ހޮނިހިރު20200926

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ފިޤުހު މުޢާމަލާތު ކުންފުނިތަކުގެ ހިއްސާގެ ޒަކާތާ ބެހޭ ޤަރާރު

ކުންފުނިތަކުގެ ހިއްސާގެ ޒަކާތާ ބެހޭ ޤަރާރު

hissaa-gathun-qaraarޤަރާރް ނަމްބަރު:28 ، 4 ވަނަ ދައުރު

ސުޢޫދިއްޔާގެ ޖިއްދާގައި 1408 ވަނަ އަހަރުގެ ޖުމާދިލް އާޚިރާ 18-23 އަށް، 1988 ވަނަ އަހަރުގެ ފެބްރުއަރީ 6-11 އަށް، މަޖްމަޢުލް ފިޤްހުލް އިސްލާމީގެ މަޖްލިސް ގެ ހަތަރުވަނަ ބައްދަލުވުން ވަނީ ބޭއްވިފައެވެ. އަދި މި ބައްދަލުވުމަށް، ކުންފުނިތަކުގެ ހިއްސާގެ ޒަކާތާ ބެހޭ ގޮތުން ހުށައެޅިފައިވާ ބަޙުސްތަކަށް ބެލުމަށް ފަހު މި އަންނަނިވި ޤަރާރު ނަގައިފީމެވެ:-

އެކެއް:

ހިއްސާގެ ޒަކާތް ނެރުން ވާޖިބުވާ ފަރާތަކީ، ހިއްސާތަކުގެ ވެރިފަރާތެވެ. ހިއްސާދާރުންގެ ވަކީލުންގެ ހައިސިއްޔަތުން، ކުންފުނި ހިންގާ މީހުން ހިއްސާގެ ޒަކާތް ނެރެން ޖެހޭނެ ކަމަށް، ކުންފުނީގެ އަސާސީ ޤަވާޢިދުގައި ބުނެފައި ވާނަމަ، ނުވަތަ ކުންފުނީގެ ޢާއްމު ބައްދަލުވުމުގައި މި ގޮތަށް ނިންމައިފިނަމަ، ނުވަތަ ޤައުމުގެ ޤާނޫނުގައި ކުންފުނިތަކުން ޒަކާތް ނެރެން ލާޒިމު ކުރުވާނަމަ، ނުވަތަ ހިއްސާގެ ވެރިފަރާތުން ކުންފުނީގެ އިދާރާގައި އެކަން އެދިއްޖެނަމަ، އެކަން ކުރަން ޖެހޭ ފަރާތަކީ ކުންފުނި ހިންގުމާ ހަވާލުވެގެން ތިބި މީހުންނެވެ.

ދޭއް:

ކުންފުނީގެ އިދާރާ، ހިއްސާތަކުގެ ޒަކާތް ނެރޭނީ، ހަމަ އާދައިގެ މީހަކު ޒަކާތް ނެރޭ އުސޫލުންނެވެ. މާނައަކީ، ޒަކާތް ނެރޭއިރު ނެރެނީ، ކުންފުނީގައި ވާ ހުރިހާ އެންމެންގެ ހިއްސާތަކަކީ، އެކެއްގެ ހިއްސާތައް ކަމަށް ބަލައިގެންނެވެ. އެ ގޮތުން ޒަކާތް ވާޖިބުވާ މުދަލުގެ ބާވަތަކީ ކޮބައިތޯ އާއި، ނިޞާބު ހަމަވުމާއި، ނެގޭ މިންވަރު ކަނޑައެޅުމާއި، އަދި މި ނުންވެސް ޒަކާތް ނެރުމުގައި ބަލަން ޖެހޭ ކަންތައްތައް ބަލާނީ، އާދައިގެ އިންސާނަކު އޭނާގެ ޒަކާތް ނެރޭ އިރު ބަލާ ގޮތަށެވެ.

ދެން އެންމެ ފުރަތަމަ ހަދަން ޖެހޭ ގޮތަކީ، ހުރިހާ އެންމެންގެ ހިއްސާ ގެ ތެރެއިން، އޭގައި ޒަކަތް ވާޖިބު ނުވާ ހިއްސާތެއް އެކަހެރި ކުރާނީއެވެ. މީގެ ތެރޭގައި ހިމެނޭނީ، ޢާއްމު ޚަޒީނާގެ ހިއްސާތަކާއި، ޚައިރީ ޖަމްޢިއްޔާތަކުގެ ހިއްސާތަކާއި، ވަޤުފް ހިއްސާތަކާއި، ޣައިރު މުސްލިމުންގެ ހިއްސާއެވެ.

ތިނެއް:

އެއްވެސް ސަބަބަކާ ހުރެ ކުންފުނިން ޒަކާތް ނުނެރެފިނަމަ، ހިއްސާދާރުންގެ މައްޗަށް އެ މީހުންގެ ޒަކާތް ނެރުން ވާޖިބުވެއެވެ. މަތީަގއިވާ އުސޫލުންގެ ދަށުން، ބޭންކުން ޒަކާތް ނެރުނު ނަމަ ޒަކާތް ނެރޭނެ ގޮތް، ކުންފުނީގެ ލިޔެކިއުންތަކުން ހޯދައިގަނެވިއްޖެނަމަ، އަމިއްލައަށް ޒަކާތް ނެރުނަސް ނެރޭނީ އެ ގޮތަށެވެ. އެހެނީ ހިއްސާގެ ޒަކާތް ނެރުމުގައި އޮންނަ އަސްލު ގޮތަކީ އެއީއެވެ.

ހިއްސާދާރަށް އެ ކަން ނު ހޯދިއްޖެނަމަ :-

- ކުންފުނީގައި ހިއްސާވީ، އަހަރު ނިމުމުން ދޭ ފައިދާ ހޯދަން ކަމުގައި ވަންޏާ -ހިއްސާއިން ވިޔަފާރި ކުރުމުގެ ގަސްތުގައި ނޫން- އޭނާ ނެރޭނީ

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.