ހޮނިހިރު20171014

އާކުރެވުނީ: 09:46:14

ފިޤުހު

ޙައްޖު ވާޖިބުވުމުގައި އަންހެނާއަށް ޚާއްޞަ ޝަރުޠުތައް

hajju-anhenunމުސްލިމުންގެ މައްޗަށް މާތްﷲ ވާޖިބުކުރައްވާފައިވާ އަޅުކަމުގެ ބާވަތްތަކުގެ ތެރެއިން ޙައްޖަކީ މާތްކަން ބޮޑުވެގެންވާ އަޅުކަމެކެވެ. ޙައްޖަކީ އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން ރުކުނެއްމެއެވެ. އަދި އެއީ ޢުމުރުން އެއްފަހަރުގައި ވުމުން ފުދޭކަމެއްވެސް މެއެވެ. ކޮންމެއަކަސް މިފަދަ މަތިވެރި އަޅުކަމެއް އަދާކުރުމުގެ ޝައުޤުވެރިކަން މުސްލިމެއްގެ ހިތުގައި ނެތުމަކީ ނުވާނެކަމެކެވެ. އަދި އެއީ އަންހެނެއްކަމުގައި ނުވަތަ ފިރިހެނެއްކަމުގައި ވިޔަސްމެއެވެ.

ތަފްޞީލު...



ޚިޠުބާގައި އަންހެނާއަށް ބެލުން

khithubaaޚިޠުބާގެ މާނައަކީ ކަނޑައެޅިގެންވަކި އަންހެނަކާ ކާވެނިކުރުމުގެ އެދުން ފާޅުކުރުމާއި، އެކަން އަންހެނާގެ ވަލީވެރިއާއަށް ނުވަތަ އަންހެނާއަށް އެންގުމެވެ. މިކަން ޚިޠުބާއަށް އެދޭ ފިރިހެނާއަށް ސީދާކުރެވިދާނެއެވެ. ނުވަތަ އޭނާގެ އަހުލުވެރިން މެދުވެރިކޮށް ކުރެވިދާނެއެވެ. އަދި އަންހެންމީހާ ނުވަތަ އޭނާގެ ވަލީވެރިޔާ އެދެމީހުން ކާވެނިކުރުވުމަށް އެއްބަސްވެއްޖެނަމަ، އެހިސާބުން ޚިޠުބާ ފުރިހަމަވީއެވެ. ކާވެނީގެ ކުރިން ޚިޠުބާ އުވައިލުމުގެ އިޚުތިޔާރު ދެފަރާތުންކުރެ ކޮންމެ ފަރާތަކަށްވެސް ލިބިގެންވެއެވެ.[3]

އެހެން ބައެއް ޢިލްމުވެރިން އެއީ ހަމައެކަނި އަންހެނާގެ ކާވެންޏަށް، މީސްތަކުންގެ މެދުގައި މަޝްހޫރުވެފައިވާ ވަސީލަތްތައް މެދުވެރިކޮށް އެދުންކަމުގައި މާނަކުރައްވައެވެ.[4] އެކަމަކު އިސްވެދިޔަ ތަޢުރީފަކީ ތަފްޞީލު ތަޢުރީފެކެވެ.

ތަފްޞީލު...



ޒަކާތުގެ ފިޤުހު: ޒަކާތުގެ ނިޞާބުތަކާއި މިންވަރުތައް ސުންނަތުން ކަނޑައެޅުން

fiqh-zakaat-minvaru-sunnathunއޭގައި ޒަކާތް ވާޖިބުވާ މުދާ، ސުންނަތުން ވަނީ ކަނޑައަޅާފައެވެ. އަދި އެއިން ކޮންމެ އެއްޗެއްގެ ނިޞާބާއި، ނެރުން ވާޖިބުވާ މިންވަރުތައްވެސް ވަނީ ކަނޑައަޅާފައެވެ. އަދި ޒަކާތް ބަހާލެވޭ މީހުންނާއި ފަރާތްތައް، ސުންނަތުން ވަނީ ތަފްޞީލުކޮށްދީފައެވެ. އެއީ إِنَّمَا الصَّدَقَاتُ މި އާޔަތުގައި ނަންގަނެވިފައިވާ މީހުންނާއި ފަރާތްތަކެވެ. ފަހުން މީގެ ތަފްޞީލުތައް އަދި އަހަރެން ގެންނާނަމެވެ. މިތާނގައި އެނގުން އަހަރެމެންނަށް މުހިއްމީ، ނިޞާބުތަކާއި މިންވަރުތައް ކަނޑައެޅިފައިވާ ޒަކާތް ފަރުޟުކުރެވުނު ތާރީޚަކެވެ.

ތަފްޞީލު...



ޒަކާތުގެ ފިޤުހު: މަދީނާ ދުވަސްވަރު ޒަކާތްދިނުން

fiqh-zakaat-madina-zamaanugaiމައްކާ ދުވަސްވަރު މުސްލިމުނަކީ ދީނީ މިނިވަންކަން ނިގުޅައިގަނެވިފައި ތިބި ބައިމަދު މީސްކޮޅެކެވެ. ނަމަވެސް މަދީނާގައި މުސްލިމުންނަކީ އަމިއްލަ ވަޒަނަކާއި ވެރިކަމެއް އޮތް ބޮޑު ޖަމާޢަތެކެވެ. މިހެންވެ އިސްލާމްދީނުގައި އެމީހުންނާ ހަވާލުކުރެވިފައިވާ ކަންތައްތަކުގައިވެސް، އެ މަރުހަލާއާ ގުޅޭ  އާ ސިފައެއްޖެހުނެވެ. އެއީ ކުރިން ޢާއްމުވެ ދޫކޮށްލެވިފައިވާ ކަންތައްތައް، ވަކިކުރެވި ކަނޑައަޅެފައި އޮތުމުގެ ސިފައެވެ. ކުރިން ހަމައެކަނި އިރުޝާދުތަކެއް ކަމުގައި އޮތް ކަންތައްތައް، އެންމެންނަށް ލާޒިމުވާ ޤާނޫނުތަކެއްކަމުގައި ފަހުން ވިއެވެ. ކުރިން އެ ކަންތައްތައް ތަންފީޒުކުރުވާ ބާރަކީ ހަމައެކަނި އޭނާގެ އީމާންކަމާއި ޟަމީރެވެ. ނަމަވެސް ފަހުން ކަންކަން ތަންފީޒުކުރުވާނެ ވެރިކަމުގެ ބާރެއް، އީމާންކަމާއި ޟަމީރާއި އެކުއެކީ އޮތެވެ.

ތަފްޞީލު...



ޒަކާތުގެ ފިޤުހު: މައްކާގައި ޒަކާތްދިނުން އޮތް ގޮތް

fiqh-zakaat-makka-zamaanugaiއިސްލާމްދީނުގެ ކުރީކޮޅުގައި މުސްލިމުން މައްކާގައި ތިބިދުވަސްވަރު، ފަޤީރުންނާއި މިސްކީނުންނާ އަޅާލުމާއި، އެމީހުންނަށްވާ މާލީ ޙައްޤުތައް ދިނުމާމެދު ޤުރުއާނުގައި އައިސްފައިވާ ބައެއް އާޔަތްތަކާއި، އަދި އެ އާޔަތްތަކުގައިވާ ގޮތާއި ވައްޓަފާޅި، ވޭތުވެދިޔަ ޞަފްޙާތަކުން އަހަރެމެންނަށް އެނގިޖެއެވެ. މި ގޮތުގެ އިތުރުން އެހެން ގޮތަކަށްވެސް، 'ޒަކާތް ދިނުމާ' ބެހޭގޮތުން ޤުރުއާނުގައި ވާހަކަދެކެވިފައިވެއެވެ. އެއީ، ޒަކާތްދޭ މީހުންނަށް ޘަނާކިޔައި، ނުދޭ މީހުން ނުބައިކުރުމެވެ.  މައްކީ އެތަކެއް ސޫރަތަކުން، ސާފުކޮށް މިކަން ފެންނަން އެބަ އޮތެވެ.

ތަފްޞީލު...



ޒަކާތުގެ ފިޤުހު: އެދޭމީހާއާއި މަޙާރޫމުވެފައިވާމީހާއާއި މިސްކީނާއި ދަތުރުވެރިއާގެ ޙައްޤު

fiqh-zakaat-mahroome-vefaivaa"ހަމަކަށަވަރުން، އިންސާނާ ހައްދަވާފައިވަނީ، ދަހިވެތި، ނަފްސު ނުހިފެހެއްޓޭ، ކެތްކުޑަ މީހެއްގެ ގޮތުގައެވެ. * އެ އިންސާނާއަށް، ދަތި، ނުބައިކަމެއް ޖެހިއްޖެނަމަ، އޭނާއަކީ ކެތްތެރިކަންކުޑަ ހިތާމަކުރުންބޮޑު މީހެކެވެ. * އަދި އޭނާއަށް، ތަނަވަސްކަމާއި، ރަނގަޅު ގޮތްތައް މެދުވެރިވެއްޖެނަމަ، އެއިން ހޭދަކުރުމުން މަނާވެގަނެ، ހިފަހައްޓާ މީހެކެވެ. * ނަމަވެސް އެއީ ނަމާދުކުރާ މީހުން މެނުވީއެވެ. * އެބައިމީހުންނީ، ނަމާދުކުރުންމަތީ ދެމިތިބޭ މީހުންނެވެ. * އަދި އެބައިމީހުންނީ، އެބައިމީހުންގެ މުދަލުގައި، އެނގި ކަނޑައެޅިގެންވާ ޙައްޤެއްވާ މީހުންނެވެ.* އެއީ ސުވާލުކޮށް އެދޭ މީހުންނަށާއި، ނިކަމެތި މަޙްރޫމުންނަށެވެ."

ތަފްޞީލު...



ޒަކާތުގެ ފިޤުހު: މިސްކީނުންނަށް ކާންދިނުމަކީ އީމާންކަމުގެ ތެރެއިންވާ ކަމެއް

fiqh-zakaat-miskeenunna އާޚިރަތް ދުވަހުގެ މަންޒަރުތަކުގެ ތެރެއިން މަންޒަރެއް، ޤުރުއާން ގެނެސްދީފައިވެއެވެ. އެއީ، ދޮގުކޮށް ކުފުރުވެގަތް މީހުން ނަރަކައިގައި ތިބޭ މަންޒަރު ފެނިގެން، ސުވަރުގޭގައި ތިބޭ ކަނާތްފަރާތުގެ އަހުލުވެރިން، އެ ކުށްވެރިންނާމެދު އެކަކު އަނެކަކާ ސުވާލުކުރާ މަންޒަރެވެ. ނަރަކައަށް ވަނީ ކީއްވެގެންތޯ، ސުވަރުގެވެރިން ނަރަކަވެރިންނާ ސުވާލުކުރެއެވެ. ސަބަބެއް ކަމަށް، ޖަވާބުގައި ނަރަކަވެރިން ބުނަނީ، މިސްކީނުންގެ ޙައްޤުތަކާމެދު ފަރުވާކުޑަކޮށް، ބަނޑުހައިހޫނު ކަމާއި އަންނައުނު ނުލިބި އޮރިއާން ހާލުގެ ޝިކާރައަކަށް، ފަޤީރުން ދޫކޮށްލުމެވެ.

ތަފްޞީލު...



އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: މުހިއްމު ބޭނުމެއްނެތި ކުއްތާ ގެންގުޅުން

halaal-haraam-kutta-gengulhunމުހިއްމު ބޭނުމެއްނެތި ގޭގައި ކުއްތާގެންގުޅުން، ނަބިއްޔާ –ޞައްލަﷲ ޢަލައިހި ވަސައްލަމަ- ވަނީ މަނާކުރައްވާފައެވެ. ބައެއް މުއްސަނދިން އެމީހުން ގެންގުޅޭ ކުއްތާއަށް ނިކަން ދީލަތިކޮށް ޚަރަދުކޮށްފައި، އެހެންނަމަވެސް އިންސާނަކަށް އެ ޚަރަދުކުރަންޖެހުނީމާ ދަހިވާތަން އަހަރެމެން ދެކެމެވެ. އަދި ބައެއްފަހަރު  ކުއްތާއަށް ހޭދަކުރެވޭ ފައިސާއިން ނުފުދިގެން، ހުރިހާ ލޯތްބަކާއި ކުލުނެއް ވެސް ދެނީ ކުއްތާއަށެވެ. އެކަމަކު އޭނާގެ ތިމާގެ މީހުންނާ ޖެހުނީމާ، ލޯތްބެއް ކުލުނެއް ނުހުރެއެވެ.

ތަފްޞީލު...



އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ (ފޮޓޯ)

halaal-haraam-foto

އޮޅުމެއް ނެތްގޮތުގައި، މި ފޮތުގައި މީގެ ކުރިން 'ޞޫރަ' 'ޞޫރަހެދުން' މި ލަފްޒު ބޭނުންކުރެވިފައިވާ މާނައަކީ، ބުދު، އަދި ކޮށައި މަށައި ބުދުހެދުން، ނުވަތަ ތަންތަނާއި އެއްޗެހީގައި ކުރެހުމެވެ. މިކިޔާ ފޮޓޯގްރަފީ ޞޫރަ (ފޮޓޯ) މީގެ ތެރެއަކު ނުހިމެނެއެވެ.

ކެމެރާއެއް ބޭނުންކޮށްގެން ނަގާ ފޮޓޯގްރަފީ ޞޫރައަކީ، ކީރިތި ރަސޫލާގެ ޒަމާނުގައިވެސް އަދި މުސްލިމުންގެ ކުރީގެ ޢިލްމުވެރިންގެ ދުވަސްވަރުވެސް ނެތް، މިޒަމާނުގައި އަލަށް އުފެދިފައިވާ އެއްޗެކެވެ. ކަންމިހެން އޮތްއިރު، ޞޫރައާއި ޞޫރަހަދާ މީހުންނާ ބެހޭގޮތުން އައިސްފައިވާ ޙަދީޘްތަކުގައި އައިސްފައިވާ ޙުކުމް، މި ޒަމާނުގައި މިކިޔާ ފޮޓޯގްރަފީ ޞޫރައަށް ވެސް ދެވިދާނެހެއްޔެވެ؟

ތަފްޞީލު...



އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ހެދުންއެޅުމާއި ޒީނަތުގައި

halaal-haraam-hedhun-elhumaai-zeenahފެންނަފެނުމަށް ރީތިކޮށް ހުރުމާއި، ރީއްޗަށް ހެދުންލުމާއި، ކަރާމާތް ލިބިގެންވާފަދަ ގޮތަކަށް ހުރުމާއި، އަދި ﷲ ދެއްވާފައިވާ ހެދުމާއި ޒީނަތްތެރި ފޭރާމުގެ ބޭނުންހިފުމަކީ، އިސްލާމްދީން ހުއްދަކޮށްފައިވާ ކަމެކެވެ. ކިއެއްތަ، މިއީ އޭނާގެ ކިބައިން އިސްލާމްދީން އެދޭކަމެކެވެ.

އިސްލާމްދީނުގެ ނަޒަރުގައި ހެދުންއެޅުމުގެ އޮތީ ދެ ބޭނުމެކެވެ. އެއީ ޢައުރަ ނިވާކުރުމާއި ޒީނަތްތެރިވުމެވެ. މިހެންވެ މާތް ﷲ އާދަމުގެ ދަރީންނަށް ދެއްވާފައިވާ ނިޢުމަތްތައް ގުނުއްވަމުން، އޭގެ ތެރޭގައި ހެދުމާއި ޒީނަތްތެރި ފޭރާންވެސް ހިމަނުއްވާފައިވެއެވެ. މިގޮތުން ވަޙީކުރައްވާފައިވަނީ: يَا بَنِي آدَمَ قَدْ أَنزَلْنَا عَلَيْكُمْ لِبَاساً يُوَارِي سَوْآتِكُمْ وَرِيشاً

ތަފްޞީލު...



އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ރާ

halaal-haraam-raaރާއާ ބެހޭގޮތުން މާތް ނަބިއްޔާ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އެންމެ ފުރަތަމަ އިޢުލާންކުރެއްވީ، ރާ އުފައްދާފައިވަނީ ކޮންއެއްޗަކުންތޯ ނުބަލާ، ރަލުގެ އަސަރަށް ބެލުމަށެވެ. އެ އަސަރަކީ މަސްތުވުމެވެ. ވީމާ މަސްތުކުރުމުގެ ބާރު ހުންނަ ކޮންމެ އެއްޗަކީ ރާ ކަމުގައި އެކަލޭގެފާނު ކަނޑައެޅުއްވިއެވެ. މީހުން އަދި ކޮންމެ ނަމެއް ކީ ކަމުގައިވިޔަސް، އަދި ކޮންމެ އެއްޗަކުން ހެދިފައިވީކަމުގައި ވިޔަސް، މަސްތުކުރުވާ އެއްޗެއްވިޔާ އެއީ ރާއެވެ. މިގޮތުން މިޒަމާނު މީހުން މިކިޔާ ބިޔަރާއި އަދި މިފަދަ ހުރިހާ ބުއިމަކީވެސް ބުއިން ޙަރާމް ރާއެވެ.

ތަފްޞީލު...



އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: މަސްތުވާތަކެތި

halaal-haraam-masthuvaa-thakethi

"ރާއަކީ ބުއްދީގެ މައްޗަށް ފަރުދާއެޅޭ ކޮންމެ އެއްޗެކެވެ." ޞަލަވާތާއި ސަލާމްލެއްވި މާތް ނަބިއްޔާގެ މިންބަރުފުޅުމަތިން، ޢުމަރުގެފާނު ވިދާޅުވެފައިވާ ބުއްދިވެރި މިބަސްފުޅުން، ރާގެ މަފްހޫމަކީ ކޮބައިކަން ވަނީ ކަނޑައަޅުއްވާފައެވެ. އެހެން ވިދާޅުވީ ސުވާލުކުރާ މީހުންގެ ސުވާލުތަކާއި އޮޅުންއަރާ މީހުންގެ އޮޅުންތައް ގިނަވިޔަ ނުދެއްވުމަށްޓަކައެވެ. ބުއްދިއަށް އަސަރުފޯރުވައި، ހެޔޮނުބައި ވަކިކުރުމާއި ކަންކަން ދެނެގަތުންފަދަ ސިކުނޑީގެ ޠަބީޢީ މަސައްކަތަށް ހުރަސްއަޅައި، އޭގެ މައްޗަށް ފަރުދާއެއް އަޅާ ކޮންމެ އެއްޗަކީ ޙަރާމްކުރެވިފައިވާ ރާއެވެ. މާތް ﷲ އާއި އަދި އެކަލާނގެ ރަސޫލާ، ޤިޔާމަތާ ޖެހެންދެން ވަނީ އެ ޙަރާމްކުރައްވާފައެވެ.

 

ތަފްޞީލު...



އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ގޭތެރޭގައި

halaal-haraam-geythereygaiރަނާއި ރިހީގެ ކަންވާރު ޙަރާމްވުމުން، މުސްލިމު މީހާގެ ގޭތެރެ ޒީނަތްތެރިކުރުމަށާއި ހިފައިގެންގުޅުމަށް ބޭނުންކުރެވޭ ތަކެއްޗަށް، ދަތިތަކާއި ހުރަސްތަކެއް ހުރިކަމަށް ނަމަނަމަ ހީނުކުރާށެވެ. އެހެނީ މިކަންކަމަށް ބޭނުންކުރެވިދާނެ ޙަލާލު ތަކެތި ވަރަށް ގިނަވެފައި ދާއިރާ ނިކަން ފުޅަލެވެ. ބިއްލޫރި، މުށި، ލޮއި، އަދި މި ނޫނަސް ތަފާތު ބާވަތް ބާވަތުގެ މަޢްދަންތަކުން ހަދާފައި ހުންނަ ކަންވާރާއި ހިފައިގެންގުޅޭ ސާމާނާއި ޒިނަތްތެރި ކުރުމަށް ބޭނުންކުރާ ކިތަންމެހާވެސް ރީތި އެއްޗެހި ހުރެއެވެ! ކޮޓަނާއި ކިއްތާނުފަދަ އެކި ކަހަލަ ފޮތިން ހަދާފައި ހުންނަ ނުހަނު ރީތި ބާލީހާއި  އެނދު ސޯފާ ހުރެއެވެ!

ތަފްޞީލު...



ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.