އަންގާރަ20180911

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ފިޤުހު މުޢާމަލާތު އިންޝުރެންސް ކުރުމާއި ރިއިންޝުރެންސް ކުރުން

އިންޝުރެންސް ކުރުމާއި ރިއިންޝުރެންސް ކުރުން

insurance-kurumaai-re-insuranceޤަރާރު ނަމްބަރު9 9/2

މުނައްޡަމަތުލް މުއުތަމަރުލް އިސްލާމީގެ ދަށުން އުފެދިފައިވާ، މަޖްމަޢުލް ފިޤްހުލް އިސްލާމީގެ ދެވަނަ ބައްދަލުވުން ވަނީ، 10-16 ރަބީޢުލް އާޚިރް 1406 (22-28 ޑިސެމްބަރ 1985) ގައި، ޖިއްދާގައި ބޭއްވިފައެވެ.

ބައިވެރިވެވަޑައިގަތް ޢިލްމުވެރިން ހުށައެޅުއްވި ބަޙުސްތައް ބެލުމަށް ފަހު، އަދި އެ ބަޙުޘްތަކާ މެދު މުނާޤަޝާ ކުރުމަށް ފަހު، އަދި އަމާންކުރުމުގެ އެކިއެކި ވައްތަރުތަކާއި، ގޮތްތަކާއި، އަދި އަމާންކުރުން ބިނާވެފައިވާ އުޞޫލުތަކާއި، އޭގެ ލަނޑުދަނޑިތަކާ މެދު ބަޙުސްކޮށް އަދި މި ކަމާ މެދު މީގެ ކުރިން ފިޤުހީ މަޖްމަޢްތަކާއި ޢިލްމީ މުއައްސަސާތަކުން ނެރެފައިވާ ޤަރާރުތައް ބެލުމަށްފަހު، މި އަންނަނިވި ޤަރާރުތައް ނަގައިފީމެވެ:-

އެކެއް:

ވިޔަފާރީގެ ގޮތުގައި އިންޝުރެންސް ކުރުމުގެ ޚިދުމަތް ދޭ ކުންފުނިތަކުން ދޭ، ސާބިތު 'ބައިތައް' (ފިކްސްޑް ޕްރީމިއަމް) ދައްކަން ޖެހޭ ވިޔަފާރިއަމާންކުރުމަކީ (ކޮމާޝަލް އިންޝުރެންސް)، އެ ޢަޤުދުގައި ބޮޑު ޣަރަރެއް (ވާނެގޮތް ނޭގުމުގެ ނުރައްކާ) އެކުލެވިގެންވާތީ، ފާސިދު ޢަޤުދެކެވެ. ވީމާ އެއީ ޝަރްޢުގައި ޙަރާމް ކަމެކެވެ.

ދޭއް:

މުޢާމަލާތު ކުރުމުގައި އޮންނަ އިސްލާމީ އުސޫލުތަކަށް އިޙްތިރާމްކުރާ، މީގެ ބަދަލެއްގެ ގޮތުގައި ބޭނުން ކުރެވިދާނެ ޢަޤުދަކީ، ހަމަހިލޭ ދިނުމާއި ބައިވެރިވުމުގެ އަސާސުގެ މައްޗަށް ބިނާވެގެންވާ، ބައިވެރިވާ އަމާންކުރުމެވެ. ބައިވެރިވާ އަމާންކުރުމުގެ (ތައުމީން ތަޢާވުނީ/ ކޯއޮޕަރެޓިވް އިންޝުރެންސް) މައްޗަށް ބިނާވެފައިވާ އަމާންކޮށްދިނުން، އަލުން އަމާންކުރުން (ރިއިންޝުރެންސް) ވެސް ހަމަ މި ބީދައެވެ.

ތިނެއް:

ބައިވެރިވާ އަމާންކުރުމުގެ ޚިދުމަތް ދޭ މުއައްސަސާތަކާއި، އަލުން އަމާންކުރުމުގެ ޚިދުމަތް ދޭ މުއައްސަސާތައް އުފެއްދުމަށް އިސްލާމީ ޤައުމުތަކަށް ގޮވާލަމަވެ. އެއީ އިސްލާމީ އިޤްތިޞާދު ބޭރުގެ ފަރާތްތަކުގެ ދަށުވެފައި އޮތުމުން ސަލާމަތް ކުރުމަށާއި، މި އުއްމަތަށް މާތް ﷲ ރުހިވޮޑިގަންނަވާ ނިޒާމާ ޚިލާފު ނުވުމުގެ ގޮތުންނެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.