މަޢުލޫމާތެއްގެ އަލީގައި، އެވަގުތަކު ބޭނުންފުއްދުމަށް ލިބިފައިހުރި ވަޞީލަތްތަކަށް ރިޢާޔަތްކޮށް، އެއްބައި ބޭނުން ފުއްދައި އަނެއްބައި ބޭނުން ފަސްކޮށް ހެދުމަށް 'ޗޮއިސް' (ހޮވުން ނުވަތަ އިޚްތިޔާރުކުރުން) އާއި 'އޮޕަޗުނިޓީ ކޯސްޓް' (ފުރުޞަޠުގެ އަގު) ކިޔަނީ މިހެންވެއެވެ. ވަކި ބޭނުމެއް ނުވަތަ ބޭނުންތަކެއް ފުއްދައި އަނެއް ބޭނުމެއް ނުވަތަ ބޭނުންތަކެއް ފަސްކުރުމުގެ އިޚްތިޔާރު އޭނާއަށް ލިބިގެން ވާތީއެވެ. މިހެންވަނީ، ނިމުމެއް ނުވާ، ތަފާތު އެތައް ބޭނުންތަކެއް ހުރެފައި، އެ ބޭނުންތައް ފުއްދުމަށް ވާ ވަޞީލަތްތައް މަދުވީމައެވެ.

އެހެންކަމުން، މިކަމުގެ ތެރެއިން، އިންސާނާގެ ދަހިވެތިކަމާއި، ދީލަތިކަމާއި، އިސްރާފްކުރުމާއި، އަމިއްލަ އެދުމާއި، އަނެކުންނަށްޓަކައި ނުވަތަ ﷲ އަށްޓަކައި އޭގެ ތެރެއިން ޤުރުބާން ކުރަނީ ކިހާމިންވަރަކަށް ކޮން ބީދައަކުންތޯ އާއި އަދި ބޭނުންތައް ފުއްދުމުގައި އިޚްތިޔާރު ކުރަނީ ޙަލާލް ނުވަތަ ޙަރާމް މަގު ތޯ ބެލުމުގެ ގޮތުން، އިންސާނާގެ ކިބާގައި ހައްދެއްނުވާ ބޭނުންތަކެއް ލައްވައި، ވަޞީލަތްތައް ހުދޫދުކުރައްވާފައި ވަނީއެވެ. މިއީ، އިންސާނާ ފުރިހަމަކުރާ އިމްތިޙާނުގައި އޭނާއަށް ސީދާގޮތުންނާއި ނުސީދާގޮތުން ކުރިމަތިވާ އެންމެ ގިނަ ސުވާލުތައް ބިނާވެފައިވާ ދާއިރާއެވެ.

2. އިންސާނާގެ ކިބާގައި ދުވަހަކު ވެސް އެއަށް ނިމުމެއް ނާންނާނެ ބޭނުންތަކެއް ލައްވާފައި، އެބޭނުންތައް ފުއްދުމަށްޓަކައި މިދުނިޔޭގައި ލައްވާފައިވާ ވަޞީލަތްތައް މަދުވުން ދޭހަކޮށްދެނީ، ދުނިޔެ މިއީ އަދި އިންސާނާގެ އަޞްލު މަންޒިލް ނޫންކަމެވެ. އޭނާގެ އަޞްލު މަންޒިލް ވާނީ އޭނާގެ ހުރިހާ ބޭނުމެއް ފުއްދޭނެ ތަނަކަށެވެ. އެފަދައިން، ވަޞީލަތްތައް ތަނަވަސް ވެގެންވާ ތަނެއް ކަމުގައެވެ. އާދޭހެވެ. އެއީ، އަޅުގަނޑުމެންނަށް އެނގޭފަދައިން، ސުވަރުގެ އެވެ. މިއީ، ޤުރުއާނުންނާއި ޙަދީޘުން ސަރީޙަކޮށް އެނގޭ ކަމެއް ކަމަށް ވާ އިރު، ޝައްކުކުރާނެ ޖާގައެއް ނެތެވެ. ނަމަވެސް، މިކަމަށް ބާރުލިބޭ ބުއްދީގެ ދަލީލެއް ވެސް ދަންނަވާލާނަމެވެ.

ނިކަން ވިސްނަވާށެވެ. އިންސާނާ އޭނާގެ މައިމީހާގެ ރަޙިމުގައި އޮންނަ 9 މަސްދުވަހުގެ ތެރޭގައި އޭނާގެ ލޮލާއި، ނޭފަތާއި، ކަންފަތާއި އަތާއި ފައި ވެސް އެބަ ތަރައްޤީވެއެވެ. ނަމަވެސް، އޭނާއަކަށް، އެމަރުޙަލާއަކު އެއިން އެއްވެސް ގުނަވަނެއްގެ ބޭނުމެއް ނުޖެހެއެވެ. އެއީ ވެސް، އިންސާނާ އޮންނަ މަރުޙަލާއަކަށް ވާއިރު، ދުނިޔެއަކީ ވެސް އިންސާނާ ވާ އެހެން މަރުޙަލާއެކެވެ.

ކުރާ ދިގު ދަތުރެއްގެ ދެވަނަ މަރުޙަލާއެވެ. މި މަރުޙަލާގައި، އިންސާނާގެ ކިބާގައި ނިމުމެއް ނުވާ ބޭނުންތަކެއް ލައްވާފައި ވީނަމަވެސް، އެހުރިހާ ބޭނުންތައް ފުއްދުމަކީ، މިދުނިޔޭގެ ކަމެއް ނޫނެވެ. އެއީ، ދެން އަންނަން އޮތް ދުނިޔެއަކަށްޓަކައި ވާކަމެކެވެ. މައިމީހާގެ ރަޙިމުގައި ވީ ދުވަސްވަރު، އަތާއި ފައިގެ ބޭނުން ކުރަން ނުޖެހުނު ފަދައިން ނެވެ. އެއިރު، މިދެންނެވި ގުނަވަންތައް އިންސާނާގެ ކިބާގައި ލައްވާފައި އެވީ، އޭނާ މިދުނިޔޭގައި އުޅޭނެ ދުވަސްތަކަށްޓަކައެވެ. މި ބީދައިން ބަލާއިރު، މިދުނިޔޭގައި މަދުން ވަޞީލަތްތަކެއް ލައްވާފައި މިވަނީ، މި ސަބަބަށްޓަކައި ކަމަށް ބުނެވިދާނެއެވެ. އެއީ، އިންސާނާއަށް ކޮންމެހެން އޭނާގެ ހުރިހާ އެދުންތަކެއް މިދުނިޔޭގައި ފުއްދަން ނުޖެހޭތީއެވެ. ހަމަ މިސަބަބަށްޓަކައި، ބައެއްކަންކަން ޙަރާމްކުރައްވާފައި ވެސް ވަނީއެވެ. އެއީ، އޭނާއަށް ވާ ހައްދުތަކެއްގެ ގޮތުގައެވެ. އެހައްދުތައް ފަހަނައަޅައި ދިއުމަކީ އުރެދުމެވެ. އެއީ މިދުނިޔޭގެ އިމުން ބޭރުވުމަށް މަސައްކަތްކުރުމެވެ.

ވުމާއެކު، އިންސާނާގެ ކިބާގައި ނިމުމެއް ނުވާ ބޭނުންތަކެއް ލައްވާފައި މިވަނީ، އިންސާނާއަށް އިމްތިޙާނަކަށެވެ. ކޮންމެހެން އެހުރިހާ ބޭނުންތައް ފުއްދަނީ ކާކުތޯ ބަލާކަށް ނޫނެވެ. އެހުރިހާ ބޭނުންތައް މިދުނިޔޭގައި ފުއްދޭނެ އެއްވެސް އިންސާނަކު ނުމެ އުޅޭނެއެވެ. އެހެނީ، އެއީ އޭނާ މިދުނިޔޭގައި ކުރަން ހަމަޖެހިފައި ވާ ކަމަކަށް ނުވާތީއެވެ. އެހެން ޢިބާރާތުން ބުނާނަމަ، މިދުނިޔެއަށް އިންސާނާ ފޮނުއްވި މަޤްޞަދަކީ އެއީ ކަމަށް ނުވާތީއެވެ.

އެހެންކަމުން، ދުނިޔޭގައި ހޭދަކުރާ މުއްދަތުގައި އޭނާގެ ބޭނުންތައް ފުއްދުމުގެ ދާއިރާއަކީ، ހަމައެކަނި އޭނާގެ އެންމެ ޟަރޫރީ ބޭނުންތަކާއި، ދެން އެޔާއި ޖެހިގެން އަސާސީ އެހެނިހެން ބައެއް ބޭނުންތައް ފުއްދުމެވެ. ދުވަހަކުވެސް ފުރުމެއް ނުވާ ހިތެއް ފުރުމަށް ފޫގަޅައި މަސައްކަތް ކުރުމެއް ނޫނެވެ. އެކަމުގައި މުޅި ޢުމުރު ހޭދަކުރުމެއް ނޫނެވެ. ފަހެ، އެހެން އުޅުންވާނީ، ފޫނެއް ފަޔަށް ފެންފުރުން ކަމުގައި ނޫންހެއްޔެވެ؟ އެއަށްވުރެ، އިންސާނާއަށް މަންފާހުރީ، އޭނާ ދުނިޔެއަށް ފޮނުއްވި އަޞްލް މަޤްޞަދުގެ މަތިން ހަނދާންކޮށް، އެކަން ވޭތޯ އުޅުމެވެ. އެއީ، މާތް ﷲ އަށް އަޅުކަން ކުރުމާއި، އެކަލާނގެ އެންގެވި ގޮތަށް ދުނިޔެ އާރާސްތުކުރުމެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.