ހުކުރު20201120

އާކުރެވުނީ: 08:43:52

ފިޤުހު

އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ކެއިންބުއިމުގައި

halaal-haraam-keun-buimugaކައިބޮއި އުޅޭ އެއްޗެއްސާއި، އޭގެތެރެއިން ހުއްދައީ ކޯޗެއްތޯއާއި އަދި މަނައީ ކޯޗެއްތޯ، ވަރަށް އިހުޒަމާނުއްސުރެވެސް މީހުންގެ މެދުގައިވަނީ ޚިލާފުއުފެދިފައެވެ. ވަކިން ޚާއްޞަކޮށް ކެއުމަށް ބޭނުންކުރެވޭ ދިރޭތަކެތީގެ ބާވަތްތަކުގައެވެ. ގަހުން އުފެދޭ ކާނާއާއި ބުއިމަށް ބަލާއިރު، މީގައި މާބޮޑު ޚިލާފުތަކެއް މީހުންގެ މެދުގައި އުފެދިފައި ނެތެވެ. މިބާވަތުގެ ތެރެއިން އިސްލާމްދީނުގައި ޙަރާމްކޮށްފައިވަނީ، ރާއަށް ބަދަލުވެފައިވާ ތަކެތި އެކަންޏެވެ. މޭބިސްކަދުރުން، ކަދުރުން، ނުވަތަ ހިމަގޮދަނުން ނެގުނު އެއްޗެއްކަމުގައި ވިޔަސް، ރާއަށް ބަދަލުވެއްޖެނަމަ އެވާނީ ޙަރާމް އެއްޗަކަށެވެ.

ތަފްޞީލު...އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ޝިކާރަކުރުން

halaal-haraam-shikaara-kurunޝިކާރަކުރެވޭ އެތީގައި ހުންނަންޖެހޭ ޝަރުޠަކީ، އެއީ ކަރުން ކަތިލުމަށްޓަކައި އިންސާނާގެ ބާރުދަށަށް ނުގެނެވޭފަދަ ޖަނަވާރަކަށްވުމެވެ. ކަތިލާންވާގޮތަށް ކަރުން ކަތިލެވޭނަމަ ކަތިލާންޖެހޭނީ އެގޮތަށެވެ. އެހެން ގޮތަކަށް ކަތިލައިގެން ނުވާނެއެވެ. އެހެނީ އަސްލަކީ ކަރުން ކަތިލުމެވެ. ހަމައެހެންމެ ތީރުޖަހައިގެން ނުވަތަ ޝިކާރަވެރިކުއްތާ ފޮނުވައިގެން ޝިކާރަކުރެވޭ ޖަނަވާރު ރަނގަޅަށް ދިރިއޮއްވާ އަތުލެވިއްޖެނަމަ، އެ ޙަލާލުކުރުމަށްޓަކައި ހަމަ އާދައިގައިވެސް ކަތިލާގޮތަށް ކަރުން ކަތިލާންޖެހޭނެއެވެ. އޭތި ދިރިއޮތީ ކިރިޔަ ކިރިޔާނަމަ، ކަތިލުމަކީ ރަނގަޅުކަމެކެވެ.

ތަފްޞީލު...އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ޝަރުޢީ ކަތިލުން

halaal-haraam-sharuee-kathilun1"ކަލޭގެފާނު ވިދާޅުވާށެވެ! ކާ މީހަކަށް ކެއުން ޙަރާމް ކުރައްވާފައިވާ، ނަޢަމްސޫފީގެ ތެރެއިން ޙަރާމޭ ކަލޭމެން ތިޔަބުނާފަދަ އެއްޗެއް، ތިމަންކަލޭގެފާނަށް އިއްވެވި ވަޙީގެ ތެރޭގައިވާތީ ދެކެވަޑައެއް ނުގުންނަވަމެވެ. އެ އެއްޗަކީ ކަތިލުމަކާ ނުލާ މަރުވެފައިވާ އެއްޗެއް ކަމުގައި، ނުވަތަ އޮހޮރޭ ލޭ ކަމުގައި، ނުވަތަ އޫރުމަސްކަމުގައި ވެއްޖެ އެއްޗެއް މެނުވީއެވެ. ހަމަކަށަވަރުން، އެއީ ނަޖިސް ހަޑިމުޑުދާރު ތަކެއްޗެވެ. ނުވަތަ ﷲ އަށް ވާންޖެހޭ ކިޔަމަންތެރިކަމުން އެއްކިބާވެ، ﷲ ފިޔަވާ އެހެން ފަރާތެއްގެ ނަންގަނެ ކަތިލާފައިވާ އެއްޗެއްކަމުގައި ވެއްޖެ އެއްޗެއް މެނުވީއެވެ. ޙަރާމްވެގެން ވަނީ މިހަތަރު ބާވަތެވެ."

ތަފްޞީލު...ޙަލާލްކަންތައް ޙަރާމްކޮށް އަދި ޙަރާމްކަންތައް ޙަލާލް ކުރުމަކީ، ﷲ އާ ޝިރުކުކުރުންފަދަ ކަމެއް

halaal-haraam-3ޝަރުޢީ ޞައްޙަ ދަލީލެއް ނެތި އަމިއްލަ އަމިއްލައަށް ކަންކަން ނުވަތަ އެއްޗެހި ޙަރާމްކުރާ މީހުންނާއި، ޙަލާލްކުރާ މީހުންނަކީ، އެ މީހުންގެ މައްޗަށް ދީނުގައި ޢައިބުކިއިފައިވާ ބައެކެވެ. ހިތުހުރިގޮތަކަށް ޙަރާމްކުރާ މީހުންނަކީ އަދި ވަކިން ނުބައިކަން ބޮޑު ބައެއް ކަމުގައި އިސްލާމްދީން ދެކެއެވެ. މިހެންވެ ޚާއްޞަކޮށް މިފަދަ މީހުންގެ މައްޗަށް ދީނުގައި ދީފައިވާ ހަމަލާ ވަރުގަދައެވެ.

ތަފްޞީލު...ޙަލާލްކުރުމާއި ޙަރާމްކުރުމަކީ ހަމައެކަނި ﷲ ގެ ޙައްޤެއް

halaal-haraam-2ދެވަނަ އުޞޫލަކީ: އިސްލާމްދީން ވަނީ ޙަލާލްކުރުމާއި ޙަރާމްކުރުމުގެ ބާރުލިބިފައިވާ ފަރާތް ކަނޑައަޅާ ނިންމާފައެވެ. ދީނީގޮތުން ނުވަތަ ދުނިޔެވީ ގޮތުން ކޮންމެ ދަރަޖައެއްގެ ބައެއް ކަމުގައިވިޔަސް، އިންސާނުންނަށް މި ބާރު ލިބިގެނެއް ނުވެއެވެ. މި ބާރު ލިބިގެންވަނީ ހަމައެކަނި ޢާލަމްތަކުގެ ވެރިރަސްކަލާނގެއަށެވެ. މިހެންވެ ﷲ ގެ އަޅުތަކުންގެ މައްޗަށް ދާއިމީކޮށް އެއްޗެއް ޙަރާމްކުރުމުގެ ބާރުލިބިގެންވާ ޢިލްމުވެރިންނެއް އަދި ރާހިބުންނެއްވެސް އިސްލާމްދީނަކު ނުތިބެއެވެ.

 

 

ތަފްޞީލު...ނިޔަތް ރަނގަޅުވުމަކީ ޙަރާމްކަންތައް ކުރެވޭނެ އުޒުރެއް ނޫން

halaal-haraam-8އެހެނެއްކަމަކު، ކިތަންމެ ނިޔަތް ރަނގަޅުވިޔަސް، ކިތަންމެ މާތް މަޤްޞަދަކު ކުރިއަސް، އަދި ކިތަންމެ މަތިވެރި ލަނޑުދަޑިއެއްގެ ބޭނުމުގައި ކަމަށްވިޔަސް، ޙަރާމްކަންތައް އޮންނާނީ ޙަރާމް ކަމެއް ގޮތުގައެވެ. ރަނގަޅު ކަމެއް ކުރުމުގެ ވަސީލަތަކަށް ޙާރާމްކަމެއް ބޭނުންކުރުމަކީ، އެއީ އިސްލާމްދީން ފަހަރެއްގައިވެސް ހުއްދަކުރާނެ ކަމެއް ނޫނެވެ. ކުރާ ކަމާއި، އެކަން ކުރާ ވަސީލަތްވެސް ރަނގަޅުވެފައި މާތްވާން، އިސްލާމްދީން ބާރުއަޅައެވެ.

ތަފްޞީލު...ކަންކަމާއި އެއްޗެހީގައި އަސްލަކީ ހުއްދަވުން

halaal-haraam-1މާތް ﷲ އުފެއްދެވި އެއްޗެއްސާއި މަންފާތަކުގެ އަސްލަކީ އެ ޙަލާލްވެ ހުއްދަވުމެވެ. އަދި ޙަރާމްކުރުމުގެ ޞައްޙަ ޞަރީޙަ ނައްޞެއް ނެތިއްޔާ އެއްވެސް އެއްޗެއް އަދި ކަމެއްވެސް ޙަރާމެއް ނުވާނެއެވެ. ވީމާ ފެންނަން އޮތް ނައްޞު ޞައްޙަ ނޫންނަމަ -ޟަޢީފް ޙަދީޘް ފަދަ- ނުވަތަ އޮތް ދަލީލު، ޙަރާމްކަމުގެ މައްޗަށް ޞަރީޙަކޮށް ދަލީލުކޮށް ނުދޭނަމަ، އެ ކަމެއް އޮންނާނީ ހުއްދަކަމެއް ގޮތުގައެވެ.

ތަފްޞީލު...ޙަރާމް ކުރުން ގުޅިފައި ވަނީ ނުބައި އެއްޗެއްސާއި ގެއްލުމާ

halaal-haraam-4 ﷲ ސުބުޙާނަހޫ ވަތަޢާލާއަކީ އެންމެހާ މީސްތަކުން ހައްދަވާ، ގުނާއަދަދު ނުކުރެވޭހާ ނިޢުމަތް އެމީހުންނަށް ދެއްވާ ވެރިރަސްކަލާނގެ ކަމަށް ވާހިނދު، އެކަލާނގެ ބޭނުންފުޅުވެވޮޑިގަންނަވާ ކަމެއް ޙަލާލުކުރައްވާ، ޙަރާމްކުރެއްވުމަކީ، އެއީ އެކަލާނގެއަށް ލިބިވޮޑިގެންވާ ކަމެކެވެ. ހަމައެހެންމެ، އެކަލާނގެ ބޭނުންފުޅުވެވޮޑިގަންނަވާ ކަމެއް، އެއީ އަޅުކަމެއްކަމުގައި ލައްވައި، އެކަން ކުރުމަށް އަޅުތަކުންނަށް އަމުރުކުރުމަކީ ވެސް، އެކަލާނގެއަށް ލިބިވޮޑިގެންވާ ކަމެކެވެ.

ތަފްޞީލު...ޙަރާމް ހަމަ އެންމެންނަށް ވެސް ޙަރާމް

halaal-haraam-10އިސްލާމްދީނުގައި ކަމެއް ޙަރާމްކުރެވިއްޖެނަމަ، އެއީ ހަމަ ހުރިހާ އެންމެންނަށް ވެސް ޙަރާމް ކަމެކެވެ. އެއްޗެއް ޙަރާމްވެއްޖެނަމަ، ހަމަ ހުރިހާ އެންމެނަށް ވެސް އެ އެއްޗެއް ޙަރާމްވާނެއެވެ. ވީމާ ޢަޖަމީންނަށް ޙަރާމްވެފައި، ޢަރަބީންނަށް ޙަލާލްވާ އެއްޗެއް ނޯވެއެވެ. ކަޅުމީހުންނަށް މަނާވެފައި، ދޮންމީހުންނަށް ހުއްދަ ކަމެއް ނޯވެއެވެ. ރަސްކަލުންނާއި ބޮޑުންނާއި ދީނީ ޢިލްމުވެރިންނާއި ކާހިނުންނާއި ނުވަތަ އެ ނޫންވެސް ބައެއްގެ ނަމުގައި، އަމިއްލަ އެދުމާ އެއްގޮތަށް، ވަކި ފަންތިއަކަށް ނުވަތަ ވަކި ބަޔަކަށް ހުއްދަކުރެވިފައިވާ ކަންތައްތަކެއް، އެއްޗެހިތަކެއް، އިސްލާމްދީނަކު ނުވެއެވެ.

ތަފްޞީލު...ޙަރާމްކަންތައް ނުކޮށް ފުއްދޭނެ ޙަލާލްކަންތައް އެބަހުރި

halaal-haraam-5މިގޮތަށް ދީނުގެ ހުރިހާ ޙުކުމްތަކަށް ބެލިކަމުގައިވިޔަސް ފެންނާނީ، މާތް ﷲ އެކަލާނގެ އަޅުތަކުންނަށް ކަމެއް މަނާކުރައްވާ ދަތިކުރެއްވިއްޔާ، އޭގެ ބަދަލެއްގެ ގޮތުން އެފަދަ އެހެން އެއްޗެއް ހުއްދަކުރައްވާ ތަނަވަސްކޮށް ދެއްވާފައިވާތަނެވެ. ފަހެ އެކަލާނގެ އަޅުތަކުންނަށް ތުރާކަމެއް، ދަތިކަމެއް، ވަރުބަލިކުރުމެއް، އެކަލާނގެ އިރާދައެއް ނުކުރައްވައެވެ. ކިއެއްތަ، އެކަލާނގެ އަޅުތަކުންނަށް އިރާދަކުރައްވަނީ، ފަސޭހަކަމާއި ހެޔޮގޮތެވެ. ހިދާޔަތާއި ރަޙްމަތެވެ.

ތަފްޞީލު...ޙަރާމްކަމަކަށް މަގުފަހިކޮށްދޭ ކަމަކީވެސް ޙަރާމްކަމެއް

halaal-haraam-6އިސްލާމްދީން ކަނޑައަޅާފައިވާ އުޞޫލުތަކުގެ ތެރޭގައި ހިމެނޭ އަނެއްކަމަކީ، އެއްޗެއް ނުވަތަ ކަމެއް ޙަރާމްކޮށްފިއްޔާ، އެ އެއްޗަކަށް ނުވަތަ ކަމަކަށް މަގުފަހިކޮށްދީ އެކަމަށް ހުށައަޅައިދޭ ކަމަކީވެސް، އެއީ ޙަރާމްކަމެއް ކަމުގައި ބެލުމެވެ. ކަމެއް ޙަރާމް ކުރިއްޔާ، އެ ޙަރާމްކަމަށް ފޯރުކޮށްދޭ މަގުތައްވެސް ބަންދުކުރުމެވެ. މިސާލަކަށް، ޒިނޭ ޙަރާމްކުރުމަށްފަހު، ޒިނޭއާ ހަމައަށް ގެންގޮސްދޭ އޭގެ ފެއްޓުންތަކާއި އޭގެ ސަބަބުތައް ވެސް ޙަރާމްކުރިއެވެ.

ތަފްޞީލު...ޙަރާމްކަމެއް ކުރަން ހީލަތް ހެދުމަކީ ވެސް ޙަރާމްކަމެއް

halaal-haraam-7ޙަރާމްކަންތަކަށް މަގުފަހިކޮށްދޭ، ބޭރުފުށުން ފެންނަ ހުރިހާ ވަސީލަތެއް ޙަރާމްކޮށް އޭގެ މަގު ބަންދުކުރި ގޮތަށް، އިސްލާމްދީން ވަނީ، ބޭރުފުށަށް ނުފެންނަ ވަސީލަތްތަކާއި ޝައިޠާނީ އުކުޅުތަކުގެ އެހީގައި ހީލަތް ހަދައިގެން ޙަރާމްކަންތަކަށް އަރައިގަތުން ވެސް ޙަރާމްކުރައްވާފައެވެ. ﷲ ޙަރާމްކުރައްވާފައިވާ ކަންތައްތައް، ހީލަތުން ހުއްދަކޮށްގެން، ކޮށް އުޅުނުކަމަށްޓަކައި، އިސްލާމްދީން ވަނީ ޔަހޫދީންނަށް ޢައިބު ކިޔާފައެވެ.

ތަފްޞީލު...ޙަރާމްއެއްޗެއްގައި ޖެހިދާނެތީ ޝުބުހާތަކާ ދުރުވެގަންނަންޖެހޭ

halaal-haraam-9އިސްލާމްދީން ދެކެނީ، މިފަދަ ޝުބުހާތައް ނުވަތަ އޮޅުންއަރާ ކަންތައްތަކާ ދުރުވެހުރުމަކީ، ވަރަޢްވެރިކަމުގެ ތެރެއިންވާ ކަމެއްކަމުގައެވެ. އެއީ މިފަދަ ކަންތައްތައް ކުރަމުންގޮސް، ސީދާ ޙަރާމް ކަންތައްތައް ކުރުމާ ހަމައަށް އޭނާއަށް ދެވުނަ ނުދިނުމަށްޓަކައެވެ. މިއީ ކުރިން އަހަރެމެން ވާހަކަދައްކާފައިވާ، ޙަރާމްކަންތަކަށް ދެވޭ މަގު ބަންދުކުރުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަދި މީގެ އިތުރަށް، މިއީ އިންސާނުންގެ ޠަބީޢަތާއި މިޙަޔާތުގެ ޙަޤީޤަތްތައް އެނގި، ކުރިމަގަށްޓަކައި އެކަށައެޅޭ ދުރުވިސްނޭ ތަރުބަވީ ފިޔަވަޅެއްވެސް މެއެވެ.

ތަފްޞީލު...ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.