އަންގާރަ20180911

އާކުރެވުނީ:

Error
  • MySQL server has gone away SQL=SELECT * FROM sre1m_banners WHERE '2018-09-11 05:05:47' >= `reset` AND `reset` != '0000-00-00 00:00:00' AND `reset`!=NULL AND (`checked_out` = 0 OR `checked_out` = 0)

ހަ ރޯދަ އާއި ބެހޭ ސުވާލު ޖަވާބު

1ramadan-6-roadha- ޝައްވާލު މަހު ހަ ރޯދަ ހިފާ އިރު، އެ މީހަކު ބޭނުން ދުވަސްތަކެއް އިޚްތިޔާރު ކުރެވިދާނެތަ؟ ނޫނީ މި ހަ ރޯދަ ހިފަން ޖެހޭ ވަކި ދުވަސްތަކެއް ވޭތަ؟ އަދި އެ ރޯދަ ހިފައިފިއްޔާ އެއީ އޭނާ އެ ރޯދަ ކޮންމެ އަހަރަކުވެސް ހިފަން ޖެހޭނެތަ؟

ޖަވާބު: ޢަބްދުލް ޢަޒީޒް ބިން ބާޒް (މަޖްމޫޢް ފަތާވާ / 15 ވަނަ ބައި 390 ވަނަ ޞަފްޙާ)

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިއަހުން ސާބިތުވެފައި ވާ ޙަދީޘެއްގައި ވަނީ: مَنْ صَامَ رَمَضَانَ ثُمَّ أَتْبَعَهُ سِتًّا مِنْ شَوَّالٍ كَانَ كَصِيَامِ الدَّهْرِ

މާނައަކީ: ''ރަމަޟާން މަހުގެ ރޯދަ ހިފާފައި، އޭގެ ފަހުން ޝައްވާލު މަހުން ހަ ރޯދަ ހިފައިފި މީހާ މުޅި އަހަރު ރޯދަ ހިފުން ފަދައެވެ. (މާނައަކީ މުޅި އަހަރު ރޯދަ ހިފީމާ ލިބޭހާ ޘަވާބު ލިބެއެވެ.) (ޞަޙީޙް މުސްލިމް)

މި ރޯދަ ޝައްވާލު މަހު ވަކި ދުވަސްތަކެއް ގައި ހިފުން ލާޒިމެއް ނޫނެވެ. އެ މީހަކު ބޭނުން ދުވަސްތަކެއްގައި ހިފިދާނެއެވެ. ބޭނުންނަމަ މަހުގެ ފުރަތަމަ ކޮޅުގައިވެސް ހިފިދާނެއެވެ. ނުވަތަ މެދު ތެރޭގައި ނުވަތަ ފަހުކޮޅުގައެވެ. އަދި ބޭނުމިއްޔާ ހަ ދުވަސް ދުރު ދުރުގައި ވެސް ހިފިދާނެއެވެ. ނޫންނަމަ ހަ ދުވަސް ޖެހިޖެހިގެންވެސް ހިފިދާނެއެވެ. މި ކަމަކީ ﷲ ގެ ރަޙްމަތް ފުޅުން ތަނަވަސް ކުރެވިފައިވާ ކަމެކެވެ.

ޢީދު ދުވަސް ދޫކޮށްފައި ހަ ދުވަސް ރޯދަ ހިފުން އެއީ މޮޅު އިތުރު ގޮތެކެވެ. އެހެނީ އެކަން ވާނީ ހެޔޮކަމަށް އަވަސް ވެގަތުމުގެ ތެރޭގެއި ހިމެނޭ ކަމަކަށެވެ. އަދި އެއް އަހަރު ހަ ރޯދަ ހިފިޔަސް އެއީ އޭނާއަށް މުޅި ޢުމުރު ހިފަން ފަރުޟުވާނެ ކަމެއް ނޫނެވެ. އެކަމަކު ހުރިހާ އަހަރަކުވެސް ހަ ރޯދަ ހިފުން އެއީ އޭނާގެ ހެޔޮކަމުގެ ތިލަފަތް ބަރުވާނެ ކަމެކެވެ. އެހެނީ ރަސޫލުއްﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގައި ވަނީ: أحَب العَمَل إلى الله مَا داوَم عَلَيْه صَاحِبه وَإنْ قَلَّ

މާނައަކީ: "ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބޮވެތިކަން ބޮޑު ޢަމަލަކީ، އެ ޢަމަލު ކުރާ މީހާ އެކަމުގައި ދެމިހުންނަ ޢަމަލެވެ. ޢަދަދުގެ ގޮތުން އެކަން މަދުވިޔަސް މެއެވެ."

2- ރަމަޟާން މަހުން ދޫކުރެވިފައިވާ ރޯދަ ޤަޟާ ކުރުމުގެ ކުރިން، ޝައްވާލު މަހުގެ ހަ ރޯދަ ހިފުން ހުއްދަ ވާނެހެއްޔެވެ؟

ޖަވާބު: ޢަބްދުލް ޢަޒީޒް ބިން ބާޒް (މަޖްމޫޢް ފަތާވާ / 15 ވަނަ ބައި 392 ވަނަ ޞަފްޙާ )

ތި ކަމުގައި ޢިލްމުވެރިން ވަނީ އިޚްތިލާފުވެފައެވެ. ނަމަވެސް ރަނގަޅު ގޮތަކީ ހަ ރޯދަ ނުވަތަ އެނުންވެސް ސުންނަތް ރޯދައަށް ވުރެ، ރަމަޟާން މަހުގެ ރޯދަ ޤަޟާ ކުރަން އިސްކަން ދިނުމެވެ. އެހެނީ ރަސޫލުއްﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި އޮންނަނީ: مَنْ صَامَ رَمَضَانَ ثُمَّ أَتْبَعَهُ سِتًّا مِنْ شَوَّالٍ كَانَ كَصِيَامِ الدَّهْرِ

މާނައަކީ: ''ރަމަޟާން މަހުގެ ރޯދަ ހިފާފައި، އޭގެ ފަހުން ޝައްވާލު މަހުން ހަ ރޯދަ ހިފައިފި މީހާ މުޅި އަހަރު ރޯދަ ހިފުން ފަދައެވެ. (މާނައަކީ މުޅި އަހަރު ރޯދަ ހިފީމާ ލިބޭހާ ޘަވާބު ލިބެއެވެ.) (ޞަޙީޙް މުސްލިމް)

މި ޙަދީޘްގެ މާނައަށް ވިސްނާފައި ދެން ބަލާއިރު އެނގޭ އެއްޗަކީ ، ރަމަޟާން މަހު ނުހިފުނު ރޯދަ ހިފުމުގެ ކުރިން ހަ ރޯދަ ހިފީމާއި އެއީ ރަމަޟާން މަހުގެ ރޯދައަށް ފަހު ހިފި އެއްޗަކަށް ނުވާނެއެވެ. ކިއެއްތަ އެ ވާނީ ރަމަޟާން މަހުގެ ބައެއް ރޯދައަށް ފަހު ހިފި އެއްޗަކަށެވެ.

ހަމަ އެހެންމެ ރަމަޟާން މަހު ރޯދަ ޤަޟާ ކުރުމަކީ ފަރުޟެކެވެ. އަދި ހަ ރޯދަ އަކީ ސުންނަތެކެވެ. ވީމާ ސުންނަތަކާއި ފަރުޟެއް ކުރިމަތީ އޮތިއްޔާ އަހައްމިއްޔަތުކަން ދީ ފަރުވާތެރިވުން އައުލާކަން ބޮޑި ފަރުޟަށެވެ.

ނޯޓް: ރަމަޟާން މަހުގެ ރޯދައެއް ދޫވެފައި އޮތް މީހަކު ، އަވަހަށް އެ ރޯދަ ޤަޟާކޮށްފައި ހަ ރޯދަ ހިފުމުން ހަ ރޯދަ ހިފުމުގެ ޘަވާބް އިރާދަ ކުރެއްވިއްޔާ ލިބޭނެއެވެ.

3- ހަ ރޯދަ ހިފާ އިރު ޖެހިޖެހިގެން ހިފުން ލާޒިމުހެއްޔެވެ؟ ނޫނީ ޝައްވާލު މަސްތެރޭ ވަކި ވަކި ދުވަސްތަކުގައި ހިފިޔަސް ކަމުދާނެހެއްޔެވެ؟

ޖަވާބު : ޢަބްދުލް ޢަޒީޒް ބިން ބާޒް ( މަޖްމޫޢް ފަތާވާ / 15 ވަނަ ބައި 391 ވަނަ ޞަފްޙާ )

ޝައްވާލު މަހު ހަ ރޯދަ ހިފުން އެއީ ރަސޫލުއްﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަގެ އަރިއަހުން ސާބިތުވެފައިވާ ސުންނަތެކެވެ. އަދި މި ހަ ރޯދަ ޖެހިޖެހިގެން ނުވަތަ ވަކިވަކިން ހިފުންވެސް ހުއްދައެވެ. ސަބަބަކީ، ރަސޫލުއްﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ހަ ރޯދަ އާއި ބެހޭ ޙަދީޘް ޙަދީޘް ކުރެއްވި އިރު ހިފާނެ ވަކި ގޮތެއް ޙަދީޘް ނުކުރައްވައެވެ. ޙަދީޘް ކުރެއްވީ ރަމަޟާން މަހު ރޯދަ ހިފާފައި ޝައްވާލު މަހު ހަ ރޯދަ ހިފުމަށެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.