ހޮނިހިރު20181208

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ފިޤުހު އަޅުކަން ޙަރާމްކަމަކަށް މަގުފަހިކޮށްދޭ ކަމަކީވެސް ޙަރާމްކަމެއް

ޙަރާމްކަމަކަށް މަގުފަހިކޮށްދޭ ކަމަކީވެސް ޙަރާމްކަމެއް

halaal-haraam-6އިސްލާމްދީން ކަނޑައަޅާފައިވާ އުޞޫލުތަކުގެ ތެރޭގައި ހިމެނޭ އަނެއްކަމަކީ، އެއްޗެއް ނުވަތަ ކަމެއް ޙަރާމްކޮށްފިއްޔާ، އެ އެއްޗަކަށް ނުވަތަ ކަމަކަށް މަގުފަހިކޮށްދީ އެކަމަށް ހުށައަޅައިދޭ ކަމަކީވެސް، އެއީ ޙަރާމްކަމެއް ކަމުގައި ބެލުމެވެ. ކަމެއް ޙަރާމް ކުރިއްޔާ، އެ ޙަރާމްކަމަށް ފޯރުކޮށްދޭ މަގުތައްވެސް ބަންދުކުރުމެވެ.

މިސާލަކަށް، ޒިނޭ ޙަރާމްކުރުމަށްފަހު، ޒިނޭއާ ހަމައަށް ގެންގޮސްދޭ އޭގެ ފެއްޓުންތަކާއި އޭގެ ސަބަބުތައް ވެސް ޙަރާމްކުރިއެވެ. ޖާހިލިއްޔާ ޒަމާނުގެ އަންހެނުން ކަންތައްކޮށް އުޅުނު އުސޫލަށް ޒީނަތްތެރިވުމާއި ދެއްކުންތެރިވުން މަނާކުރިއެވެ. ދެޖިންސުގެ މީހުން އެކަނި އެކަހެރިވުން މަނާކުރިއެވެ. ދެޖިންސުގެ ބޭނުމެއް ނެތް މަސްހުނިވުން މަނާކުރިއެވެ. އޮރިޔާންކާޑާއި ލަދުކުޑަ އަދަބީ އުފެއްދުންތަކާއި، ފާޙިޝް ލަވައާއި މިހެން ގޮސް މިފަދަ ހުރިހާ ކަމެއް ޙަރާމްކުރިއެވެ.

މިކަންތައްތަކަށް ބަލާފައި، ފިޤުހުވެރިންވަނީ ''ޙަރާމްކަމަކަށް މަގުފަހިކޮށްދޭ ކަމަކީވެސް ޙަރާމްކަމެއް'' މި ފިޤުހީ ޤަވާޢިދު އެކަށައަޅާފައެވެ.

ހަމަ މިފަދައިން، އިސްލާމްދީނުގައި އޮންނަ ގޮތުން، ޙަރާމްކަމެއް ކުރުމުން އޭގެ ފާފަ ލިބެނީ، ސީދާ އެކަން ކުރާ މީހާއަށް އެކަންޏެއް ނޫނެވެ. ކިއެއްތަ، ފާފަވެރިވާ ދާއިރާ އެއަށް ވުރެ ފުޅަލެވެ. ވީމާ، ޙަރާމްކަމެއް ކުރުމަށް، މާއްދީގޮތުން ނުވަތަ މަޢްނަވީގޮތުންވެސް އެހީތެރިވެ ބައިވެރިވި މީހާވެސް ފާފަވެރިވާނެއެވެ. ކޮންމެ މީހަކަށް ވެސް އެމީހަކު ހިއްސާވި މިންވަރަކަށެވެ. މިގޮތުން ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ވަނީ، ރާ ބޯމީހާއާއި، ރާ ހަދާމީހާއާއި، އެ އުފުލާމީހާއާއި، އެ ގެނެސްދޭމީހާއާއި، އޭގެ އަގު ނަގާމީހާއީވެސް ލަޢްނަތް ލިބިގެންވާ ބައެއްކަން އަންގަވާފައެވެ.

ރިބާވެސް ކާ މީހާއާއި، ރިބާ ދޭ މީހާއާއި، އެ ލިޔެދޭ މީހާއާއި، ޢަޤުދަށް ހެކިވެރިވާ މީހުންނާއި، މި އެންމެނަކީ ލަޢްނަތް ލެއްވިގެންވާ ބައެކެވެ.

ވީމާ، ޙަރާމްކަމަކަށް އެހީލިބޭ ކޮންމެ ކަމަކީ ޙަރާމްކަމެކެވެ. އަދި ޙަރާމްކަމެއް ކުރަން މީހަކަށް އެހީތެރިވާ ކޮންމެ މީހަކީވެސް، އެއީ ފާފައިގައި ބައިވެރިއެކެވެ.

 

*  *   *   *

* މިއީ ޝައިޚް ޔޫސުފުލް ޤަރަޟާވީގެ އަލްޙަލާލް ވަލްޙަރާމް މިފޮތުގެ ދިވެހި ތަރުޖަމާގެ ބައެކެވެ.

* މި ފޮތުން މިހާތަނަށް ކަވާސާގައި ޖަހާފައިވާ ބައިތައް އެއްކޮށް ޑައުންލޯޑް ކުރުމަށް މި ގުޅުމަށް ފިތާލާށެވެ. ވިޔަފާރިއަށް، ހުއްދަނެތި މި ފޮތް ޗާޕުކުރުމަކީ މަނާކަމެކެވެ. 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.