ބުދަ20200520

އާކުރެވުނީ: 08:43:52

އަޅުކަން

ޟަރޫރަތްތައް މަނާކަންތައް ހުއްދަކުރޭ

halaal-haraam-11އިސްލާމްދީނުގައި ވަނީ ޙަރާމްކަމުގެ ދާއިރާ ވަރަށް ހަނިކޮށްފައެވެ. ހަމަ މިހިނދުގައި، ޙަރާމްކަންކަމާމެދު ދީން ވަރަށް ހަރުކަށިވެސް މެއެވެ. މިގޮތުން، ޙަރާމްކަންތަކަށް ދެވޭ، ފާޅު އަދި ވަންހަނާ، މަގުތައް ވަނީ ބަންދުކޮށްފައެވެ. ޙަރާމްކަމަކަށް މަގުފަހިކޮށްދޭ ކޮންމެ ކަމެއް އަދި ކޮންމެ އެއްޗެއް ޙަރާމެވެ. އަދި ޙަރާމްކަމެއް ކުރުމަށް އެހީތެރިވާ ކޮންމެ ކަމެއް އަދި ކޮންމެ އެއްޗެއްވެސް ޙަރާމެވެ. ޙަރާމްކަމެއް ކުރަން ހީލަތް ހެދުމަކީ ވެސް ޙަރާމްކަމެކެވެ. އަދި މިނޫންވެސް، އަހަރެން ކުރިން ބުނެފައިވާފަދަ އުޞޫލުތަކާއި އިރުޝާދުތައް، ދީނުގައި ވަނީ ކަނޑައަޅާފައެވެ.

ތަފްޞީލު...ޢާޝޫރާ ދުވަހާއި އެ ދުވަހުގެ ޙުކުމްތައް

ashooraހަމަކަށަވަރުން އުޑުތަކާއި ބިން ހެއްދެވި ދުވަހުން ފެށިގެން، ﷲ ގެ ޙަޟްރަތުގައި ވަނީ ބާރަ މަސްދުވަހެވެ. އޭގެ ތެރެއިން ހަތަރު މައްސަރު ވަނީ ޙުރުމަތްތެރިވެގެން (އެއިން މައްސަރެއްގައި ހަނގުރާމަކުރުން ޙަރާމްވެފައި) އެވެ. ސީދާވެގެންވާ ދީނަކީ އެއީއެވެ. ވީއިރު، އެއިން މައްސަރެއްގައި ކަލޭމެން އަމިއްލަ ނަފްސުތަކަށް އަނިޔާވެރިނުވާހުށިކަމެވެ. ...

ތަފްޞީލު...ކުށުސަޖިދަ... ކުރުކޮށް

kushu-sajida-kurukohކުށުސަޖިދައަށް ޢަރަބި ބަހުން ކިޔަނީ، ''ސުޖޫދުއް ސަހްވު'' އެވެ. ސަހްވުގެ މާނައަކީ، ކަމެއް ނުވަތަ އެއްޗެއް ހަނދާން ނެތި އެއާ މެދު ޣާފިލްވުމެވެ. ފިޤްހު މުޞްޠަލަޙް ގައި ''ސުޖޫދުއް ސަހްވު'' ގެ މާނައަކީ، ގަސްތަކާއި ނުލާ، ނަމާދުގައި އަމުރުކުރެވިފައިވާ ކަމެއް ދޫކުރެވުމުން ނުވަތަ މަނާކުރެވިފައިވާ ކަމެއް ކުރެވުމުން، ނަމާދަށް ގެނެވުނު އުނިކަން ފޫބެއްދުމުގެ ގޮތުން، ނަމާދުގެ ފަހުން ނުވަތަ ނަމާދުގެ ފަހަތުގައި ކުރާ ސަޖިދައެކެވެ.

ކުށުސަޖިދަ ކުރާ ގޮތަކީ، ކުށުސަޖިދަ ކުރަން ޖެހޭ ސަބަބެއް އޮވެއްޖެނަމަ، ސަލާމް ދިނުމުގެ ކުރިން ނުވަތަ ފަހުން، އެހެންޏާވެސް ސަޖިދަ ޖަހާގޮތަށް ދެ ސަޖިދަ ޖެހުމެވެ.

ތަފްޞީލު...ކުށުސަޖިދަ... ސުވާލު ޖަވާބު

kushu-sajida-suvaal-javaab މީހަކު ނަމާދުގެ ދެވަނަ ރަކްޢަތުން އިމާމާއާ އިޤްތިދާވެގެން ހުއްޓާ، އިމާމް މީހާ ހަނދާން ނެތިގެން ނަމާދަށް އިތުރު ރަކްޢަތެއް ގެނެސްފިއްޔާ، އެ މީހާ ހަދާނީ ކިހިނެއްހެއްޔެވެ؟ އިމާމާ އެކު ސަލާމް ދޭނީހެއްޔެވެ؟ ނޫނީ ތެދުވެ ރަކްޢަތެއް ކުރާނީހެއްޔެވެ؟ ޖަމާޢަތުން ރަކްޢަތެއް ގެއްލިފައި ނުވާ މައުމޫމު އިޤްތިދާވެގެން ހުރި އިމާމް، ކުށު ސަޖިދަ ޖަހަން ޖެހޭ ތަނެއްގައި ކުށުސަޖިދަ ނުޖަހައިފިނަމަ ވާނީ ކިހިނެއްހެއްޔެވެ؟

ތަފްޞީލު...ކުށުސަޖިދަ ޖެހުން

kushu sajidaޙަމްދާއި ޘަނާ ޙައްޤުވެގެން ވަނީ ޢާލަމްތަކުގެ ވެރި ރަސްކަލާނގެ، މާތް ﷲ އަށެވެ. އަދި ޞަލަވާތާއި ސަލާމް ހުރީ ފާޅުކަން ބޮޑު ރިސާލާތް ގެނެސްދެއްވި އަޅަމެންގެ ރަސޫލާ މުޙައްމަދުގެފާނަށެވެ. އަދި އެ ކަލޭގެފާނުގެ އާލުންނާއި އަޞްޙާބުންނާއި އަދި ޤިޔާމަތާ ޖެހެންދެން އިޙްސާންތެރިކަމާއެކު އެ ކަލޭގެފާނަށް ތަބާވެތިބި މީހުންނަށެވެ.

މިއަށް ފަހު ބުނަމެވެ: ނަމާދުގެ ކުށުސަޖިދައިގެ ޙުކުމާ ބެހޭ ގިނަ އެއްޗެހިތައް، ވަރަށް ގިނަ ބަޔަކަށް ނޭނގެއެވެ. ކުށުސަޖިދަ ވާޖިބުވާ ތަންތާގައި ސަޖިދަ ނުޖަހާ ބައެއް މީހުން ދޫކޮށްލައެވެ. އަދި އަނެއް ބަޔަކު ކުށުސަޖިދަ ޖަހަން ނުޖެހޭ ތަންތާގައި ސަޖިދަ ޖަހައެވެ.

ތަފްޞީލު...ނަމާދު ވަގުތުތައް

namaadhu-vaguthuމާތް ﷲ ވަނީ މި އުއްމަތުގެ މައްޗަށް ރެޔަކާއި ދުވާލު، ފަސް ނަމާދު ފަރުޟު ކުރައްވާފައެވެ. އެ ނަމާދުތަކަކީ، މާތް ﷲ ދެނެވޮޑިގެންވާ ވަކި ޙިކްމަތަކަށްޓަކައި، އެއަށް ވަކި ވަގުތުތަކެއް ކަނޑައެޅިފައިވާ ނަމާދުތަކެކެވެ. އެނގޭ އެއް ޙިކުމަތަކީ، ދުވާލާއި ރޭގަނޑު ވެސް، އަޅާގެ ހިތް ހެއްދެވި ފަރާތާއި ގުޅިފައި ބެއްވުމެވެ. ހެނދުނާއި ހަވީރު ގަހަށް ފެންދެނީ ގަސް ހެދިބޮޑު ވިޔަ ދިނުމަށް ކަމަށް ވަންޏާ، ފަތިހާއި މެންދުރާއި ހަވީރާއި ރޭގަނޑު ނަމާދު ކުރަނީ، އިންސާނާގެ ރޫޙަށް ދެވޭ ކާނާއެއްގެ ގޮތުގައި ކަމަށް ފަހަރެއްގައި ސިފަ ކުރެވިދާނެއެވެ. އަބަދު ވެސް މާތް ﷲ މަތިން ހަނދުމަ ކުރުމަށެވެ.

ތަފްޞީލު...ކައިވެނި ކުރާއިރު، ފިރިމީހާ އެހެން މީހަކާ ނުއިނުމަށް، އަނބިމީހާއަށް ޝަރުތު ކުރެވިދާނެތަ؟

kaaveni-kurin-sharuthuއެއްވެސް މީހަކަށް އޮޅިވަޑައިގެން ނުވާނޭފަދައިން އިސްލާމްދީން ފައުޅުވުމުގެ ކުރިން ޢާއްމުކޮށް ކަންތައް އޮތް ގޮތަކީ، އަންހެނުންގެ ޙައްޤު ނިގުޅައިގަތުމެވެ. އަންހެނުންނަކީ އަބަދުވެސް މަލާމާތް ރައްދުކުރެވޭ، ދަށުދަރަޖައިގެ ބައެއްގެ ގޮތުގައި ސިއްކަ ޖެހިފާ ވާބައެކެވެ. ޢަރަބީންގެ ތެރޭގައި ޖާހިލިއްޔަ ޒަމާނުގައި މީހަކަށް އަންހެންދަރިއަކު ލިބިއްޖެނަމަ އެއީ އޭނާ އަށް ލިބުނު ބަދުނަސީބު ކަމެއްކަމުގައި ހިތާ، އަންހެން ކުދިން ވަޅުލަމުން ދިޔަ ދުވަސްވަރެއްވެސް އައެވެ. އަދި އަންހެނުންނަކީ މުޖުތަމަޢް ބިނާކޮށް ތަރައްޤީ ކުރުމުގައި ބައިވެރި ނުވެވޭ ގޮތަށް ބާކީ ކޮއްލާފާތިބިބައެކެވެ.

ތަފްޞީލު...ރަޖްޢީ ވަރި...

anbaku-ehen-firiheni-dheke-loabivunވަރީގެ އަސްލަކީ އޭގައި ރުޖޫޢަ ކުރުން ހިމެނިގެންވުމެވެ. އެހެނީ ވަރި ކުރެވޭ ފަހުން ފިރިމީހާ އެކަމާ ހިތާމަކޮށް ދެރަވާ ހިނދު ޢިއްދާގެ ދުވަސްވަރު ރުޖޫޢަ ކުރެވޭ ގޮތަށް އޮތުން ލައްވާފައިވަނީ ވަކި ޙިކްމަތް ތަކަކަށްޓަކައި އަހަރެމެންގެ ކަންތައް އެންމެ ބޮޑަށް ދެނެވޮޑިގެންވާ ﷲ ސުބުޙާނަހޫ ވަތަޢާލާ އެވެ.

ވަރި ކުރުމަށްފަހު ރުޖޫޢަ ކުރުން ހުއްދަވާ ކަމުގެ ދަލީލަކީ އަލް ބަޤަރާ ސޫރަތުގެ 229 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނައެވެ. ''ރުޖޫޢަ ކުރެވޭ ފަދަ ވަރިއަކުން ވަރިކުރުންވަނީ ދެފަހަރުއެވެ.

ތަފްޞީލު...ޙައްޖުކުރާނީކިހިނެއް؟

hajj-vaanee-kihiney

ޙައްޖަށް ދިއުމަކީ ﷲގެ އަމުރުފުޅަށް ބޯލެނބުމުގެ ގޮތުން، ޠަވާފްކުރުމާއި ކަނޑައެޅިފައިވާ އެހެނިހެން އަޅުކަންތައްވެސް ކުރުމަށް، ކަނޑައެޅިފައިވާ ވަގުތެއްގައި މައްކާ ޤަސްދުކޮށް އެތަނަށް ދިއުމެވެ. ޙައްޖުވުމަކީ އިސްލާމްދީނުގެ ފަސްރުކުނުގެ ތެރެއިން އެއް ރުކުނެވެ. ކެރިކުޅަދާނަ ވެގެންވާ ކޮންމެ މުސްލިމެއްގެ މައްޗަށް ޢުމުރުން އެއްފަހަރު ވާޖިބުވެގެންވާ މަތިވެރި އަޅުކަމެކެވެ. ކަނޑައެޅިގެން އެއާއިމެދު އިންކާރުކޮށް ދޮގުކޮށްފިމީހާ މިއްލަތުން ބޭރުވެއެވެ. ކުޅަދާނަކަން ލިބިގެންވާމީހާ، ވީހާވެސް އަވަހަކަށް ޙައްޖުވުމަކީ މުސްތަޙައްބު ކަމެކެވެ.

ތަފްޞީލު...ފިޠްރު ޒަކާތް

zakat-fitrފިޠްރު ޒަކާތަކީ ރޯދަމަސް ނިމުނީމައި މުސްލިމުން، އެ ޙައްޤުވާ މީހުންނަށް ދޭ ޒަކާތެކެވެ. އެހެން ގޮތަކަށް ބުނާނަމަ ކުޅަދާނަކަން ހުރި މީހުން ކުޅަދާނަކަން ނެތް ފަޤީރުންނަށް ފޯރުކޮށްލާ މާއްދީ އެހީތެރިކަމެކެވެ. ފިޠްރު ޒަކާތް ފަރުޟު ކުރެއްވުނީ ރޯދައާއި އެކު، ހިޖުރައިން ދެވަނަ އަހަރުގައެވެ. ފިޠްރު ޒަކާތާއި މުދަލުގެ ޒަކާތަކީ މުޅިން ދެ އެއްޗެއްކަން މި ތާގައި ފާހަގަ ކޮށްލަމެވެ. އަދި ޞަދަޤާތަކީވެސް ތަފާތު އެއްޗެކެވެ.

ތަފްޞީލު...ޙައިޟުގެ ދުވަސްވަރު ކައިވެނި ކުރުމާ ވަރި ކުރުން

haizu-kaaveni-variއަންހެނާ ޙައިޟުގެ ދުވަސްވަރު ކައިވެނި ކުރުމަކީ ހަމަ މުޅިން ހުއްދަ ކަމެކެވެ. އެއީ ހުއްދަ ނޫން ކަމެއް ކަމަށް އެއްވެސް ޢިލްމުވެރިއެއް ވިދާޅު ނުވެއެވެ. ވީމާ ކައިވެނި ކުރާ ދުވަހު އަންހެން މީހާ ހުންނާނީ ޙައިޟުގައިތޯ ކަލަންޑަރުން ބަލައި، ކައިވެނި ކުރާ ދުވަސް އެ ނުން ދުވަހަކަށް ބަދަލު ކުރަން ޖެހޭ ފަދަ އެއްވެސް ޝަރުޢީ ސަބަބެއް ނެތެވެ.

ވީމާ އަންހެން މީހާ ޙައިޟުގައި ހުއްޓައި ކައިވެނި ކުރި ދެމަފިރިއަކު، އެ މީހުންގެ ކައިވެންޏާމެދު އެއްވެސް ފިކުރެއް ކުރާނެ ޖާގައެއް ނެތެވެ. އެ ދެމީހުންގެ ކައިވެންޏަކީ ހަމަ ސައްތައިން ސައްތަ ޞައްޙަ ކައިވެންޏެކެވެ.

ތަފްޞީލު...ނަބިއްޔާ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ނަމާދު ކުރެއްވި ގޮތުގެ ޚުލާޞާ

sifat-salaat

ހަމަކަށަވަރުން ހުރިހާ ޙަމްދެއް ހުރީ މާތް ﷲ އަށެވެ. އަހަރެމެން އެކަލާނގެ އަށް ޙަމްދު ކުރަމެވެ. އަދި އެކަލާނގެ ވާގިވެރިކަމަށް އެދެމެވެ. އަދި ފާފަތައް ފުއްސެވުން އެދި އެކަލާނގެ ޙަޟްރަތަށް ދުޢާ ދަންނަވަމެވެ. އަހަރެމެންގެ ނަފްސުތަކުގައި ހުންނަ ނުބައި ކަމާއި އަހަރެމެންނަށް ކުރެވޭ ކަންތަކުގެ ނުބައި ކަންކަމުން، ﷲ ގެ ރައްކާތެރި ކަމަށް އެދެމެވެ. ﷲ އެ މީހަކަށް ތެދުމަގު ދައްކަވައިފި މީހަކު، މަގު ފުރެއްދޭނެ މީހަކު ނުވެއެވެ. އަދި ހަމަކަށަވަރުން، ﷲ ފިޔަވާ އަޅުކަން ކުރުން ޙައްޤު އިލާހަކު ނުވާކަމަށް އަޅު ހެކިވަމެވެ. އެކަލާނގެއަކަށް އެއްވެސް ބައިވެރިއަކު ނުވެއެވެ. އަދި ހަމަކަށަވަރުން، މުޙައްމަދުގެފާނަކީ އެކަލާނގެ އަޅަކު ކަމާއި ރަސޫލެއްކަމަށް، އަޅުހެކިވަމެވެ.

ތަފްޞީލު...ރީތިވެގެން... އެހެންނަމަވެސް ދީނީ އިންތަކުގެ ތެރޭގައި

burugaa-thabarrujރަނގަޅު ޒީނަތަށް ދީން ބާރު އަޅައެވެ. ޒީނަތްތެރި ވުމަށް އިސްލާމް ދީން އަންހެނުންނާއި ފިރިހެނުންނަށް ވެސް، ވަރަށް ބޮޑަށް ބާރުއަޅައެވެ. އެގޮތުން އަޢްރާފް ސޫރަތުގެ 31 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވަނީ: يَا بَنِي آدَمَ خُذُواْ زِينَتَكُمْ عِندَ كُلِّ مَسْجِدٍ وكُلُواْ وَاشْرَبُواْ وَلاَ تُسْرِفُواْ إِنَّهُ لاَ يُحِبُّ الْمُسْرِفِينَ

މާނައަކީ: "އޭ އާދަމުގެ ދަރިންނެވެ. ތިޔަބައި މީހުން އަޅުކަން ކުރާ ކޮންމެ ހިނދެއްގައިމެ، ޒީނަތްތެރިވެ ރިވެރިގޮތުގައި ހިފާށެވެ. އަދި ތިޔަބައި މީހުން ކައިބޮއި އުޅޭށެވެ. އަދި އިސްރާފު ނުކުރާށެވެ. ހަމަކަށަވަރުން، އިސްރާފު ކުރާ މީހުންދެކެ އެކަލާނގެ ރުހިވޮޑިގެން ނުވެއެވެ.''

ތަފްޞީލު...ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.