އާދީއްތަ20181111

އާކުރެވުނީ: 08:43:52

މުޢާމަލާތު

އެއްޗެއް ގަނެފައި، އެ ގަނެދޭން އެދުނު މީހާއަށް، އޭތި ވިއްކުމޭ ބުނެވެނީ ކޮން އެއްޗަކަށް؟

baiaul-muraabahaaމި ޒަމާނުގައި އިސްލާމީ ބޭންކުތަކުން ތި ކަހަލަ މުޢާމަލާތް ހިންގައެވެ. އެއީ، މިސާލަކަށް މީހަކު ވަކި ވައްތަރެއްގެ ނުވަތަ ވަކި މޮޑަލެއްގެ މާސިޑީޒް ކާރެއް ގަންނަން ބޭނުން ވެއްޖެއެވެ. އޭނާ ބޭނުންވަނީ، ބައިބަޔަށް އަގު އަދާކުރާ ގޮތަށް (އިންސްޓޯލްމެންޓަށް) ނުވަތަ ފަހުން އެއްފަހަރާ އަގު އަދާ ކުރާ ގޮތަށެވެ. ދެން އޭނާ އިސްލާމީ ބޭންކަކަށް ގޮސް މި ގޮތަށް ކާރު ގަންނަން ބޭނުންވާކަން ހާމަ ކުރުމުން، އޭނާ ބޭނުންވި ސިފަތައް ހުރި ކާރެއް ބޭންކުން ގަނެއެވެ. ކާރު ފިހާރައިން އެ ކާރު ގަނެ، ބޭންކުން ކާރު އަތުލާ ކާރާ ހަވާލުވެއެވެ.

ތަފްޞީލު...



ރިބާ

ribaa''ރިބާ'' އަކީ ކޮބައި ކަމާއި އޭގެ ޙުކުމްތައް އެނގިފައި އޮތުމަކީ، ޝައްކެއް ވެސް ނެތް ގޮތުގައި ކޮންމެ މުސްލިމަކަށް ވެސް ވަރަށް މުހިއްމު ކަމެކެވެ. މި ލިޔުމުގައި، ޢާއްމުންނަށް ބޭނުންވާ ވަރަށް ވުރެ އިތުރު ތަފްޞީލީ ވާހަކަތައް ހުންނާނެއެވެ. އަދި މި ޒަމާނުގައި އެހާ ޢާއްމު ނޫން، ރިބާ މުޢާމަލާތާ ބެހޭ ވާހަކަތައް ވެސް ހުންނާނެއެވެ. ވިޔަފާރިކޮށް، ދަރަނި އަތުލައި ނުވަތަ ދަރަނި ދޭ މީހެއް ވިއްޔާ، ރިބާ ގެ ޙުކުމް ދަސް ކުރަން ޖެހޭނެއެވެ. ވިޔަފާރީގެ ޙުކުމްތައް ދަސްކުރަން ޖެހޭނެއެވެ. މި ޒަމާނުގެ މުސްލިމް ބައެއް ވިޔަފާރިވެރިންނަށް، ޤައުމުގެ ވިޔަފާރިއާ ބެހޭ ހުރިހާ ޤާނޫނަކާ ޤަވާޢިދެއް، އެންމެ ކުދި ތަފްޞީލު ތަކަށް ދާންދެން އެނގެއެވެ.

ތަފްޞީލު...



ރިބާ ބޭންކަށް ފައިސާ ލުމާއި، ރިބާ ކެއުމާ ބެހޭ ގޮތުން ޢިލްމުވެރިން ދެއްވާފައިވާ ބައެއް ފަތުވާ

ribaa-baei-fathuvaaފާއިދާ ހިމެނޭ ގޮތަށް، ބޭންކަށް ފައިސާ ލުން ހުއްދައެއް ނުވާނެއެވެ. އަދި ފައިދާ ހިމަނޭ ގޮތަށް ލޯނު ނެގުން ވެސް ހުއްދައެއް ނުވާނެއެވެ. ސަބަބަކީ މި ހުރިހާ ކަމަކީ ވެސް ޞަރީޙަ ރިބާއެވެ. އަދި ބޭންކެއްގައި ނޫނަސް، ފައިދާ ލިބޭ ގޮތަށް ލާރި ބެހެއްޓުން ހުއްދައެއް ނުވާނެއެވެ. ހަމަ މި ބީދައިން، މީހެއްގެ އަތުން ވެސް ފައިދާ ހިމެނޭ ގޮތަށް ލޯނު ނެގުން ހުއްދައެއް ނުވާނެއެވެ. މި ކަންތަކަކީ، ދީނުގައި ޙަރާމް ކަންތަކެއް ކަމުގައި ހުރިހާ ޢިލްމުވެރިން ވެސް ދެކޭ ކަންތަކެކެވެ.

ތަފްޞީލު...



ރިބާ ބޭންކުން ލޯނުނެގުމަކީ ހުއްދަކަމެއްތަ؟

ribaa-bank-in-loan-negun-hudhatha އަޅުގަނޑަކީ އާދައިގެ ވަރެއްގެ މުސާރައެއް ހޯދަމުން އައި މުވައްޒަފަކީމެވެ. އަދި އެއިން އެއްޗެއް ރައްކާ ކުރުމަށްފަހު ބޭންކަށް ލައިގެން، ބޭންކުން އެއަށް އިތުރު ފައިދާއެއް ހޯދީމެވެ. ވީމާ މިއީ ހުއްދަ ކަމެއްތޯ؟ ނުވަތަ ނޫންތޯ؟ އަޅުގަނޑު އަޑުއަހާފައިވާ ގޮތުގައި މަރްޙޫމް އައްޝައިޚް ޝަލްތޫތު މި ފައިދާ އަކީ ހުއްދަ އެއްޗެއް ކަމަށް ފަތުވާ ދެއްވާފައި ވެއެވެ. އަދި މި ނޫން ޢިލްމުވެރިން ވެސް މި ހުއްދަ ކުރައްވާ ކަމަށް އަޑުއެހީމެވެ. އަދި ދަންނަވަމެވެ. އަޅުގަނޑަށް ބޭންކުން ލިބުނު ފައިދާއިން ޒަކާތް ދިނީމެވެ. ނަމަވެސް ނެރުނު ޒަކާތަށް ވުރެ މި ފައިދާ ގިނައެވެ. ވީމާ ބޭންކު ފައިދާއަކީ ހުއްދަ އެއްޗެއް ނޫންނަމަ ހަދަންވީ ކިހިނެއްތޯއެވެ؟

ތަފްޞީލު...



ބޭންކު ފައިދާ އަކީ ރިބާ ނޫން ކަމަށް ބުނާ ބުނުމަށް ރައްދެއް.

bank-faidha-hudha-kuraa-meehuna-raddhu1''ބޭންކު ފައިދާ އަކީ ޙަލާލް އެއްޗެއް ކަމުގައި ވިދާޅުވެ، ޝައިޚުލް އަޒްހަރު ފަޟީލަތުއް ޝައިޚް މުޙައްމަދު ސައްޔިދު ޠަންޠާވީ ދެއްވާފައިވާ ފަތުވާ އަހަރެން ބަލައިފީމެވެ. އެ ފަތުވާ އަކީ އަޒްހަރުގެ މަޖްމަޢުލް ބުޙޫޘުލް އިސްލާމިއްޔާ ގެ މަޖުލިހުގެ މެންބަރުންގެ އަޣްލަބިއްޔަތު ލިބިގެން، 6 ޑިސެމްބަރ2002 ގައި އަޒްހަރުގެ ނޫސް ކަމުގައިވާ ޞައުޠުލް އަޒްހަރުގައި ޝާއިޢު ކޮށްފައިވާ ފަތުވާއެކެވެ. މި މަޖުލިހަކީ ނޫހުގައި ބުނެފައި ވާހެން، މުޅި މަޖްމަޢެއް ނޫނެވެ. އެއީ މަޖްމަޢްގެ އެއް ބައެވެ. އަހަރެމެން އުންމީދު ކޮށްގެން ތިބީ، އަޒްހަރުގެ ނަމުގައި ވާހަކަ ދައްކާ ނޫހެއް މިފަދަ ގޮތަކަށް، މީހުންނަށް ޙަޤީޤަތް އޮޅުވާލަން މަސައްކަތް ނުކުރާނެ ކަމަށެވެ.

ތަފްޞީލު...



މަޖްމަޢުލް ފިޤުހުލް އިސްލާމީ ގެ 14 ވަނަ ބައްދަލުވުމުން ނެރެފައިވާ ޤަރާރު

bank-faidha-oic-qaraar-majmau-14މުނައްޡަމަތުލް މުއުތަމަރުލް އިސްލާމީ(އޯ.އައި.ސީ) ގެ ދަށުން އުފެދިފައިވާ، މަޖްމަޢުލް ފިޤުހުލް އިސްލާމީ ގެ ސާދަ ވަނަ ބައްދަލުވުން، ހިޖުރައިން 1423 ވަނަ އަހަރުގެ ޛުލްޤަޢްދާ މަހު 8 އަކުން 13 ވަނަ ދުވަހަށް، މީލާދީން 2003 ވަނަ އަހަރުގެ ޖަނަވަރީ 11 އިން 16 ވަނަ ދުވަހަށް، ޤަޠަރުގެ ވެރިރަށް ދައުޙާގައި ވަނީ ބޭއްވިފައެވެ. އިސްލާމީ މާލީ މުއައްސަސާތަކަށް ދައްކަން ޖެހޭ ފައިސާ ނުލިބި ލަސްވުމުގެ މައްސަލަ އާއި ބެހޭ ގޮތުން، މަޖްމަޢު ގެ މަޖުލިހަށް ހުށައެޅުނު ބަހުސްތައް ބެލުމަށް ފަހު، އަދި ކުރެވުނު މަޝްވަރާތައް އަޑު އެހުމަށް ފަހު، މި އަންނަނިވި ޤަރާރުތައް ނެރެމެވެ.

ތަފްޞީލު...



ރިބާ ބޭންކުތައް ފެތުރުމާއި، ރިބާ ފައިދާ އަތުލުމާ ބެހޭ، ރާބިޠަތުލް ޢާލަމުލް އިސްލާމީގެ ޤަރާރު

ribaa-bankaa-behey-rabitha-qaraarމަޖްޢުލް ފިޤުހުލް އިސްލާމީ ގެ މަޖްލިސް، މައްކަތުލް މުކައްރަމާގައި ހުންނަ ރާބިޠަތުލް ޢާލަމުލް އިސްލާމީގެ މައި އޮފީހުގައި، 12 ރަޖަބް 1406ހ ވީ ހޮނިހިރު ދުވަހުން ފެށިގެން 19 ރަޖަބް 1406ހ ވީ ހޮނިހިރު ދުވަހަށް، ރިބާ ބޭންކު ފެތުރުމާއި، އެ ފަދަ ބޭންކުތަކާއި މުޢާމަލާތު ކުރުމާއި، ރިބާ ފައިދާ އަތުލުމާއި، އޭގެ ބަދަލެއް ނެތުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ވަނީ ބައްދަލުވުމެއް ބޭއްވިފައެވެ. މި މައުޟޫ މި މަޖްލިހަށް ހުށައެޅުއްވީ ރާބިޠާ ގެ އަމީނުލް ޢާއްމު އެވެ.

ތަފްޞީލު...



ރިބާއާ ބެހޭގޮތުން މަޖްމަޢުލް ބުޙޫޘުލް އިސްލާމިއްޔާ ގެ ދެ ވަނަ ބައްދަލުވުމުން ނެރެފައިވާ ޤަރާރު

ribaa-bankaa-behey-majmau-buhoos-garaar2އެއްވެސް ބާވަތެއްގެ ދަރަންޏަކަށް އިތުރު ކުރެވޭ ފައިދާ އަކީ، ޙަރާމް ކުރެވިފައި ވާ ރިބާ އެވެ. ބޭނުން ކުރުމަށް ދެވޭ ދަރަންޏޭ ބުނެވޭ ދަރަންޏާއި، އުފެއްދުމަށް ދެވޭ ދަރަންޏޭ ބުނެވޭ ދަރަނީގެ ދެ މެދުގައި، އެއްވެސް ފަރަގެއް ނެތެވެ. އެހެނީ ޤުރުއާނާއި ސުންނަތުގެ ހުރިހާ ނައްޞުތަކެއް ބެލުމުން، މި ދެބާވަތް ވެސް ކަނޑައެޅިގެން ޙަރާމް ކަން ސާބިތުވެއެވެ.

ތަފްޞީލު...



ޝަރުޢީ ޟަރޫރަތް .. އޭގެ ޙަޤީޤަތް އަދި އެ ބެލޭ މިންގަނޑު

dharooraa-adhi-eyge-minganduދީނުގައި އޮންނަ ގޮތް ނޫން ގޮތަކަށް އުޅޭ ވަރަށް ގިނަ މީހުން، ޟަރޫރަތޭ ކިޔާފައި ވާހަކަ ދައްކައެވެ. އެ ގޮތުން ބައެއް މީހުން ކޮންމެ ކަމެއް ކޮށްފައި ވެސް، އެއީ ޟަރޫރަތަށްޓަކައޭ ކިޔާފައި ހަމަ ޖައްސާލައެވެ. ރިޝްވަތު އަތުލާ މީހުން ރިޝްވަތު އަތުލަނީ ވެސް ލިބޭ މުސާރައިން ކައިގެން ބޮއެގެން ނުއުޅެވޭތީ، މަޖްބޫރުވެގެންނެވެ. ރިބާ ކައި އަދި ރިބާ ދޭ މީހުން އެކަން ކުރަނީ ވެސް މަޖްބޫރުވެގެންނެވެ. ބުރުގާ ނާޅާ މީހުން ނާޅަނީ ވެސް މަޖްބޫރުވެގެންނެވެ. ދޮގު ހަދަނީ ވެސް ކޮންމެވެސް މަޖްބޫރު ކަމެއް އޮވެގެންނެވެ.

ތަފްޞީލު...



ބޭންކު ފައިދާ ... އިޖްމާޢްވެފައި ވާ ޙަރާމް ކަމަކުން ޙަލާލް ކަމަކަށް!

bank-faidha-haraam-kamakun-halaal-kamakaއާދައިގެ މި ހުންނަ ބޭންކެއްގެ އަހަރީ ރިޕޯޓަށް ބަލައިފިއްޔާ، ވަރަށް ސާފުކޮށް އެނގެން އޮންނާނެ އެއްޗަކީ، އެ ބޭންކަކީ ދަރަނި ދީ އަދި ދަރަނި ނަގާ ބައެއް ކަމެވެ. އަދި ބައެއް ކަހަލަ ޚިދުމަތްތަކެއް ވެސް ބޭންކުން ދެއެވެ. ނަމަވެސް މި ޚިދުމަތްތަކަކީ، ބޭންކުގެ މައިގަނޑު މަސައްކަތް ކަމުގައިވާ ދަރަނި ދިނުމާއި ދަރަނި ނެގުމާ އަޅާ ބަލާއިރު ވަރަށް ކުޑަ އެއްޗެކެވެ. ބޭންކުން ކުރާ އެހެނިހެން މަސައްކަތަކީ، އަރިމަތީގައި ކުރެވޭ ވަރަށް ހަނި ދާއިރާއެއްގައި ހިމެނޭ މަސައްކަތްތަކެކެވެ. ހަމަ އެހެންމެ މި ބޭންކުތަކުން ވާ އެއްބަސްވުންތަކުގައި ވެސް ބުނެފައި އޮންނަނީ، ބޭންކާއި ފައިސާ ލާ މީހާއާ ދެމެދު އޮންނަ ގުޅުމަކީ ދަރަނީގެ ގުޅުން ކަމަށެވެ.

ތަފްޞީލު...



ބޭންކު ފައިދާ ހުއްދަ .. ހުއްދައެއް ނޫން !

bank-faidha-haraam-halaalދީނީ މައްސަލަތަކުގައި ޖަދަލުކޮށް ބަހުސްކޮށް ހަދާ ވަރަށް ގިނަ މީހުންގެ، ޚާއްޞަ އެއް މަޢުޟޫއަކީ ބޭންކު ފައިދާ (ލޯނަށް ނަގާ އިންޓްރެސްޓު) އާއި، ބޭންކަށް ލާރި ލީމާ ދޭ ފައިދާ (ޑިޕޮޒިޓަށް ދޭ އިންޓްރެސްޓު) އަކީ، ޙަލާލް އެއްޗެއްތޯ ނުވަތަ ޙަރާމް އެއްޗެއްތޯއެވެ. ފައިދާއާއި އެކު ލޯނު ދިނުން، އެހެން ގޮތަކަށް ބުނާނަމަ ދަރަނި އަނބުރާ ދައްކާއިރު، އިތުރުވާގޮތަށް ދަރަނި ދިނުމާއި، ބޭންކަށް ލާރި ލީމާ އެ މީހުން ކޮންމެ އަހަރަކު އިތުރަށް އެ ދޭ ފައިދާ އަކީ އެއީ ހުއްދަ އެއްޗެއް ކަމުގައި ބައެއް މީހުން ބުނެއެވެ.

ތަފްޞީލު...



ބޭންކު ފައިދާ އާއި އިސްލާމީ ބޭންކާއި މުޢާމަލާތު ކުރުމުގެ ޙުކުމާއި ބެހޭ (އޯ.އައި.ސީ) ގެ ޤަރާރު

bank-faidha-oic-qaraar-majmau-2އަދި މި ބައްދަލު ވުމަށް، މި ޒަމާނުގެ ބޭންކު މުޢާމަލާތާއި ބެހޭގޮތުން ވަރަށް ގިނަ ބަޙުޘްތަކެއް ހުށައެޅި، އަދި ހުށައެޅުނު ބަޙުޘްތަކާ މެދު ވިސްނައި ވަރަށް ފުން ބަހުޘްތައް ކުރުމަށް ފަހު، ދުނިޔޭގެ އިޤްތިޞާދީ ނިޒާމުގައި ވާ ނުބައި އަސަރުތައް ފާހަނގަ ކުރެވިފައި ވެއެވެ. ޤައުމުތަކުގެ އިޤްތިޞާދީ ހަމަޖެހުމަށާއި އަދި ވަކިން ޚާއްޞަކޮށް ތިންވަނަ ދުނިޔޭގެ ޤައުމުތަކަށް މި ނިޒާމުން ހުރި ގެއްލުން ފާހަނގަކޮށްލަން ޖެހެއެވެ.

ތަފްޞީލު...



މުރާބަޙާ، މުޝާރަކާ، މުޟާރަބާ

muraabaha-mushaarakaމުރާބަޙާގެ ދެ ވައްތަރެއް އޮވެއެވެ. އެއީ އާދައިގެ މުރާބަޙާ އާއި، ގަނެދޭން އެދޭ މީހާ އާއި ދެމެދު ކުރެވޭ މުރާބަޙާއެވެ. އާދައިގެ މުރާބަޙާ އަކީ ވިޔަފާރި ވެރިއެއްގެ އަތުގައި މުދާ ހުއްޓާ، މީހަކު ފިހާރައަށް އައިސް ''ކަލޭ އެ ގަތް އަގަށް، ދިހަ އިންސައްތަ ފައިދާ އާ އެކު، ވިއްކާށޭ'' ފަދަ ގޮތަކަށް ބުނުމުން، ވިޔަފާރިވެރިއާ އެކަމާ އެއްބަސްވެ ވިއްކުމެވެ. ވީމާ މި މުރާބަޙާގައި މުދާ ހުންނަނީ ވިޔަފާރި ވެރިއާ އަތުގައި ތައްޔާރަށެވެ. އަދި އޭނާ އެ އެތި ވިއްކަނީ ގަތް އަގުގެ ތެރެއަށް ފައިދާގެ ވަކި ނިސްބަތެއް ލާފައެވެ.

ތަފްޞީލު...



ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.