ދުޢާ އިތުބާރުހުރި ދީނީ މަޢްލޫމާތު، ޞިއްޙަތު، ޚަބަރު، އަދަބާއި ޘަޤާފަތް، ތަޢްލީމް، ޢާއިލާ، ކުޑަކުދިން، ޚިޔާލު އަދި މިނޫންވެސް ތަފާތު ދާއިރާތަކުގެ ލިޔުންތައް ، މި ސައިޓުން ވިދާޅުވެވޭނެ http://www.kavaasaa.com/dheen/dhuaa/ Fri, 18 Jul 2014 18:14:17 +0200 Joomla! - Open Source Content Management en-gb ވިތުރީގައި ކީދާނެ ޤުނޫތުގެ ދިވެހި ތަރުޖަމާ http://www.kavaasaa.com/dheen/dhuaa/vithuri-qunooth-ge-dhivehi-thaurjamaa.html http://www.kavaasaa.com/dheen/dhuaa/vithuri-qunooth-ge-dhivehi-thaurjamaa.html

duaa-qunootމާނައަކީ : '' އޭ ﷲ ! މިއަޅާއަށް ތެދުމަގު ދައްކަވައި، އިބަރަސްކަލާނގެ ތެދުމަގު ދެއްކެވި މީހުންގެ ތެރޭގައި ލައްވާފާނދޭވެ! އަދި އިބަ ރަސްކަލާނގެ މާފުދެއްވި މީސްތަކުންގެ ތެރޭގައި މިއަޅާއަށްވެސް މާފުދެއްވާނދޭވެ!  {މި މާނަކުރެވޭ އަނެއްގޮތަކީ: އަދި އިބަރަސްކަލާނގެ،ޞިއްޙަތު ސަލާމަތްކަން ދެއްވި މީހުންގެ ތެރޭގައި، މި އަޅާ ލައްވާފާދޭވެ!} އަދި އިބަ ރަސްކަލާނގެ ލޯބިވެވޮޑިގަންނަވާ އަދި އެބައެއްގެ ކަންތަކާ ހަވާލުވެވޮޑިގެންނެވި މީހުންގެ ތެރޭގައި، މިއަޅާ ލައްވާފާނދޭވެ!

]]>
info@kavaasaa.com (އިސްމާޢީލް ނާޖީ) ދުޢާ Sun, 27 Sep 2009 06:00:00 +0200
ޛިކުރު ކުރުމުގެ ފާއިދާ http://www.kavaasaa.com/dheen/dhuaa/zikru-kurumuge-faaidhaa.html http://www.kavaasaa.com/dheen/dhuaa/zikru-kurumuge-faaidhaa.html

dhuaa-faaidhaaދުޢާ ކުރުމުގެ އަދަބުތެރޭގައި އިމާމް އިބްނު އަލްޖައުޒީ، އޭނާގެ ''އައްތަބްޞިރާ ފީ އަލްވަޢްޡި'' ގައި ނަވާރަ އަދަބެއް ބަޔާން ކުރައްވާފައި ވެއެވެ. އެއީ:-

އެކެއް: މާތް ވަގުތުތަކުގައި ދުޢާ ކުރުން.

ދޭއް: މާތް ހާލަތެއްގައި ހުރެ ދުޢާ ކުރުން.

ތިނެއް: ޤިބްލައަށް ކުރިމަތިލައިގެން ހުރެ ދުޢާ ކުރުން.

ހަތަރެއް: ދުޢާ ކުރުމުގައި އަޑު މަޑު ކުރުން.

ފަހެއް: ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ މައްޗަށް ޞަލަވާތް ކިޔުން.

ހައެއް: ދުޢާކުރުމުގެ ކުރިން ﷲ އަށް ޙަމްދާއި ޘަނާ ދެންނެވުން.

]]>
info@kavaasaa.com (އިސްމާޢީލް ނާޖީ) ދުޢާ Thu, 02 Nov 2006 07:00:00 +0200
ޢަރަފާތް ދުވަހުގެ ޚުޠުބާ ގެ ދިވެހި ތަރުޖަމާ http://www.kavaasaa.com/dheen/dhuaa/arafaai-khutbaa.html http://www.kavaasaa.com/dheen/dhuaa/arafaai-khutbaa.html

arafa_dhuvasއައްސަލާމް ޢަލައިކުމް ވަ ރަޙްމަތުއްﷲ ވަ ވަބަރަކާތުހޫ ...

ހަމަކަށަވަރުން ހުރިހާ ޙަމްދެއް ޙައްޤުވެގެން ވަނީ ﷲ އަށެވެ. އަޅަމެން އެކަލާނގެ އަށް ޙަމްދު ކޮށް، އެ ކަލާނގެ ވާގިފުޅަށް އެދެމެވެ. އަދި އެ ކަލާނގެއަށް އިސްތިޣްފާރުކޮށް ތައުބާ ވަމެވެ. އަދި އަހަރެމެންގެ ނަފްސުތަކުގައިވާ ނުބައި ކަމާއި، އަހަރެމެން ކުރާ ނުބައި ޢަމަލުތުކުން ރައްކާތެރިކަމަށް އެދެމެވެ. ﷲ ހިދާޔަތް ދެއްވި މީހަކު މަގު ފުރެއްދޭނެ މީހަކު ނުވޭ. އަދި ﷲ މަގުފުރައްދަވައިފި މީހަކަށް ހިދާޔަތް ދޭނެ މީހަކު ނުވެއެވެ. އަދި ﷲ ފިޔަވާ ޙައްޤުވެގެން އަޅުކަން ކުރެވޭ އެހެން އިލާހެއް ނުވާކަމަށާއި، އެކަލާނގެ އަށް ޝަރީކެއް ނުވާ ކަމަށް ހެކިވަމެވެ.

]]>
info@kavaasaa.com (ތަރުޖަމާ ކުރީ: އިސްމާޢީލް ނާޖީ) ދުޢާ Tue, 31 Jan 2006 17:13:59 +0200
ދަރިން ލިބުމަށް އެދި ކުރެވޭ ދުޢާ http://www.kavaasaa.com/dheen/dhuaa/dharin-libumai-edhi-kurevey-dhuaa.html http://www.kavaasaa.com/dheen/dhuaa/dharin-libumai-edhi-kurevey-dhuaa.html

kudhin-dhuaaމި ބިންމަތީގައި އިންސާނުންގެ ދަރިފަސްކޮޅު ދެމި އޮތުމުގެ ސަބަބެއް ކަމުގައި މާތް ﷲ ލައްވާފައި ވަނީ، ކައިވެނި ކޮށްގެން ކުދިން ލިބުމެވެ. އަދި ކުދިން ލިބުމަކީ ދުނިޔޭގައި އިންސާނަކަށް ލިބޭ ގިނަ ގުނަ ނިޢްމަތްތަކުގެ ތެރެއިން ވަރަށް ވެސް ބޮޑު ނިޢްމަތެއް ކަން ކަށަވަރެވެ. ނަމަވެސް ކޮންމެ މީހަކީ މި ނިޢްމަތް ލިބޭ މީހެއް ނޫނެވެ. ބައެއް މީހުންނަށް ވަރަށް ފަސޭހައިން ކުއްޖަކު ލިބޭ އިރު، އަނެއް ބަޔަކަށް ގިނަ ދުވަސްތަކަކު އިންތިޒާރު ކުރުމަށް ފަހު ލިބޭތަން ވެސް އާދެއެވެ. އަދި އަނެއް ބަޔަކު މި ނިޢްމަތުން އެއްކޮށް މަޙްރޫމް ވެއެވެ.

]]>
info@kavaasaa.com (އިސްމާޢީލް ނާޖީ) ދުޢާ Mon, 27 Jun 2005 07:00:00 +0300
ކީރިތި ގުރުއާނުން ހޮވާލެވިފައިވާ ބައެއް ދުޢާތައް http://www.kavaasaa.com/dheen/dhuaa/keerithi-quranun-hvaalevifaivaa-bai-dhuaa.html http://www.kavaasaa.com/dheen/dhuaa/keerithi-quranun-hvaalevifaivaa-bai-dhuaa.html

noble_Quranޝައްކެއްވެސް ނެތް ގޮތުގައި ދުޢާ ކުރުމުގައި މީހަކަށް ބޭނުން ކުރެވިދާނެ އެންމެ މޮޅު، އެންމެ ފުރިހަމަ، އެންމެ ޝާމިލު، އެންމެ ބަލާޣަތްތެރި ދުޢާ އަކަށް ވާނީ ، މާތް ﷲގެ ކަލާމްފުޅު ކަމުގައިވާ ކީރިތި ޤުރުއާނުގައިވާ ދުޢާތަކެވެ. މި ސަބަބަށްޓަކައި އަޅުގަނޑު މި ފަހަރު މި ލިޔެލަނީ ޤުރުއާނުގައި ހިމެނޭ ދުޢާ އެއްގެ ގޮތުގައި އައިސްފައިވާ ބައެއް އާޔަތްތަކާއި އޭގެ މާނައިގެ ތަރުޖަމާއެވެ.

]]>
azee@kavaasaa.com (ޑރ. ޢަބްދުލް ޢަޒީޒު ޙަމީދު) ދުޢާ Sat, 11 Dec 2004 07:00:00 +0200
ހިތާމައާއި ކަންނެތްކަމުން ދުރުވުމަށް ކުރާ ދުޢާއެއް http://www.kavaasaa.com/dheen/dhuaa/hithaama-aa-kenneikamun-dhuruvaan-kuraa-dhuaa.html http://www.kavaasaa.com/dheen/dhuaa/hithaama-aa-kenneikamun-dhuruvaan-kuraa-dhuaa.html

ufaa-dhuaaاللَّهُمَّ إِنِّي أَعُوذُ بِكَ مِنْ الْهَمِّ وَالْحَزَنِ وَالْعَجْزِ وَالْكَسَلِ وَالْجُبْنِ وَالْبُخْلِ ‏ ‏وَضَلَعِ ‏ ‏الدَّيْنِ وَغَلَبَةِ الرِّجَالِ ‏

މާނައަކީ : ''ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮއެވެ! ހަމަކަށަވަރުން އިބަ ރަސްކަލާނގެ ވާގިފުޅާ ލައިގެން، ވާން އޮތް ކަންކަމަށް ވެވޭ ދެރަ، އަދި ނިމިފައިވާ ކަންކަމަށް ކުރެވޭ ހިތާމަ، އަދި ނުކުޅެދުންތެރިކަން އަދި ކަންނެތްކަން، އަދި ފިނޑިކަން އަދި ދަހިވެތިކަން އަދި ބަރު ދަރަނިވެރިވުން އަދި އެހެން މީހުންގެ ބާރު ދަށުވުމުން، ރައްކާތެރިކަމަށް މިއަޅާ އެދެމެވެ.''

]]>
info@kavaasaa.com (އިސްމާޢީލް ނާޖީ) ދުޢާ Thu, 01 Jul 2004 07:00:00 +0300