އާދީއްތަ20181111

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ފިޤުހު އަޅުކަން ފާއިތުވެފައިވާ ނަމާދުތައް ޤަޟާ ކުރުން

ފާއިތުވެފައިވާ ނަމާދުތައް ޤަޟާ ކުރުން

faaithu-namaadhu-gazaakurunނަމާދަކީ އިސްލާމްދީނުގެ އެންމެ މަތިވެރި އެއް އަޅުކަމެވެ. މި ދީނުގެ މައި ތަނބެވެ. ފަހެ ނަމާދު ޤާއިމު ކޮށްފި މީހާ ދީން ޤާއިމު ކޮށްފިއެވެ. ނާމާދު ދޫކޮށްފި މީހާ ދީން ހަލާކު ކޮށްފިއެވެ . ނަމާދު ދޫކޮށް ނުވަތަ ނަމާދު ކުރުމާއިމެދު ފަރުވާކުޑަ ނުކުރުމަށް ކީރިތި ރަސޫލާ ވަނީ ވަރަށް ބޮޑަށް އަމުރު ކުރަށްވާފައެވެ. ބާލިޢު ވެފައިވާ ބުއްދިހުރި މުސްލިމުންގެ ތެރެއިން ނަމާދު ފަރުޟު ނުވަނީ ހަމައެންމެ ދެބެޔަކަށް ވަކިހާލަތެއްގައެވެ. އެއީ ހައިޟުވެރި އަންހެނާއާއި ނިފާސްވެރި އަންހެނާއެވެ. މި ނުން އިސްތިސްނާއެއް ނަމާދު ނުކުރުމަކަށް ނެތެވެ. ކޮންމެ ޤައުމެއްގައި ހުއްޓަސް ، ހޫނަސް ، ފިންޏަސް ، ފެންލިބެން ހުއްޓަސް ނެތަސް ، ބައްޔަސް ނަމާދު ކުރުން މުސްލިމުނގެ މައްޗަށް ފަރުޟުވެގެން ވެއެވެ.

ފާއިތުވެފައިވާ ނަމާދާށް ގިނަ ދުވަސްވުމަކުން މުސްލިމާގެ ކޮނޑުގައި އެޅިފައިވާ މި ވާޖިބު ނުކެނޑޭނެއެވެ. ކޮންމެ ނަމާދަކީވެސް ވަކިވަގުތެއް އެޔަށް ޚާއްޞަ ކުރެވިފައިވާ އެއްޗެކެވެ. އެހެން ކަމުން ދީނުގައި މަޤުބޫލު ޢުޛުރަކާއި ނުލައި ނަމާދު ނުކޮށް ވަގުތު ފާއިތު ކުރުމަކީ އޭގެ ސަބަބުން މީހާ ފާފަވެރިވާނެ ކަމެކެވެ. މީގެ އިތުރުން އޭނާ އަށް އެނަމާދު އަލުން ޤަޟާކުރަން ޖެހެއެވެ.

 

ޝާފިޢީ މަޛްހަބުގައި ފާއިތުނަމާދު ގިނަޔަސް މަދަސް އެނަމާދުތައް ތަރުތީބުން ކުރުމަކީ ވާޖިބެއް ނޫނެވެ. އެކަމަކު އެއީ ސުންނަތެކެވެ. އެކަމަކު ވަގުތުވަދެފައިވާ ނަމާދަކާއި އެކު ފާއިތުނަމާދު ތަރުތީބުން ކުރުން ސުންނަތީ ދެ ޝަރުތެއްގެ މަތިންނެވެ. އެއީ ވަގުތުވަދެފައިވާ ނަމާދު ވަގުތުގައި ނުކުރެވުމާއިމެދު ބިރު ހީ ނުވުން ، ވަގުތުވަދެފައިވާ ނަމާދު ފެއްޓުމުގެ ކުރިން ފާއިތުވެފައިވާ ނަމާދު ހަނދާން ހުރުމެވެ.

އެހެންވީމައި އަޅުގަނޑުމެންގެ ތެރެއިން މީހަކަށް ގިނަ ނަމާދުތަކެއް "ހިތާމައާއިއެކު" ފާއިތުވެފައި ހުރިއްޔާ އެންމެ ރަނގަޅު ގޮތަކީ ކޮންމެ ފަރުޟު ނަމާދަކާއިއެކު ފާއިތުވެފައިވާ ނަމާދެއް ޤަޟާ ކުރުމެވެ. މިސާލަކަށް މެންދުރު ނަމާދުކޮށް ނިމިގެން ފާއިތުވެފައިވާ މެންދުރު ނަމާދެއް ، ޢަޞުރުނަމަދަށްފަހު ފާއިތުވެފައިވާ ޢަޞުރުނަމާދެއް ކުރުމެވެ.

ފުރިހަމަ ތެދުވެރި ތައުބާއަކާއިއެކު ފާއިތުވެފައިވާ ނަމާދުތައް ޤަޟާކޮށްފިނަމަ ﷲ އެތައުބާ ޤަބޫލު ކުރަށްވާނެކަން ، ހިތުގެއަޑިން ޤަބޫލު ކުރަންޖެހެއެވެ. އެކަނލާގެ އެއީ އަޅުތަކުންގެ ތައުބާ ޤަބޫލު ކުރަށްވާ ރަޙީމްވަންތަ ރަސްކަލާނގެއެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.