ބުރާސްފަތި20181115

އާކުރެވުނީ:

Error
  • MySQL server has gone away SQL=SELECT * FROM sre1m_banners WHERE '2018-11-15 06:42:38' >= `reset` AND `reset` != '0000-00-00 00:00:00' AND `reset`!=NULL AND (`checked_out` = 0 OR `checked_out` = 0)
  • MySQL server has gone away SQL=SELECT * FROM sre1m_banners WHERE '2018-11-15 06:42:38' >= `reset` AND `reset` != '0000-00-00 00:00:00' AND `reset`!=NULL AND (`checked_out` = 0 OR `checked_out` = 0)
  • MySQL server has gone away SQL=SELECT * FROM sre1m_banners WHERE '2018-11-15 06:42:38' >= `reset` AND `reset` != '0000-00-00 00:00:00' AND `reset`!=NULL AND (`checked_out` = 0 OR `checked_out` = 0)
  • MySQL server has gone away SQL=SELECT * FROM sre1m_banners WHERE '2018-11-15 06:42:38' >= `reset` AND `reset` != '0000-00-00 00:00:00' AND `reset`!=NULL AND (`checked_out` = 0 OR `checked_out` = 0)
Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ފިޤުހު މުޢާމަލާތު ޙަރާމާއި ޙަލާލް މަސްހުނިވާ ތަންތާނގައި މަސައްކަތް ކުރުން

ޙަރާމާއި ޙަލާލް މަސްހުނިވާ ތަންތާނގައި މަސައްކަތް ކުރުން

haraam-halaal-thanthaa-masaikai-kurunރިބާ ބޭންކާއި، ވިޔަފާރި އިންޝޫރެންސް ކުންފުނިތަކާއި، ހޮޓާ، ރިސޯޓުތަކާއި، އަދި މިނޫން ވެސް ޙަރާމާއި ޙަލާލް މަސްހުނިވެފައި ވާ ތަންތާނގައި މަސައްކަތް ކުރުމުގެ ޙުކުމަކީ ކޮބައިހެއްޔެވެ؟

ޙަރާމްކަންތައް ޢާއްމު، އެތަންތާނގައި މުންކަރާތްތަކަށް ފާޅުގައި އަރައިގަންނަ ތަންތާގައި، މަސައްކަތް ކުރުމަކީ ޙަރާމް ކަމެކެވެ. މިފަދަ ތަންތާނގައި ވަޒީފާ އަދާ ކުރާ މީހާ، ސީދާގޮތެއްގައި ޙަރާމް ކަމަކަށް އަރައި ނުގަތަސް ވެހެވެ.

ކަމުގެ އަސްލު ޙުކުމަށް ބަލާއިރު، މިފަދަ ތަންތާނގައި މަސައްކަތް ކުރުމުން ދުރުވެގަތުން، އެއީ ވާޖިބު ކަމެކެވެ. އެހެނީ އެ ތަންތާނގައި މަސައްކަތް ކުރުމަކީ އެއީ ސީދާ ގޮތެއްގައި މުންކަރާ އަކަށް އެހީތެރިވެ ދިނުމެވެ. އަހަރެމެންގެ މައްޗަށް ވާޖިބު ވެގެން ވަނީ، ނުބައި ކަމަކަށް އެހީތެރިވުމުން ދުރެވެގެން ތިބުމެވެ. އާލްޢިމްރާން ސޫރަތުގެ 104 ވަނަ އާޔަތުގައި ﷲ ވަޙީ ކުރައްވަނީ: وَلْتَكُن مِّنكُمْ أُمَّةٌ يَدْعُونَ إِلَى الْخَيْرِ وَيَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ وَأُوْلَـئِكَ هُمُ الْمُفْلِحُونَ

މާނައަކީ: ''ހެޔޮކަންތަކަށް އަމުރުކޮށް، ނުބައި ކަންތައް ނަހީކޮށް، ހެޔޮކަމުގެ މަގަށް ގޮވައި އުޅޭ ބަޔަކު، ތިޔަބައި މީހުންގެ ތެރެއިން ވާ ހުށި ކަމެވެ. ދިންނަވައި ނަސީބު ލިބޭނެ ބަޔަކީ އެބައި މީހުންނެވެ.''

އަދި ކީރިތި ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވަނީ: مَنْ رَأَى مِنْكُمْ مُنْكَرًا فَلْيُغَيِّرْهُ بِيَدِهِ فَإِنْ لَمْ يَسْتَطِعْ فَبِلِسَانِهِ فَإِنْ لَمْ يَسْتَطِعْ فَبِقَلْبِهِ وَذَلِكَ أَضْعَفُ الْإِيمَانِ

މާނައަކީ: ''ތިޔަބައި މީހުންގެ ތެރެއިން މީހަކަށް މުންކަރެއް ފެނިއްޖެނަމަ، އެކަމެއް އަތުން ބަދަލު ކުރާށެވެ. މިކަމަށް ނުކުޅެދިއްޖެނަމަ، އެކަމެއް ދުލުން ބަދަލު ކުރާށެވެ. މިކަމަށް ވެސް ނުކުޅެދިއްޖެނަމަ، ހިތުން އެކަމެއް އިންކާރު ކުރާށެވެ. އީމާންކަމުގެ އެންމެ ދަށް މިންވަރަކީ މިއީއެވެ.'' (ޞަޙީޙް މުސްލިމް، ބާބު އަލްއީމާން)

މި ފަދަ ތަނެއްގައި މިހާރު މަސައްކަތް ކުރަމުންދާ މީހަކަށް ޖެހޭނީ ވީހާ ވެސް އަވަހަކަށް އެހެން ތަނަކުން ވަޒީފާއެއް ހޯދާށެވެ. އާ ތަނުގެ މުސާރަ ދަށަސް އަދި ވަޒީފާގެ ފެންވަރު ދަށަސް ވަރިހަމައެވެ. އާ ވަޒީފާއެއް ހޯދަން އިޚްލާޞްތެރި ކަމާއެކު މަސައްކަތް ކުރަން ޖެހޭނެއެވެ. އަދި މާތް ﷲގެ މި ބަސްފުޅު މަތިން ހަނދާން ބަހައްޓަން ޖެހޭނެއެވެ. وَإِنْ خِفْتُمْ عَيْلَةً فَسَوْفَ يُغْنِيكُمُ اللّهُ مِن فَضْلِهِ إِن شَاء إِنَّ اللّهَ عَلِيمٌ حَكِيمٌ

މާނައަކީ : ''އަދި ކަލޭމެން ފަޤީރުކަން ދެކެ ބިރު ގަންނަނަނީނަމަ، (ދަންނައު!) އެ ކަލާނގެ އިރާދަ ކުރައްވައިފިނަމަ، އެ ކަލާނގެ ދީލަތިވަންތަ ކަމުން، ކަލޭމެން މުއްސަނދި ކޮށްލައްވައި ފާނެއެވެ، ހަމަކަށަވަރުން، ﷲ އަކީ، ދެނެވޮޑިގަންނަވާ، ބުއްދިވެރި ރަސްކަލާނގެއެވެ.'' (ތައުބާ:28)

އަދި އެހެން އާޔަތެއްގައި މާތް ﷲ ވަޙީ ކުރައްވަނީ: وَمَن يَتَّقِ اللَّهَ يَجْعَل لَّهُ مَخْرَجاً * وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ و َمَن يَتَوَكَّلْ
عَلَى اللَّهِ فَهُوَ حَسْبُهُ

މާނައަކީ: ''... މާތް ﷲ ގެ ކިބަފުޅަށް ތަޤުވާވެރި ވާ މީހާއަށް، މަގެއް(ހުރިހާ ދަތިކަމަކުން ސަލާމަތް ވެވޭ) އެކަލާނގެ ދައްކަވައެވެ. * އަދި ހީ ނުކުރާފަދަ ގޮތް ގޮތުން އެ މީހާއަށް ރިޒުޤު ދެއްވާނެތެވެ. އަދި މާތް ﷲ އާ ވަކީލު ކުރާ މީހަކަށް، އެ ކަލާނގެ ރަސްކަންފުޅު ފުދެއެވެ. ...'' (އައްޠަލާޤް :2،3)

ވަޒީފާއެއް ހޯދާ މީހެއްގެ މައްޗަށް ވާޖިބުވެގެން ވަނީ، ކިތަންމެ މުސާރަ ބޮޑު ވަޒީފާއަކަސް، އަދި ކިތަންމެ މަތީ މަޤާމަކަސް، އެ ވަޒީފާގައި ޙަރާމް ކަމެއް އެކުލެވޭކަމަށް ހީ ވެއްޖިއްޔާ، ނުވަތަ މުންކަރާތައް އެހީތެރިވެ ނުވަތަ ބައިވެރި ވެވެންޏާ، އެ ވަޒީފާއަކާ ދުރުވާށެވެ. ފަހަރެއްގާ މީހެއްގެ ހަވާނަފްސުގެ ސަބަބުން ނުވަތަ މާއްދީ ފިއްތުންތަކާ ހެދި، މި ފަދަ ވަޒީފާއަށް ހިތް ލެނބޭ ގޮތް ވެދާނެއެވެ. ނުވަތަ، ފިޤުހުވެރިން ދީފައިވާ ފަސޭހަ ރުޚްޞާއެއް އޮތްތޯ ބަލައި އޭގެ ފަހަތުން ދެވޭ ގޮތްވެސް ވެދާނެއެވެ.

ނަމަވެސް، ކަމެއްގެ ޙަރާމް ކަމާއި ޙަލާލް ކަމާއި މެދު ޝައްކު އުފެދިއްޖެއްޔާ، މުސްލިމެއްގެ މައްޗަށް ވާޖިބުވެގެން ވަނީ، އިޚްލާޞްތެރި ކަމާއެކު އޭނާގެ ހިތާ ސުވާލު ކުރުމެވެ. އިމާމް އަޙްމަދު ރިވާ ކުރެއްވި ޙަދީޘްފުޅެއްގައި ވަނީ عَنْ ‏‏وَابِصَةَ بْنِ مَعْبَدٍ ‏ ‏قَالَ ‏ أَتَيْتُ رَسُولَ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ  فَقَالَ جِئْتَ تَسْأَلُنِي عَنْ الْبِرِّ وَالْإِثْمِ ؟ قُلْتُ نَعَمْ  , فَقَالَ  ‏اسْتَفْتِ ‏ ‏قَلْبَكَ . ‏الْبِرُّ مَا اطْمَأَنَّتْ إِلَيْهِ الْقَلْبُ  وَالْإِثْمُ مَا ‏ ‏حَاكَ ‏ ‏فِي النَّفْسِ وَتَرَدَّدَ فِي الصَّدْرِ

މާނައަކީ : '' ވާބިޞާ ބިން މަޢްބަދު ވިދާޅުވިއެވެ. އަހަރެން ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަރިއަހަށް ދިޔައީމެވެ. އަދި ރަސޫލާ ޙަދީޘް ކުރެއްވިއެވެ. ''ތިބާ ތިއައީ، ރަނގަޅު ކަމަކީ ކޮބައިތޯ ސުވާލު ކުރަންހެއްޔެވެ؟'' އަހަރެން ދެންނެވީމެވެ.''އާދޭހެވެ.'' ރަސޫލާ ޙާދީޘް ކުރެއްވިއެވެ:''ތިބާގެ ހިތާއި ސުވާލު ކުރާށެވެ. ހެޔޮކަމަކީ އެކަމެއް ކުރަން ތިބާގެ ހިތްހަމަ ޖެހޭ ކަންތަކެވެ. އަދި ނުބައި ކަމަކީ، ތިބާގެ ނަފްސުގައި އެކަމަކާ މެދު އުނދަގުލެއް އިޙްސާސްވެ، ކުރަން ފަސްޖެހޭ ކަންތަކެވެ.'' (މުސްނަދު އަޙްމަދުގެ މުސްނަދު އައްޝާމިއްޔީން ބާބުގައި)

އަދި މި މާނައިގައި ވާ އެހެން ރިވާޔަތެއްގައި ވަރަށް މުހިއްމު އިތުރު ނުކުތާއެއް ވެސް އޮވެއެވެ. އެއީ، ނުބައި ކަމަކީ، އަހަރެމެން އެކަން ކުރާކަން އެހެން މީހުންނަށް އެނގެން، އަހަރެމެން ބޭނުން ނުވާ ކަންތައް ކަމަށެވެ. އަދި އެހެން ޙަދީޘެއްގައި އޮންނަނީ: ''ތިބާ ޝައްކު އުފެދޭ ކަންތައް ދޫކޮށްފައި ޝައްކު ނުވާ ކަންތައް ކުރާށެވެ.''

ފާހަނގަކޮށްލަން ޖެހޭ ނުކުތާއަކީ، މަތީގައި ވާ މިންގަނޑަށް ޢަމަލު ކުރެވޭނީ، މީހާގެ ހިތުގައި އީމާންތެރި ކަމަކާ ތަޤްވާވެރި ކަމެއް ވާ މީހަކަށެވެ. ހިތަށް އައިހާ ކަމެއް ކުރަން ފަސް ނުޖެހޭ، ހަވާ ނަފްސުގެ ކޮންމެ އެދުމަކަށް އަވަސް އިޖާބައެއް ދޭ، ޝަހުވާނީ ކޮންމެ ވިންދަކަށް ނަށާ މީހަކު، ކަމެއްގެ ޙުކުމާ މެދު ހިތާ ސުވާލުކޮށްފިއްޔާ، ދޭނީ ހަވާ ނަފްސު އެދޭ ޖަވާބެކެވެ.

ދެން ބުނަން އޮތް ވާހަކައަކީ، މިފަދަ ތަންތަނުގައި ޝަރުޢީ ގޮތުން ޤަބޫލު ކުރެވޭ ޢުޛުރެއް އޮވެ، ވަޒީފާ އަދާކުރުން ޟަރޫރަތަކަށް ވެއްޖެނަމަ، ވަޒީފާ އަދާ ކުރުން ބައެއް ޢިލްމުވެރިން ހުއްދަ ކުރައްވައެވެ. ޟަރޫރަތަކަށްޓަކައި ކަމެއް ކުރަން ވާނީ އެ ޟަރޫރަތް ފުއްދޭ މިންވަރަށެވެ. އެއަށް ވުރެ އިތުރަށް، ނުވަތަ ގިނައިން އެ ކަންކޮށްގެން ނުވާނެއެވެ. ކޮންމެ މީހަކަށް ވެސް އެ މީހެއްގެ ޟަރޫރަތުގެ މިންވަރު ކަނޑައަޅަން އެނގޭނެއެވެ. މިކަމަށް ޤުރުއާނުން އޮތް ދަލީލަކީ  إِنَّمَا حَرَّمَ عَلَيْكُمُ الْمَيْتَةَ وَالدَّمَ وَلَحْمَ الْخِنزِيرِ وَمَا أُهِلَّ بِهِ لِغَيْرِ اللّهِ فَمَنِ اضْطُرَّ غَيْرَ بَاغٍ وَلاَ عَادٍ فَلا إِثْمَ عَلَيْهِ إِنَّ اللّهَ غَفُورٌ رَّحِيمٌ

މާނައަކީ : ''ތިޔަބައި މީހުންނަށް ޙަރާމް ކުރައްވާފައި ވާ ކަން ކަށަވަރީ، މުޅަތަކެއްޗާއި، ލެޔާއި، އޫރުމަހާއި، އަދި މާތް ﷲ ފިޔަވައި އެހެނިހެން ފަރާތެއްގެ ނަމުގައި ކަތިލެވިފައިވާ ތަކެއްޗެވެ. އެކަމަކު އެ ކާން މަޖްބޫރުވެއްޖެ މީހަކު، އެ ކާން ނޭދޭ ހާލު، އަދި ހައްދަށް ވުރެ އިތުރު ނުވެ، ކައިފި ނަމަ، އެ މީހެއްގެ މައްޗަށް ފާފައެއް ނެތެވެ. ހަމަކަށަވަރުން މާތް ﷲ އީ ފާފަ ފުއްސަވާ، ރަޙްމަތްވަންތަ ރަސްކަލާނގެއެވެ.'' (ބަޤަރާ :173)

އަދި މިފަދަ ވަޒީފާއެއް ޟަރޫރީ ބޭނުމަކަށް، އަދާ ކުރާއިރު، ﷲ އޭނާގެ ނިޔަތް ދެނެވޮޑިގަންނަވާ ކަމާއި، އަދި ޝަރުޢީ ޙުކުމްތަކަށް އޮޅުވާލައި ހީލަތްތަކުގެ ބޭނުން ކޮށްގެން ނުވާނެ ކަން ހަނދާން ބަހައްޓަން ޖެހޭނެއެވެ. އަދި މިފަދަ ހާލަތެއްގައި އޭނާ ޖެހޭނީ ވަޒީފާގައި ހިމެނޭ، ސީދާ ޙަރާމްކަންތައް އެކުލެވޭ ހިސާބަށް ނުގޮސް، ޙަރާމް ކަމެއް ނުބަލައި އަދި ވީ ވަރަކުން ޙަރާމް މުޢާމަލާތާއި ޙަރާމް ކަންތަކާއި ދުރުވާށެވެ.

އަދި މަތީގައި ވާ ގޮތަށް ޟަރޫރަތަކަށްޓަކައި، މިފަދަ ވަޒީފާއެއް އަދާ ކުރާ މީހަކު، އޭނާއަށް ލިބޭ އާމްދަނީގައި ހިމެނޭނެ ޙަރާމް ފައިސާއަކީ ކޮބައިތޯ ބަލަން ކުރެވޭ މަސައްކަތެއް ކޮށް، އެ ފައިސާއަކުން ސަލާމަތް ވެގަންނަން ޖެހޭނެއެވެ. ލާރިން ސަލާމަތް ވެގަތުމުގެ ނިޔަތުގައި ކޮންމެވެސް ހެޔޮ މަގެއްގައި ހޭދަ ކުރާނީއެވެ. ޞަދަޤާތުގެ ނިޔަތަކު ނޫނެވެ. މީގެ މިސާލަކީ ބޭންކެއްގެއި އުޅޭ މުވައްޒަފަކު، އެ ބޭންކުގައި ހިމެނޭ ރިބާގެ ނިސްބަތަކީ ކޮބައިތޯ ބަލާފައި، އެ ނިސްބަތެއް އޭނާގެ މުސާރައިން ވަކިކުރުމެވެ. ނަމަވެސް ބައެއް ކަހަލަ ވަޒީފާތަކަކީ މިހެން ވަކި ކުރަން އެނގޭނެ ވަޒީފާތަކެއް ނޫނެވެ. (ރިބާ ބޭންކުގައި މަސައްކަތް ކުރުން ހުއްދައެއް ނޫން)

މިޒަމާނުގެ ބައެއް މުސްލިމުންގެ މައްސަލައަކީ، ކަންކަން ކުރުމުގެ ކުރިން ޙުކުމް ނުބަލާ، އެ ކަމެއް ކޮށްފައި ޙުކުމް އޮޅުން ފިލުވާ ފަތުވާ ހޯދަން މަސައްކަތް ކުރާކަމެވެ. މުސްލިމުންގެ ޢަމަލު ހުންނަން ޖެހެނީ މީގެ އިދިކޮޅަށެވެ. ކޮންމެ ކަމެއް ވެސް ކުރުމުގެ ކުރިން އެއީ ދީނީ ގޮތުން ކޮންކަހަލަ ކަމެއްތޯ ބަލައި، އެ ކަމުން ތިމާގެ އާޚިރަތް ގެއްލި ނުދާނެތޯ ބަލައި، އަދި ބަހެއް ބުނުމުގެ ކުރިން މި ބުނެވެނީ ކީކޭތޯ ބަލައި، އެ ބަހުން ނުކުންނާނެ ނަތީޖާއަކާ މެދު ވިސްނަން ޖެހެއެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.